15 ނޮވެމްބަރ 2021 - 06:00
މިދިޔަ ހަފުތާގައި ކައިވެނިކުރި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަންގެ އަލަތު ކައިވެނީގައި ހަތަރު ވެޑިން ޑްރެސް ބޭނުންކުރި ކަމަށް ބުނެފި އެވެ.
ފެއަރީޓޭލް ސްޓައިލަށް ލޮސް އެންޖެލިސްގެ ބެލް އެއާގައި ބޭއްވި ކުލަގަދަ ކައިވެނީގެ ހަފުލާގެ އެންމެ ފުރަތަމަ ހިލްޓަން ބޭނުންކުރީ މަޝްހޫރު ޑިޒައިނަރު އޮސްކާ ޑި ލާ ރެންޓާގެ ފަރުމާއެވެ. އެއީ ލޭސް ފޮތީގެ ހެދުމުގައި ހުދު މާތަކާއި ބިޔަ ވެއިލްއެއް އިން ޒީނަތްތެރި ކޮށްފައިވާ އަތްދިގު ގައުންއެކެވެ. ވޯގް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ހިލްޓަން ބުނީ ލޯބިވެރިޔާ ކާޓާ ރިއަމްއާ ކައިވެނި ކުރަން ބޭއްވި ހަފުލާގައި ފުރަތަމަ ބޭނުންކުރި ހެދުމަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށެވެ.
އެ ފަރުމާގެ އިތުރުން ކައިވެނީގެ ހަފުލާގައި އޮސްކާގެ އެހެން ފަރުމާއެއް ވެސް ހިލްޓަން ބޭނުންކުރި އެވެ. އެއީ ކަކުލުން މައްޗަށް އޮތް ކުރު ހުދު ކުލައިގެ ހެދުމެކެވެ.
ކައިވެނީގެ ހަފުލާގައި ހިލްޓަން ދެން ބޭނުންކުރީ އެންމެ ފުރަތަމަ ބޭނުންކުރި ހެދުމާ އެއްގޮތަށް ފަސްބައި ވަރަށް ދިގުކޮށް އޮތް، ހުދުކުލައިގެ ހިތްގައިމު ދެ ހެދުމެވެ. އެގޮތުން ހަފުލާގެ ރަސްމީ ޖާފަތުގެ ތެރޭގައި ބޭނުންކުރި ހެދުން ފަރުމާކުރީ ޕަމޭލާ ރޮލަންޑެވެ. އަނެއް ހެދުން ފަރުމާކުރީ ގަލައިއާ ލާހާ އެވެ.
ހިލްޓަން ބުނި ގޮތުގައި ކައިވެނީގެ ހަފުލާގައި ހަތަރު ހެދުމެއް ބޭނުން ކުރަން ނިންމީ ހަފުލާ ވީހާ ވެސް ބޮޑަށް ހާއްސަ ކުރުމާ އެކު، އުފާވެރި އެތައް ހަނދާންތަކެއް ރައްކާ ކުރުމުގެ ގޮތުންނެވެ.
"ބޭނުންވީ ވަރަށް ހިތްގައިމު އުފާވެރި ހަނދާނަކަށް ކައިވެނީގެ ހަފުލާ ހަދަން. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދިނީ ބޮޑަށް ރީތިކޮށް ހުންނަން." ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރު ހިލްޓަން ބުންޏެވެ.
ހިލްޓަން، 40، އާއި ލިޔުންތެރިޔާ/ވިޔަފާވެރިޔާ ކާޓާ، 40، މި މަހުގެ 11 ގައި ކައިވެނިކުރި އިރު، އެންގޭޖްވީ މި އަހަރުގެ ފެބްރުއަރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަޒް
15 November 2021
ރޮނަލްޑޯގެ ލިބޭތޯ ކުރި މަަސައްކަތް ކާމިޔާބު ނުވީމަ ކައިވެނި ކޮަށްލީ.
ނިކޯލް
15 November 2021
ހިލްޓަން ޗެއިންގެ އެއް ހިއްސާދާރު ވީމަ ބޭނުން އަދަދަކަށް ވެސް ހެދުން ލެވިދާނެ. ސުވަލަކީ ކައިވެނި މަތީ ކިހާ ދުވަހަކު ހުރެވޭ ނެހޭ. މާޒީގަ ތާހިރު އުޅުމެއް ހުރިމީހެއްނޫން ޕެރިސް ހިލްޓަން އަކީ. ޢިސްލާހުވެ ތާހިރު އުޅުމެއް އުޅެވިއްޖެއްޔާ ރަނގަޅު
ށަވިޔަނި
15 November 2021
11 ނޮވެމްބަރު. ތިއީ ދިވެހިންގެ ދުވަހެއް.