ކްލަބްހައުސް ބޭނުން ކުރަނީ.
16 ޑިސެމްބަރ 2021 - 13:29
ކުއްލިއަކަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޯޑިއޯ ޗެޓް އެޕްލިކޭޝަން "ކްލަބްހައުސް" އިން ރާއްޖެ ބްލޮކް ނުކުރާ ކަމަށާއި އެ އެޕްއަށް ނުވަދެވެނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮތް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނެފި އެވެ.
އެކި މައުލޫތަކުގައި ސައްލާކުރާ ޕްލެޓްފޯމަކަށް ވެފައިވާ ކްލަބްހައުސް އަށް މިއަދު ނުވަދެވި ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރާއްޖޭން ވަނީ އެ އެޕްލިކޭޝަން ބްލޮކް ކޮށްފަ އެވެ. މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.
ކްލަބްހައުސް އަށް މިހާރު ވަދެވެނީ ވީޕީއެން މެދުވެރިކޮށް އެކަންޏެވެ.
ނަމަވެސް ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ކްލަބްހައުސް ބްލޮކް ނުކުރާ ކަމަށާއި އެ އެޕަށް ދިމާވެގެން އުޅެނީ ޓެކްނިކަލް މައްސަލަތަކެއް ކަމަށެވެ.
ކްލަބް ހައުސް އަށް ނުވަދެވޭ ގޮތް ވީ ޣައިރު ދީން ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށް އިންޓަނެޓްގައި އާންމުކުރާ ކޮންޓެންޓް ބްލޮކް ކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ. ނަމަވެސް އިލްޔާސް ވިދާޅުވީ މ އަމުރާ ގުޅިގެން ވެސް ކްލަބް ހައުސް ބްލޮކް ނުކުރާ ކަމަށެވެ.
މުވާސަލާތީ ހިދުމަތްދެމުން އަންނަ އުރީދޫން ވެސް ވަނީ ކްލަބްހައުސް އެޕުގައި މައްސަލަތަކެއް އުޅޭތީ އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
16 December 2021
ހާދަހީވޭ އެ ބްލޮކް ކުރީހެން. މީޑިއާތަށްވެސް އޮތީ ސަރުކާރުން ހައިޖެކްކޮށްފަ.
ފަތުރު
16 December 2021
ކިލަބު ގޭ ތަކަކީ ސަރުކާރަށް ފާޑު ކިޔަން އަދި ސަރުކާރުގެ ހާމަކުރުން ތަކަށް ވިޔަސް އޮތް ފަހި މަގެއް
ބުރުގާ
16 December 2021
ފޭސްބުކް، ޓެލެގްރާމް، ޓުވީޓަރުވެސް ބުލޮކު ކޮއްލަންވީ. މުޅިގައުމުގެ ހަލާކު.
ފިދަނަ.
16 December 2021
ކްލަބް ހައުސް ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުން ކުރަންފެށީ އައްޑޫސިޓީގައި. އަދި މިހާރުވެސް އެންމެ މަޤުބޫލު ކޮޓަރިތައް ގެންގުޅެނީ އައްޑޫ މީހުން. ކްލަބްހައުސް މެންބަރުންގެ ގޮތުގައި ގިނައިން ތިބީވެސް އައްޑޫ މީހުން. އެހެންކަމުން ތީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީވެސް އައްޑޫ މީހުނަށް. އެކަމަކު އައްޑޫ މީހުންނަކީ އިންޑިޔާ އައުޓް ކެމްޕޭނުގައި މާބޮޑަށް ބައިވެރިވެ އުޅޭ ބައެއްވެސް ނޫން.
ބިލް ކުލިންޓަން
16 December 2021
ތިކުލަބަކު މަށެއް ނޫޅެން. އެހެންވީމާ ތި ބުލޮކުކުރާންއުޅޭ.