ޚިޔާލު

ފުޓުބޯޅައިގެ ރަންޒަމާން ގެނެސް ދެއްވީ އުމަރު ޒާހިރު!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ކުރިން ދިޔަ ރާއްޖޭގެ ކޮންޓިންޖެންޓުގެ ބައެއް މެމްބަރުންނާއެކު، އޭރުގެ ސްޕޯޓްސް މިނިސްޓަރު އުމަރު ޒާހިރު ފޮޓޯއެއް ނަންގަވަނީ.---ފައިލް ފޮޓޯ

އަލްމަރުޙޫމް އުމަރު ޒާހިރު ކުޅިވަރު ޕޯޓްފޯލިއޯއާ ހަވާލުވެވަޑަގަތީ 1983 ގައެވެ. 20 ޑިސެމްބަރ 2021 ވީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެ މަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރެވުނެވެ. އަދި އެސޯސިއޭޝަނުން އެކަން ފާހަގަކޮށް، އެ މަނިކުފާނަކީ "ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އެ ޒަމާނާ ގުޅޭ ހަރުދަނާ އޮނިގަނޑެއް ތައާރަފު ކޮށްދެއްވި" ފަރާތް ކަމަށް ފޭސްބުކް ޕޭޖުގައި ފާހަގަކޮށް ތަޢުޒިޔާ ކިޔާފައިވެ އެވެ. އެ ރޭގެ މެޗް ކުރިއަށް ދިޔަ އެވެ! މެޗު ފެށުމުގެ ކުރިން އެ މަނިކުފާނުގެ ހަދާނުގައި ސުކޫތެއް ގެނައެވެ. އަޅުގަނޑުގެ ދުއާއަކީ އެ މަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ. އާމީން!

މިއަދު ރާއްޖޭގެ ލީގް ހިނގަމުން އެ ދަނީ މިނިސްޓަރު އުމަރު ޒާހިރު އެޅުއްވި ބިންގަލުގެ މަތީގަ އެވެ. ފުޓުބޯޅައިގެ ކަންކަމުގައި، އެ ދުވަސްވަރު ވަޒީރުގެ އަރިސް އެޑްވައިޒަރަކަށް ހުންނެވީ، ހަޒާންދާރު ސިއްކަ އަހުމަދު އިސްމާއިލް މަނިކެވެ. ވިޔަފާރިވެރިއެކެވެ. ޕޭޓްރަން އެކެވެ. އެސޯސިއޭޝަންގެ ރައީސަކީ ބަންދު އަހުމަދު ސަލީމެވެ. ނައިބަކީ ކާމިނީޕޫލް އަބްދުއް ޝުކޫރެވެ.

އޭއެފްސީ އާއި ފީފާ އިން ފުޓުބޯލް އެސޯސިއޭޝަން ބަލައިގަތީ 1986 ގައެވެ. އެހާތަނަށް އެސޯސިއޭޝަން އޮތީ ކަރުދާހުގަ އެވެ. މުބާރާއްތައް ހިންގަނީ "ސްޕޯޓްސް ޑިވިޒަން" އިންނެވެ. އެ ދުވަސްވަރު، މޯލްޑިވްެސް އޮލިމްޕިކް ކޮމިޓީގެ ރައީސް ޒާހިރު ނަސީރު އިސްނެންގެވީ، "ރާއްޖެތެރޭގެ ފުޓުބޯޅަ މުބާރާތް" ހިންގުމަށާއި ފުޓުބޯޅައިގެ އުމުރު ފުރާ ގައުމީ ޓީމުތައް އުފެއްދުމަށެވެ. އަލްމަރުހޫމް ޒާހިރު ނަސީރަކީ އަލްމަރުހޫމް އުމަރުޒާހިރުގެ ބޭބެ އެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް މުހިންމު، އަގުހުރި ހިދުމަތްތަކެއް ކުރެއްވި ތިން ބޭފުޅުން (ކ-ވ) ސިއްކަ އަހުމަދު އިސްމާއިލް މަނިކު، ކުރީގެ ރައީސް މައުމޫން އަދި ޒާހިރު ނަސީރު.

