ހިޔާ ފްލެޓު ސަރަހައްދުގައި އިދިކޮޅުން ބާއްވަން ރާވަމުންދާ ޖަލްސާއަކީ ހުއްދަ ހޯދައިގެން ކުރާ ކަމެއް ނޫން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 ޑިސެމްބަރ 2021 - 07:41
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނު ކޮށްފައިވީ ނަމަވެސް އެޗްޑީސީގެ ހުއްދަ އަށް މިހާތަނަށް އެދިފައި ނެތް ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ކުންފުނިން އެހެން ބުނި ނަމަވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަހުމަދު ނަރީޝް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއަކުން ވަނީ އެ ހުއްދަ ދެއްވައިފަ އެވެ. އެ ސިޓީގައި ނަރީޝް ވިދާޅުވެފައި އޮތީ އެ ޖަލްސާ "ތިޔަ ޕާޓީން އެދިލައްވާފައިވާ ގޮތަށް ބޭއްވުމާ މެދު ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް" ކަމަށެވެ.
ނަމަވެސް ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެޗްޑީސީންނެވެ. އެ މައްސަލައިގައި އެ ކުންފުންޏާއި ސިޓީ ކައުންސިލާ ދެެމެދު ކޯޅުމެއް އުޅޭތާ ކިތަންމެ ދުވަހެކެވެ. ސިޓީ ކައުންސިލުން ބުނާގޮތުގައި ގާނޫނީ ގޮތުން ހުޅުމާލެ އަކީ ވެސް އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ބައްދަލު ކުރެއްވުމަށް، "ކޮތަރު ކޮށި" ގެ ނަމުގައި ހުޅުމާލޭގައި ޖަލްސާއެއް ބާއްވާއިރު، އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކަމުގެ ހުއްދަ ހޯދަން ލިޔުމުން އެ ކުންފުންޏަށް ހުށަހަޅައި އެ ހުއްދަ ހޯދައިގެން ވަކި އުސޫލެއްގެ ދަށުން ކަމަަށެވެ. އެފަދަ ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އަދި އެކަމަށް ހާއްސަ ކުރާ ވަކި ސަރަހައްދެއްގައި ކަމަށް އިއުލާނުގައި ވެ އެވެ.
އެކަމަކު، ޕީޕީއެމްގެ ޖަލްސާ ބާއްވަން އުޅެނީ އެ އުސޫލުތަކާ އެއްގޮތަށް އެ ކޯޕަރޭޝަނުން ހުއްދަ ހޯދައިގެން ނޫން ކަމަށް އެޗްޑީސީން ބުނެ އެވެ.
ނަމަވެސް، އޮންނަ އުސޫލުތަކުގެ ތެރެއިން ހުއްދަ އަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި އެގޮތަށް އަމަލު ކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެ އެވެ.
ހިޔާ ފްލެޓްތަަކަކީ ޔާމީންގެ ވެރިކަމުގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތުގެ ފުރިހަމަ ކްރެޑިޓް އޮތީ އިދިކޮޅަށް ކަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ. މިއީ އެ މަނިކުފާނު މަނީ ލޯންޑަރިންގެ ޖަލު ހުކުމުން ސަލާމަތްވުމަށް ފަހު، ހިޔާ ފްލެޓް ސަރަހައްދުގައި އުޅޭ މީހުންނާ ބައްދަލުކުރައްވަން ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލުމަށް އެދެމޭ
08 December 2021
ކިހާދުވަހެއް ވީމަބާ ޑިކޮރަސީގަ ފޮނިރަހަލާނީ ދޮންވެ ފައްކާވާނީ..އަހަރެމެންނަ މިފެންނަނީ ޑިމޮކުރަސީ މުޑުވައްއިންދާ ގޮވާންކުރިމީހުންނަ ޑިމޮކުރަސީ ދޮންނުކުރެވޭތަން ދޮންނުވެ ވަނދުވަނީ.އިދިކޮޅު ލީޑަރަށް ފުރުސަތުދޭން ބިރުގަންނަތަން.ހަޖަމުނުވާތަން އިދިކޮޅުލީޑަރު މިނިވަންކަމާއެކު ހަރަކާތްތެރިވާން ފުރުސަތުދޭން ޖެހިލުންވާތަން.ދެންބުނޭ ކުރީސަރުކާރޭ.އެސަރުކާރު ތަކަކީ ޙުދުމުޙުތާރު ސަރުކާރުތަކެކަމަށްބުނެ ތިމާމެންނަކީ ޑިމޮކުރަސީ ޗެންޕިއޮންކަމަށް މެޑެލްޖަހާތީދެރަ
ކުންފުނި
08 December 2021
މިވަރުންދަންޏާ މާދަން ދިވެހިބޭންކުވެސް ސިޓީކައުންސިލުން އެހެންބަޔަކަށް ދީފާނެތާ! ދަސްވެފަމިހުރީ ގަދަބާރުން ކަންކަންކުރަން. ބަލަގަ ރީއްޗަށް އޮންނަ އުސޫލުގެ ތެރެއިންވެސް ތިކަންކުރެވޭނެޔޭ.
