މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ ކުރިމަތީ ރަތް ރޮނގު ދަމާފައި. އެ ސަރަހައްދަކީ މިހާރު ރެޑް ޒޯނެއް. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ
23 ނޮވެމްބަރ 2021 - 12:34
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކޮށް ހަމަޖެއްސެވި ވަގުތީ ގެކޮޅު، މުރައިދޫގޭގެ ސަރަހައްދަކީ ރެޑް ޒޯނެއް ކަމަށް ކަނޑައަަޅައި އެ ގެކޮޅުގެ ކުރިމަތީގައި ސަރަހައްދުގައި މިހާރު ވަނީ ރަތް ރޮނގެއް ދަމައިފަ އެވެ. މިއީ ރާއްޖޭގައި މަގުމަތީގެ މި ނިޝާން ބޭނުންކުރި ފުރަތަމަ ފަހަރެވެ.
އެއްގަމުގެ ދަތުރުފަތުރުގެ ނިޝާންތަކުގެ ގަވާއިދާށް އިސްލާހު ގެނެސް މިދިޔަ އަހަރު އަމަލުކުރަން ފެށި އާ ގަވާއިދުގައިވާ ގޮތުން މި ނިޝާނަށް ކިޔަނީ "ރެޑް ރޫޓް އަރިމަތީ ރޮނގުގެ ނިޝާން" އެވެ.
ގަވާއިދު ބުނާގޮތުން މި ނިޝާނުން އަންގައިދެނީ ރެޑް ރޫޓް ކަނޑައަޅައިފައިވާ މަގުގެ އެއްވެސް ހިސާބެއްގައި އެއްވެސް އުޅަނދެއް، އެއްވެސް ބޭނުމެއްގައި މަޑުކުރުމަކީ މަނާކަމެއް ކަމެވެ. އެކަމަކު އޭގެ ތެރެއިން ސަލާމަތީ ބާރުތަކުގެ އުޅަނދުތައް މި ސަރަހައްދަށް މަޑުކުރާ މަޑުކުރުން އިސްތިސްނާވާނެ އެވެ.
މުރައިދޫގެ ސަރަހައްދުގައި އިއްޔެ މި ރަތް ރޮނގު ދެމީ އެމްއެންޑީއެފުން އެދިގެން، މާލޭގައި ޓްރެފިކް ނިޝާންތައް ބެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މާލޭ ސިޓީ ކައުންސިލުންނެވެ.
އެ ގޭގެ ވަށައިގެންވާ ސަރަހައްދުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތް ހަދައި ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ: އެތަނުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައި: -- މިހާރު ފޮޓޯ/ފަޔާޒު މޫސާ
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6ގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މަޖިލީހުން ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅެއް ހަމަޖައްސައި ދޭން ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މަޖިލީސް ރައީސަށް ހާއްސަ ގެކޮޅެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، މުރައިދޫގޭގައި ނަޝީދު ހުންނަވާނީ ރަސްމީ ގެކޮޅު އަޅާ ނިމެންދެން ވަގުތީ ގޮތުންނެވެ.
ސްކޮޓްލޭންޑުގައި ބޭއްވި ކޮޕް26 ސަމިޓަށް ފަހު އިއްޔެ އެނބުރި ރާއްޖެ ވަޑައިގެން، ނަޝީދު މިހާރު ހުންނަވަނީ މުރައިދޫގޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާވިސްނާ
24 November 2021
މަގޭ ހިތަށް އަރަނީ މައުމޫނޭ ފަޅޮލޭ ކިޔައިގެން މިމީހުން އަހަރެމެން ގުނބޯހައްދައިގެން އުޅުނީ މައުމޫނަށް މިދިވެހިގައުމު ވެރިކަންކުރަން ލިބުނު ގޮތަށް މީން މީހަކަށް ލިބުނު ނަމަ ވެރިކަން ރަސްކަމަކަށް ވެސް ބަދަލުކޮށްލީސްހޭ. މައުމޫނަށް އެއްޗެހިގޮވުނީތީ މިއަދު ލަދުގަނެ ދެރަވޭ.
ެއެލެކްސިސް
24 November 2021
އަނެއްކާ އަނެއް ރިކޯޑެއް ހަދާލީ... މައުމޫނަށް ތީމުގޭ ބޭރުގަ ރަތް ރޮގު ނުދެމުނަސް ނަޝީދު ހުންނަ ގޭގެ ބޭރުގަ މިއޮތީ ރަތް ރޮގު ދަމާފަ. ދެން މީނަ ދުއްވާ ކާރު ވެސް ރަތް ކާރަކަށް ބަދަލު ކުރަން ފެނޭ. އޭރުން ދުރުން ފެނުނީމަ ރައްޔިތުންނަށް އަވަހަށް ފިލަން އިނގޭނީ..
