13 ޑިސެމްބަރ 2021 - 07:02
ހަފުތާއަކު މަސައްކަތްކުރާ ވަގުތު 32 ގަޑިއިރަށް މަދުކޮށް، ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަށް ގޮވާލާ ބިލެއް އެމެރިކާގެ ކޮންގްރެސް އަށް ހުށަހަޅައިފި އެވެ.
މި ބިލް ހުށަހެޅުއްވީ ކެލިފޯނިއާގެ ދާއިރާއެއް ތަމްސީލު ކުރައްވާ ވެރިކަންކުރާ، ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށްވާ މާކް ޓަކޯނޯ އެވެ.
އޭނާ ހުށަހެޅުއްވި "32 އަވާ ވޯކްވީކް އެކްޓް" ގައި ބުނެފައި ވަނީ ހަފުތާ އަކު މަސައްކަތް ކުރަން ޖެހޭ ވަގުތު 40 ގަޑިއިރުން 32 ގަޑިއިރަށް މަދުކުރުމަކީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެންވެ ހަފުތާ އަކު މަސައްކަތްކުރަން ޖެހޭ ރަސްމީ ވަގުތު 32 ގަޑިއިރަށް މަދުކޮށް، ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަކީ މިހާރަށް ބަލާ އިރު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ބަދަލާ އެކު އެމެރިކާގައި މަސައްކަތުގެ ރަސްމީ ދުވަސްތަކުގެ ގޮތުގައި ބަލާނީ ހަފުތާގެ ހަތަރު ދުވަހެވެ. އަނެއް ތިން ދުވަކީ ހަފުތާގެ ބަންދު ދުވަސްތަކެވެ. މި ބިލަށް ޑިމޮކްރެޓިކް ޕާޓީގެ ވަރަށް ގިނަ މެމްބަރުން ތާއީދު ވެސް ކޮށްފައިވާ އިރު، މާކް ވިދާޅުވީ ބިލް ފާސްވެ، ގާނޫނަކަށްވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
As a longtime member of @USProgressives, I am so proud that the caucus voted to endorse my 32-Hour Workweek Act in support of transitioning toward a modern-day business model that prioritizes productivity, fair pay, and an improved quality of life for workers across the country. pic.twitter.com/MIarMhBkjp
— Mark Takano (@RepMarkTakano) December 7, 2021
މާކް ވިދާޅުވި ގޮތުގައި ހަފުތާ އަކު މަސައްކަތްކުރަން ޖެހޭ ވަގުތު މަދުކޮށް، މުވައްޒަފުންނަށް ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަކީ މަސައްކަތާއި އާއިލީ ގުޅުން ބެލެންސް ކުރަން ވަރަށް ބޮޑު ބާރަކަށްވާނެ އެވެ. އަދި އާއިލީ ގުޅުންތައް ބަދަހިވެ، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވާން މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
People are spending more time at work, less time with loved ones, their health and well-being is worsening, and their pay has remained stagnant.
— Mark Takano (@RepMarkTakano) December 7, 2021
It’s time for change. I am confident that with the CPC behind this bill, we can create that change. https://t.co/CqA1iltThd
"ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް އަހަރެމެން މިހާރު އުޅޭތާ ދެ އަހަރެއްހާ ދުވަސްވަނީ. އެކަމަކު އަދިވެސް ކުރީގެ އާދަތަކުގެ ތެރެއަށް މުޅިން ދެވޭކަށް ވެސް ނެތް. އެއީ ދެން އެހާ ފަސޭހަ ކަމަކަށް ވެސް ނުވާނެ،" މާކް ވިދާޅުވި އެވެ.
އެހެންވެ މިހާރު އެބަޖެހޭ އާ ވިސްނުންތަކެއްގެ ތެރެއިން މަސައްކަތުގެ ވަގުތާއި ވައްޓަފާޅި އަށް ވެސް ބަދަލުތަކެއް ގެންނަން."
