ޚަބަރު / އެޗުއީއޯސީ

އާ ވޭރިއަންޓް ފެތުރޭލެއް މާ ހަލުވި، ވެކްސިންގެ އަސަރު ކުރާ ވަރެއް ވެސް އަދި ނޭނގެ: އެޗްޕީއޭ

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: އޭނާ ވިދާޅުވީ އާ ވޭރިއަންޓު ފެތުރޭ މިންވަރު ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވި ކަމަށް ބެލެވޭ ކަމަށް--- މިހާރު ފައިލް ފޮޓޯ

ސައުތު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19ގެ އާ ވޭރިއަންޓް "ކޮމިކްރޯން"، ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ވޭރިއަންޓަށް ވެކްސިންގެ އަސަރު ކުރާ ވަރު ވެސް އަދި ދެނެގަނެވިފައި ނުވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ މެޑިކަލް އޮފިސާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ "އޮމިކްރޯން" ވޭރިއަންޓަކީ ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ވެސް އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވާ ކަމަށެވެ.

އެކަމަކު އެ ވޭރިއަންޓުގެ ޒަރީއާއިން ބަލި ޖެހޭ މީހުންނަށް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ބޮޑުކަމެއް ނޫނީ ސިވިއަރިޓީ މަތިކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އާ ވެރިއަންޓަށް ވެކްސިންގެ އަސަރު ކުރާ މިންވަރު އަދި ދެނެގަނެވިފައި ނެތް ނަމަވެސް، އެކަން ދެނެގަތުމަށް ވެކްސިން އުފައްދާ ކުންފުނިތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާ ލިބެން މަދުވެގެން ދެ ހަފްތާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ކަންބޮޑުވާ ކަމަކީ މި ވޭރިއަންޓަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަންސް ހުރި ކަމަށް ފެނުނު ވޭރިއަންޓް. ހާއްސަކޮށް ވައިރަސް ހަށިގަނޑުގެ ސެލް އަށް ވަންނަން އެ ބޭނުންކުރަން ބޭނުންކުރާ ވައިރަސްގެ އޭރިއާގެ މިއުޓޭޝަންސް ގިނަ ކަމަށް ފާހަގަކުރެވޭ. އެހެންވީމަ ސައިންސްވެރިންނަށް ލަފާކުރެވެނީ ފަަހަރުގައި ހަމަ މި ބަލި ޖައްސާ މިންވަރު ވެސް އިތުރުވެދާނެ ކަމަށް،" ނަޒްލާ ވިދާޅުވި އެވެ.

"ނަމަވެސް އިތުރު ދިރާސާކޮށްގެން އޭގެ ރަނގަޅު މައުލޫމާތު ލިބޭނީ."

މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ޑެލްޓާގޮތަށް ނުވަތަ އެއަށްވުރެ ވެސް ހަލުވިކޮށް ބަލި ފެތުރިދާނެ ކަމަށް ލަފާކުރެވޭ މި ވޭރިއަންޓުން. އަދި އެކަން ޔަގީނެއް ނުކުރެވޭ. އޭގެ ފުރުސަތު އެބަ އޮތް-- ނަޒްލާ

މި މަހުގެ 25 ވަނަ ދުވަހު ދެނެގަނެވުނު "އޮމިކްރޯން" ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅައިފަ އެވެ. އެ ވޭރިއަންޓާ ދެކޮޅަށް ސައުތު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މި ވަގުތަށް މަނާކުރީ [ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް] ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވާޓިނީ އިންނެވެ.

އޮމިކްރޯން ވޭރިއަންޓު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ރާއްޖެ އަށް ވޭރިއަންޓް އެތެރެވެފައިވޭތޯ ބެލުމަށް ސީކުއެންސް ޓެސްޓުތައް ހަދަމުންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

29 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 31%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނނނނ

30 November 2021

ދެން ކޯޗެއް އެނގިގެން ދައްކާ ވާހަކަޔެއް ތިޔަ.

The name is already taken The name is available. Register?

އަރިދަފުސް

30 November 2021

ބަންގާޅީ ބޭފުޅާ މިކިޔަނީކީކޭތަ؟

The name is already taken The name is available. Register?

ދޮންގޮއްޔެ

29 November 2021

ފޭކިސްތާން. މިހާރު ކޮންމެ ބެޗެއްގަ 1 ބިލިއަން ޑޯޒް ހަދާލާ. އިންސާނުންގެ ހަށިގަނޑަށް މި ހުރިހާ އެއްޗެއް އަޅަން ޖެހޭނެތާ. 3 ކުންފުނިން ދުނިޔޭގެ ހުރިހާ ފައިސާއެއް ނަގަން އުޅޭކަމަށް އިލްމުވެރިން ވިދާޅުވަނީ.

The name is already taken The name is available. Register?

ފފފފ

29 November 2021

ވައިރަސް ހޯދި ޑޮކްޓަރު ބުނަނީ މިއީ ނުރައްކާތެރި ވައިރަސްއެއް ނޫނޭ! ދިވެހިރާއްޖޭގެ މެޑިކަލް އޮފިސަރުން މާމޮޅީތަ؟

The name is already taken The name is available. Register?

ދދދދ

29 November 2021

ކަމެއްގެ ހަގީގަތް އެއްކޮށް އަދި ނޭނގޭއިރު ރައްކާތެރިވުމަކީ އޮތް ގޮތެއް.

The name is already taken The name is available. Register?

އުއްތަމަ އުސްތާޛް

29 November 2021

ނަޒުލާ ތިބޭފުޅުންނާއި ތިބޭފުޅުންގެ ސަރުކާރު ވެސް ފެއިލްވެއްޖެ. އަޅުގަނޑު މެން ވަރުބަލިވެއްޖެ. ދެން ވަރިހަމަ

The name is already taken The name is available. Register?

ފަހުދު

29 November 2021

މިއީ ހަމަ އެއްކަލަ ވޭރިއަންޓު އެއިނީ އެހެން މާސްކެއް އަޅައިގެން

The name is already taken The name is available. Register?

ެެޮެކke

28 November 2021

އެންމެ ތަފާތީ ވެންޓިލޭޓަރު ވޭރިއަންޓު، ދޯ

The name is already taken The name is available. Register?

މޭން

28 November 2021

ނޭންގެންޏާ ވާހަކަ ނުދައްކާ ނުރައްކަލޭ ކިޔައިގެން.

The name is already taken The name is available. Register?

ތަރުޖަމާ

28 November 2021

އެހެންވީމާ ކާލާވަރުވެސް ހަލުވި ވެފައި އަވަސް ވާނެ.

The name is already taken The name is available. Register?

އަލީފް

28 November 2021

"އޮމިކްރޯން"

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454