ފިރިހެން ޓީމު ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: ރާއްޖެ އެމްވީ
26 ޑިސެމްބަރ 2021 - 21:51
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމު، ނޭޕާލް އަތުން ވެސް ބަލިވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. ގައުމީ އަންހެން ވޮލީ ޓީމު ވެސް ވަނީ މިއަދު ހެނދުނު ކިރިގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ.
ފިރިހެން ޓީމުގެ މެޗުގެ ފުރަތަމަ ސެޓުގައި ނޭޕާލުން ގޭމްބޯލް ޕޮއިންޓްގައި ވަނިކޮށް ރާއްޖެއިން އެއްވަރު ވެސް ކުރި އެވެ. އަނެއްކާ ނޭޕާލުން އިތުރު ޕޮއިންޓެއް ހޯދިފަހުން ވެސް ރާއްޖެއިން އެއްވަރު ކުރި އެވެ. ނޭޕާލުން ސެޓް ކާމިޔާބު ކުރީ 26-25 އިންނެވެ.
ފުރަތަމަ ސެޓްގައި ފެނުނު ވާދަވެރި ކަމެއް ދެވަނަ ސެޓްގައި ނުފެނުނެވެ. ނާޕާލް ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. އަނެއްކާވެސް ތިން ވަނަ ސެޓްގައި އެ ވާދަވެރިކަން ފެނުނެވެ. ނޭޕާލުން އެ ސެޓް ގެންދިޔައީ 25-23 އިންނެވެ.
ރާއްޖޭގެ އަންހެން ޓީމު ކިރިގިސްތާން އަތުން ބަލިވީ، 25-17، 25-11 އަދި 25-20 އިންނެވެ. އަންހެން ޓީމަށް ވެސް އަދި ފިރިހެން ޓީމަށް ވެސް ބާކީ އޮތީ އެއް މެޗެވެ. ފިރިހެން ޓީމަށް އޮތީ މާދަމާ ހަވީރު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަންހެން ޓީމު މާދަމާ ހެނދުނު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގަ
27 December 2021
ބޭފުޅާ ހަމައިގަތަ
ރަދީފްއޮފިޝިއަލް
27 December 2021
ކަނޑުކޮހުންތަކެއް.
ކެނެޑީ
27 December 2021
ތިކުޅޭކުޅުންތައް ހުއްޓާލާފަ އެންމެން މަގުކޮޅުހޮޓާކައިރިއަށް ރާޒުވާކުޅެންދިއުން މާބުއްދިވެރި އަދި ދައުލަތަށްވެސް ލުއި
ޑެބީ
27 December 2021
ރަނޭޝް ފްލައިޓު ދުއްވަމުން ކެފޭ ހިންގަމުން ކިހިނެއް ވޮލީއަށް ވަގުތު ދެނީ. މިކަމަށް ވަގުތު ދެވޭނެ މީހަކު ހޯދާފަލާ.
ނަންރީތި
27 December 2021
އެފްބީގަ އެބައިން ބްރޯކަން އިނގްލިޝްއިން ބޮޑު މަޒުމޫނެއް ލިޔެފަ. ބަލަ ނޭނގެންޏާ ދިވެހިން ލިޔުނަސް މައްސަލައެއް ނޫނޭ. ރިޔާ ބޭރުކުރުމާއެކު ވޮލީ ވަޅު ޖެހިއްޖެ
އަޝްފާންގެ ކާފަ
27 December 2021
ދަގަޑޭ ކަހަލަ މީހުން ބޭރުކުރުމަށްފަހު ޅަ ކުޅުންތެރިންނަށް އިސްކަންދެއްވާ
Happy 123
27 December 2021
ބޭރު ކޯޗު އައީމަ ރަގަޅުވާނެ!!
ާއަލިމޯޑު
27 December 2021
ބޭރު ކޯޗު އޭނާގެ މޮޅުކަން ބޭރުގައި ދައްކަނީ އެތަންތާނގައި އެނަ ކޯޗު ކޮށްދެނީ އުމުރުން 5 އަހަރުން ފެށިގެން ވޮލީގެ ނޫނީ ފުޓުބޯޅައިގެ ތެރޭ ގެންގުޅެ ތަމްރީނު ދީގެންގެންގުޅޭ ކުޅުންތެރިން ގޮވައިގެން.އެމީހުންނަކީ ކްލަބަށް ކުޅެންފަށާ ހިނދުންހަމައެކަނި އެކަމަށް ވަގުތުދީގެން ތިބޭ ބައެއް.ރާއްޖޭގެ ކުޅުންތެރިންނަކީ ފުލްޓައިމް ވަޒީފާއަދާކުރަމުން ދަރިން ސްކޫލަށް ގެނެސް ގެންގޮސް ހަދާފަ 3،4 ޖެހީމަ ޗޭންޖުކޮށްލައިގެން މެޗަށް ނޫނީ ޕްރެކްޓިސް އަށް ދާމީހުން.ރެސްޕެކްޓް
ބަކުންބޭ
27 December 2021
ޓެކްސްޕޭޔަރ ޓީމް ތަަކަށް ހަރަދުކުރަނީ ހަަމައެކަނި ތަޖުރިބާ ހޯދާކަށް ނޫން
ހުސެން
27 December 2021
ނުވަާވަރުކަންތައް ކުރަންނޫޅެނިއްޔާ މާރަނގަޅުވާނެ
ހަޑިގިއްލާ
27 December 2021
ދޫނުކޮށް ކުރިޔަށް ދާންވީ... ސްކޯއަށް ބަލާލާއިރު ކުޑަކުޑަ ތަފާތެއް ފެންނަންހުރީ... ތިކުރާ މަސައްކަތަށް އިތުރު ހިތަވަރެ ބޭނުންވަނީ...
ސީދާ
27 December 2021
3 ސެޓުން