މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ބޭއްވި ބައްދަލުވުން: ޕިރަމިޑް ސްކީމްތަކާއި ސްކޭމްގެ މައްސަލަތައް އެ ކޮމެޓީން ވަނީ ބަލަން ނިންމާފައި --- ފޮޓޯ/މަޖިލިސް
23 ޖޫން 2025 - 13:22
ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ އެހެން މައްސަލަތައް ވެސް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން މިއަދު ނިންމައިފި އެވެ.
ރާއްޖޭގެ ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން އެތައް ބަޔަކަށް ލަނޑު ލިބިފައިވާތީ، އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިރުހާނެވެ. އޭނާ ހުށަހެޅުއްވީ ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް، އެ މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމަށެވެ.
"ޕިރަމިޑް ސްކީމޭ މި ވިދާޅުވަނީ ފާޑުފާޑުގެ އެޕްތައް ހަދައިގެން މީހުން އޭގެ ޖާދުލުގައި ޖައްސައިގެން ހިންގާ ސްކޭމްތައް. މި މައްސަލަތައް ބަލައިދިނުމަށް އަޅުގަނޑު މި ދަންނަވަނީ،" ޝިރުހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ބޭއްވި ބައްދަލުވުން.-- ފޮޓޯ: މަޖިލިސް
އެ މައްސަލާގައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ވިދާޅުވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ.
"ހަމައެކަނި ސްޕެސިފިކް މިކަމެއް ނޫން. އޭގެ ތެރެއިން މިކަން ވެސް ގެންދެވިދާނެ. ޕިރަމިޑް ސްކީމްތައް އެކަންޏެއް ނޫން، މި ރާއްޖޭގައި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ސްކޭމްތައް ހިންގަމުންދޭ. ޖުވާ ކުޅޭ ޕްލެޓްފޯމުތައް ވެސް އޯޕަންކޮށް ބޭނުންކުރޭ، އޭގެން ފައިސާގެ މުއާމަލާތްތައް ރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރޭ،" އިމްރާން ވިދާޅުވި އެވެ.
ޖުވާ ކުޅޭ ޕްލެޓްފޯމުތަކުން އެކައުންޓްތަކަށް ޖަމާކުރާ ފައިސާ ބީއެމްއެލް އިން މިހާރު ބްލޮކްކުރާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި އެކަމަކު އޭގެ އިތުރު މައުލޫމާތު މަޖިލީހުން ހޯދަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީން ފާސްކުރީ އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށެވެ.
ސްކޭމްގެ މައްސަލަ މަޖިލީހުން ބަލަން ނިންމިއިރު، ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި، އެ ސްކީމު ވަނީ ހުއްޓިފަ އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް، އެ ސްކީމް ހިންގަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީފަހުން، މިދިޔަ ހަފުތާގައި ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދިޔަ އެވެ. އެކަމަކު، ކުއްލި ގޮތަކަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ސްކީމްގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވެ، އެ ދުވަހުން ފެށިގެން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Hassan Shamoon
24 June 2025
ހިތާދޫ ދާއިރާ މެންބު ދެއްކެވި ވާހައަކީ ތެދު ވާހަކަ، ރައްޔިތުންގެ ވިނދާއި ގުޅިފައި ވައި ތެދު ހަގީ ގަތެއް، ސާބަހޭ މެންބަރު
ހުދު ހެދުމުގެ ވަގު ލަޝްކަރު
24 June 2025
މޮޅެތި ވާހަކަ ދެއްކިދާނެ. ސްކޭމް ކުރި ޒައިދާނު ބަންދުކޮށް ފަ ދޫކޮށްލި ދުވަހު އެއަށްުރެ ބޮޑު ސްކޭމެއްޖެއްސީ. އަލްހާނު 65 މިލިއަން ކާލައިގެން ޝަރީޢަށް ހިނގާއިރު އަނެއް ސްކީމް އިޢުލާނުކޮށްފި. ޖެމްކިއު މީހުން ފާޅުގަ ޙަފުލާތަކުގަ ޝަރަފުވެރި މެހުމާނުކަން ކުރަމުންދަނީ. ލަދެއް ބިރެއް ނެތް. އެކަކުވެސް ނުހުއްޓުވޭ. ކީއްވެބާ. ޖެމްކިއުއަށް އެކަނި ބަލާލިއަސް ފުލުހުންނާ މަޖްލީހު މެންބަރުން ބައިވެރިވޭ. އެހެންވީމަ ނިންމާ ދައުލަތުން ގެއްލުމުގެ ބަދަލުދޭން.
