ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޑިސެމްބަރ 2021 - 10:16
ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމެންޓާ ހަވާލުކުރުމުގައި ނާޖައިޒު މަންފާތަކެއް، އެ ކުންފުންޏަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އެޗްޑީސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވޯޓާ ތީމް ޕާކަކާއެކު، ހަ ބުރީގެ ހޮޓަލެއް ހަދަން މިރީ ހައުސިން ޑިވެލޮޕްމަންޓާ، އެޗްޑީސީން ހަވާލުކުރީ ޖުލައި 2017 ގަ އެވެ. އެ މަޝްރޫއަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެއްބަސްވުމުގެ ދަށުން އެ ތަން ހަދައި ހިންގަން 35 އަހަރަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.
ނަމަވެސް މިރީ ހައުސިން ޑިވެލޮޕްމަންޓުން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލެޝާގެ ދަށަށް ބަދަލުކޮށްފައިވާއިރު، އެ ތަނުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަކަށް ނުދެ އެވެ. އެ ސައިޓުގައި ހުރި ވެހިކަލްތައް ވެސް ދަބަރަށް ވެ، ސަރަހައްދު އޮތީ މަސައްކަތް ނުކޮށް ގިނަ ދުވަސް ވުމުން ވީރާނާވާން ފަށައިފަ އެވެ.
މި ކަންކަމާ ގުޅިގެން، އެ މަޝްރޫއު މިރީއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބަލައި އޭސީސީ އަށް ހުށަހެޅިއިރު، ބިން ސާފުކުރުމަށް "ސޭލްސްމަން" ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ޝައްކުކުރެ އެވެ.
އެޗްޑީސީން ބުނީ ވޯޓާ ތީމް ޕާކުގެ ކްލިއަރެންސް ޕްރޮޖެކްޓްގެ ރިޕޯޓް ޖުލައި 30، 2019 ގައިި އޭސީސީ އަށް ހުށަހެޅީ، ސޭލްސްމަން ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް އަމަލު ކޮށްފައި ވާތީ ކަމަށެވެ.
ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޗްޑީސީން ބުނިގޮތުގައި، ދެ ފަހަރެއްގެ މަތިން އޭސީސީން އެދިގެން އެ މަޝްރޫއުގެ އިތުރު ލިޔެކިޔުންތަކެއް މިދިޔަ އޮކްޓޫބަރު މަހު ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.
ވޯޓާ ތީމް ޕާކުގެ މަސައްކަތް އެއްކޮށް ހުއްޓިފައި އޮތުމުން، އެ މަސައްކަތް އަލުން ފެށޭތޯ އެޗްޑީސީން އެ ކުންފުންޏާ އެކު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނި ގޮތުގައި، މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ ހިއްސާދާރުން ދިރިއުޅެނީ އޮސްޓްރޭލިއާގައި ކަމަށް ވާއިރު، އެ މީހުން ތިބީ އެ ތަނުގައި އަޅާފައިވާ ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެ ނާދެވިފަ އެވެ. އަދި ބޯޑަރުތައް ހުޅުވުމުން ނޫނީ މަސައްކަތް އަލުން ނުފެށޭނެ ކަމަށް އެ ކުންފުނިން ބުނަމުންދާ ކަމަށާއި އަލުން ފެށޭނެ ތާރީހެއް ވެސް ނުދޭ ކަމަށް އެޗްޑީސީން ބުނެ އެވެ. އެހެންވެ، އެ މުއްދަތު ނުދެނީސް މަޝްރޫއުގެ މުއްދަތު އިތުރުކޮށްދޭން އެޗްޑީސީން ބޭނުމެއް ނުވެ އެވެ.
ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި ކުރިން ކުނިކޮށި އޮތް ސަރަހައްދުގައި އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ކުޅިވަރުތަކުގައި ހިމެނޭ ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާ އަދި ފެން ކޯރުތައް ހިމެނެ އެވެ.
ކުރިން ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ހަދާ ތީމް ޕާކު، 2018 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމައިން
21 December 2021
ނާޖާއިޒު މަންފާ ނުލިބިގެން ޕްރޮޖެކްޓުގަ ބައްދައިގަނެގެން ތިބެފަ ކީކޭ ކިޔާނަމޭހިތާ ތިއުޅެނީ؟ކަމެއްކުރަންނޭގޭތާ، ކާންވެސް ނޭގެ. ދެން ރުޅިއަންނަނީ ދެންތިބި މީހުންދެކެ. ީީީީީީީީީީީީd ް
ޔޫސުއްބެ
21 December 2021
ވެރިކަމަށް އައިސް ފުރަތަމަ ހުއްޓުވީ އެއަރޕޯރޓް މަސައްކަތް, ހުއްޓުވާފަ ސައުދީން ދީފައިން ލޯނު ކައްވާލަން އުޚުނީ, ސައުދީން އެކަމަށް އެއްބަސްނުވީމަ އަލުން ފެށީ އެއަރޕޯޓް މަސައްކަތް, ދެން ދިމާކުރީ ތިޔަޕާރކްއާ, އެކަން ހުއްޓުވާފަ އެފައިސާކޮޅު އެމީހުންއަތުން ކާލެވޭތޯ އުޅުނީ, އެކަމަށް އެމީހުން އެއްބަސް ނުވެގެން އެއުޅެނީ..
