04 ޑިސެމްބަރ 2021 - 06:41
ޓެކް ކުންފުނީގެ ތެރޭގައި އޮންނަ ވާދަވެރިކަން ފެންނާނީ މިކަހަލަ ޒާތްޒާތަށެވެ. ވިންޑޯޒް ބޭނުންކުރާ މީހުންނަށް މައިކްރޯސޮފްޓުން މިހާރު "ބާރު އަޅަނީ" ގޫގުލްގެ ބްރައުޒާ، "ކްރޯމް" ގެ ބަދަލުގައި "މައިކްރޮފްޓް އެޖް" ބޭނުން ކުރުމަށެވެ.
މީޑިއާތަކުން ބުނި ގޮތުގައި ވިންޑޯސް 10 އާއި 11 ބޭނުންކުރާ މީހުން މިހާރު "ކްރޯމް" ޑައުންލޯޑްކުރަން އުޅެފި ނަމަ ވިންޑޯޒް އަށް "ފާޑެއްގެ" ޕޮޕަޕް ނޮޓިފިކޭޝްންތަކެއް އަންނާނެ އެވެ. އޭގައި ބުނަނީ ކްރޯމް އަށް ވުރެ ހުރިހާ ގޮތަކުން ވެސް "މައިކްރޮސޮފްޓް އެޖް" މާ ބަރާބަރު ކަމަށެވެ. އިތުރަށް ބުނަނީ ދެ ބްރައުޒާގައި ވެސް ހުރީ ދާދި އެއްހަލަ ޓެކްނޮލޮޖީތަކެއް ކަމަށާއި އެކަމަކު ""އެޖް އަކީ އިތުބާރު ބޮޑު، މާ ރައްކާތެރި އެއްޗެއް ކަމަށެވެ.
Microsoft Edge now bashes Google Chrome when you download it - @LawrenceAbramshttps://t.co/WYzyh2eWQc
— BleepingComputer (@BleepinComputer) December 2, 2021
ދެހާސް އަށެއްގައި ނެރުނު ކްރޯމް އަކީ މިހާރު އެންމެ މަބުގޫލު ބްރައުޒާ އެވެ. މައިކްރޮސޮފްޓް އެޖަކީ 2015 ގައި ދޫކޮށްލި އެއްޗެކެވެ.
As an example: pic.twitter.com/IN54MP2hwW
— BleepingComputer (@BleepinComputer) December 2, 2021
"ކްރޯމް" ގެ ބަދަލުގައި "އެޖް" ހިޔާކުރަން ބާރުއަޅާ އިރު، އެ މެދުވެރިކޮށް ގޫގުލްގެ ޖީމެއިލް ފަދަ ހިދުމަތްތައް ބޭނުންކުރާ ނަމަ، ގޫގުލް އިން ވެސް ހަމަ މައިކްރޮސޮފްޓުން ދެމުން ޔޫޒަރުންގެ ބޮލަށް ސަވާރުވާން ފާޑުފާޑުގެ މެސެޖްތައް ދެ އެވެ. އެކަމަކު ސީދާ ނޮޓިފިކޭޝަންތަކުގެ ބަދަލުގައި ވެބްސައިޓް އެލާޓްތަކާ އެކީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
04 December 2021
ދޭތެރެދޭތެރެއިން ލިބޭ މެސެޖްތައް ބައެއްފަހަރު އަހަރުމެންފަދަ އާދައިގެ މީހުންގެ ބޮލަށް އުނދަގޫވޭ.