ރައީސް މައުމޫނުގެ ކާމިޔާބު ސްޕޯޓްސް މިނިސްޓަރު

ގައުމީ ފުޓުބޯޅަ އެސޯސިއޭޝަން ގާއިމު ކުރެއްވީ ރައީސް މައުމޫނުގެ ޒައާމަތުގައި 1983 ގަ އެވެ. ލަސްތަކެއް ނުވެ 1985 ގައި އޭއެފްސީގެ ކޮންސަލްޓަންސީގެ ދަށުން މާލޭގައި އުފެދިފައިވާ ގައުމީ ފުޓުބޯޅަ މުބާރާތުގެ ފޯމެޓް މުޅިން ބަދަލުކޮށްލި އެވެ. ފީފާގެ ސިޔާސަތާ އެއްގޮތަށް ކްލަބްތައް ތިން ޑިވިޒަނަށް ބެހި އެވެ. އެހެން ނަމަވެސް، ކޮންމެ ޑިވިޒަނެއް ގްރޫޕްކޮށް، ސެންޓްރަލައިޒްޑް (މަރުކަޒީ) އުސޫލަށް ކުޅޭ ގޮތަށެވެ. މެޗުތައް ކުޅެން ޖެހުނީ ގަލޮޅު ދަނޑުގަ އެވެ. ހޯމް އެންޑް އަވޭ ކުޅޭނެ ދަނޑެއް ނެތެވެ. ޓްރާންސްޕޯޓް ނެޓްވާކެއް ނެތެވެ. ލާމަރުކަޒު ކުރުމެއް ނެތެވެ. އިންތިހާބު ކަށަވަރު ކުރުމެއް ވެސް ނެތެވެ. އެހެން ނަމަވެސް ކްލަބްތަކުގެ މަސްލަހަތު މިނިސްޓަރު ބަލަހައްޓަވައި ދެއްވި އެވެ.

މާލޭގެ ހަތަރު އަވަށުގައި އޮތް ފަސް ދަނޑުގެ ތެރެއިން ތިން ދަނޑު އެއިރު ވަނީ ގެއްލިފަ އެވެ. ހެންވޭރު ދަނޑާއި ގަލޮޅު ދަނޑު ސަލާމަތުން އޮތެވެ. ނަމަވެސް ހެންވޭރު ޓީމުގެ ދަނޑު "ވައިލެޓްފެހި" ކުރިން އޮތް ބިމުގައި މިއަދު އެ ހުރީ އޭޑީކޭ ހޮސްޕިޓަލެވެ. މައްޗަންގޮޅި ދަނޑު ކުރިން އޮތް ބިމުގައި މިއަދު އެ ހުރީ ޖަމާލުއްދީން ސްކޫލެވެ. ބިސްބުރުގެ އިރަށް އޮތް މާފަންނު ދަނޑު ވަނީ އާބާދުވެފަ އެވެ! ބަދަލުގައި އުފެދުނީ "ހިއްކި ބިމެވެ". މިއަދު ސްޓޭޑިއަމް ސަރަހައްދެވެ. މި ކަމުގައި ވެސް ހުންނެވީ ހުދު އުމަރު ޒާހިރެވެ.

މަރުހޫމް އުމަރު ޒާހިރަކީ، ރައީސް މައުމޫނުގެ އެންމެ ކާމިޔާބު އެއް މިނިސްޓަރެވެ. އަދި ރައީސް މައުމޫނަކީ، ކުޅިވަރަށް ޚަރަދު ކުރުމުގެ މުހިންމުކަން ދެނެވަޑައިގެންނެވި، ދިވެހި ކުޅިވަރުގެ ބާނީ އެވެ. ރައީސް މައުމޫނަކީ ކުޅިވަރު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެއްވަނަ ޑިވިޒަންގެ ލީގެއް ކާމިޔާބު ކުރެވޭނީ، އެ ލީގް ވަށައިގެން ކުރަންޖެހޭ އެހެން އެތައް ކަންތައްތަކެއް މެދުވެރިކޮށް ދެވިގެންކަން އެ މަނިކުފާނު ދެނެވަޑައިގަންނަވަ އެވެ. އެގޮތުން، ކްލަބްތަކުން އިސްނަގައިގެން އުފަން ކުރަން އެދުނު ފުރަތަމަ އިންވިޓޭޝަނަލް މުބާރާތް، "ޕޮމިސްކަޕް" 1987 ގައި ފައިނޭންސް ކޮށްދެއްވީ ސަރުކާރުންނެވެ.

