ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: ކުޑަކުދިންތަކަށް ޖިންސީ އަނިޔާދިން މީހަކު 30 އަހަރަށް ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފައި.
13 ޑިސެމްބަރ 2021 - 18:28
ކުޑަކުދިންތަކަކާ މެދު ތަކުރާރުކޮށް، އެތައް ފަހަރެއްގެ މަތިން ޖިންސީ އަމަލު ހިންގި މީހަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީހުން) ބުނީ ވ. ގާތިފް، ހަސަން އަތޫފް 30 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އޭނާއާ ދެކޮޅަށް ކުރި ފަސް ދައުވާއެއްގެ ތެރެއިން ތިން ދައުވާއެއް، އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލައި، އަނެއް ދެ ދައުވާ އުފުލުމުން ކަމަށެވެ. އޭނާއާ ދެކޮޅަށް އުފުލެން އޮތް އަނެއް ތިން ދައުވާ ވެސް އުފުލައިގެން ހުރިހާ ދައުވާއެއް ސާބިތުވި ނަމަ ޖުމުލަ 76 އަހަަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެެެއް އަންނާނެ އެވެ.
- އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ.
- ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ.
-ގްރޫމް ކުރުމުގެ ކުށުގެ ދައުވާ.
މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން.
މި ދައުވާ ތަކުގެ ތެރެއިން ފުރަތަމައަށް އޮތް ދެ ދައުވާ ފިޔަވައި އެހެން ދައުވާތައް ދައުލަތުން ދޫކޮށްލީ، އެ ދެ ދައުވާ އަށް އިއުތިރާފުވެ، ކޯޓުގައި އެ އިއުތިރާމް ދަމަހައްޓަން އަތޫފް އެއްބަސްްވުމުންނެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ ސާބިތުވީ އެ އެއްބަސްވުމާ އެއްގޮތަށް، ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތުގައި އިއުތިރާފު ވުމުންނެވެ.
2019 އިން ފެށިގެން، އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ކުދިންތަކަކާ ޖިންސީ ޢަމަލު ހިންގި 37 އަހަރުގެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 30 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި. މީހާ ހައްޔަރު ކުރީ 20 މެއި 2021 ގައި. ޕީޖީއަށް މައްސަލަ ލިބުނީ 20 ޖޫން 2021 ގައި
— Hussain Shameem (@HuShameem) December 13, 2021
އެހެންވެ އޭނާގެ ޝަރީއަތް ނިމި ޖަލަށްލާން ހުކުމް ކުރަން ހޭދަވީ ވަރަށް ކުރު މުއްދަތެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މޭ، 20 ގައި ކަމަށް ވާއިރު، އޭނާއާ ދެކޮޅަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ އޭގެ އެއް މަސްފަހުން ޖޫން 20 ގައި ކަމަށެވެ.
އެފަދަ އެއްބަސްވުމެއް ހެދި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، ކުށްކުރި މީހާ އެ ގޮތަށް އިއުތިރާފް ނުވާ ހާލަތުގައި އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނެގުމުގެ ސަބަަބުން އެ ކުދިން "ރިވިކްޓިމައިޒް"ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
"....ދައުލަތުގެ މަސްލަހަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. މި މައްސަލައިގެ ޝަރީއަތެއް ހިނގާ ނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެ ކުދިން އަލުން މި ކަމުގެ ތެރޭގައި ޝާމިލު ވާން ޖެހޭ ގޮތް މެދުވެރިވާނެ އެވެ. ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮންނާނެ އެވެ،" އަތޫފްގެ އިއުތިރާފް އެއްބަސްވުމާ ބެހޭ ގޮތުން ޕީޖީ އޮފީހުން ބުންޏެވެ.
"އެހެން ނަމަވެސް ކުށަށް އިއުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީއަތުގައި އިއުތިރާފުވާ ނަމަ، ލުއިދީގެން އަވަހަށް ޝަރީއަތް ނިމުމުން މި ދެންނެވި ކަންކަމުން ސަލާމަތް ވެފައިވެ އެވެ."
ޕީޖީ އޮފީހުން ބުނީ އެފަދަ އެއްްބަސްވުންތަކުގެ ދަށުން ބައެއް ދައުވާތައް ދޫކޮށްލައި، އެހެން ދައުވާތައް ސާބިތުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވަރަށް ފުރިހަމަ އަށް ތަންފީޒު ކުރަމުން އަންނަ ނިޒާމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ ކަމުދާ ގޮތެއް ނޫން
14 December 2021
މީނާ ލައްވާ ޖެހޭނީ ބުރަ މަސައްކަތް ކުރުވަން. ޖަލުގަ ގަދައަށް ކައިގެން ބައިންދާ ވަރު މީހެއްް ނޫން މީ
އަބޫނ
14 December 2021
ފޮޓޯ ޖަހަން ނުކެރެނީ ކީއްވެތަ؟
މުޖީބުއްރަހުމާން
13 December 2021
ކޮންމެހެން ޑުރަގުމައްސަލަތަކުގެ ބޮޑެތި މުޖުރިމުން ދަޢުލަތުގެ އިހުމާލުން ދޫވާ ވާހަކަ ފަތުއަޑުކިޔާފަ ރަށުތެރޭ އެނބުރޭތީ އެވާހަކަ ސްޕިންކޮށް ހިންދާލަން އުޅޭނެކަމެއްނެތް. ތިހިރީ ބޮޑުތަނުން ފެއިލްވެފަ.
ރައްޔިތުސޮރު
13 December 2021
ޝަރީއްއަތުގަ ސާބިތުކޮށްދެން ނޭންގޭތީ ހުރިހާ މުޖުރިމުންނާވެސް ޑީލު ހެދުމުގަ މި ޕީޖީ. ހެދި ހުރިހާ ޑީލެއް އެންމެ ފަހުން އަތައްގޮވަނީ. ސްޕްރީމް ކޯޓުން ބުނެފަ އެއޮތީ އަދީބުގެ ހެކިބަހެއް ޔާމީނުގެ މައްސަލަ ސާބިތުކޮށްދޭކަށް ހުށައެއް ނޭޅޭނެޔޭ. ކޯއްޗަކަށް އެންމެފަހުން މިވީ! އަދީބުގެ ލޯޔަރު އަބަދުވެސް އަދީބަށް ދޮންފުތުވާނެ!
ޟަދް
13 December 2021
ޖަލުން މިނިވަންވާ އިރު 5000 ރުފިޔާ މަހަކު ލިބޭނެ އުމުރުން 67 އަހަރު ވެފަ ހުންނާނީ.
ކޮރަލް
13 December 2021
2023 ގަ އޮތީ ރިޔާސީ އިންތިހާބެވެ. ރައީސް ގެ އަފްއާމްގެ ދަށުން އެތައް ބައިވަރު ބޮޑެތި ކުއްވެރީންނެއް ދޫކުރެ އެވެ. ހޯރަ ވެސް ދޫކޮށްލީ އެވެ. ތިޔަ މީހާ އަށް ކިޔާނަމެއްވެސް ނޭނގުނެވެ. މިއީ ވ ނުރައްކާ މައްސަލަ އެކެވެ.
ތުނިޔަ
13 December 2021
ނަން އެއޮތީނު ލިޔެފަ! އަލުން ކިޔާބަލަ.