ޚަބަރު / ނިއުމަތު ޝަފީގު (އޮމްބަޑްސްޕާސަން)

ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ތަހުގީގުކުރުމުގެ ގަވައިދު ހަދައިފި

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް އުފައްދާފައިވާ ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރުމުގެ ގަވައިދު އާންމުކޮށް، އިއްޔެ އަމަލުކުރަން ފަށައިފި އެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތްތައް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އަމަލުކުރަން ފެށި، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތަކާ ގުޅޭ މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ވަނީ ތަހުގީގީ މަރުހަލާގައި އެ އޮފީހަށް ލިބޭ ބާރުތައް ބަޔާންކޮށްފަ އެވެ.

އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ އިތުރުން، އެ އޮފީހުން އަމިއްލަ އަށް ބޭނުންވެގެން ވެސް މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ވަނީ ދީފަ އެވެ.

ތަހުގީގުކުރުމާ ގުޅޭ ބައެއް ބާރުތައް

- ތަހުގީގުކުރާ މައްސަލައާ ގުޅިގެން މީހުންނާއި ފަރާތްތައް ހާޒިރުކުރުމާއި އެ މީހުންގެ ބަޔާން ނެގުމާއި އަދި ހެކީންގެ ހެކިބަސް ހޯދުން.

- ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހިއްސާކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމާއި އިދާރާތަކާއި މުއައްސަސާތަކަށް ގޮސް ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުން.

- ތަހުގީގާ ގުޅިގެން ބަލަން ޖެހޭ އެންމެހައި ލިޔެކިއުމާއި ރިކޯޑުތަކާއި ފޮތްތަކާއި ޚަރަދުތަކާއި އިމާރާތާއި އުޅަނދުފަހަރާއި މުދަލާއި އެހެނިހެން ތަކެއްޗާއި އެ ތަކެތި ބަހައްޓައިފައިވާ ތަންތަން ބެލުމާއި އަދި ބޭނުންވާ ލިޔެކިއުން ނަކަލުކުރުން.

- ތަހުގީގުން ފާހަގަވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް، ނުވަތަ ވަކިކަމެއް އިސްހާލު ކުރުމަށް އެންގުން.

- ތަހުގީގުކުރާ މައްސަލައާ ގުޅިގެން ލިޔުމުން މައުލޫމާތު ދިނުމަށް އެންގުމާއި ކަމެއް ހިނގައިފައިވާ ގޮތާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އެންގުން.

- މިހާރު އަމަލުކުރަމުން ގެންދާ އުސޫލަކަށް ބަދަލު ގެނައުމާއި ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބަދަލު ގެނައުމަށް ލަފާދިނުމާއި ވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދުމާއި މުވައްޒަފުންގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދުމާއި އަދި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުން.

އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި ތަހުގީގަށް ހެއްކާއި ގަރީނާ ހޯދުމުގައި ބަލަންޖެހޭ ކަންކަމާއި މީހުން ހާޒިރުކުރުމައި އަމަލުކުރަން ޖެހޭ ގޮތް މި ގަވާއިދުގައިވެ އެވެ. އަދި މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ހައްގުތަކާއި ހާއްސަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ އުސޫލާއި އަދިވެސް ތަހުގީގާ ގުޅޭ ވަރަށް ގިނަ ކަންކަން ބަޔާންކޮށްފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއްދީ، ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ މަގާމު އުފެއްދީ އޮކްޓޯބަރު 2019 ގަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ، ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ނިއުމާތު ޝަފީގެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުލާހިކު

30 December 2021

މި އޮފީހުގެ ގާނޫނަށް އިސްލާހު ހުށަހަޅާކަށް ނުވޭތަ؟ ގާނޫނަށް ބަދަލު ގެނެސް މި އޮފީހަށް ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ދޭން ޖެހޭ. މި ހާރު އޮތްގޮތުން ޖިނާއީ ތަހުގީގެއް ނުކުރެވެއޭ ބުރޯ

The name is already taken The name is available. Register?