ަސޘާށާޝﷲޢޭ
23 June 2025
ހިންގާ ފަރާތް އެކަނި ކުށްވެރިކޮށްފައި އޭގައި ބައިވެރިވާ ފަރާތް ދޫކޮށްލާނަމަ ވަރަށް ގޯސް. އެއިރުން ވިއްކާ މީހާ އެކަނި ޖަލުގައި އޮންނަ އުސޫލު ތިކަމަށް ވެސް ވަންނާނެ. ގަންނަ މީހާގެ ކުށެއްނެތް ހެން މިހާރު ހީވޭ އެންމެނަށް ވެސް.
އޮއްޓި
23 June 2025
ތިން ބާރުގެ މީހުން ގުޅިގެން ހިންގާ ޖަރީމާ ބެލެނެ ގޮތެއް ނޯންނާނެ. އާއްމުން ލޮލުގައި އަނދުން އަޅުވަން އެއްޗެކޭ ކިޔަނީ. ކުށް ހުއްޓުވަން ތިބި އެކި ލެވަލުގެ ފުލުހުންވެސް ތީގަ ޖާމިނުވޭ. އެއީ މުޅި ރާއްޖެ ދަންނަ ކަމެއް.
ހާސަރު
23 June 2025
ތިކަން ބަލަން ކުންފުންޏެއް ހެދުން ވަރަށް މުހިއްމު.
ފަޅުމަސް
23 June 2025
އަލްހާނު މިހާރުވެސް ސްކޭމް އެ ޖައްސަނީ ފާޅުގައި.. އެޅޭ ފިޔަވަޅެއް ނެތް..
ބަބޫ
23 June 2025
%10 އިންޓްރެސްޓައެއްކޮށް ނަގާ ލޯނު ދައްކާ ނިމޭއިރު %42 އިންޓްރެސްޓް އަރުވައިގެން ނިމުމަކީ ސްކޭމެއް ނޫންތަ. ބޭންކޮ އޮފް މޯލްޑިވްސްގެ ސްކޭމް ފުރަތަމަ ހުއްޓުވާ. 50000 ރ ގެ ލޯނެއް ނެގީމަ މަހަކު 1220 ރުފިޔާ 60 މަހަށް ދައްކާ ނިމޭއިރު 73000 ރުފިޔާ އެބަ އަރާ. މި ނުވޭތަ ސްކޭމަކަށް. މިފަދަ ހާލުގައި ދިރިއުޅެން ޖެހިފަ ތިބިމީހަކު ބަޔަކު ކަނޑަށް އެރޭށޭ ބުންޔަސް ލާރިހޯދަން ހަނޑަށްވެސް އެރިފާނެ. ރައްޔިތުންނަށް ހެވެއް އެދެންޔާ ބޭންކް ފުރަތަމަ އިސްލާހުކުރޭ
ފަޅުމަސް
23 June 2025
ބަބޫއަށް އަދި ސްކޭމް ނޭނގޭހެން ހީވަނީ.. ސްކޭމް ކިޔަނީ އިންޓަރެސްޓަކަށް ނޫން.. ސްކޭމް ކިޔަނީ، ވައުދުވާ ގޮތަށް ފައިސާ ނުދެވޭ ގޮތަށް ހިންގާ ސްކީމްތަކަށް.. ފައިދާއޭ ކިޔާފައި އެކެއްގެ އަތުން ފައިސާ ނަގައިގެން އަނެކަށް ދެމުން، އަބަދުވެސް އަލަށް ޖޮއިން ކުރާ މީހުންގެ ރުފިޔާއިން ދަމަހަށްޓާ ސްކީމުތަކަށް.. އެ ނިމެނީ އަލަށް ޖޮއިން ކުރާ މީހުން މަދުވެ، ވައުދުވީ ގޮތަށް އެތަށް ބަޔަކަށް ފައިސާ ނުދެވި.. އެހެންވެ ސްކޭމަކަށް ވަނީ..
