ޖެމްކިޔު.
21 ޖޫން 2025 - 19:58
ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި، އެ ސްކީމު ހުއްޓި އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ފަށައިފި އެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް، މި ސްކީމު ހިންގަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހަފުތާގައި ފުލުހުން އާންމުކުރި ބަޔާނުގައި ބުނީ މިއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ވެފައިވާ ކަމަށާއި އެ ސްކީމު ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދިޔަ އެވެ. އެކަމަކު ކުއްލި ގޮތަކަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެ، އެ ދުވަހުން ފެށިގެން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖެމްކިޔުގެ ޓެލެގްރާމް ގްރޫޕުގައިވާ ގޮތުން، އެ ސްކީމުން މިހާރު ފައިސާއެއް ނުނެގެ އެވެ. އެހެންވެ "ކުއަންޓްޕޭން" ގެ ނަމުގައި އާ ސްކީމެއް ފަށައި އެ އަށް އިންވެސްޓް ކުރުމަށް ލިންކެއް ވެސް ވަނީ ޓެލެގްރާމް ގުރޫޕަށް ދޫކޮށްލައިފަ އެވެ އެވެ. އެކަމަކު އެ ސްކީމު ފަށާފައި ވަނީ ޖެމްކިޔު ހިންގުމުގައި އުޅުނު މީހުން ކަމެއް އަދި ސާފެއް ނޫނެވެ.
އެ މެސެޖުގައި ވަނީ ޖެމްކިޔުގެ މާކެޓިން ޓީމަށް ނުގުޅުނު ކަމަށާއި އެހެންވެ ފައިސާ ނެގޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށެެވެ.
ފައިސާ ނެގުން ހުއްޓުމާ އެކު، ބައެއް މީހުން މިއަދު ދަނީ ގްރޫޕު ދޫކުރަމުންނެވެ.
އެ ގްރޫޕަށް މީހަކު ފޮނުވާފައިވާ މެސެޖުގައި ބުނީ ސްކީމު ހުއްޓުމުން ދެރަވަނީ އިންވެސްޓްކޮށް، އެއްވެސް އެއްޗެއް ނުލިބި ގެއްލުންވި މީހުންނާ މެދު ކަމަށެެވެ. އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ނެރެފައި މިވަނީ ދޭންވާ ފައިސާ ނުދީ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އާ ސްކީމާ މެދު އެންމެން ވެސް ސަމާލުވުމަށް މެސެޖުގައިވެ އެވެ.
"ޕްރޮފިޓް ހެދުނު ކުދިންނަށް މަރުހަބާ. ގެއްލުންވި ކުދިންނަށް އިބުރަތެއް،" މީހަކު ފޮނުވި މެސެޖެއްގައިވެ އެވެ.
ޖެމްކިޔު އިން ފައިސާ ނުނެގި އެ ސްކީމު ހުއްޓިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. އެކަމަކު ތަހުގީގު ކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.
ސްކީމު ހުއްޓުނުއިރު އެ އަށް އެތައް ހާސް ފައިސާއެއް ޖަމާކޮށްފައި ވަނީ އެ ފައިސާ ތިން ހަތަރު ގުނަވާނެ ކަމަށް އެމީހުން އިޝްތިހާރުކުރިއިރު ބުނެގެންނެވެ.
ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު" އަށް މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ޖެމްކިޔު ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.
އެހެންވެ، މިފަދަ ސްކީމުތަކަށް އިންވެސްޓްކުރުމުގެ ސަމާލުވުމަށް ފުލުހުން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮންޒީ ޚަބީރު
22 June 2025
ބޮޑެތި ޕޮންޒީ ސްކީމްތައް ނިންމާލާ ގޮތް: (1) ބޮޑު ޕްރޮމޯޝަނެއް ފެށުން. (2) ބޮޑެތި ޢަދަދުތަކުގެ ވިތްޑްރާވަލް ހުއްޓާލުން. (3) ކުދި ވިތުޑްރޯވަލްތައް ކުރިއަށް ގެންގޮސް، އަދިވެސް ވިތުޑްރޯ އެބަ ކުރެވޭކަމުގެ އަޑު ފެތުރުން. (4) އެހެން ބައެއްގެ ބޮލަށް ކަނޑާލައި މުޅި ސްކީމު އެކުގައި ހުއްޓާލުން. (5) އައު "ކުއިކް" ސްކީމެއް ފެށުން. (ބޭނުމަކީ، ފުރަތަމަ ކޮޅު އިންވެސްޓު ކުރުމުން ފައިސާ ލިބޭނެކަމަށް ވިސްނައި ކުރީގެ ފައިދާއިން އިންވެސްޓުކުރާ ފައިސާ އާއެކު ފިލުން).
