އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ. 

ފުލުހުން ހޯދަން އިއުލާންކުރީ ސ. ހިތަދޫ، ކަށިސުތުލިގެ، މުހައްމަދު އިމާދު އެވެ.

އުމުރުން 46 ގެ އެމީހާ ހޯދަން އިއުލާން ކުރީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުންގެ އިދާރާ އިން ބުނީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާ ކަަމަށެވެ.  

ފުލުހުން ވަނީ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް މި މަހުގެ 17 ވަނަ ދުވަހުގެ 10:00 އިން 12:00 އަށް އިމާދު ހާޒިރުވުމަށް އަންގައިފަ އެވެ.