26 ޑިސެމްބަރ 2021 - 05:36
ޗުއްޓީ އަށް ރާއްޖޭން ބޭރަށް ދިޔަތަނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ދުބާއީ ޗުއްޓީ "ހަރާބުވެއްޖެ" އެވެ.
މި ވާހަަކަ މިރޭ ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރީ ދުބާއީ މެރީނާގެ ސްޕާކަލް ޓަވަރުގައި ކަރަންޓީނުވެގެން ހުރި އެޕާޓްމަންޓްގެ ތެރޭގައި ނަފާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އޭގައި ނަހުލާ ބުނީ އެއްވެސް ތާކަށް ނުދެވި އެޕާޓްމަންޓްތައި "ތާށިވެފައި ހުންނަތާ މިހާރު 10 ދުވަސްވެއްޖެ" ކަމަށެވެ.
ކޮވިޑާ ހެދި އެއްވެސް އެއްވެސް ތާކަށް ނުދެވޭތާ ދެ އަހަރެއްހާ ދުވަސް ފަހުން އާއިލާއާ އެކީ ޗުއްޓީ އަށް ދިޔަ ތަނުން ކޮވިޑް ޖެހުމުން ނަހުލާ ހުރީ ވަރަށް "ހިތްހަމަނުޖެހިފަ" އެވެ.
"ކޮވިޑަށް ފިލައިގެން ވޯކް [މަސައްކަތް ވެސް] ހުއްޓާލައި ގޭގެ އެއްބުރިން އަނެއް ބުރިއަށް ނުގޮސް މީހުން އެއްވާތާކަށް ވެސް ނުގޮސް ދެ އަހަރަށް ވުރެ ގިނަ ދުވަހު މަޑުކޮށްފައި އެންމެ ފަހުން ޗުއްޓީ ހަދާލަން އާއިލާއާ އެކު ހަމަ ނުކުތީ ކޮވިޑް ޖެހުނީ." އޭނާ ބުންޏެވެ.
ނަހުލާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ޑައިރެކްޓަރެވެ. "ކަލާޔާ ނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2016 ގެ "4426" އެވެ. ނަހުލާގެ އެންމެ ފަހުގެ މަސައްކަތަކަށް ގެނެސްދިނީ ވެބް ސީރީޒް "ހުވާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ްެްއްެްެްެ
26 December 2021
ހުވާ މިކަމަށް ފިލުމެއް ހަދާނެ.
އޮމިކްރޯން
26 December 2021
ހުވާ ހަމަ ކަލާއާ ނުލައި މަސައްކަތް ފުރިހަމަ ނުވީ..
ހެއްވާލޯ
26 December 2021
ހުވާ ސީޒަން 3 އޮތީ ކޮން އިރަކު؟
ސުބު
26 December 2021
މިއަށް އަހަރުން ކިޔަނީ ދެއްކުންތެރިކަން.
އާރިފާ.
26 December 2021
ތީ ދެން ކޮންމެހެން ކޮވިޑު ޖެހުނުވާހަކަ ބުނާކަށް ނޫން ތިއުޅެނީ.ދުބާއީގައި ހުރިކަން މީހުންނަށް އަންގާލީ.
ރާސިން
26 December 2021
ކޮންމެ ކަމެއްގައިވެސް ހަމަ އޮތީ މިންވަރަށް އީމާންވެ، ﷲ ގެ ޙަޟްރަތަށް ޝުކުރުވެރިވުން.
ކަރިޝް
26 December 2021
ކޮންމެކަމެއްވެސް އޭގެ ވަގުތު ޖެހުނީމަ އެކަމެއްވާނެ ، ކޮޓަރިންނުނިކުމެ 2 އަހަރެއްނޫން 5 އަހަރު ހުއްޓަސް
ކޮސްނުގޮވާ
26 December 2021
ދެން ރާއްޖެއައިސް "އެ ޗުއްޓީ" ކިޔާ ފިލުމެއް ހަދާލާ
ަހިހި
26 December 2021
ދެން ރާއްޖެ އިސް ދެވަނަ ޝުއްޓީއެއް ހަދާލަން ކާރި ރަށަކައް ދާނީ
2021
26 December 2021
ނަހޫ ފިލްމުކުޅެންވީނު ހާދަރީއްޗޭ....