މަހި

29 December 2021

ގަވައިދު ހެދުމަކުން އުފަލެއް ނެތް ވުޒާރާތަކާ އޮފީސް ތަކުގެ ހަރުގަނޑުތައް ފުރި ބާރުވެފަ ޢަމަލު ކުރުމެއް ނެތް ތަންފީޒު ކުރުމެއް ނެތް ކޮންމެ ދުވަހަކު ކޮންމެވެސް އެއްޗެއް އެބަ ފާސްކުރޭ ގިނަގިނައިން ތަޞްދީޤު ވެސް ކުރޭ ތަންފީޒެއް ނުވޭ މަގުމަތީ ޢާއްމު ތަންތަނުގަ ސިނގިރޭޓު ބުއިން ހުއްޓުވިއްޖެ ތޭ ބޭރު މީހުން ފިހާރައިގަ ކޭޝިޔަރުންނަށް ނުތިބެވޭ ގަވައިދެއްގެ ދަށުން މަނާ ދުލުކިރިން މަނާއޭ ބުނުން ފިޔަވާ ކުރެވޭ ކަމެއް ނެތް

The name is already taken The name is available. Register?

ޤައުމީހާލަތު

29 December 2021

2019 ގައި އުފެއްދި އޮފީހެއްގެ ގަވާއިދު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ހެދީމަ ދުވެލި ވަރަށް އަވަސްކަމަށް ފެންނަނީ.

The name is already taken The name is available. Register?

202021

30 December 2021

2021 ގައި މި އޮފީސް ފެށީ

The name is already taken The name is available. Register?

ބޮޑުމީހާ

29 December 2021

ޖެންޑަރ މިނިސްޓްރީ، އެޗްއާރުސީއއެމް،. އޮމްބަޑުސްޕާރސަން، ޗިލްޑްރެންސް ކޮމިޝަން މިހުސް އެއް މަސައްކަތެއް ކުރާތަންތަން. އިބޫ ސޯލިހު ބަތްކައްކާތަ މިކުޅެނީ

The name is already taken The name is available. Register?

ގޮލާގިއު

29 December 2021

އެޗްއާރުސީއެމުން އަދި އެ އުޅެނީ މިކަހަލަ ގަވާއިދެއް ނަހަދާ. އެމީހު ްްނ ވަކިކުރާކަށް ނުވޭތަq

The name is already taken The name is available. Register?

2021

29 December 2021

މީ ކީއްކުރާ ތަނެއް، ކުރާކަމެއް ކުރަނީ ޖެންޑާ މިނިސްޓްރީން، ބޭކާރު އޮފީސް ތަކާއި ކޮމިޝަންތަކާއި ކޮމިޓީ ތައް. މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި ބިއުރޯތަކުގަ ކުރާނެކަމެއްނެތި ޢަދަދެއް ނެތްހާ ގިނަ ސިޔާސީ ވެރިން

The name is already taken The name is available. Register?

ާއުނިމާ

29 December 2021

ބޭކާރު މަޤާމެއްދެން!

The name is already taken The name is available. Register?

ހުސެންބޮޑޭ

29 December 2021

މިއުޅެނީ ގަވާއިދެއް ގާނޫނެއް ނެތިގެން ހަދާނެ އެއްވެސް ގޮތެއްނެތިގެން. އާއިލީ ޒިންމާނެތި ރޫޅި ކުދިންކޮޅު މަގުމަތިވެ މުޖުތަމަޢުގައި ހުރި އެކި ފާޑުގެ"ބަލި"ތަކުގެ ޝިކާރައަކަށް ވެސް ވެގެން. ހަތަރެސްކަން ހަމަވެއްޖެ.

The name is already taken The name is available. Register?

އަލީ+

29 December 2021

މިސަރަކާރުގެ ރިޔާސީ ކޮމިޝަންތަކޭ އެއްފަދައިން ތީ ބޭކާރު އޮފީހެއް.

The name is already taken The name is available. Register?

މަރީ ޝަފީޤު

29 December 2021

ކޮންމެހެންވެސް މަޤާމެއް ދޭންޖެހޭ މީހުންނޭ މީ

The name is already taken The name is available. Register?

އަލިބެ

29 December 2021

ބޭކާރު ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454