ޚަބަރު / އެޗްޑީސީ

ގޮތެއް އަދި ނުނިންމާ، މިހާރު އޮތް ގޮތުން އަންނަ މަހުން ފެށިގެން ކުލި ހިނގާނެ

ހިޔާ ފްލެޓެއްގެ ބެލްކަންޏަށް ނިކުމެ ތިބި ބައެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ފްލެޓުތަކުގެ "ފިނިޝިން" އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އަދި ނިންމާފައި ނުވާތީ، ފްލެޓްތަކުގެ ކުލި އަންނަ ޖެނުއަރީ މަހުން ފެށިގެން ދައްކަން ފަށަން ޖެހޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވުމުން ޖެނުއަރީ ފެށިގެން ކުލި ނަގާ ގޮތަށް އޮތްއިރު އެޗްޑީސީން އަންނަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާކުރަމުންނެެވެ. އެކަމުގައި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައިނުވާތީ ޖެނުއަރީ ކުރީކޮޅު ކުލި ނަގަން ފަށާނެ އެވެ.

އެކަމަކު ސަރުކާރުން ގްރޭސް ޕީރިއަޑް އިތުރުކޮށްފި ނަމަ، ކުލި ދައްކަން ފަށަން ޖެހޭ ތާރީހަށް ބަދަލު އަންނާނެ އެވެ.

ހިޔާ ފްލެޓެއް-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. މި ކުލި ބޮޑު ކަމަށް ބުނެ ކުރީ ސަރުކާރުގައި ފްލެޓަށް ކަނޑައެޅި 5،600ރ. ކުއްޔަށް ނެގުމަށް އެދި ފްލެޓް ލިބުނު މީހުން ދަނީ އާދޭސް ކުރަމުންނެވެ. ދެހާހެއްހާ މީހުންގެ ސޮޔާ އެކު އެގޮތަށް ބަދަލުކޮށްދިނުމަށް މަޖިލީހުގައި ވެސް އެ މީހުން އެދިފައިވެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން އޭނާ އަށް އަންގާފައިވާ ކަމަށެވެ. ސަރުކާރުން މުއިއްޒަށް އެގޮތަށް އެންގީ ކުލި ކުޑަކޮށްދިނުމަށް އޭނާ ސަރުކާރުގައި އެދިވަޑައިގަތުމުންނެވެ.

މި ސަރުކާރުން ބުނާ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަގަކީ ކުލި ކުޑަަކުރެވެން އޮތް އެންމެ ހެޔޮ އަގެވެ. އެއަށް ވުރެ ކުޑަ ކުރާ ނަމަ، އެ ފްލެޓްތައް ހެދުމަށް ނަގާފައިވާ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

62 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 7%
icon angry icon angry 76%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަލީ

24 December 2021

ނުދައްކާނަން

The name is already taken The name is available. Register?

ޔާނު

23 December 2021

2023 ވ ކައިރިވެއްޖެ.

The name is already taken The name is available. Register?

ޢެޗްޑީސީފެި

23 December 2021

ކުލިނަގަންފަށަން އޯކޭ އެޗްޑީސީން ކުރަންޖެހޭ ކަންކަން ނިންމާފަ ހުރިނަމަ. ޢެކަމަކު އެޗްޑީސީން އެއްވެސް ކަމެއް ނިންްމިފަނެތް. މަގެއް ނެހެދޭ. ދާއިމީ މިސްކިތެއްނޭޅުނު. ސުކޫލެއް ނޭޅުނު. ފިހާރަތަކެެއް ނެހެދުނު. ކުލިނިކެއް ނެހެދުނު. ބޭސް ފިހާރަ އެއް ނެހެދުނު. ސެކިއުރިޓީ ކެމެރާއެއް ހަރުނުކުރެވުނު. ދެން ކޮން ލާރިއެއް ނުނެގިގެން ތިއުޅެނީ.

The name is already taken The name is available. Register?

