ކަސްޓަމްސް އިން އަތުލައިގަތް ހަޝިޝް އޮއިލް، ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްފައި.
28 ޑިސެމްބަރ 2025 - 10:50
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
އެ ކުންފުންޏަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިޔަފާރި ހިންގާ ކުންފުންޏެއް ކަމަށް ވެ އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މީހަކު ހައްޔަރުކޮށްފައިވާ ކަން މީޑިއާ އަށް ކަށަވަރު ކޮށްދިނުމަށް ފަހު، ފުލުހުން ހަމައެކަނި ބުނީ އިތުރު މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
އެކަމަކު ކްރިމިނަލް ކޯޓު ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ ވަނީ ގދ. ތިނަދޫ، މުހައްމަދު އާދިލް، 57، އެވެ.
އޭނާ ހައްޔަރުކުރީ ރާއްޖެ އަށް އައި އެމްއެސްއެސް ޑޫރާ ބޯޓުން އެތެރެ ކޮށްފައިވާ މުދާތަކުގެ ތެރެއިން ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ގެނެސްފައިވާ މުދާތަކުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ކޯޓު އަމުރުގައި ވެ އެވެ.
އެ މުދާ ކްލިއާ ކުރުމަށް ކުންފުނީގެ ފަރާތުން އަހުމަދު އަލީ ކިޔާ މީހަކު ދާނެ ކަމަށް ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް ރާސް މޯލްޑިވްސް އިން މެއިލްކޮށްފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައި ވެ އެވެ
ކަސްޓަމްސް އިން އަތުލައިގަތް ޑްރަގް ޓެސްޓު ކުރަނީ.
އާދިލް ހައްޔަރުކުރީ އެކަމުގައި އޭނާ ބައިވެރިކަމުގެ ތުހުމަތު ކުރެވޭތީ އާއި އޭނާ ދޫކޮށްލާފައި ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެކި ނައްތާލާފާނެ ކަމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އެވެ.
އަމުރުގައިވާ ގޮތުން ރާސް މޯލްޑިވްސް ރަޖިސްޓަރީ ކޮށްފައި ވަނީ އާދިލްގެ ނަމުގަ އެވެ. އެއީ މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެެވެ.
ހަޝިޝް އޮއިލް އަތުލައިގަނެ، ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބީރުބޯވަޒީރު
28 December 2025
"ރާސް" އަކީ ކޯއްޗެއް؟ އައި ފީލް ލެފްޓް އައުޓް
ދިސް ޗިކް
28 December 2025
މީ އަލަކަށް ކުރި ކަމެއ ނޫން. ބުސްޓް ވާނީ ލައްކަ ފަހަރު ކުރާ ފަހުން.. މި ކުންފުނީ އޯނަރ އުޅޭނީ ވަރަށް މުެްސަނދިކޮށްތާ އެހެންވީމަ.. އޭނަގެ އެލައުންޓް ތަކުގަ ހުރި ވަރަކާ ލަކްޝަރީ އެސެޓްތަކުގެ ތަފްޞީލް ވެސް ކިޔާލަބަލަ..
އަހުމަދުއަލޯ
28 December 2025
ކޮމްޕެނީއަށް ނަންދީފަ އެއިނީވެސް ވަރަށް ވިސްނާފަ.
ވޯލް
28 December 2025
ރާއްޖޭގައި މިހެން ކުންފުނި ހަދާިެގްނ ތަނަވަސް ކަން ހޯދައިގެން އުޅޭމީހުން ލައްކަ އެެބައުލޭ.
އިބް
28 December 2025
ގައުމަށް އެންމެ ނުރައްކަލީ ބޯދިގުކޮށްފަ ތިބޭމީހުންނެއްނޫން. ހުދު ގަމީސްލާ ބެގީކޮށް ޓައި އަޅާފަ ތިބޭމީހުން މާ ނުރައްކާ.
މުލޭ
28 December 2025
މިފަދަ ކަމެއް އިތުރަށް ކުރަން މީނާ ދޫވުމަށް ފުރުސަތު ދީގެން ނުވާނެ. މީނާ ކުރާ ވިޔަފާރިން ލިބޭ ޢާމްދަނީ ބަލައި ވަރަށް ރަނގަޅު ތަޙުގީގެއްކޮށް އެ ވިޔަފާރިއަކާ އެކަށީގެން ނުވާ މުއްސަނދިކަމެއް ލިބިފައި ހުރިތޯ ބަލަންވާނެ. ވޭތުވެދިޔަ އަހަރުތަކުގައި ކިހާ ޓެކްސެއް ދައްކާފައި ހުރިތޯ ބަލަން ވެސް ވާނެ.
ވށނެތސ
28 December 2025
ތިކަމެއް ނުވާނެ
ޢެޑްމުންޑޯ
28 December 2025
މުލޭގެ ތިއުންމީދު ފުރިހަމަ ނުވާނެ ، ނިކަން އަވަހަށް ސަލާމަތްވެ ހަމަޖަރީމާ ހިންގުމުގައި ކުރިއަށް ދާނީ
ބާލިދީ
28 December 2025
ރާއްޖޭގެ ޤާނޫނުތައް އޮތްގޮތުން ތިކަމުގައި އެކަކުގެ މައްޗަށްވެސް ދައުވާއެއް ނުކުރެވޭނެ. ޖެހޭނީ ދޫކޮއްލަން. އެކަން އެތެރެކުރާ މީހުންނަށް އެނގޭ.
އިބުރ
28 December 2025
ތި މުދަލެއްވެސް އެތެރެ ކޮށްފައި ހުންނާނީ ރަސްމީ ސަޕްލަޔަރެއްގެ އަތުން. އެހެން ވިއްޔާ އެގައުމަކާއި ގުޅިގެން އެސަޕްލަޔަރަކަށް ވެސް އެބަޖެހޭ ފިޔަވަޅު އެޅެން.
ފަސް ފަހެތިން ފަޑައި
28 December 2025
ކާމިޔާބްވެ 30 މިލިއަން ލިބުނުނަމަ މިމީހުން އުދުހޭނެ ދޯ.އަހަރުމެން މިއުޅެނީ އަތުގަ 50ރ ވެސް ނެތިގެން.
ނަޑޭ.
28 December 2025
މަހުވައި ތޭ ހަމަ ތެދަށް. މަ ދެން ކިޔަން ކެރާނެއި.
ރަދީފްއޮފިޝަލް / ފޮސްކަލޯ
28 December 2025
ކުންފުނީގެ ނަމުން ވެސް ވަރަށް ގިނަ ވާހަކަ ބުނެދޭ."ރާސް".އިފް ޔޫ ނޯ ޔޫ ނޯ.ވ.ވެދުން
ތެނަދޫމީހެއް
28 December 2025
ތިނަދޫ އަކީ ޑްރަގް ގެ މައި ހަބެއް. މިހެން މި އަތުލައިގަނެވެނީ މަދު އެތިކޮޅެއް. ކަނޑުމަގުން ގެންނަ މުދަލުގައި ޑްރަގް ފޮރުވައިގެން ގެނައުމަކީ އެންމެ އާއްމު މެތަޑް. އެކަމަކު މިކަމަށް ދެވިފައި އޮތް ސަމާލުކަން ވަރަށް ކުޑަ. އެއަރޕޯޓް އިން އަތުލައިގަނެވޭ މެޖޯރިޓީއަކީ ޑިޕާރޗަރ ޑެސްޓިނޭޝަން އިންޓެލް އިން ހިއްސާކުރާ މަޢުލޫމާތުން އަތުލައިގަނެވޭ އެއްޗެހި.