ރިޕޯޓް / ސުޕްރީމް ކޯޓް

ޔާމީން މިނިވަންވުން: މިއީ ޗެކް ނަންބަރެއް ދިމާނުވެގެން ވީކަމެއް ނޫން!

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްޔެ ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައިވޭ. ހުކުމުން ކުރުގޮތަކަށް ފެންނަނީ، ވަރަށް އާދައިގެ ކަންކަން ވެސް ނުކޮށް ދޫކޮށްލާފައިވާކަން.

ނޮވެމްބަރު 30، 2021-- ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާއި ޕާޓީ އޮފީސްކައިރިން ބައްދަލުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމުން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތީ އެމަނިކުފާނާ މެދު ވެެސް ކަން ހިނގާނީ އިދިކޮޅު ސިޔާސީ ބޭފުޅުންގެ ޖަލަށް ލުމުގެ ސިލްސިލާތަކުގައި މައްސަލަތަކުގައި މިހާތަނަށް ވެސް ކަން ހިނގާފައި އޮތް އުސޫލުން ކަމެވެ. އެހެންވެ، އެމަނިކުފާނު ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލް ކުރުމަކީ މުޅި ގައުމު ހައިރާންކޮށްލި ނިިންމުމެކެވެ.

ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުން ޔާމީނަށް އިއްވި ހުކުމް ހަައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ދަމަހައްޓާފައި ވަނިކޮށް، އަދި އެ ހުކުމްތަކާ މެދު އިދިކޮޅުގެ ބޮޑެތި ތުހުމަތުތައް އަމާޒު ކުރަމުން ދަނިކޮށް، ސުޕްރީމް ކޯޓުން އެ ނިންމުންތައް ބަދަލު ކުރުމުން ގިނަ ބަޔަކު ސިފަކުރީ ސުޕްރީމް ކޯޓާ މެދު އިތުބާރު އުފެދުނު ނިންމުމެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ އަނެއްކޮޅުން ފެންނަން އޮތީ ޔާމީންގެ މައްސަލާގައި ދައުލަތުން ކޮށްފައި ހުރި ދެކޮޅު ނުޖެހޭ އެތައް ކަމެކެވެ.

ޔާމީންގެ މައްސަލާގައި އެންމެންނަށް ފެންނަން އޮތީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރެވެ. އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުށް ސާބިތުވީ ރަނގަޅަށް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރަމުން އައި ހުއްޖަތަކީ އެމަނިކުފާނުގެ އެކައުންޓަށް އެ ފައިސާ ޖަމާވި ޖަމާވުން ނުވަތަ ފައިސާއެއް ލިބުން އެއީ ކުށެއް ކަމުގައި ދެކިގެންނެވެ. މިއީ މި މައްސަލަ ފެށުނީއްސުރެން ފެށިގެން މިކަން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތްގޮތެވެ. އެކަމަކު ކަން އޮތްގޮތަކީ އެއީއެއް ނޫނެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އަސްލު މުއާމަލާތް ހިނގި ކަމާ މެދު ވެސް ޝައްކު

ޔާމީންގެ މައްޗަށް ދައުލަތުން ކުރީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށެއް ކަމުގައި ބެލެވެނީ އެހެން ކުށެއް ކޮށްގެން މީހަކު ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް އަތުގައި ބެހެއްޓުން ނުވަތަ އެއިން މުއާމަލާތު ކުރުމަށެވެ. އެހެންވެ، ދައުލަތުން ތުހުމަތުކުރީ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާއަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާ ކަމާ މެދު އެ މުއާމަލާތް ފެށުނުއިރު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. ސަބަބަކަށް ވީ ވޮޑަމުލާގެ ފައިސާ އެސްއޯއެފް އަށް ލިބުނު ކަމަށް ދައުލަަތުން ބުންޏަސް، އެ ފައިސާ ޖަމާކުރުމުން ބޭންކުން ދޫކުރި ލިޔުންތަކާއި ޗެކް ނަމްބަރުތައް ދިމާ ނުވުމެވެ. އެހެންވެ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާ ކަން ކަށަވަރު ނުވަނީސް، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރީ އެ ފައިސާ ކަން ކަށަވަރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ކަންމިހެން އޮތްއިރު، މި ޝައްކުގެ އާހިރު ނަތީޖާއަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމާ މެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެ އެވެ."

