އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތިތަކެއް --- ފޮޓޯ: ޕޮލިސް
02 ޑިސެމްބަރ 2021 - 23:40
ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ތެރެއިން އެކަކު އިއްޔެ ދޫކޮށްލައިފި އެވެ.
އެ ތަކެތި އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރެޒިލްގެ ދެ މީހަކު ކަމަށްވާ ކްރިސްޓިއާނޯ ސިލްވާ 28 އަދި ނައިރު ނޫނޭސް ޑިސޫޒާ 37 ހައްޔަރުކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ (ނައިރު) އިއްޔެ ކްރިިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
މަސްތުވާތަކެތި ފެނުނީ ކްރިސްޓިއާނޯ ސިލްވާގެ ލަގޭޖުންނެވެ. އޭނާގެ ލަގޭޖުން ފެނުނު ޑްރަގްގެ ބަރުދަނުގައި ޕެކިންއާއެކު 18.857 ކިލޯ ހުއްޓެވެ.
މި ދެ މީހުންގެ ތެރެއިން ނައިރު އަށް ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަމަށް ކްރިސްޓިއާނޯ ސިލްވާ ވަނީ އެއްބަސްވެފަ އެވެ. ކޯޓުން ނައިރު ދޫކޮށްލީ އެހެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
03 December 2021
65 މެމްބަރުންނާއިއެކު ސަރުކާރު ހިންގަން އެމްޑީޕީއަށް ހަވާލުކުރުމުން މި ފެނިގެންދަނީ އިޖްތިމާޢީ ފޭރާން ކޮށައި ކުދިކުރާތަނެވެ.
ފޯރަމް
03 December 2021
ޑްރގާއި އެކު އަތުވާ އެންމެން ދޫވޭ އެމީހުން އަތުގައި ފައިސާ ހުރޭ ބިލެތް ބޮނޑި ނަގާ މީހާއަށް ޙުކުމް ކުރެވި ތަންފީޒު ކުރެވޭ ނިކަމެތިން އަތުގައި ފައިސާއެއް ނުހުރޭ
މުޙުއްމާ
03 December 2021
ތިކަން ރަގަޅުވާނީ ކޯޓްތައް އުވާލާ ފުލުހުންނަށް ބާރުދީގެން. ކޮރަޕްޓް ފަޑިޔާރުން ހެއްލޭނެ ހަމަ ލާރިކޮޅެއްދޭއިރަށް. ޤާނޫނުހަދާ މަޖްލިހަށްވެސް އެބަހެހޭ ޝަރުތުތަކެއް ކަޑައަޅައިގެން ޤާބިލު މީހުން ހޮވަން.
އިބްރ
03 December 2021
ކޯޓުން ހުކުމްޖެހީ ގާނޫނުގައިވާގޮތަށް ކަމުގައިވާނަމަ އެމްޑީޕީގެ 65 މަޖިލިސް މެމްބަރުންގެ އިސްތިއުފާއަށް ގޮވައިލަށްވާ.
ސަކީނާ
03 December 2021
އެެކަކު ދޫކުރަނީ ކީއްކުރަން؟ އެންމެންވެސް ދޫކޮށްލާ. ހައްޔަރުކޮށްގެން ގެންގުޅޭ ކޮންމެ ދުވަހަކު ރައްޔިތުންގެ ބައިތުލްމާލުން ކަަާންދީބޯންދީގެން ތަހުގިީގުކޮށް ނިމެޭއިރު ނޫނީ ޝަރީޢަތްކޮށް ނިމޭއިރު ތިމީހުންކުރި ކުށެއްވެސް ނޯންނާނެ. ދެންޖެހޭނިީ ތިމީހުނަށް ގެއްލުމުގެ ބަދަލް ރައްޔިތުންދޭން.
ގަލަން
03 December 2021
ޝަރީޢަތަކީ ބޭރުފުށަށް ހިނގާ އެއްޗެކޭ ކިޔާތީ ނާހަމުތަ؟ މަސްތުވާތަކެތި ފެނުނީ ފިރިހެންމީހާގެ ލަގޭޖްތެރެއިން. އަންހެންމީހާ އެބުނަނީ ތިމެންނާ ނުދެނެހަރީމޭ. ފިރިހެންމީހާވެސް އެބުނަނީ އަންހެންމީހާއަކަށް ނޭނގޭނެޔޭ. ދެން އެއަރޕޯރޓްގައި އެލަގެޖް އުފުލިމީހުނާއި މަތިންދާބޯޓު ދުއްވިމީހުނާއި އެއިން ދަތުރުކުރި އެންމެން ކޮންމެހެން ހައްޔަރުކުރަންޖެހޭތަ؟ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބުދީގެން މެނުވީ މިގައުމު ދެންސަލާމަތެއްނުވާނެ.
ޗަމަން
03 December 2021
މަސްތުވާތަކެތި އަތުލަނީ ފަސޭހަކޮށް ތިޔަ ބޭނުންވާ ޢިއްޒަތްތެރިންނަށް ފޯރުކޮށްލަދެން ދެއްތޯ؟ ގެންނަމީހުން ހިފާފަ ޝުކުރުއަދާކޮށްފަދޯ ތި ފޮނުވާލަނީ
1828
02 December 2021
ކުރާނެ ކޮމެންޓެއް ނެތް