ނަވާރަސަތޭކަ އައްޑިހަ ފަސްވަނަ އަހަރުގައި ފެށުނު ސާފްގޭމްސްގައި ހަމަ ކޮންމެ އަހަރަކު ގައުމީ ޓީމު ބައިވެރިކުރި އެވެ. ފުރަތަމަ މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި އެވެ. ހަމަ އެ އަހަރު އުފެދުނު އޭޝިއަން ކްލަބް ޗެމްޕިޔަންޝިޕްސް (މިހާރުގެ ޗެމްޕިއަންސް ލީގް) އާއި 1991 ވަނަ އަހަރު އުފެދުނު އޭޝިއަން ކަޕްވިނާސް ކަޕަށް ކޮލިފައިވާ ކްލަބްތައް ވެސް ސަރުކާރުން ފައިނޭންސް ކޮށްދެއްވި އެވެ. އެ ޒަމާނުގައި އޭއެފްސީ އަށް ފައިނޭންސް ކޮށްދެވޭ ވަރެއް ނުވެ އެވެ. އެ ދުވަސްވަރު ފީފާ މެގަޒިންގެ ކަވަރަށް ރާއްޖެ އެރި އެވެ. ރާއްޖެއަކީ ދަނޑުފޯރި އޮތް، ބީޗް ޓްރެއިނިންގެ ޖަޒީރާ މަންޒިލެއްގެ ގޮތުގަ އެވެ! ކުޅިވަރު ދެނެވަޑައިގަންނަވާ ރައީސެއް ހުންނެވި ނަމަވެސް ހުޝިޔާރު މިނިސްޓަރެއް ނެތުމުން ކުޅިވަރަށް ފައިދާއެއް ނުކުރާނެ އެވެ. މިއާ ހިލާފަށް، އަލްމަރުހޫމް އުމަރު ޒާހިރު ކުޅިވަރުގެ ސިޔާސަތުތައް ރަނުންރަނަށް ތަންފީޒު ކޮށްދެއްވި އެވެ.

އެއްވަނަ ޑިވިޒަންގެ ފުރަތަމަ ލީގް

އެއްވަނަ ޑިވިޒަން ގްރޫޕް ކުރުން ދޫކޮށްލައި، ކޮލިފައި ވެފައިވާ ކްލަބްތަކަކީ އެއް "ގްރޫޕް" ނުވަތަ ލީގް ގޮތުގައި ބަލައިގަނެ، ހަ ޓީމާއެކު ފުރަތަމަ ސީޒަން ކުޅުނީ 1989 ގަ އެވެ. އެއްވަނަ ޑިވިޒަންގެ ރަންޒަމާން ގެނެސް ދެއްވި އޮނަރަބަލް އުމަރު ޒާހިރުގެ މިނިސްޓަރުކަމުގެ ދަށުގައި، އެވްރެޖް ދަނޑުފޯރި އަދަދަކީ 3،000 ސަޕޯޓަރުންނެވެ. ލީގް ފެށުނުތާ އެންމެ ދެ އަހަރުގެ ތެރޭގައި ސަރަހައްދުގެ ފައިނަލް ކުޅެ 1991 ގައި ރިހި މެޑަލް ހޯދި އެވެ. ދިވެހި ސަޕޯޓަރުން ލަންކާގެ ސިޑިބަރިތަކުގައި ފުރަތަމަ ފަހަރަށް އިސްއުފުލައިލައި، މޭފުއްޕާލި އެވެ. ގައުމީ ޓީމުގެ ކާމިޔާބާއެކު، އަލަށް އުފެދުނު ލީގަށް އިތުރު ދިރުން ލިބުނެވެ. މިނިސްޓަރު އުމަރު ޒާހިރު އަވަސްވެވަޑައިގަތީ ދަނޑުފޯރިއާ އެއްވަރަށް ސިޑިބަރިތައް ހައްދަވާށެވެ. އެކަން ވެސް ކޮށް ނިންމެވި އެވެ.