"ކަންމިހެން އޮތްއިރު، މި ޝައްކުގެ އާހިރު ނަތީޖާއަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމާ މެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެ އެވެ." ހުކުމުގައިވެ އެވެ.

ކުރު ގޮތަކަށް ބުނާ ނަމަ، މި މައްސަލަ ފެށެނީ އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާގެ ފައިސާ ޖަމާވި ކަމަށް ބުނާ ހިސާބުން ކަމަށް ވާއިރު، އެ ފައިސާ އެ ކުންފުންޏަށް ލިބުނު ކަމާ މެދު ސުވާލު އުފެދުމުން އެ މައްސަލަ ބިނާވި އަސްލު ސަބަބު ގެއްލުނީ އެވެ. އެހެންވެ، ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާގެ ވާހަކަ މި މައްސަލާގައި އިތުރަށް ދައްކާކަށް ވެސް ނުޖެހެ އެވެ. އެއީ، ހަމައެކަނި ލިޔެކިޔުންތަކަށް ބެލިޔަސް، ފާޅުކޮށް ފެންނަން އޮތް ކަމެކެވެ.

ފައިސާ އަށް ޝައްކު ކުރެވޭ ކަން ދައުލަތަށް ބުނެ ނުދެވުނު

މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން ކުށެއް ކޮށްގެން ހޯދި މުދަލެއް ނުވަތަ ފައިސާއެއް ގެންގުޅުން ނުވަތަ މުއާމަލާތް ކުރުން ކަމަށް ބަލަނީ އެއާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮއްވާ އެ އެއްޗެއް ގެންގުޅުން ނުވަތަ މުއާމަލާތް ކުރުމަށެވެ. މާނައަކީ މިސާލަކަށް މީހަކު ދޭ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާއެއް ކަމަށް ޝައްކު ކުރެވިފައި ވަނިކޮށް އެ ފައިސާ ގެންގުޅުން ނުވަތަ ބޭނުން ކުރުމެވެ. އެއީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާއެއް ކަން ކޯޓެއްގައި ސާބިތުވެފައި އޮތުން ލާޒިމެއް ނޫނެވެ.

އެހެންވެ، މި މައްސަލާގައި ދައުލަތުން ސާބިތުކޮށް ދޭން ޖެހެނީ އެއް މިލިއަން ޑޮލަރަކީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ޔާމީނަށް ޝައްކު އުފެދޭ ހާލަތެއް އޮތް ކަމެވެ. މިކަން ސާބިތު ކުރަން ދައުލަތުން ބޭނުންކުރީ އޭރުގެ ނައިބުު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޔާމީނަށް ފޮނުވި ސިޓީތަކާއި އެ ކޮމިޝަންގެ އޭރުގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހުގެ އިތުރުން އޮޑިޓާ ޖެނެރަލަށް ޔާމީން ހުށަހެޅި މާލީ ބަޔާނެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން އޭސީސީން ޔާމީނަށް ފޮނުވި ސިޓީގެ އެއްވެސް އިބާރާތެއްގައި އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމަށް އެ ކޮމިޝަނަށް ބެލެވޭ ކަމަށް ބުނެފައެއް ނެތެވެ. އަދި ޔާމީނަށް ދައުވާ ކުރުމާ ހަމައަށް ވެސް، އެ ފައިސާގެ އަސްލު އެ ކޮމިޝަނަށް ހޯދިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ވަކި ކުށަކާ ގުޅުވުމެއް ނެތި އަދި ތަހުގީގީ އިދާރާއަކުން ބުނެލާ ބުނެލުމަކީ މަނީ ލޯންޑްރިންގެ ކުށް ފުރިހަމަ ކުރުމަށް ބޭނުންވާ ޝައްކު ކުރެވޭ ހާލަތެއް އުފެދޭނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އަހުމަދު އަދީބާއި ޒިޔަތުގެ ހެކިބަހަށް ބެލިޔަސް، އެކަމަކު އެ ދެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދިފައި އޮތުމުގެ އިތުރުން އެ މީހުންގެ ހެކިބަހަށް ބާރު ދޭނެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި ޔާމީންގެ މާލީ ބަޔާނަށް ބަލާއިރު ވެސް، އެއް މިލިއަން ޑޮލަރާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮތްކަން އެމަނިކުފާނަށް އެނގޭ ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ފައިސާއާ މެދު ޝައްކު އުފެދިފައިވާ ކަން އެނގޭނެ ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށް ހުކުމުގަައިވެ އެވެ.