ސަންޕަދަރި
21 December 2021
ތިޔަކަމަކީ ސަރުކާރުން ނޫނީ އެޗްޑީސީން އެންމެ ލާރިއެއްވެސް ހަރަދުކުރާގޮތައް އޮތް ކަމެއްނޫން. ތިޔައީ ކޮންޓްރެކްޓަރ ފައިނޭންސްކޮށް އެތަން ހިންގައިގެން ފައިސާ ހޯދާގޮތަށްދީފައޮތް ޕޮރޮޖެކްޓްއެއް, މިސަރުކާރު އައިފަހުންވެސް ވަރަށްބާރަށް މަސައްކަތް ކުރިއަށް ދިޔަ, މިހާރު ހުއްޓިގެން ތިޔައުޅެނީ މިސަރުކާރު ކުދިންނަށް ބައި އަޅާނުދީގެން. މުޅި ޕޮރޮޖެކްޓްއަށް 35މިލިއަން ޑޮލަރު އެމީހުން އިންވެސްޓްކުރޭ.
ބަސަސް
21 December 2021
ސަރުކާރު ބަދަލުވި އިރު ތިޕާކް އޮތީ ނިމިފަކަމަށް މަ ހީކުރި
ރަސްް
21 December 2021
އޮސްޓްރޭލިއާ ބޮޑަރު އޮތީ އެތަނުގެ ޕާމަނެންޓް ރެސިޑެންޓުންނާއި ރަށްވެހިންނަށް ބަންދުވެފައެއް ނޫން. މީހަކު ހަމަ އެއްޗެއް ބުނާއިރަށް އެޗްޑީސީން ގަބޫލު ކުރަނީތޯ؟
ޑޮކްޓާރ. ބަނާނާ
21 December 2021
ރައްޔިތުން ގެ ފައިސާ ލޫޓްވައިގެން ހިންގާ ކަރަޕްޝަންގެ ފައިސާގެ އަދަދު ރަމްޒް ކޮށްދޭ ފަދަ "މޮނިއުމެންޓެއް" އެބަޖެހޭ ޖްމްހޫރީ މައިދާނުގައި އާއްމު ރައްޔިތުންނަށް ފެންނަ ގޮތަކަށް ބަހައްޓަވަން. ދެންވެސް މަގުމަތީ ހަރަކާތުގެ ކުދިންކޮޅަކަށް އެންޓިކަރަޕްޝަން ގެ މެމްބަރުކަންދެއްވާ!!!
އުދުހޭ
21 December 2021
މުޖްތަމައުގައި އިވޭ އަޑުތަކަށް ބަލާއިރު މިސަރުކާރުގައި ކޮރަޕްޝަން ހުރި މިިންވަރު އުޅެނީ 150 މިލިޔަން ރުފިޔާގެ ފްރޮޖެކްޓަކަށް 30 މިލިޔަން ފުރިޔާ. ދެން ފްރޮޖެކްޓް ފެށުމަށްފަހު ދުވަސްކޮޅަކުން ހުއްޓާލާފައި އިތުރުފައިސާއަށް އެދުމުން އިތުރުކޮށްދޭ އުސޫލުން. މިގޮތުން އިތުރުކޮށްދެންނާ އަނެއްކާ އިތުރު 20 މިލިޔަނުގެ ކަޓު ދޭންޖެހޭ ގޮތަށް.
އިބްރ
21 December 2021
ކުރީ ސަރުކާރު ނިމެންދެން މަސައްކަތްކުރިއަށްދިޔަ. މި ސަރުކާރު އައިސް މަސައްކަތް ހުއްޓުވީ.
ގަމަރިއްޔާ
21 December 2021
2018 ގަ ހުޅުވަން އޮތް ތަނެއްގެ މަސައްކަތް މިސަރުކާރުން ނުހުއްޓުވޭނެދޯ. ޣަމާރު
މިހާރުވެސްލަދު
21 December 2021
ބަލަ މިސަރުކާރުން ހުރިހާމަސްރޫއެއް ހުއްތުވާފައި މިހާރު ކަރެޕްސަން ރައްޔަތުންނައްކުރަނިޖެއްސުން ؟އެއްވެސްކަމެންނުވާނެ ވަޒީރުން ބޭނުމީޖީބުފުރުން؟
ށަވިޔަނި
21 December 2021
ނާޖާއިޒު ފާއިދާ ނެގިހެން ހީވަނީ. ކަށަވަރުނުވޭ. މަށަށްވެސް ކަށަވަރެއް ނޫން.
ޙިނި
21 December 2021
ޔާމީނު ކިޔައިފިއްޔާ ދެން ޖެހިގެން އަންނަ ބަހަކީ ކޮރަޕްޝަންތަ!