@އެޗްޑީސީ

24 December 2021

ލަދު ގަންނަން ޖެހޭނެ ކްލިނަގަން ހަތަރުގަނޑު ފާރު ދީފަ އަމިއްލ ރުފިޔާ ޚަރަދުކޮށްގެން ތަނަށްވަނީމަ އެފައިސާއަށް ވަނީ ކިހިނަކުން ތޭ ކުލިންކެނޑެނީ އެއް ކަމެއް މުއްދަތުންކެނޑެނީ އެއް ކަމެއް ނުވަތަޚަރަދުވީ ފައިސާ އަނބުރާ ދެނީއެއްކަމެއް ނޭނގޭ އަމިއްލަމީހަކުން ތަންނަގައިގެން ހެދިޔަސް އެފައިސާ ކުލިން ކަނޑާ އަދާކުރޭ މީ ކޮންކަހަލަ އިޖުތިމާޢީ ބޯ ހިޔާ ކުރުމެއްބާ؟ ޢަހަރެމެން ވާހަކަ ދައްކަން ޖެހޭނީ އަހަރެމެން ހޮވި މީޙުންނާ އެޗްޑީސީ ކުންފުންޏަކާ ނޫން

The name is already taken The name is available. Register?

ޙެޔޮފުޅު

23 December 2021

ކޮބާތޯ އަޅުގަނޑުމެންގެ ހެޔޮފުޅު ރައީސް؟؟! ރައީސްގެ ހެޔޮފުޅުކަން އަޅުގަނޑުމެންނަން ނެތްތޯ؟ ކިތަންމެ ޖެއްްސުމެއްކުރިޔަސް. ޢެޗްޑީސީ މެދުވެރިކޮށް މަގުތައް ބަންދުކޮށްގެން ޖެއްސުންކުރިޔަސް. ފެންކުންފުނި މެދުވެރިކޮށް ކިތަންމެ ބޮޑު ފެންބިލްތަކެއް އަޅުގަނޑުމެނަށް ފޮނުވިޔަސް މި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ފެއިލް ނުކޮށްލެވޭނެ. ޢަޅުގަނޑަށް މި ބޯހިޔާވަހިކަން ދެއްވިކަމަށްޓަކައި އަލްހަމްދުﷲ އަދި ރައީސް ޔާމީނަށް ޝުކުރިއްްޔާ.

The name is already taken The name is available. Register?

ކުދުބެއްޔާ

23 December 2021

ކުލި ދައްކަން ޖެހޭދުވަސް އައިސް ބޯމަތިވިކަން ސަރުކާރަށާ އެޗްޑީސީ އަށް ެެގިއްޖެދޯއެވެ. އެކަމަކު ހިޔާ ފުލެޓް ސަރަހައްދުގައި މީހުން ދިރިއުޅޭއިރު އެތާގެ މަގުތައް ނުހަދާ ހުރިކަމެއް އެއްވެސް ބޭފުޅަކަށް ނޭގުނުދޯއެވެ. އެތާގަ އުޅޭ ސްކޫލްކުދިން ސްކޫލަށް ދާގޮތެއް ސަރުކާރުގެ އެއްވެސް އިދާރާއަކަށް އެގޭތޯއެވެ. މިކަންތައްތައް ނޭގިތިތިބެ ކުލީގެ ވާހަކަ ނުދައްކާށެވެ.

The name is already taken The name is available. Register?

ޏކނހު

23 December 2021

މަގުނުހެދި ހުރުމަކީ ކުލިނުދައްކަން އޮތްބަހަނާއެއްނޫން

The name is already taken The name is available. Register?

ބޮޑުވަޒީރު

24 December 2021

މަގު އެކަނިތަ؟ އެމީހުން ކުރަންޖެހޭ ކަންތައްތައްވެސް ނިންމަން ޖެހޭނެ. ތީ ބޮޑުވަރު. ކުލިވެސް ދައްކަން ޖެހޭނެ. މަގުވެސް ހަދަން ޖެހޭނެ. ސްކޫލްވެސް އަޅަން ޖެހޭނެ.

The name is already taken The name is available. Register?

ޙަބީބު.

23 December 2021

ތިޔައީ ވަރައްބޮޑު ކަންބޮޑު ވުމެއް ތަންހަދަން ދަރަންޏައް ނެގިފައިސާ ނުދެއްކި އުޅެނިކޮން ތިކަން ފަށައިފިނަމަ އެމްޑިޕީޔައް ކުރިތާއީދު އަނބުރާ ގެންނާނަން

The name is already taken The name is available. Register?

