ފ. މަގޫދޫ-- ފޮޓޯ: މަގޫދޫ/ ފޭސްބުކް
20 ޑިސެމްބަރ 2021 - 23:00
ރާއްޖޭގެ ހަ ސަރަހައްދެއްގައި އަޅަން ނިންމާފައިވާ އެއާޕޯޓްތައް ހަދާނެ މީހުން ހޯދަން ޕްލޭނިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
މިނިސްޓްރީ އިއުލާނުކޮށްފައިވާ ބީލަމުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީކުރަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.
• ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
• ފ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު
• ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
• ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
• ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު
މީގެ ކުރިން ވަނީ ރ. އަލިފުށީގައި އެއާޕޯޓެއް އަޅާނެކަން އިއުލާނުކޮށްފަ އެވެ.
މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއުއަކަށްވާތީ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީކުރާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓު މަޝްރޫއުއަކަށް ކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ.
އެކަމުގެ ތަފްސީލު ދެމުން ބުނެފައިވަނީ މި ކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސްކުރުމަށް ވެސް ހުށަހެޅޭނެ ކަަމަށެވެ. ހަމައެކަނި މަޝްރޫއުއަށް ފައިނޭންސްކުރާ ނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރަރެވެ. އިންވެސްޓްމަންޓްގެ ޖުމްލަ، މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެތަނުގެ ބިމު ކުލިން ކަނޑައިދޭއިރު މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ "އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ" ގެ ދަށުން ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ.
ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށެވެ. މިކަމަށް އެދި ހުށަހަޅަން ވަކި މުއްދަތެއް ބިޑް އިއުލާނަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނުމަށް އެދެމޭ
21 December 2021
ހެޔޮނުވާނެ ނޫސްވެރިންނޭ ދިވެހިބިން ސަލާމަތްކުރުމަށް ތަންކޮޅެ އޯގާތެރިވެދީ ގައްދާރުންތަކާ އެއްބައިނުވެ މުޅި ގައުމު މިއޮއްގެން އަޅުވެތިނިމުނީ ..ފަލަސްތީނު މިނިވަންކުރުމަށްވެސް އޮތް އެއްމެބޮޑު ހުރަހަރަކީ ފަލަަސްތީނުގެއެތެރޭގެ ބައިބުވުން.ކަޝްމީރު މިނިވަންނުވެ އުޅެނީވެސް ބައިބާވުން މިގައުމު އަޅުވެތިވެނިމެނީ ބައިބާވުމުން އެއާރޕޯޓު އެޅުމުގެނަގަ މުޅިގައުމު ހިލިހިލާ ތިއޮއްޖަހަނީ ނޫސްވެރިންނަ މިކަމުގެ ހަފަރާތްސާފުވާނެ.2010ގަ މޑޕގެ ތިފަދަ ސޮއިތަކުގެބަދަލު
ޔަގީނޭ
21 December 2021
ރާއްޖެތެރޭގައި ހާދަ ގިނަ ޑޮމެސްޓިކް އެއާރޕޯރޓްސް ތަކެކޭ މިހެދެނީ މީގެ ސަބަބުން ދައުލަތުގެ ރިކަރަންޓް ޚަރަދު ވަރަށް ބޮޑުވެގެންދާނެއޭ ޑޮމެސްޓިކް އެއާރޕޯރޓްސް ތަކުގެ ތެރޭން ދަރަވަންދޫ ނޫނިއްޔާ ނެތޭ ފައިދާ ވާ އެއާރޕޯރޓެއް ދެން ކިއެއްކުރަން އަޅާ އެއާރޕޯރޓްސް ތަކެއްތޭ ބަދަލުގައި މާލެ ސަރަހަައްދުގައި އޮތް ވެލާނާ އެއާރޕޯރޓްގެ އިރުން އޮތް ފަޅު ހިއްކާ އެތަން ބޮޑު ކޮށް އަދި އެތަނުގެ އިރުން އޮތް ކަނޑުގައި ބޮޑު ބަނދަރެއް ހަދާނަމަ ކުރާ ޚަރަދު ކަަވަރުވާނެއޭ
ފފދދދ
21 December 2021
ފ އަތޮޅުގައި ބިލެތްފަހި ކިޔާ ރަށެއް ނޯންނާނެއެވެ. ބިލެތްފައްސަކީ ށ. އަތޮޅު ރަށެކެވެ. ފ އަތޮޅުގައި އޮންނަނީ ބިލެތްދޫ ކިޔާ ރަށެކެވެ.
ާާފަރީ
21 December 2021
ރ އަތޮޅުގަ އެންރަނގަޅި ފައިނުގަ އެއަރޕޯޓު އެޅީމަ. ނޫނީ ކިނޮޅަސް ކައިރީގައި ބެރިއަންފަރުގައި. އެސަރަހައްދަކީ އެންމެގިނަ ރިސޯޓުގިނަ ސަރަހައްދަށްވެފައި އެހިސާބު ހުރިހާ މީހުން އުޅޭ ރަށްތަކުގެ މީހުންނަށް ވަރަށް ފަސޭހަ ވެގެންދާނެ.
