ދިއްފުށި ފަޅު: ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައި
19 ނޮވެމްބަރ 2021 - 15:58
ކ. ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ދިއްފުށީ ފަޅުގައި ކުރާ މަސައްކަތްތައް ހުއްޓާލަން ސިވިލް ކޯޓުން އަމުރު ނެރުނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް 2015 ވަނަ އަހަރު އެ ފަޅު ކުއްޔަށް ދީފައި ވަނިިކޮށް 2017 ގައި ސަރުކާރުން އެތަން އަތުލި މައްސަލާގައި އޭނާ ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުންނެވެ. އަދި އެ މައްސަލަ ނިމެންދެން، އެތަނުގެ މަސައްކަތްތައް ހުއްޓާލުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އޭނާގެ ފަރާތުން އެދުމުން އެ ކޯޓުން މިދިޔަ އަހަރު އެންގީ އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރުމަށާއި އަދި އެކަމަށް ހުއްދަ ވެސް ނުދިނުމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެއްބަސްވުން ބާތިލް ކުރިއިރު ދިއްފުށީ ފަޅުގައި ހާމިދު ޚަރަދު ކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އޭނާގެ ފަރާތުން ބުނާއިރު، އެކަމަށް ދައުލަތުން އިންކާރު ނުކުރާ ކަމަށެވެ. އަދި އެހެން ބަޔަކަށް މިހާރު އެތަން ކުއްޔަށް ދީފައިވާ ކަމަށް ދައުލަތުން ބުންޏަސް، އެ މީހުން އެތަނުގައި އެއްވެސް މަސައްކަތެއް ކުރާކަން ދައުލަތުގެ ބަހުން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ އަމުރު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯހަޅި ސަރުކާރު
20 November 2021
މަސައްކަތް ހުއްޓާލަން އެންގީމަ، ބޭންކުން ދީފަ ވާ ލޯނު އަދާކުރަން ޖެހޭ ދުވަސް ތައްވެސް ހުއްޓާލަން ނޫނީ މަޑުޖެހެންވާނެ. އެހެންނޫނީ މުޅި މަޝްރޫއު ފެއިލް ވާނީ. މި ގައުމުގަ ހުރިހާކަމެއްވާހެން.
ހަސަނުު
20 November 2021
ނުހައްގުން ވަގަށް ދޫކޮށްފައި ހުރި ފަޅުތަކަށްވެސް ތި އުސޫލު ހިންގަންވެއްޖިއްޔާ ވަގުހެދުމަށް މަގުފަހިވެގެންދޭ.