ދުނިޔެ / ބިލާރުސް

ޕޮލެންޑް ސިފައިންނާއި ރެފިއުޖީންނާ ދެމެދު ކުރިމަތިލުންތަކެއް

17 ނޮވެމްބަރ 2021 - 10:13

3 comments

ޕޮލެންޑާއި ބެލަރޫސް ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކޮށް ޕޮލެންޑަށް ވަނުމަށްޓަކައި ބެލަރޫސްގެ ތެރޭގައި ތިބި ރެފިއުޖީންނާއި، ޕޮލެންޑުގެ ބޯޑަރު ބަލަހައްޓާ ސިފައިންނާ ދެމެދު އިއްޔެ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ބެލަރޫސް ތެރޭގައި ތިބި ރެފިއުޖީން ޕޮލެންޑްގެ ތެރެއަށް ވަނުމަށް ޕޮލެންޑް ސިފައިން ހުރަސް އެޅުމުން، ހިލަ އާއި ފުޅި ފަދަ ތަކެތިން ރެފިއުޖީންތައް ޕޮލެންޑް ސިފައިންނަށް ހަމަލާ ދޭން ފެށި އެވެ. ޕޮލެންޑް ސިފައިން ރައްދު ދިނީ ޕްރެޝަރުގައި ފެން ޖަހައިގެންނެވެ. އަދި ދެގައުމު ގުޅޭ އިމުގެ ކައިރީގައި ދަމާފައި ހުރި ނަރުދާގަނޑު ފަޅާލައިގެން، ބައެއް ރެފިއުޖީން ޕޮލެންޑަށް ވަންނަން މަސައްކަތް ކުރުމުން، ޕޮލެންޑް ސިފައިން އެމީހުން ހުއްޓުވީ ކަރުނަގޭސް ޖަހައިގެންނެވެ.

ޕޮލެންޑް ސިފައިން ބުނި ގޮތުގައި، ބެލަރޫސްގެ ތެރެއިން ގަވާއިދާ ހިލާފަށް ޕޮލެންޑަށް ވަންނަން މަސައްކަތް ކުރާ އެތައް ބަޔަކު ކޮންމެ ދުވަހަކު، ބެލަރޫސްގެ ތެރެއިން ޕޮލެންޑްގެ ސަރަހައްދީ ރޮނގާ ކައިރިއަށް ޖަމާވެ އެވެ. އަދި އެ މީހުން ބާރުގެ ބޭނުންކޮށް ނަރުދާގަނޑު ފަޅާލައިގެން ޕޮލެންޑްގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން ދަނީ، ބެލަރޫސް ސިފައިންގެ ބެލުމުގެ ދަށުން ކަމަށް ވެސް ޕޮލެންޑް ސިފައިން ބުންޏެވެ.

މިހާރު ބެލަރޫސް ތެރޭގައި ތިބި ރެފިއުޖީން ތިބީ، ކޮންމެ ވަގުތެއްގައި ވެސް، ބާރުގެ ބޭނުންކޮށްގެން ޕޮލެންޑްގެ ތެރެއަށް ވަދެގަންނަން ތައްޔާރަށް ކަމަށް ޕޮލެންޑުން ބުނެ އެވެ. އިރާގާއި އަފްގާނިސްތާނުގެ އިތުރުން، މެދުއިރުމައްޗާއި އޭޝިޔާގެ ބައެއް ގައުމުތަކުގެ ގިނަ އަދަދެއްގެ ރެފިއުޖީން، ޕޮލެންޑްގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކުރަނީ، ބެލަރޫސް ސަރުކާރުން ރާވައިގެން ކަމަށް ޕޮލެންޑުން ތުހުމަތު ކުރެ އެވެ.

ސަރަހައްދީ ރޮނގު ކައިރީގައި މަސްރަހު ގޯސްވާން ފެށުމާ ގުޅިގެން، ޕޮލެންޑްގެ އިތުރު ސިފައިންނާއި ފުލުހުން އިއްޔެ ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. ބެލަރޫސް ސިފައިންގެ ބެލުމުގެ ދަށުގައި ރެފިއުޖީން ތިބި އިރު، ގަދަބާރުން ޕޮލެންޑުގެ ތެރެއަށް ވަނުމަށް ކުރަމުންދާ މަސައްކަތް، ބެލަރޫސް ސިފައިން ނުހުއްޓުވާތީ، ވިލާތުގެ އިއްތިހާދުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ވިލާތުގެ އިއްތިހާދުން ބުނި ގޮތުގައި، އޭޝިޔާ އާއި މެދުއިރުމަތީގެ އެތައް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި ވިލާތުގެ އިއްތިހާދަށް އެތެރެ ކުރުމަށް، ބެލަރޫސް ސަރުކާރުން ދުރާލައި ހިންގަމުން ދަނީ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލުތަކެކެވެ. ބެލަރޫސްއާ އިންވެގެން އޮންނަ ވިލާތުގެ ގައުމުތަކަކީ ޕޮލެންޑާއި ލެތުވިއާ އާއި ލިތުއޭނިއާ އެވެ.