It's past time for a 32-hour workweek.
— Mark Takano (@RepMarkTakano) December 9, 2021
My progressive colleagues and I are ready for this change. Are you? https://t.co/Qmf6Zce9s3
އޭނާ ވިދާޅުވި ގޮތުގައި ހަފުތާ ބަންދަށް ތިން ދުވަސް ކަނޑައެޅުމަކީ ހުރިހާ ދިމާއަކުން ވެސް "ޕޮޒިޓިވްކޮށް" ނަގަން ޖެހޭ ކަމެކެވެ.
"އަހަރެން ވަރަށް އުންމީދުކުރަން ބިލް ފާސްވެ ގާނޫނަކަށް ވާނެ ކަމަށް. މީގެ ސަބަބުން ޔަގީނުން ވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ." މާކް ވިދާޅުވި އެވެ.
އެމެރިކާ އިން މިފަދަ ބަދަލެއް ގެންނަން މަސައްކަތްކުރާ އިރު، އައިސްލޭންޑަކީ ރަސްމީ ހަތަރު ދުވަހުގެ މަސައްކަތް ކާމިޔާބު ކަމަށް ބުނާ ގައުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓެއް ދެއްވާ..
13 December 2021
މި ދިވެހިރާއްޖެގައި ތަސްދީގުކުރަން ވަރަށް ރަނގަޅު ބިލެއް.
ށަވިޔަނި
13 December 2021
އެމެރިކާއިން ކުރިއަސް އަދި އެހެންބަޔަކު ކުރިއަސް ރަނގަޅުކަމެއް ނޫން. ހަފްތާއަކު އެއްދުވަސް. ދުވާލާކު 8 ގަޑިއިރު ރަނގަޅު. އެނީ ގެ ކޮމެންޓްގައި ބުނިހެން ދިވެހިން ވަޒީފާ އަދާކުރަނީ. އެއީ ރަނގަޅުކަމެއްތަ؟
ހެޔޯ
13 December 2021
އަހަރެމެން ނަށް މި ލިބެނީ ހުކުރު ދުވަސް އެކަނި. އާއިލާ ގޮވައިގެން ހުކުރު އަޅާފަ އެއްވެސް ތާކަށް ދާކަށް ވެސް ބޭނުމެއްނޫން. މިނޫން ދުވަހެއް ފެންނާނެ ކަމުގެ އުއްމީދުގަ މި ހުންނަނީ.
1828
13 December 2021
ރާއްޖޭގައި ތިކަން އޮންނާނީ ދިމާ އިދިކޮޅަށް.
ސަނީް
13 December 2021
ރާއްޖޭގެ މިސަރުކާރުން ފޫޖަޅާފަހުރީ ވަގުތު އަދިވެސް އިތުރު ކުރަން
އެނީ
13 December 2021
ދުނިޔޭގެ ގިނަ ގައިމުތަކުގެ ރަސްމީ ގަޑިޔަކީ ހެދުނު 9 ން ހަވީރު 5 އަށް . މިހެންތޯ އަހަރެމެންގެ ސިވިލް ސަރވަންޓުން ވޯކުކުރަނީ. ޢޮފީސް ގަޑީގަ ކޮފީއަށް . ދަރި ސުކޫލަށް ލާން ، ބަލާ ، އަންހެނުން އޮފީހަށް ލާން ، ބަލާ ، އިރު އިރު ކޮޅާ ސިގެރެޓްބޯން …. ދުނިޔޭގެ ބައެއް ގައުމުތަކުގަ މިކަން ކުރާ މީހުންއަތުން މިހާރު މުސާރައިން ކަޑާ، އެއީ އުފެއްދުން ތެރި ކަމަށް ހުރަސް އަޅާތީވެ ، ރަސްމީގަޑީގަ، ހިގާ ޑިސިޕްލިންވާން ، ތަހުޒީބު މީހުންގެ މަސައްކަތު ވައްޓަފާޅިއަށް.