މިއަދު ދިވެހި ލީގްގެ ހާލަތު

ލީގެއްގެ އަގުވަޒަން ކުރާ އެންމެ އަސާސީ އެއްމިންގަނޑަކީ، ކްލަބެއް ކުޅެފައިވާ ސީޒަނެވެ. ވާދަކޮށްފައިވާ އަދަދާއި މުއްދަތެވެ. ލީގް-ތަޖްރިބާ އެވެ! އަދި އެފަދަ ކްލަބްތަކުގެ ކާމިޔާބީތަކާއި ތާރީހެވެ. މި މިންގަނޑުން، އަންނަ އަހަރުގެ ލީގަށް ފަރިކުރާ ކްލަބްތައް، ލީގުން ބޭރުކޮށްފައިވާ ނިއުރޭޑިއަންޓާއި (56،700 ފޭސްބުކް ފޮލޮވާސް) ވިކްޓަރީ އާއި (ފޭސްބުކް ޕޭޖް ބްލޮކް ކޮށްފައި)، އަޅައިކިޔާލަމާތޯ އެވެ. އެއިރުން، މި ހެދޭ ގޯސް، ފަހުމްކޮށްލަން ފަސޭހަވާނެ އެވެ.

މިއަދާ ހަމައަށް 32 ލީގް ޗެމްޕިއަންޝިޕް ކުޅެވިއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި 44 ތަފާތު ކްލަބް، ދިވެހި ލީގްގައި ކުޅެފައިވީ ނަމަވެސް ނިއު ރޭޑިއަންޓާއި ވިކްޓަރީއާ ތަޖުރިބާގެ ގޮތުން ގާތްކުރާ (ވެލެންސިއާ ފިޔަވައި) އެހެން ކްލަބެއް ނެތެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީ، ކޮންމެ ކްލަބެއް ވެސް 29 ސީޒަން ކުޅެފައިވެ އެވެ. މި ދެ ކްލަބްގެ މެދުގައި 58 އަހަރުގެ ލީގް-ތަޖްރިބާ ހިއްސާ ކުރެ އެވެ. މިއީ ގައުމީ ތަރިކައެއް ކަމުގައި ނޫނީ ނުވާނެ އެވެ! މި ދެ ކްލަބްގެ ސަޕޯޓަރުން ތިބީ ހެންވޭރާއި ގަލޮޅުގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގައި ވެސް މެ އެވެ. ކުޅިވަރަށް ހަގު ގައުމެއްގައި 29 ސީޒަން ކުޅުމަކީ، އެ ކްލަބްތަކަށް ދަނޑުފޯރި ދޭ އެތައް ހާސް ސަޕޯޓަރުންގެ ހިތްތަކުގެ ޝުއޫރެވެ. ނިއު ރޭޑިއަންޓްގެ ފޭސްބުކް ފޮލޮވަރުން އެސޯސިއޭޝަނަށް ވުރެ ގިނަ އެވެ. މާކެޓިންގެ އިލްމީ ތަހުލީލްތަކުން ސޯޝަލް މީޑިއާގެ ޒަމާނުގައި ދެނެގަނެވިފައިވާ ހަގީގަތަކީ، އެ ކްލަބެއްގެ ފޭސްބުކް ފޮލޮވަރުންނާއި އެ ކްލަބެއްގެ ފަންޑްރެއިޒިން ކެޕޭސިޓީއާ ކޯރިލޭޓްވާ ކަމަށެވެ!