އެ ތިން ގައުމަށް ވެސް، ބެލަރޫސްގެ ތެރެއިން ކޮންމެ އަހަރަކު، އެތައް ހާސް ބަޔަކު ގަވާއިދާ ހިލާފަށް އެތެރެވާ ކަމަށް ވިލާތުގެ އިއްތިހާދުން ބުނެ އެވެ. އެތައް ސަތޭކަ ކިލޯމީޓަރަކަށް ދެމިފައި އޮންނަ ސަރަހައްދީ ރޮނގު ހުރަސްކޮށް، އެ ގައުމުތަކަށް ރެފިއުޖީން އެތެރެވަނީ، އާންމުކޮށް ސިފައިން ނުތިބޭ ޖަންގަލީ ސަރަހައްދުތަކާއި ފަރުބަދަމަތީ ސަރަހައްދުތަކުންނެވެ.

ޕޮލެންޑާއި ބެލަރޫސް ގުޅޭ ސަރަހައްދުގައި އޮންނަ، ވަކި ގައުމަކަށް ނުވާ ސަރަހައްދުން، ބެލާރޫސް ފަޅީގައި ތިބި ރެފިއުޖީން ގަދަ ފިނީގެ ތެރޭގައި އެތަނުގައި ތިބޭތާ މިހާރު ދެތިން މަސް ވަނީ އެވެ. ގަދަ ފިންޏަށް ކެތް ނުވެގެން ބައެއް މީހުން މިހާރު މަރު ވެސް ވެއްޖެ އެވެ.

އެ ސަރަހައްދުގައި ބެލަރޫސް ތެރެއިން، ގަވާއިދާ އެއްގޮތަށް ޕޮލެންޑަށް އެތެރެވެވޭ ރަސްމީ ދޮރޯއްޓެއް ހުރެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން، އެއްވެސް ގައުމެއްގެ ހިމާޔަތަށް އެދޭ މީހަކު ނަމަ، އެ ގައުމަކަށް އެތެރެވެވޭ ދޮރޯއްޓެއްގެ ކައިރިއަށް ހާޒިރުވެ، އެ ގައުމެއްގެ ހިމާޔަތަށް އެދުމުގެ ހައްގު ލިބިގެންވެ އެވެ.

ނަމަވެސް ޕޮލެންޑް ސަރުކާރުން ވަނީ އެ މީހުން ބޭނުންވާ ގޮތް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ދެކޮޅު ހަދައިފަ އެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އުފެދުނު މި މައްސަލަ އިތުރަށް ގޯސްވަމުން ދާއިރު، ވިލާތުގެ އިއްތިހާދުން މިހާރު ނިންމާފައި ވަނީ، ބެލަރޫސް އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

87654

17 November 2021

ތިމީހުން ބޭރުކުރޭ، ތިމީހުންގެ އަމިއްލަ ގައުމަށް ދޭބަލަ. މީހުން ގައުމުތައް ބިނާ ކުރީމާ މިމީހުންނަ އެގެނީ އެތަންތަނަށް ހިޖުރަ ކުރަން. ކަލޭމެންގެ އަމިއްލަ ގައުމު ތަރައްގީ ކުރަން ދޭބަލަ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

17 November 2021

ވާގޮތަކީ ބެލެރޫސްގެ ރައީސް ލުކުޗެންކޯއަށް ވެރިކަމުގަ ހުރެވެނީ ފުޓިންގެބާރުގަ ކަމައްވެފަ، ޔޫރަފުގެ އިއްތިހާދައް ފުރެސަރު ކުރުމުގެ ގޮތުން ހަތިއާރަކައް ރެފުޖީން ބޭނުކުރަނީ! އެކަން އެގޮތައްނުވާނެ މިހާރު ޔޫރަފުގެ އިއްތިހާދުން އެގޮތައް މީހުން އުފުލާ އެޔާލައިންތައް ދެނެގަނެ އެފަދަ އެޔާލައިންކައް އެގައުތަކައް ދަތުރު ނުކުރެވޭގޮތް ހަދައް ވާހަކައް ދައްކަނީ! ވަށައިގެން މުސްހަދި އިސުލާމީ ގައުތައްހުއްޓަ ޔޫރަފައް ހިރަކުރަނީ ކީއްވެ؟ ހަމަ ރަނގަޅު ވީމަތާ!

The name is already taken The name is available. Register?

އެމީހ

17 November 2021

ދަށު ދަރަޖާގެ ޢަމަލުތައް ހިންގީ ތިޔަ ވިލާތުން. މިހާރު ތި ފެންނަނީ އޭގެ ނަތީޖާ. ކޮއްމެ އެއްޗެއް ވިލާތުން ކިޔަސް، ތި ބރެފިއުޖީންނަށް ހިމާޔައް ދޭންޖެހޭނީ ވިލާތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454