މަޖިލީހުގެ ޖަލްސާއެއް ތެރެއިން: އެއް ވިއުގައަކުން ގުޅާލެވިފައިވާ ޑިޖިޓަލް އެޖެންސީއެއް ގާއިމުކުރަން މަޖިލީހުން މިއަދު ފާސްކުރި -- ފޮޓޯ/މަޖިލިސް
16 ނޮވެމްބަރ 2021 - 14:41
މީހުންގެ ސިފަ އާއި ފިންގަޕްރިންޓުން މީހުންގެ ހުރިހާ މައުލޫމާތެއް ހޯދޭ ގޮތަށް ޑޭޓާ ބޭސްއެއް ހަދަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލާޒިމުވާގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިންސް އަދި ކޮމިއުނިކޭޝަން ދާއިރާގެ ހާލަތު ދެނެގަންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހެދި އެސެސްމަންޓަކަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ.
އައިޓީ ދާއިރާ އޮޮތް ގޮތް ބަލަން ތަރިކަ ކޮމިޓީން އެސެސްމެންޓެއް ހެދީ އެ ކޮމިޓީގެ މެމްބަރު އަދި ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް އެކަަމަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ. އެ ދާއިރާގެ ހާލަތު ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ކަމާބެހޭ އެންމެހާ މުއައްސަސާތަކާ މަޝްވަަރާ ކުރުމަށް ފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި އޮތީ ތަފާތު ތިން ކެޓަގަރީއަކުން މަސައްކަތްތަކެއް ކުރަން ސަރުކާރަށް ލަފާދޭށެވެ.
އެއީ ޓެކްނޮލޮޖީގެ ދާއިރާ އާއި ކޮމިއުނިކޭޝަންގެ ދާއިރާ އާއި ޕްލޭނިންް ދާއިރާ އެވެ.
- ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ސޮފްޓްވެއާތައް ޑިޒައިންކުރުމަށާއި ތަރައްގީކުރުމަށް، މުޅި ނިޒާމު އެއް ނެޓްވޯކަކުން ގުޅާލާފައިވާ ޑިޖިޓަލް އެޖެންސީއެއް ގާއިމްކުރުން.
- ދައުލަތުގެ އިދާރާތަކުގެ އައިޓީ މުވައްޒަފުން، ޑިޖިޓަލް އެޖެންސީގެ ދަށަށް ގެނެސް، (ވާޗުއަލްކޮށް) އެއް ތަނެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- މީހާގެ ސިފަ އާއި ފިންގަޕްރިންޓުން، އެ މީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް، އެ މީހަކު އަމިއްލައަށް އަޕްޑޭޓްކުރެވޭ ގޮތަަށް ސެންޓްރަލް ޑޭޓާބޭހެއް ގާއިމްކުރުން.
- އައިޓީ ދާއިރާގެ މުވައްޒަފުން ވަޒީފާތަކުގައި ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑު ހެދުން.
ރާއްޖޭގެ އައިޓީ ދާއިރާގެ ހާލަތު ދެނެގަތުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދިޔަ އެސެސްމެންޓްގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައި ވެ އެވެ. ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އިންފޮމޭޝަން ޓެކްނޮލޮޖީއަށް ހަރަދުކުރާ ވަރު ވެސް ކޮމިޓީން ބެލި އެވެ. ކޮމިޓީގެ އެސެސްމެންޓްގައި ފާހަގަކުރެވުނު ގިނަ މައްސަލަތަކެއް ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.
މިއަދު ފާސްކުރި އެ ރިޕޯޓާއެކު އައިސީޓީ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ރައީސް އޮފީހުގެ ޗީފް ޓެކްްނޮލޮޖީ އޮފިސަރާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ކަމާގުޅޭ އެންމެހާ ފަރާތްތައް ގުޅިގެން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް ވެސް އެކުލަވާލަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމިއުނިސްޓް އެޖެންޑާ
17 November 2021
ވާނުވާ އިންޖެކްޝަން ޖަހައިގެން ބަރުލަމާނީ ގައިގަ އޮޅައިގެން ދިވެހިން އަޅުވެތި ކުރަަން ކުރާ ކަމެއް،، ރަގަޅައް ވެއްޖެޔާ ޖަވާބު ކިޔާ ބަޔަކައް ލާރިގަޑއް އަލާލަނީ
އުސްމާނުބެ
17 November 2021
ކޮންބަޔަކައް ލާރިގޑެއްް ދޭންވީ އަނެއްކާ، މިހާރުވެސް ކުއްކުރާ މީހާ ނޭންގެނީކީނޫން.... އަޅަންޖެހޭ ފިޔަވޅު ނުވަތަ ހުކުމްތަންފީޒު ނުކުރެވެނީ..............
ށަލީ
17 November 2021
ޕްރައިވަސީ ޤާނޫނެއް ހަދަން ޖެހެން އެއް ނޫންތަ
ޟމި22
17 November 2021
މީހުންގެ ޕްރައިވަސީ ގެއްލުވާލަނީ. #ދަ ގްރޭޓް ރީސެޓް
ފާރިޝް
16 November 2021
ހުސް ހޮޅި ވާހަކަ! އިރުއިރުކޮޅާ ގުއި ރޯނަކު ނުޖެއްސޭނެ!
Ahmed Moosa
16 November 2021
އެހެންވީމާ ކޯޗެއް މިފާސްވީ؟ ރިޕޯޓެއްތަ؟ ގާނޫނެއްތަ؟ ވީގޮތް ސާފެއްނުވޭ!
ކަންނެލި އައިނު
16 November 2021
އެކްޝަން ޕްލޭން ފާސްވީ
ބިންބީ
16 November 2021
ތަސައްވުރެއް. އައި ހިޔާލެއް. ހިޔާލީފޮލައެއް ފާސްވީ. ތިކަން އިންޕްލިމެންޓެއް ނުކުރެވޭނެ އިބޫ އަކައް. ޔާނު ކޮއްފާނެ ވަރައް ފާސްޓް ކޮން. އިބޫ ގަޔަކު އެ ކޮލިޓީ އެއް ފެންވަރެއް ނުހުރޭ. ޔާނު ވަރައް މޮޅު ޑެލިގޭޓް ކުރަން.