މި ޓޭބަލްގައި އެވާ މައުލޫމާތަކީ ފުޓްބޯލް އެޑްމިނިސްޓްރޭޓަރު އަދި ކުޅިވަރުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާ، ކްލަބް ވެލެންސިއާގެ އަހުމަދު މުހަންމަދު (ދޮނާ) އެއްކުރައްވާފައިވާ މައުލޫމާތެވެ.

ލީގް ރޫޅާލުން

ކުރިއަށް އޮތް އަހަރަށް ފަރިކުރާ ދިވެހި ލީގްގައި 30 އަހަރުގެ ލީގް-ތަޖުރިބާއާ އެކު، ވެލެންސިއާ ކުރީގައި އޮތް ނަމަވެސް (7،600 ފޭސްބުކް ފޮލޮވާސް) ދެން އޮތީ އޭގެ ދެބައިކުޅަ އެއްބައި، އާދެ 15 އަހަރުގެ ލީގް-ތަޖްރިބާ ހިއްސާކުރާ، މާޒިއާ ސްޕޯޓްސް ކްލަބެވެ. އެއީ، (15،000 ފޭސްބުކް ފޮލޮވާސް) އެވެ. އެ އަށް ފަހު 12 އަހަރުގެ ލީގް-ތަޖްރިބާ ހިއްސާކުރާ އީގަލްސް (10،500 ފޭސްބުކު ފޮލުވާސް) އެވެ. މި ތިން ކްލަބްގެ އިތުރުން ލީގަށް ކްލަބް ހަމަކޮށްދެނީ ތަޖުރިބާގެ ރޭހުގައި ހަ އަހަރަށް ވުރެ ހަގު ފަސް ކްލަބެވެ. އެއީ ޓީސީ (ފަސް އަހަރު) ގްރީން ސްޓްރީޓް (ހަތަރު އަހަރު) ޔުނައިޓެޑް ވިކްޓަރީ (ތިން އަހަރު) ދަގްރާންޑޭ (ދެ އަހަރު) އަދި ސުޕަސްޕޯޓްސް (އެއް އަހަރު) އެވެ. މިއީ އެންމެ 15 އަހަރުގެ ލީގް-ތަޖްރިބާ އެވެ.

ނިޔު އާއި ވިކްޓަރީ ބޭރުކޮށް، އެފްއޭއެމުން އެކުލަވައިލަމުން އެ ގެންދާ ލީގްގައި އެ ތިބި ކްލަބްތަކުގެ ލީގް-ތަޖްރިބާގެ ޖުމުލަ އަހަރަކީީ 72 އެވެ. އެހެން ނަމަވެސް ނިއު އާއި ވިކްޓަރީގެ ލީގް-ތަޖްރިބާ އެކަނި ވެސް 58 އަހަރަށް އަރަ އެވެ. މިއީ 80 ޕަސެންޓް ލީގް-ތަޖްރިބާގެ ހިއްސާ އެވެ.

ގަބޫލު ކުރަން ވެސް ދައްޗެވެ! މިފަދަ އަގު ހުރި ދެ ކްލަބް ލީގުން ބޭރުކޮށް، "އެޑްމިނިސްޓްރޭޝަން" އަށް ފޮނުވައި، ގެއްލުވައިލުމަކީ މުޅި ދިވެހި ލީގްގެ ވެއްޓުމެވެ. މިކުރާ ކަމަކީ 32 އަހަރުން އެތައް ކުޅުންތެރިންނަކާއި އޮފިޝަލުންނާއި ސަޕޯޓަރުންގެ ބާރުގައި އުފެއްދި އަގު ހުރި ގައުމީ ތަރިކައެއް ރޫޅައިލަނީ އެވެ. މި އޮއް ހަދަނީ ބޮޑު ގޯހެކެވެ!

މި ޓޭބަލްގައި އެވާ މައުލޫމާތަކީ ފުޓްބޯލް އެޑްމިނިސްޓްރޭޓަރު އަދި ކުޅިވަރުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާ، ކްލަބް ވެލެންސިއާގެ އަހުމަދު މުހަންމަދު (ދޮނާ) އެއްކުރައްވާފައިވާ މައުލޫމާތެވެ.