ހުކުމުގައިވާ ގޮތުން ވަކި ފައިސާއާ މެދު ޝައްކު ކުރެވޭ ކަމަށް ތަހުގީގީ އިދާރާއަކުން ބުނެލާ ބުނުލުމުގެ މައްޗަށް އެކަނި ބިނާކޮށްގެން އެ ފައިސާއާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ބަލާ ނަމަ، ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނިކުންނާނެ އެވެ. އެގޮތުން ޝައްކު އުފެދުނު ފައިސާ ބޭނުން ކުރުމުން މީހެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައި ވަނިކޮށް އެ ފައިސާއަކީ ސައްހަ ގޮތުގައި ލިބުނު އެއްޗެއް ކަމަށް ތަހުގީގީ އިދާރާއިން ކަނޑައެޅުމުގެ ފުރުސަތު އޮންނާނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"ކުރިކަމަށް ބެލެވޭ ކުށަކާ ނުގުޅުވައި، ކުށްކުރި ކަމާ މެދު އުފެދޭ ޝައްކުގެ އެކަށޭނެކަން ހަގީގަތުގައި ވަޒަން ނުކުރެވޭނެ އެވެ. އެފަދައިން ޝައްކުގެ އެކަށޭނެކަން ޝަރީއަތުން ވަޒަންކޮށްފި ނަމަ، ނުކުންނާނެ ނަތީޖާއަކީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ފަހުން ފެންމަތިވާ ކަންކަމުން، މަނީ ލޯންޑްރިންގެ ކުށުން ކުށްވެރިވެފައިވާ މީހާ ދޫވުމުގެ އިހްތިމާލު ބޮޑުވެގެން ދިއުމެވެ. އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމާ މެދު ފާޅުކަން ބޮޑު ޝައްކުތަކެއް އުފެދިިގެން ދިއުމެވެ." ހުކުމުގައިވެ އެވެ.

ފުރިހަމަ ތަހުގީގެއް ނެތް

މި މައްސަލާގައި ސުޕްރީމް ކޯޓުން ދެން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައި ނެތުމެވެ. އެގޮތުން އެސްއޯއެފް ކުންފުންޏާ ގުޅޭގޮތުން ވެސް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނެތްއިރު، އެސްއޯއެފްގެ ފަރާތުން ފައިސާ ޖަމާ ކުރުމުގައި ހަރަކާތްތެރިވި މީހުންގެ ހެކިބަސް ނަގަައިގެން ޝައްކުތައް ފިލުވާލަން ދައުލަތުން މަސައްކަތް ކޮށްފައި ނެތުމާއި އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމުން ފަދަ ކަންކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޔާމީން އިއްޔެގެ ޝަރީއަތުގައި: ތަހުގީގު ކުރުމުގައި ވެސް މައްސަލަތައް ހުރި

"އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއް ކަން ކަށަވަރެއް ނުވެ އެވެ. އެ ފައިސާ ޖަމާވެފައިވާ އެސްއޯއެފްގެ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި މައްސަލާގައި ކުރެވިފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތެއްގައި ކޮށްފައިވާ ކަމުގައި ނުބެލެވެ އެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ފުރިހަމަ ތަހުގީގެއް ނުކުރުމުގެ އިތުރަށް ބޭންކްތަކުގައި ހުންނާނެ ކަމަށް ބެލެވޭ ފަދަ މުހިންމު މައުލޫމާތުތައް ވެސް އެ މަައްސަލާގައި ހުށަހެޅިފައެއް ނެތެވެ. އަދި އެފަދަ ހެކިތަކެއް ހުށަހެޅި ނަމަ، ހުކުމް ތަފާތުވީސް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވީ މިފަދަ ބޮޑު މައްސަލައެއްގައި ތަހުގީގީ މަރުހަލާތަކުގައި ވެސް ކަންކަން ބަލަންވާ މިންވަރަށް މި މައްސަލާގައި އެއްވެސް ކަމެއް ބެލިފައި ނެތް ކަމެވެ. ދައުލަތަށް ގެއްލުނު ފައިސާތަކެއްގެ މައްސަލާގައި ސިޔާސީ ގޮތުން ހަލަބޮލި ކަން ކުރިމަތިވެ، އެތައް ބަޔަކަށް ބޮޑެތި ތުހުމަތުތައް އަމާޒުވެގެން ދިޔަ މި ބޮޑު މައްސަލާގައި ނަމަކަށް ކަމެއް ކޮށްފައި އޮތް ކަމެވެ. އަދި މައްސަލާގެ އަސްލު ހޯދަން މަސައްކަތް ނުކުރެވި އޮތް ކަމެވެ.

78 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 2%
icon angry icon angry 58%
icon wow icon wow 3%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫނާ

04 December 2021

ދެން ޗެކުނަމްބަރު ދިމާނުވެގެން ހަމަ ކެންސަލަކުރީ.. އެކަމަން ރަނގަޅުކުރާން ސަރުކާރަށް ފުރުޞަތު ދިންނަމަ ރަނގަޅުވީސް. އެކަެުންޓަށް ޖަމާވި ކަމަށް އެއްބަސްވި. އެ ފައިސާ ހެދި އެގުރީމެންޓާއެއްގޮތަށް ޖަމާނުކޮށް އެ ފައިސާ ރޯލް ކުރި ކަމަށް އެއްބަސްވި. ދެން މީ ކޮން އެއްޗެއް . ލޯންޑާ އެއް ނޫންތޯ. ރުހުމުގެ ލޮލަކަށް އައިބެއް ނުފދެންނާނެ. ޝުކުރިއްޔާ

The name is already taken The name is available. Register?

ޟުއޫރު

02 December 2021

އެމްއެމްޕީއާރސީގެ ވަގު ފައިސާގެ މައްސަލައިގަ ހިމެނޭ ކަމަށް ބުނާ 272 މީހުންގެ ލިސްޓުގައިވާ ނަންތަކުތެރޭ މި ސަރުކާރުގެވެސް ދެބައިކުޅަ އެއްބައިމީހުން އެބަހިމެނޭ! ޢެހެންވީމާ ވަކިމީހަކަށް ޙުކުމްކުރެވޭ ކަށްނެތް! މިއީ ވާނުވާނޭނގި އަމިއްލަ ދުލުންގޮށް ލުއްސާލެވިގެން ބުނެލެވޭބަސްތައް. ބުނެލާނެ އަދީބަކީ އަހުރެމެން ފޮނުވި ފަންޏެކޭ! ތާކުންތާކު ނުޖެހޭ. ޔާމީނަށް ޙުކުމްކޮށް ޖަލު ބެހެއްޓީ ސަޤާފަތް ދަމަހައްޓަން މި ކޯލިޝަން ސަރުކާރު އެއްބަސްވެ ނިއްމައިގެން

The name is already taken The name is available. Register?

ސައިޚް

02 December 2021

ޕީ.ޖީ. ޝަމީމް ޕްރޮސިކިއުޓުކުރި އެއްވެސް މައްސަލައެއް އަދި ނެތް ސާބިތުވެފަކަ، ރިހާކުރުފުޅި މައްސަލަނޫނީ، ޕީ.ޖީ. ވެއްޖެ އިސްތިއުފާދޭން، މާމޮޅުމީހަކަށް ހެދިގެން ޓްރަކުސޫޓުލާފަ މޫދުކުޅިވަރަށް ނިކުމޭ، އެމީހަކަށް ކުރެވޭ ކަންކަން ކުރަން އުޅެގެން ކުރިއަރާނީ،

The name is already taken The name is available. Register?

