އެފްލެކާއި ގާނާ.
17 ޑިސެމްބަރ 2021 - 05:41
ދަރިން ވެސް ލިބިފައި ވަނިކޮށް އަލަތު ކައިވެނި ރޫޅުނުތާ އެތައް ދުވަހެއް ފަހުން އެ ގުޅުމާ ބެހޭގޮތުން މީގެ ކުރިން ވާހަކަ ނުދައްކާ މޭރުމަކުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބެން އެފްލެކް ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ މަޝްހޫރު ރޭޑިއޯ ހޯސްޓް، ހޮވާޑް ސްޓާންގައި ޝޯގައި އެފްލެކް، އޭނާ އާއި ބަތަލާ ޖެނިފާ ގާނާގެ ކައިވެނި ސިފަކުރީ "ބަނދެވުމެއްގެ" ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި އެ ކައިވެންޏަކީ ލޯބިން ކުރި ކައިވެންޏަކަށް ވިޔަސް ކައިވެނީގެ ފަހުން އުޅުނީ އުފަލަކުން ނޫނެވެ.
ކައިވެނީގައި މައްސަލަތައް ޖެހި ދެ މީހުން 2015 ވައި ވަކިވާން ނިންމައި، ކައިވެނީގެ ގުޅުމުގައި ރަސްމީކޮށް ސިއްކަޖެހީ 2018 ގަ އެވެ. އޭރު ތިން ކުދިން ލިބިފައިވެ އެވެ. އެއީ ވައިލަޓް، 16، އާއި ސެރަފީނާ، 12 ގެ އިތުރުން ސެމުއަލް، 9، އެވެ.
މީގެ އަހަރެއް ކުރިން އެފްލެކް ދީފައިވާ އިންޓަވިއުއެއްގައި ކައިވެނި ރޫޅައިލުމަކީ ގޯސް ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އެފްލެކް، 49، ބުނީ އަލަތު ކައިވެނި ބޮޑު ހާޖާނުގަނޑަކަށް ވިޔަސް އެ ކައިވެނި ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެކަން ނުވެ، އެންމެ ފަހުން އޭނާއަށް ދިމާވި ކަންކަމާ ހެދި ރަލަށް ވެސް ދެވިހިފީ ކަމަށް ބުންޏެވެ. އެކަމާ ހެދި އޭނާ ރިހެބުން ފަރުވާ ވެސް ހޯދަން ޖެހުނެވެ. އެންމެ ފަހުން ރިހެބްގައި އެފްލެކް ފަރުވާ ހޯދީ ކައިވެނި ރަސްމީކޮށް ރޫޅުނު އަހަރު އެވެ.
"ހަގީގަތުގައި ރަލަށް އެޑިކްޓްވީ އެ ސަބަބާ ހުރެ." އޭނާ ބުންޏެވެ.
އެޑިކްޝަންގެ ސަބަބަކީ އަލަތު ކައިވެނި ކަމަށް އިންޓަވިއުގައި ބުނުމުން ބައެއް މީހުން ވަނީ އެފްލެކަށް ފާޑު ކިޔައި، ގާނާގެ ބޮލުގައި ތުހުމަތު ނޭޅުވުމަށް އެދިފައިވެ އެވެ. އަދި އެއީ ދައްކަން ރީތި ވާހަކައެއް ނޫން ކަމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
Ben Affleck and Jennifer Garner split up in 2015 and she was seen driving him to rehab in 2018
— Suka (@Pizda_oo) December 15, 2021
Don't blame it on her 😒 https://t.co/bEhPInJsKM pic.twitter.com/GAimf9BBqT
ކާމިޔާބު އެކްޓަރު ބުނި ގޮތުގައި ކައިވެނި އުފާވެރި ގުޅުމަކަށް ނުވެ އަދި އެ ގުޅުން ދެމެހެއްޓިދާނެ ގުޅުމަކަށްވުމުގެ އުންމީދު ކުޑަވުމުން ދަރިންނަށްޓަކައި ގުޅުން ދަމަހައްޓަން ވަރަށް ގިނަ މަސައްކަތްތައް ކުރެވުނެވެ.
He hasn’t made much progress on the “humbly make amends to everyone I’ve hurt” or “make a fearless moral inventory” parts of the 12 steps. Slamming his ex so publicly...red flag for all Jennifers. Yikes.
— GABBY (@jmariebrooklyn) December 15, 2021
"އެންމެ ބޮޑު ދެރައަކީ ލޯބިވި މީހާއާ އެކު ކުރިއަށް ނުދެވުނީމަ. ކައިވެނި ސަލާމަތް ކުރަން ވަރަށް ވަރަށް މަސައްކަތްކުރިން،" އެފްލެކް ބުންޏެވެ. "ދަރިންނަށްޓަކައި އެކަމަށް މަސައްކަތް ކުރެވުނަސް ކަންކަން ބޮއްސުންލައިގެން ގޮސް އަހަރެންގެ ފަރާތުން ދަރިންނަށް ފެންނަން ނުޖެހޭ ކަންކަން ފެންނަ ހިސާބަށް ދިޔައިމަ ވަކިވާން ނިިންމީ."
ގާނާ އާއި އެފްލެކް 2005 ގައި ކައިވެނިކުރީ އޭގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ވަކިވުމަށް ފަހު އެވެ. އެ ގުޅުން ނިމުމަކަށް އައި އިރު އެ ދެ މީހުންގެ އެންގޭޖްވެސް ވި އެވެ. ފަހުން ޖޭލޯއާ ބޭއްވި ގުޅުން އެފްލެކް ސިފަކޮށްފައި ވަނީ "ކޫލް ނޫން" ގުޅުމެއްގެ ގޮތުގަ އެވެ.
އެކަމަކު މިހާރު ފާހަގަ ކޮށްލެވޭ ކަމަކީ އެފްލެކް އަލުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޖެނިފާއާ ކަމެވެ. އެ ގުޅުން އަލުން ފެށުނީ މި އަހަރުގެ ކުރީކޮޅު ޖޭލޯ އާއި އެމެރިކާގެ ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒްގެ އެންގޭޖްމަންޓް ރޫޅައިލުމާ އެކީގަ އެވެ.
ދާދި ފަހުން ޖޭލޯ ބުނި ގޮތުގައި އެފްލެކާ އެކު ކައިވެންޏަކާ ހަމައަށް ދިއުމުގެ އުންމީދު ވެސް ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާދު
17 December 2021
ކަލޯ އަލަތު ނޫނަސް ކިތަންމެ ކައިވެންޏެއް އަަދި ފަހުން ކުުރިޔަސް އެއީ ހަމަ ބަނދެވުމެއް. ޢަަހަރުމެން ދިވެހިން އެހެން ކިޔާ ގޮށްޖެހުމޭވެސް ކިޔަން. ހާދަ ފަހަތުގަޔޭ މިސޮރު މިއުޅެނީ.