ފަޅުމަސް
22 June 2025
އާ ސްކީމެއް ވަގުތުން ފެށުމުގެ ބޭނުމަކީ، ކުރީގެ ސްކީމުން ނެރުނު ޕްރޮމޯޝަންގައި ނުޖެހު، އިންވެސްޓު ކުރުން ހުއްޓާލި މީހުންގެ ލާރިކޮޅު ހޯދުން.. ސްކީމުގެ ފުރަތަމަ ކޮޅު ފައިސާ ލިބޭނެ ކަމުގައި ވިސްނައިގެން، އެއްކޮށް "ދޮވެލުމަށް" ޖަހާ އަވަސް އެއްޗެއް މިއީ.. ބޮޑެތި ސްކީމްތައް ނިންމާލާފައި ވަނީ މުޅިންހެން އެގޮތަށް.. މި ގޮތުން މައި ސްކީމް ނިންމާލަމުން ފައިދާ ބޮޑު ޕްރޮމޯޝަނެއް
ޖެމް
22 June 2025
ކޮބާތަ އަލްހާނު، މީގެ މައުލޫމާތު އިގޭނެ ކަމަށް ބެލެވެނީ، އެސޮރުކާރިން އަހާލަބަ
ޔަންބީ
22 June 2025
މިއީ ސިޔާސީ ވެރިންނާ ސަރުކާރާ ހެދިވިކަމެއް. ރަގަޅައް ހިގަމުން ދިޔަކަމެއް ކަން މީހުން ކައިިރި އަހާލީމަ އެގުން. ވިޔަފާރިވެރިން ސިޔާސީ ވެރިން ބިރުގަތީ ރައްޔިތުން ފުދިގެން ވޯޓު ނުވިއްކިދާނެތީން. ރާއްޖޭގެ ވެރިން ދުވަހަކުވެސް ދިވެހިން ފުދިގެން އުޅޭ ކަ ނުދޭނެ.
ގަޅި މީހާ
22 June 2025
ގަޅިން ގިނަޔަސް ބޮޑުވަރު
ޢަހައްމަދާއްކަލޯ
22 June 2025
މިގައުމުގެ ރައްޔިތުން ފުދިގެން އުޅެނީ "ޖެމްކިޔު" ކިޔާ ސްކީމަކުން؟ މިސްކީމް ނައްތާލީމަ އަނެއްކާ ރައްޔިތުން އިނދަޖެހުނީ؟ ކީއްވެބާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އިގްތިސާދު ވެސް މިކަހަލަ "ސްކީމް" ތަކަށް ބިނާވެފައި ނޯންނަނީ؟
އައްޕަތު
22 June 2025
ޑޮލަރުގެ އަގު ނުވެއްޓޭ ވާހަކަ ދައްކަން އިނގޭނީ. ސަރުކާރަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް މި ޖެހެނީ ކުރީ ސަރުކާރުތަކުގެ އިސްރާފު ބޮޑު ޕްރޮޖެކްޓު ތަކަށް ނަގާފަ ހުރި ލޯނި ދައްކަން. އަނެއްކޮޅުން މިކަހަލަ ސްކޭމުތަކަށް މީހުން ޑޮލަރު އަޅާ ހުސްކުރަނީ. ދެން މުހިންމު ބޭނުންތަކަށް ޑޮލަރު ބޭނުންވެގެން އުޅޭ ނިކަމެތިން މި ޖެހެނީ ހާލުގަ އުޅެން. ނޯޓް: މި ސަރުކާރުންވެސް އިސްރާފު ބޮޑު ޕްރޮޖެކްޓު ތަކަށް ލޯނު ނަގާކަން ފާހަގަ ކޮށްލަން.