ނިއު ރޭޑިއަންޓާއި ވިކްޓްރީ، ލީގުން ބޭރުކޮށްލުމުން ސުވާލު އުފެދެ އެވެ. އުފެދޭ ސުވާލަކީ، ލީގް މި ދަނީ ކުރިއަށްތޯ އެވެ؟ ނުވަތަ ރޫޅުނީތޯ އެވެ؟ އަލްމަރުހޫމް އުމަރު ޒާހިރު އެޅުއްވި ބިންގަލުގެ މަތީގައި އުފެދުނު ދިވެހި ލީގް، އެ މަނިކުފާނު ދުނިޔޭގައި ހުންނަވަނިކޮށް ރޫޅަމުންދާ ތަން ވާނީ ފެނިވަޑައިގަންނަވައިފަ އެވެ.

މިހާރު ފަރިކުރާ ދިވެހި ލީގުގެ 80 ޕަސެންޓް ލީގް-ތަޖްރިބާ ހިއްސާކުރާ، ނިއު ރޭޑިއަންޓާއި ވިކްޓަރީ މިއަދު ލީގަކު ނެތެވެ. ދެ ކްލަބް ވަނީ "ދަރަނިވެރި ކުރުވައި"، "އެޑްމިނިސްޓަރޭޝަނަށް" ފޮނުވައި، ލީގުން ބޭރުކޮށްފަ އެވެ. އަދި މި ދެ ކްލަބްގެ ލީގް-ތަޖްރިބާ އަކީ އޭއެފްސީ އާއި ފީފާ އަށް ވެސް އެނގޭ ކަމެކެވެ. ވީމާ، ދަރަނީގެ ހިއްސާއެއް ފީފާ އިން ހޯދައި ދިނުމަށް އެ ފަރާތުން އިސްނެގުމުން ވެސް، ރާއްޖޭގެ އެސޯސިއޭޝަނުން، އިދާރީ އުޒުރުތައް ދައްކައި، ފީފާ އިން މި ފައިސާ ހޯދައިދޭކަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ވެ އެވެ. އެހެން ނަމަވެސް، "ވަގަށް" ނެގި ވެލެންސިއާގެ ދަރަނިތައް ދައްކައިދީފި އެވެ. މިހާރު އަޑުބަރޭ ވެސް ކުޅެނީ އެ ކްލަބަށް ކަމަށް ހަބަރު ލިބެ އެވެ! އެފްއޭއެމަކީ ދަނޑުފޯރި ނައްތާލަން އުޅޭ ޖަމިއްޔާއަކަށް ވާ ނަމަ އެއީ އަރަތެކެވެ!

ދުނިޔޭގެ ލީގްތަކުގެ ތަޖްރިބާ

ސްޕެއިންގެ ލަލީގާގެ 92 އަހަރުގެ ތާރީޚްގައި، ރެއާލް މެޑްރިޑް 34 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު، ބާސަލޯނާ 26 ފަހަރު ލީގް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވެ އެވެ. ރާއްޖޭގެ 32 އަހަރުގެ ލީގް ތަޖްރިބާގައި އެންމެ ގިނަ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ވެލެންސިއާ 10 ފަހަރު، ނިއުުރޭޑިއަންޓް އަށް ފަހަރު އަދި ވިކްޓަރީ ހަތަރު ފަހަރު އެވެ. މާޒިއާ އާއި ވީ.ބީ. ކޮންމެ ކްލަބެއް ތިން ފަހަރު، އަދި ޓީ.ސީ. އެއް ފަހަރު އެވެ.