ސަލީމް
24 November 2021
ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން އެބަ ޖެހޭ.. އެ ސިކިއުރިޓީ ބޮޑުވި ވަރަކަށް ގިނަ ހަރަދުވެސް ހިނގާނެ، މިކަހަލަ ރޮނގުތައްވެސް ގިނަވާނެ އަދި ނަޝީދު ފަހަތުން އުޅޭ ބޮޑީގާޑުންނާ ވެހިކަލްތައް ވެސް ގިނަވާނެ.. އެކަން އެހެން ކުރާން އެޖެހެނީ އަހަރުމެންގެ ކުރީގެ ރައިސް އަދި ސިޔާސީ ލީޑަރު އަވަހާރަކޮށްލަން ބަޔަކު އުޅޭތީ..
ރައްޔިތެއްތަ
24 November 2021
ރާއްޖޭގައި ވެރިކަން ކުރެއްވި އިތުރު ރައީސުމީހުން އުޅުއްވާއިރު ދޭންނުޖެހޭ ސެކިއުރިޓީއެއް މި ރައީސުމީހާއަށް ދޭންޖެހެނީ ކީއްވެ
އަފުރާހު
24 November 2021
ކޮބާ މަހަކު ބޯކޮށް ނަގާ 2 މުސާރާއިގެ އިތުރުން އޮފީސް ހިންގާށޭ ކިޔާފައި ދޭ އެތައް ހާސް ރުފިޔާ؟ މީގެ އިތުރުން ތިޔަ މުރައިދޫގެ ޚަރަދަށޭ ކިޔާފައި އަންނަ އަހަރުގެ ބަޖެޓްގައި 50،000،000.00ރ ހިމަނާފައިވޭ! އެއީ މަހަކަށް 4،166،666.67ރ އަހަރުގެ ކޮންމެ ދުވަހަކަށް 138،888.89ރ! މީ އެންމެ މީހަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސާވަރު! އެކަމަކު ފޭސް 2 ގައި ހުރި 16 ޓަވަރުގެ ކޮންމެ ޓަވަރެއްގެ ތިރީގައި ސެކިޔުރިޓީ ޕޯސްޓެއް ގާއިމުކޮށް އެ ޓަވަރުތަކުގައި އުޅޭ އެތައް ހާސް މީހުންނަށް ރައްކާތެރި ކަމެއް ފޯރުކޮށް ދެވޭނެ ކަމުގެ ގާބިލުކަން ވެސް ނެތް ސަރުކާރަކަށް މި ސަރުކާރުވަނީ!
ފފފފފ
24 November 2021
ފިރުއައުނު ޖެހިގެން އެބަހުރި!
މަންނާނު
24 November 2021
ކޮންމެފަދަ އަގެއްދީގެންވެސް މަންޑޭލާއަށް ސެކިއުރިޓީދޭން އެބަޖެހޭ ދެން ތިޔަތާހުރި ރަންފާޙާނާ ތަށި ވާހަކަ އާއި 7 ސްޓާ ރިސޯޓް އަކުން ކެއުން ތައްޔާރު ކުރާވާހަކަ ލިޔާނީއެއްނޫން
ޕަރސަން
24 November 2021
އަދި އަސްލުގަވެސް ބޮޑު ވަޒީރުކަން ލިބިއްޖެޔާ ހުންނާނެތާ ލައްކަ ފޯރި. ތިމަންނާ އުޅެނީ ރައްޔިތުންގެ ޙައްޤުގައޭ ފަޅޮލޭ ކިޔާއިރު ހީވާނެ ސަހަރޯއޭ. ވެގެންވާނަމަ މުޅި ޤައުމު ފެންފޮދަކާލާ ދިރުވާލާނެ
ޕަރސަން
24 November 2021
މުޅި ގައުމުގައި ރަތް ރޮނގުދަމާފަ ހަމައެކަނި އަންނިއަށް އުޅެވޭގޮތް ހަދަންވީނު ދެން. ބޮޑު މުސީބާތަކަށްވެއްޖެ މީނައަކާހުރެ
މާރިޔާ
24 November 2021
މުސީބާތަކަށް ވާ ވަރަށް ރަތް ރޮނގު ގިނަ އެއްނޫން.. ހަސަދަވެރިކަން ބޮޑުކަން މުސީބާތަކަށް ތިޔަ ވަނީ..
ހާނޖީ
24 November 2021
ކިހާބޮޑު .. މީ ގައުމަށް ޖެހިފަ އޮތް. ހަމަރީއްޗަަސްވެސް ރައްޔިތުމްނަށް ބަލަދުއަރާފަ
ފޫހި
23 November 2021
މި ކުޑަ މާލޭގައި މިމީހާ އެކަނި ދެން އުޅެންވީ. ޓެކްސް ފައިސާއިން ފެންވަރަނީ.