އަޑަފި
23 June 2025
އެހެން ގޮތެއްނެތިގެން ބޭންކުން ލުއިކަމަށްބުނާ ބަރު ލޯނެއްނަގައިގެން، ސަލާމަތް ނުވެގެން އުޅެނިކޮށް، ދިމާވި ރައްޓެއްސެއް ބުނެގެން ޖެމްކިއުއަށް އިންވެސްޓްކޮށް ލިބުނު އާމްދަނީއިން، ލޯނުގެ ނުދެއްކިއޮތް 30 ހާސް ދައްކާ ހަލާސްކޮށް، ރަނގަޅު އާމްދަނީއެއް ލިބެމުންދަނިކޮށް އަދި އެއްވެސް މީހަކަށް މިކަމުން ގެއްލުމެއް ނުލިބި ގޮސްގޮސް އޮއްވާ ސަރުކާރުން، ސްކޭމެކޭކިޔާ ބިރުދައްކާ މިކަން ފަނިކޮށްލާ، އަހަރެމެން އަނެއްކާވެސް ލޯނުނަގަން މަޖޫރުކުރުވީއެވެ.
ކަނޑޫމާ
24 June 2025
ބެންކު ލޯނަކީ އެއްބަސްވުމެއްގެދަށުން ނަގާ، ދައްކަން ޖެހޭވަކި ޕަސެންޓެއް ކަނޑައެޅިފައިވާ ދަރަންޏެއް. އެކަމު ސްކޭމު ތަކުގަ ލާރިމިދެވެނީ ކާކަށްކަމެއްނޭނގި އަނބުރާލިބޭނެކަމެއްވެސް ގައމުނުވާ އޮޅުވާލާފައޮންނަ މުޢާމަލާތެއް.
ނޯމަލް ޕަލްސީޕޫ
23 June 2025
ސުކޭމެއްކަން އެނގި، ތިމާ ލީ ފައިސާތައް އަނބުރާ ލިބެންދެން، ސުކޭމެއްކަން އިއުލާނު ނުކޮށް މީހަކު މަޑުކޮށްލައިގެން ހުރިއްޔާ އެމީހަކާމެދުވެސް ވާނެ ފިޔަވަޅެއް އަޅައިލާދޭން
ބޯބުރާންތި
23 June 2025
ނަމަނަމަ ތިޔަ ސްކޭމްގައި ގެއްލުން ލިބުނު މީހުންނަށް ދައުލަތުން ބަދަލުދޭން ނުނިންމާތި، މިހެން މިބުނީ މި ކަމުގައި ތިޔަ އިންޒަތްތެރިންގެ ތެރެއިންވެސް ބަޔަކު އުޅުނު ވާހަކަ އަޑުއިވޭތީ، ފަހަރެއްގައި އަމިއްލަ އަތުން ދިޔަ ލާރިކޮޅު ޖެމްކިއު ހިންގި ފަރާތުން ނުލިބިދާނެތީ ދައުލަތުން ބަދަލު ހޯދަދޭން މަސައްކަތް ކޮށްފާނެހެން ހީވާތީ،
ރުމާލު1
23 June 2025
ގަވާއިދާގާނޫނާ ހިލާފަށް ތިކަމުގައި ބައިވެރިވެ، އޭގެ ފައިދާނަގާ، އާއްމުން އެއަށް ވައްދާ، އެތައް އާއްމުންނެއްގެ ބޮލަށް އެރި ތީގަ ބައިވެރިކުރުވި ލޯ އެންފޮސްމަންޓުގެ އޮފިސަލުންނަށް އޮތީ ކޮން އަދަބެއްތޭ؟ ހުވާ ކޮއްގެންތިބެ އެހުވަޔާ ހިލާފުވެ ގާނޫނުތައް މުގުރާފަ ތިކަން ކުރީ. ނޮން ޕުރެކުޓިސިން އެލަވަންސު ނަގައިންތިބެ ފުލުހުންގެ ގާނޫނާ ކޯޑް އޮފު އެތީކުސް އާ ހިލާފަށް ގުޅަބަޖިޔާ ވިއްކާ ކުރިޕުޓޮކުޅެ ޓެކުސީކޮށް އުގުވިޔަފާރިކޮށް ހެދުމުގެ ޕެނަލްޓީ އަކީ ކޮބާތޭ؟