ލީގުގެ އެންމެ މޮޅު ދެ ކްލަބް ދަރަނިވެރިކޮށް، ގެއްލުވައިލުމަކީ ފުޓުބޯޅަ އެސޯސިއޭޝަންގެ މަސްލަހަތު އޮތް ކަމަކަށް ނުވާނެ އެވެ. އައްޑިހަ ޕަސެންޓް ހިއްސާ ކުރަނީ މި ދެ ކްލަބެވެ. މި ދެ ކްލަބްގެ މެދުގައި 12 ލީގް ޗެމްޕިއަންޝިޕް ހިއްސާކުރެ އެވެ. އެއީ ނިއު ރޭޑިއަންޓަށް ޗެމްޕިއަންޝިޕާއި ވިކްޓަރީ އަށް ހަތަރު ޗެމްޕިއަންޝިޕެވެ. މިވަރުގެ އަގު ހުރި ދެ "އެސެޓް" ދަރަނިވެރިކޮށް، ނައްތާލަން އުޅުމަކީ އަރަތެކެވެ. މިކަން އޮޅުން ފިލުވަން ޖެހެ އެވެ. ތަހުގީގު ކުރަންޖެހެ އެވެ!

ދިވެހި ފުޓުބޯޅައިގެ މިސްރާބު ކަސިޔާރު ވެއްޖެ ކަމުގެ ރަނގަބީލު އެޅުމުން، ލަޓިބުރި ނަގައި، "ބޮއިކޮޓް" ކުރުމަކީ ހައްލެއް ނޫނެވެ. ޖަޒީރާ ލީގްގެ މަޝްވަރާ އަށް، އަލްމަރުހޫމް އުމަރު ޒާހިރުގެ ޝަރަފުގައި، "މޯލްޑިވްސް ކްލަބް ކޮންފަރެންސް" އަކަށް އެއްވާން ވީ ވަގުތަކީ މިއީ އެވެ!

ހާމިދު އަބްދުލް ޣަފޫރު

ހާމިދު އަބްދުލް ޣަފޫރު

@HamidhAG

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

5 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 46%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާނާ

29 December 2021

ޙާމިދު ޢަބްދުލްޣަފޫރަކީ ސްޕޯޓްސް ޑިވިޜަނުގައި ހުރެގެން ބައެއް ކްލަބްތަކުގެ ޓީމުތަކަށް (ޚާއްޞަކޮށް އަތޮޅުތަކުން އައި ޓީމުތަކަށް) ނަސްލީގޮތުން ދިމާކޮށް، އެ ކްލަބްތަކަށް ދަތިކޮށް ހެދި މީހެއް. އޮފީހަށް އާންމުކޮށް ދަނީ ގަޑިޖެހިގެން. މައުމޫން ރަނގަޅުކަމުން ވަޒީފާގައި ބެހެއްޓީވެސް. މައުމޫން އެ ހުރިހާ ކަމެއް ކޮށްދިން ވާހަކަ ބުނިއިރު، މައުމޫނުގެ ވެރިކަން ވައްޓާލަން އިސްކޮށް މަސައްކަތްކުރި މީހެއް އެއީ.

The name is already taken The name is available. Register?

ހެއްހެއް

29 December 2021

ހާމިދު އަދި މައުލޫމާތު އެއްކުރެއްވި ދޮނާވެސް ބޯއީ ކޮޓު ކޮށްލާ. ދިވެހި ފުޓުބޯޅަ އަށް ދެން އަންނާނީ ވާލްޑް ކަޕް!

The name is already taken The name is available. Register?

އުމޭއްތަ

29 December 2021

ހާމިދު ދޫ ނުދެއްވާތި. ބައްސާމުއާ މާޒިޔާ ތިބެން ޖެހޭނީ ތުން ދަމާފަ

The name is already taken The name is available. Register?

ޖަމަލު

29 December 2021

މިހާރު ހުންނާނީ ކަންމަތީ ޖަމިއްޔާ. އައު އުސްމިންތަކެއްގަ މިއުޅެނީ

The name is already taken The name is available. Register?

ސަސި

29 December 2021

އާރޓިކަލް ލިޔެވިދާނެ، ކިޔާފަ ކޮމެންޓުވެސް ކުރެވިދާނެ އެކަމް ބައްސާމު އެފްއެމްއިން ބޭރު ކޮށްގެން ރަގަޅެއް ވާން އޮތީ. އެންމެ ފަހުން އެކަމަށް ހަނގުރާމަ ކުރި މީހާ ވެސް މިހާރު ހުރީ ޕީސް ހަދައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454