ކުނިފުނި
08 December 2021
މިވަރުން ދަންޔާ މާދަމާ ފޭސް 2 އަށް އެރޭނީވެސް އެޗްޑީސީގެ ހުއްދަ ލިބިގެން. އެތަނުގެ ބީޗްގަ ބަޔަކަށް ޕިކްނިކް ހެދޭނީވެސް އެޗްޑީސީގެ ހުއްދަ ލިބިގެން.
ހެނެބިންގ
08 December 2021
ހުޅުމާލެ މުއީޒުގެ ބާރުގެ ދަށަށް ނުގެނެސްގެން ވަރަށް ރުޅިއަސްފަ ހުންނަނީ، ހުޅުމާލެއަކީ ކުންފުންޔަކުން ތަރައްގީކުރާރަށެއް ހުޅުމާލެ ބޮއްސުން ނުލާ އެއޮންނަނީ އެހެންވެ
ބިންގބިންގ
08 December 2021
ކުންފުންޏަކުން އެތަރައްގީ ކުރުމާ އެތަނުގަ ހަފްލާއެއް ޖަލްސާއެއް ބޭއްވުމާ އޮތީ ކޮން ގުޅުމެއްތަ؟
ވަކަރުގޭ
08 December 2021
މިރައީސްއަށް ހީވާކަހަލަ ތިމަންނަ ކުރި ހުރިހާ މަސައްކަތަކީ އެއީ ތިމަންނަގެ ޖީބުން ޚަރަދުކޮށްގެން ކޮށްފައިހުރި މަސައްކަތްތައްހެން. އެތަންތަނަށް އަދިވެސް ބާރުފޯރާނީ ތިމަންނައަށްހެން. އަދި ކުރިންކުރިގޮތަށް ހުރިހާކަމެއް ގަދަބާރުން ކުރެވިދާނެހެން. ސަލާމަތީ ބާރުތައް ނެރެގެން ނަމަވެސް ގައުމުގައި ހަމަޖެހުން ގާއިމު ކުރުމަށާއި ގާނޫނާއި ގަވާއިދުތައް ނެގެހެއްޓުމަށް ސަރުކާރަށް ގޮވާލަން. ގޮށްމުށުގެބާރުން އެއްވެސްކަމެއް ވިޔަދީގެން ނުވާނެ.
ކުއްޖެއް
08 December 2021
ޖަލްސާއެއް ބާއްވާލާށޭ އެއުޅެނީ. އެތަނުގަ އިމާރާތެއްގެ ބިންގަލެއް އަޅާކަށް ނޫނޭ އެއުޅެނީ. ބަޔަކު އެބަ ހޭބަލިވޭ ރަތަށް އަރައިގެން ތިބެ ވާނުވާ އޮޅުންނުފިލުވާ. ކޮންމެ ކަމެއްގަވިއަސް ދިމާކުރާއިރު ވެގެން އުޅޭ ގޮތެއް އިހަށް ބަލާލާނަމަ.
ހަގީގަތެއް
08 December 2021
ހުލުމާލޭ ކުންފުންޏެއްގެ ދަށަށް ގެނައީ މިސަރުކާރަކުން ނޫން. އެއީ ކުރީގައިވެސް އެކަންއޮތްގޮތް. ނިމިދިޔަ 5 އަހަރުގައިވެސް އެކަންއޮތީ އެގޮތަށް. އޭރުވެސް ހުޅުމާލޭގެ ތަންތަން އެކިބޭނުމަށް ސިޓީ ކައުންސިލުން ދުލެއް ނުކުރޭ. އެކަން ކުރަމުން އައީ އެކުންފުނިން. އޭރު އިދިކޮޅަށް ޖަލްސާ ނުބޭއްވުނަސް ސަރުކާރުގެ ޕާޓީން ދިޔައީ ހުޅުމާލޭގައި ޖަލްސާތައް ބާއްވަމުން. ދެން ހަމަބުއްދިން ވިސްނާލީމަ އެބައެނގޭ ކުންފުންޏެއްގެ މުދަލަކަށް އެހެންބަޔަކަށް ނުފޫޒު ނުހިންގޭނެކަން.
