28 ޑިސެމްބަރ 2021 - 06:45
މީގެ 12 އަހަރު ކުރިން މަރުވެފައިވާ އެމެރިކާގެ ކުރީގެ ޕޮޕް ރަސްގެފާނު މައިކަލް ޖެކްސަނާއި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭއާ އޭނާގެ ފިރިމީހާ ޖޭ-ޒީ އަޅާކިޔުމުން ބައެއްގެ މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ލަވަކިޔުންތެރިތާ އެލީޝިއާ ކީޒްގެ ޓްވިޓާ ސްޕޭސެސްގައ ދާދި ފަހުން ބައިވެރިވެ ޖޭ-ޒީ ވަނީ މިއުޒިޝަނެއްގެ ގޮތުގައި ޖެކްސަނަށް ވުރެ ބިޔޯންސޭ މާ ކާމިޔާބު ކަމަށް ވެސް ސިފަކޮށްފަ އެވެ. އެގޮތުން ޖެކްސަންގެ ޝޯއަކަށް ނުލިބޭ ވަރުގެ ތަރުހީބެއް ބިޔޯންސޭ އަށް ލިބިފައިވާ ކަމަށް ބުންޏެވެ.
I love Beyoncé. Down. But there is no artist that has ever lived that has touched Michael Jackson’s stardom. Literally no one. That is the biggest star of all time. And it’s time to put the debate to rest.
— Brittany♚ (@britshaniece) December 22, 2021
"ބިޔޯންސޭއާ އަޅާބަލާ އިރު ޖެކްސަނަކަށް ކޯޝެލާއެއް ތަޖުރިބާއެއް ކުރެވިފައެއް ނެތް. މި ވާހަކަ މިގޮތަށް ދެއްކީމަ އަހަރެން ދެކެ ބިޔޯންސޭ އެހާ ހިތްހަމައެއް ވެސް ނުޖެހޭނެ. އެކަމަކު ހަގީގަތަކީ އޭނަ އަކީ މިހާރު އަހަރެމެންގެ ތެރޭގައި ހުރި އެންމެ މޮޅު އެެއް ފަންނާނުކަން." އަންހެނުންނަށް ސަނާކިޔައި ޖޭ-ޒީ ބުންޏެވެ.
To think that nobody can ever be a better artist than Michael Jackson is down right delusional. Beyoncé surpassed him years ago. And if Beyoncé were a male, she would have been given that “GOAT” title a long time ago.
— kennedy. (@HelloKennedi) December 22, 2021
އޭނާ ބުނި ގޮތުގައި މިކަން ގިނަ ބަޔަކު ފާހަގަ ވެސް ކުރާނެ އެވެ. އަދި ބިޔޯންސޭ އަކީ މިއުޒިކީ ރޮނގުން ބަލާ އިރު ދެވަނައެއް ނެތް ފަދަ ފަންނާނެއް ކަމަށް ބުންޏެވެ.
respectfully michael jackson never needed anything like coachella throughout his lifetime. michael jackson has had double the audience of anything beyonce ever had. mj had people literally fainting and being transported on stretchers.. no offense but mj is unmatched. https://t.co/r4DBXaDLtb
— s k y 🕊 (@skylcrxo) December 22, 2021
ދުނިޔޭގެ އެންމެ ވަރުގަދަ ޕޮޕް ރަސްގެފާނާ ބިޔޯންސޭ އަޅާކިޔުމުން ފާޑުކީ ބައެއް މީހުން ބުނީ އެއީ އަޅާކިޔުން ހައްގު ވެސް ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޖެކްސަން މަރުވީ ކޯޝެލާއެއްގައި ބައިވެރިވާނެ ފުރުސަތު ނުލިބި ކަމަށްވާތީ އެވެ. ބައެއް މީހުން ބުނީ "ކޯޝެލާއެއްގައި" ގައި ބައިވެރިވާނެ ފުރުސަތު ޖެކްސަނަށް ލިބުނު ނަމަ، އޭނާ އޮންނާނީ ރެކޯޑް ހަދާފައިވާ ކަމަށެވެ. އަދި ޖެކްސަންގެ 1987 ގެ "ބޭޑް" އަލްބަމް ރިލީޒްކުރުމާ ދިމާކޮށް ބޭއްވި ކޮންސަޓެއްގެ ފޮޓޯ ބައެއް މީހުން ޓްވިޓާގައި ދައުރުކޮށްފައިވެ އެވެ.
Lol if you’re going to compare album tours, compare BAD to Formation. Bey did 49 shows and had an attendance of 2.24 million people. Michael had to do 123 shows to get 4.4 million people in attendance. Pls https://t.co/EDO9tLVbN4
— Andile Kuhlekwanele Nzimande (@AndileNzimande_) December 22, 2021
ޖެކްސަނާއި ބިޔޯންސޭ އަޅާކިޔުމުން ބައެއް މީހުން ބުނީ ބިޔޯންސޭ އަކީ މޮޅު ފަންނާނެއްކަން އެ މީހުން ވެސް ގަބޫލުކުރާ ކަމަށެވެ. އެވެ. އެކަމަކު މީހަކަށް ސަނާ ކިޔަން ވާނީ ހައްގު މިންވަރަށް ކަމަށާއި އެހެން ލެޖެންޑުންނާ އަޅާކިޔުމަކީ އިހުތިރާމު ކުޑަކުރުމުގެ އަމަލެއް ކަމަށެވެ.
މިހާތަނަށް 28 ގްރެމީ އެވޯޑްސްގެ އިތުރުން ވެސް އެތައް އެވޯޑެއް ހޯދާފައިވާ ބިޔޯންސޭ، 40، ގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "ލެމަނޭޑް" އެވެ.
ޖެކްސަންގެ މަޝްހޫރު އަލްބަމްތަކުގެ ތެރޭގައި ތުރިލާ (1982) އާއި ޑޭންޖަރަސް (1991) ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯލާ
28 December 2021
މާދަން ވެސް ބިޔޯންސޭ މަރުވެއްޖިއްޔާ އެވަރު ފަންނާނެއް ނޯންނާނެ. ޙަގީގަތަކީ މީހަކު މަރުވީމަ އޭނައަށް ލިބޭ ގަދަރާއި އިއްޒަތް، އެމީހާ ދިރިހުއްޓާ ލިބުނު ވަރަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާކަން.
ރަދީފްއޮފިޝިއަލް
28 December 2021
މައިކަލް ޖެކްސަން އެއީ އެހެން ލެވެލްއެއް.އެފަދަ އާޓިސްޓަކުން ކުރިއަށް އޮތް 1000 އަހަރުތެރޭގަ ވެސް ފެނިދާނެކަމާއި މެދު ޝައްކު.''ސްމޫތު ކްރިމިނަލް'' ފަދަ ލަވަތައް ބަލާލީމަ އެނގޭނެ މިމީހާގެ އަސްލު ކޮލިޓީ.މައިކަލްގެ އެންމެ ޕީކް ޒަމާނުގަ ޔޫޓިއުބް ހުރިނަމަ ހަމަ ޔަގީނުން ވެސް ޔޫޓިއުބް ކްރޭޝްވާނެ.އެހާ ވެސް ބޮޑު މަގުބޫލުކަމެއް މައިކަލްއަށް އޮތް.މައިކަލްގެ ލަވަތަކަށް ޔޫޓިއުބްގަ މިއަދުވެސް މީހުން ކުރާ ކޮމެންޓްތަކުން އެކަނި ވެސް މައިކަލްގެ ކޮލިޓީ ދޭހަވޭ.