ކަރުސަތުނާމާ
21 December 2021
ރަނގަޅު. ކޮންމެ ރަށަކަށް ކުޑަމިނުން ހެލިޕޭޑެއް އަޅާދޭންވާނެ.
ފޫހި
21 December 2021
ފ އަތޮޅުގައި ދެ އެއަރޕޯޓް. ރ. އަތޮޅުގައި ދެ އެއަރޕޯޓް. ހީވަނީ ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްތަކެއް ހިބައިން ރިސޯޓް ހަދަން ދޭންވެގެން ހިންގާ ޖަރީމާއެއްހެން. ކޮންމެ ރަށަކަށް އެެއަރޕޯޓެއް ބޭނުންވާނެ.
އޯކޭ
22 December 2021
ފ. އަތޮޅުގަ ކޮން ދެ އެއަރޕޯޓެއް. ދެނެ ހުރި ކަމެއްނޫން ތީކީ އަދި. ✌?
ނިލަންދޭ
23 December 2021
ފާފ ފްގަ އެއަޕޯޓެއް އެޅޫމީ މޮޔަކަމެއް. މާމިގިލި އެއޮތީ ގާތުގައި. ޙައިސްޕީޑް ފެރީއަކުން ކޮންމެ ދުވަހަކު މާމިގިލިއަށް ފެރީ ބާއްވަން ފީއަލި މީހުން ބުނިހެން އަންގަންވީ. އޭރުން ހައްލުވާނެ
ފޭކް
21 December 2021
އަދިވެސް ރާއްޖޭގައި އެއަރޕޯޓް މަދީތަ؟ ހުރި ތަންތަންވެސް ގެއްލުމުގަ ހިންގާއިރު އަދިވެސް ވީ އެއަރޕޯޓްތަ އަޅަން؟ ކޮންމެ ސަރުކާރަކުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން. ކޮންފަދަކަމެއްމީ އަޅެ.
ބޭކާރު ހަރަދު ކުރުން ހުއްޓަލާ
21 December 2021
ބޭކާރު! 100،000 ޑޮލަރައް ރައް ލިބޭނެ ގުޅާލާއިރައް. މިދިޔަ 5 އަހަރު ތެރޭގަ އެބަހުރި 30 އަކައް ރައް ކުޑަ ވަރައް ކުޑަ އަދަދަކައް ދޫކޮއްފަ. ދެން ކީއްކުރަން 25 މިލިއަން ޑޮލަރު ޕްރޮޖެކްޓެއްގެ ނިވާފަތުގައި ރަށެއް ހޯދަން އުޅެންވީ؟ މީގެ 5 އަހަރު ކުރިން ރައް ހޯދި މީހުންނައް އަޅާކިޔާނިސްބަތުން އެއީ 25 މިލިއަން ފައިދާ!! މާފަސޭހަ ވާނެ ކުޑަ ފައިސާކޮޅެއް ދީފަ އިދިކޮޅާ ގުޅިލައިގެން ސަރުކާރު ބަދަލުވާ ދުވަހު ދެތިން ރައް ކަޓުވާލިއްޔާ!
ދިސްވޭއިން
21 December 2021
ތިޔާއީ އިންޑިއާގެ ބަޔަކަށް ރާއްޖޭގެ ރަށްތަކެއް ދޭންވެގެން ޖަހާ މަޅިއޭ މާލޭގައި ހުރި އޯޑިއޯން ބިމާއި އަދި ނާދީ ބިން ނުޖެހޭނެ އެގޮތަށް ބާއްވަން ޓާޓާއިން އެންމެ ރުފިޔާ އެއްވެސް ކުއްޔެއްގެ ގޮތުގައި ނުދައްކައޭ ކޮން އާރބިޓްރޭޝަން އެއްތޭ ރާއްޖޭން ބޭރުގެ އާރބިޓްރޭޝަން ކޯޓް ތަަކަށް ރާއްޖޭގެ ބިންބިމާއި ފަޅުތަކަށް ކަން ކުރަން ޖެހޭނެ ގޮތަށް ހުކުމް ކުރިއަސް އެފަދަ ހުކުމް ތަކަށް އަމަލު ކުރާނީ އެއީ ދިވެހިރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމަށް ނަގައިގެންނޭ
ޝަފީރު
21 December 2021
ތިޔަހުންނަނީ ކުރަން ރަނގަޅު ކަންކަން. ޢެކަމަކު "ހާލިހަދަންވާނީ ބިސްއަޅާނެ ކުކުޅު ގެންގުޅެވޭ މިންވަރަކުން". މިހާރުވެސް އައިލެންޑް އޭވިއޭޝަނަށް ހެސްކިޔާފައި ގެއްލުންވަނީ. ޢަސްލަމުގެ ބޭނުންހާވަރަކަށް އެއަރޕޯޓު ހެދިދާނެ. ބޭކާރު ވާހަކަ ދެއްކީމާ ޤަބޫލެއް ނުކުރެވޭނެ. ކިހާވަރަކަށް ފްލައިޓް ޖައްސާތޯ މިހާރު ހުރިތަންތަނަށް.