އަލިމަނިކުބެ
22 June 2025
ޕްރޮފިޓު ވި ކުދިންނަށް ޕްރޮފިޓުވީ ހަރާމް ފައިސާއިން. އެއީ ބަޔަކަށް އޮޅުވާލައިގެން މީހަކު ޖަހައިގަތް ފައިސާއިން ދިން އެއްޗެއް. ޕްރޮފިޓުވީ އެހެން މީހުންގެ ދަށުން ޖޮއިން ކުރާ މީހުން ޖަމާ ކުރާ ފައިސާ ދީގެން. އެއްވެސް މަސައްކަތެއް ކޮށް އެއްޗެއް އުފައްދައި ވިއްކާގެން ލިބުނު ފައިސާއެއް ނޫން އެއީކީ. އަދިވެސް މި ވާ ގޮތެއް ނޭގޭތަ ދިވެހިންނަކަށް؟
މހއމ
22 June 2025
ރަގަޅު އަދަދެއްގެ ފައިސާ ވިއްޔާ ހަރާން ހަލާލު ވެސް ނުބަލާ ގިނަ މީހުން މިއުޅެނީ މިހާރު މިގައުމުގަ. ހުދު ނަރީޝްވެސް ގެންގުޅެނީ ބެގް، ބޮރޯ، އޯ ސްޓީލް ފިލޯސޮފީ.
ބަންނީ
22 June 2025
ހަރާން ވަނީ ކީއްވެ. ވަކިބަޔަކު ކުރީމަ ހަލާލް ވާގައުމެއް މީ.
ދޮންކަރާ
22 June 2025
ހޮވާލެވިފައިވާ ބައެއް މީހުން އަދިވެސް ނަގާ،، ހުރިއެއްޗެއް ހުސްވަންދެން އެމީހުން ނަގާނެ. އެއީ ވިއްޔަ ތީގެ ބޭނުމަކީ.
ނަފާވާ ވިޔަފާރި
22 June 2025
އެއްވެސް އިންވެސްޓްމެންޓަކުން އާންމުންއަތުން ފައިސާ ނަގައިގެން 20% ވުރެ ރިޓާންބޮޑުކޮއް ފައިދާ ދެވޭނެކަމައް ބުނަންޏާ އެއީ ކަނޑައެޅިގެން މަކަރު އެކުލެވޭނެ ސްކީމެއް. އިންވެސްޓުކުރާ ފައިސާއިން އުފެއްދުންތެރިކަމެއްކޮއް 20% ފައިދާއެއް ދިނުމަކީވެސް ގިނަފަހަރައް އުނދަގޫކަމަކައްވާނީ.
އަޅީ
22 June 2025
ތީގަ މާބޮޑު މައަސަލައެއް އޮތްކަމަކަށް ނުފެނޭ. އެންމެންވެސް ބުނަނީ އެޅިއެތި ލިބުނޭ. ގެއްލުންވި މީހަކާ ދިމައެއްނުވޭ... އެހެންވީމަ އޯކޭތާ
ލޔލ/
22 June 2025
އެންމެނޭ؟ ކަލޯ މަށާ ދިމާވި އެންމެންވެސް ބުނީ އެޅި އެތިކޮޅުވެސް ނުލިބިގެނޭ މިއުޅެނީ، ކުރިން ލިބުނު އެތިކޮޅުވެސް އާ ޕޮރޮމޯޝަންގަ އޭޅީއޭ، އޭގެ ފަހުން ދޮވެލާފައި ބަޗާފިޔޭ
ގަވޯބީވެނާޕާ
22 June 2025
ރައްޔިތުން އަތުގައި ތަޅާ ބާލާނެހާ ޑޮލަރު ހުރީމާ ދެން މިކަހަލަ ސުކީމުތަކުގަޔާ އެއްޗިހީގައި އިންވެސްޓުކުރާނޭތާ. "ފައިދާ" ގެ ނަމުގައި އެހެންމީހުންގެ ލާރި ލިބުނު މީހުންވެސް ވަރަށް އުފަލުން ދޯ މި ތިބެނީ. ހަލާލެއް ހަރާމެއް ބެލުމެއް ހަމަ ނޯންނަނީތަ ދިވެހިންނަށް މިހާރު؟
މހއމ
22 June 2025
މީ ޑޮލަރު ސްކީމެއްތަ؟