މާނަ
08 December 2021
އެޗްޑީސީގެ މާނައަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކަމަށްވާނަމަ ފޭސް 2 ގަ ޖަލްސާއެއް ބޭއްވުމަކީ އެމީހުންނާ ކޮން ގޮތަކަށް ބެހޭ ކަމެއްބާ؟ ޕީޕީއެމުން އެތަނުގަ ފްލެޓް ބަރިއެއް އެ ރޭ އަޅަން އުޅޭނަމަ އޯކޭ އެކަމާ ބެހެން.
މުރާސިލް
08 December 2021
ތިޔަ އުޅެނީ ފޭސް 2 ގެ ފުލެޓް ސަރައްހަދު ފުުރާލާވަރަށް މީހުން އެއްވާނެތީ އެކަން ހަޖަމު ނުވެގެންނެވެ. މާތްﷲ ގެ ވާގިފުޅާއި އެކު ކޮތަރުކޮށި ޖަލްސާ ބޭއްވޭނެއެވެ. އެމަންޒަރު ދިރިތިބީން ދެކޭނެއެވެ. އިބުރާހިމް މުޙައްމަދު ސޯލިހަށް އެމަންޒަރު ދެކެން ކެތް ނުކުރެވެންޏާޢި އަނެއްކާވެސް ޔާމީން ޖަލަށް ލާށެވެ. ޔާމީން ޖަލަށް ލިއަސް ދެން މަނިކުފާނަށް އޮތީ މިދައުރުގެ ބާކީ އޮތް ބައެކެވެ. އެހިސާބުން މަނިކުފާނުގެ ދައުރު ނިމުނީއެވެ. ވޯޓަކުން ވެރިކަމަކަށް ނާދެވޭނެއެވެ.
ބުރަދާ
08 December 2021
ކޮއިފުޅާ ތަންތަން ފުރާލާގޮތުގެ ވާހަކަ ބޭބެމެންކާރީ ނުދައްކާ. އެއީ ބޭބެމެން ދަންނަ ވަރަށް ފަރިތަ އުކުޅެއް. ތިކަހަލަ ޖަލްސާއެއް ބާއްވާނަމަ ކާރިރަށްރަށުން އަންނަ ފެރީތައް ހަފުތާބަންދުގައި އޮންނާނީ ފުރިފައި. މީގެއިތުރުންވެސް އަމިއްލަ އުޅަނދުފަހަރުގައިވެސް ދަތުރުތައް ބާއްވާނެ. ތިކުދިންގެ އެހީތެރިކަމާއިއެކު މާލެ އައިސް ބާޒާރުކޮށްލައި، ޑޮކްޓަރަށް ދައްކާލައި ޗުއްޓީއެއް ހަދާލެވޭނަމަ ނާންނާނީ ކާކު؟ އެއީ އަދި ތާއީދެއް ނޫން. އެފެންނަނީ ޒަރޫރީ ބޭނުންތައް.
ނެރޯމައިންޑް
08 December 2021
ޔާނުމެންގެ ސަގާފަތެއް އެއީ ގަދަ ބާރުން ކަންކަން ކުރުން، ވެރިކަމުގަ ތިބި އިރު އެކަން ވަރަށް ސާފު.
ގުޑްނަސް
08 December 2021
ކަނޑައެޅިފައިވާ ރަސްމީ އިދާރާ ކަމަށްވާ ސިޓީ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު ދޯ އެކަން އެ ކުރަނީ! ގަދަބާރުން ކުރާ ތަނެއް ނުފެނޭ؟
ބެރީ
08 December 2021
ރައީސް އިބްރާހީމް ޞާލިޙް ވަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޮތް ކުންފުނި އުވާލާފަ. މިހާރު އެޗް.ޑީ.ސީ އޭ ކިޔަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް. އެހެން ކަމުން މިހާރުގެ އެޗް.ޑީ.ސީ އަށް ވަކިން ހުޅުމާލޭގެ ކަންކަމާ ބެހުމުގެ ބާރެއް އޮންނަންވާނެބާ؟ ކުރީގަ ހުޅުމާލެއަށް ހާއްސަ ކޯޕްރޭޝަން އުވާލާފަވާތީ މިހެން މިއެހީ. ހަމަ އެކަނި އެއްގޮތީ އެކްރޮނިމް.
ފޮނި ކަލޯ
08 December 2021
ކޮންމެ މީހަކުވެސް އަރާފަ މޮޅުވާހަކަ ދައްކަނީ ހަދާފަ ހުރި ގިނަ ފުލެޓް ތަކުގައި ވާރޭ ހިޔާނުވޭ ، ކޮންޕްލޭން ކުރީމަ މިބުނަނީ އިންޖިނިއަރިން މައްސަލަ އެކޭ ........! ބަލަ ފުލެޓްގެ ވެރިމީހާ ފައިސާ މިދައްކަނީ އެޗް.ޑީ.ސީން މިބުނާ އިންޖިނިއަރައްތޯ