ޒައިހާ

23 December 2021

ގޮތެއް ނުނިންމަނީސް އާތިފު އަމިއްލަޔަށް ނޫސްތަކަށް މައުލޫމާތު ދިނުމުން ސަރުކާރުދެކެ ރައްޔިތުން ރުޅިއައުންފިޔަވާ އިތުރު ކަމެއްނުވޭ. އެއްވެސް ހިންގުންތެރި ކަމެޢްނެތް މީހުން މަގާމުތަކަށް ލީމަވާނީ ތިހެން.

The name is already taken The name is available. Register?

މޮހޮނަށްއޮޑި

24 December 2021

ސަރުކާރޭ ނުކިޔާ، އެމްޑީޕީ އޭ ކިޔާ. އެޕާޓީ ރަތަށް އެރިޔަސް މިފަހަރު އެހެން ގޮތެއް ނެތް

The name is already taken The name is available. Register?

2021

23 December 2021

ތިތަން ލިބުނު މީހުންވެސް ތިތަނަކަށްނުދޭ ކުއްޔަށް ދީފައިހުރީ. ސަރުކާރުން މިކަން ބަލާ އަވަހަށް ފިޔަވަޅު އަޅާދީ....

The name is already taken The name is available. Register?

ޖީޒް

23 December 2021

ބަލަ ހެދޭނެ ގޮތެއް ނެތް މީހިން އެހެން ހެދީ. ކަލޭ ދޭންވީނު އެމީހުން އެޕާޓްމެންޓް ހަދަން ލާރި

The name is already taken The name is available. Register?

ޛޖހހހހ

23 December 2021

ކުލި ނުދައްކަންއުޅޭ އެންމެންއަތުން ފްލެޓްއަތުލާފަ ހިޔާފްލެޓަށް ޝަރުތުހަމަވެ ފްލެޓް ނުލިބުނު މީހުންގެ ތެރެއިން ކުލިދެއްކޭނމީހުނަށް އެތަންތަންދީ. ބޮޑު ނޮހޮރުއްޕާނަކަށް ވެއްޖެ ތިހިޔާލިބުނު މީހުން

The name is already taken The name is available. Register?

ޙަސަން އަޙްމަދި

23 December 2021

ކަލޭގެ ސިކުނޑިއަށް ފަރުވާކުރަން ޖެހޭ.

The name is already taken The name is available. Register?

ކަލޭ ތިއީ މަހުޖަނަކީތަ؟ ފަގީރުންވެސް އުޅެޔޭ.

23 December 2021

ކަލޭ ދެކޭ ގޮތުގައި ދުނިޔޭގައި މުއްސަނދިން ނޫން އެހެން ބަޔަކު އުޅެގެން ނުވާނެ ކަން ތިއިން އެނގުނީ. އަނެއްކާ ކަލޭ ތިއީ އަތުގެ ހުރިހާ އިނގިއްޔެއް އެއްވަރު މީހަކީތަ؟ ކަލެޔަށް އެނގޭތަ އިންސީންގެ ތެރޭގައި ދޮންމީހުންނާއި ކަޅުމީހުންނާއި ކުރުމީހުންނާއި ދިގުމީހުންނާއި ފަލަމީހުންނާއި ހިމަމީހުން ވާކަން. ކަލެޔަށް އެކަން ނޭނގޭނަމަ ކަލޭ ހެއްދެވި ފަރާތެއް އެބަވާކަން ދަންނަމުތަ،

The name is already taken The name is available. Register?

މޮހޮނަށްއޮޑި

24 December 2021

ކުރިންވެސް އެނގެއޭ ރީނދޫ ކުދިން ހިޔާ ޓަވަރުން ތަންތަން ބޭނުންވާކަން

The name is already taken The name is available. Register?

ފޮނިބޮކި

23 December 2021

ހިޔާ ފްލެޓް ކުއްޔަށް 12000 އަށް ދީގެން އެތަނުން ނަފާ ހޯދާ ކިތަންމެ ބަޔަކު އެބަތިބި. އެއްވެސް ވަރަކަށް މުއްދަތު އިތުރު ކޮށްދޭނެ ކަމެއް ނެތް

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

23 December 2021

ތީ ވ ރަގަޅު ވާހަކައެއް! ރަށުގައި ތިއްބެ މާލެ ނާންނަ މީހުންނަށްވެސް ޔާމީނުގެ ހޮޔޮފުޅުކަމުން ފުލެޓް ދީފައި އެބަތިބި! އެމީހުން ހަދާފައި ކުއްޔަށްދިނީ! ނަމުގައި މާލޭ މީހުންވާނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454