މިސްރާބު

02 December 2021

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ތަހުގީގީ އިދާރާތަކާއި ޕީޖީ އިން ވަކި ކަންތައްތަކެއް ފުރިހަމަ ނުކޮޑް ހުރުކަމަށް ހުކުމެއްގައި ލިޔެވުމުން، މިކަމާއި އެއްވެސް އިދާރާއަކުން، އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކުރާނެބާ؟ ރަނަގަޅަށް ވިސްނާލުމުން އެނގޭނެ ސްޕްރީމް ކޯޓުން އެބުނި ބުނުމަކީ އާދައިގެ ކުޑަކުޑަ ވާހަކައެއް ނޫން!

The name is already taken The name is available. Register?

ހަސަންކާރި

01 December 2021

ނައިސް ޑްރާމާ... އަޑެއް ނާހަމުތޯ ހަކުޅި ކުރިއަަށް ކުޅޭ ސިޔަސީ މީހެއްގެ ވާހަކަ.. އޭނަގެ އެންމެ ފަހުގެ ޕްރޮޖެކްޓަކީ ރާއްޖެ ބަރުލަމާނީ ނިޒާމަށް ފުރޮޅާލުން. ކަލޯ މެންނަން ރޭނގަޑާއި ދުވާލުވެސް އަންގާނުލާ ޔާމީނު ބަރުލަމާނީއަށް އަނބުރާލާނެ. ޔާމީނަށްވެސް އެނގޭ ބޮޑުވަގު ޓެގް އެޅިފައިއޮއްވާ ދެން އޭނަ ދިވެހިން ކުރިމައްޗައް ނިކުމެގެން ހަމަވާވަރަށް ވޯޓު ނުލިބޭނެކަން. ދެމީހުންނަށްވެސް ހަމައެކަނި އޮތް ފުރުސަތަކީ ބަރުލަމާނީ.. ވ. ވެދުން

The name is already taken The name is available. Register?

ޢެޑްމުންޑޯ

01 December 2021

މިލިއުމުންވެސް ވަރަށްގިނަ މައުލޫމާތްތަކެއް ސާފްވެއްޖެ . ޥާނުވާގައި ތިބެ އަނގަމައިތިރި ނުވެގެން މީހުންގެ އަބުރު ކަތިލަމުންދާ މީހުންނަށް ވެސް ރަގަޅު ލިއުމެއްކަމަށް ދެކެން.

The name is already taken The name is available. Register?

އަފްރާސިޔާބު

01 December 2021

ގިނަބަޔަކު ދެކޭގޮތްވެސް އެގޭ ނޫސްވެރިއެއް.

The name is already taken The name is available. Register?

ބޮޑުމީހާ

01 December 2021

ވާގޮތަކީ އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންކުރީ މިފައިސާ، އެހެންވެ އަދީބާއި ޒިޔަތު ގޭގަ ބަހައްޓާފަ އެކަމަކުވެސް 2023 ނުލިބިދާނެތީ އެބަޖެހޭ ޔާމީނަށް ކޮންމެވެސް ގޮތެއް ހޯދަން. ދެކޮޅުން ކާން އުޅެގެން ޔާމީންވެސް ދޫވެއްޖެ ރައްޔިތުންގެ އިތުބާރުވެސް ގެއްލިއްޖެ ދެން 2023 ވެސް ލަލަލާ

The name is already taken The name is available. Register?

ހަސަނު

01 December 2021

ރިހާކުރު ފުޅި ނެގި މީހާއަށް ހުކުން ކުރީ އެ ފުޅީގައި ހުރީ ރިހާކުރުކަން ސާބިތުކުރާނެ ހެކި ނެތި..

The name is already taken The name is available. Register?

އުދުހޭ

01 December 2021

އަދި އެފުޅީގައި ހުރީ ރިހާކުރުތޯ ބެލުމަށް ދައުލަތުން އޭގެ ރަހަ ނުބަލާ

The name is already taken The name is available. Register?

ޗޮސްބެ

01 December 2021

އެފުޅީގެ ބޭރުގަ އިނޭ ރިހާކުރު ލިޔެފަ.

The name is already taken The name is available. Register?

ބިއްޖެހި

01 December 2021

އިބޫ ބައްކައްކާ ކުޅެނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454