ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް އެހެން ކުނިތަކެއް އެއްކޮށްފައި.-- ފައިލް ފޮޓޯ: މިހާރު
29 ޑިސެމްބަރ 2021 - 19:27
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި، ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށް، އެ ތަކެތީގެ ލިސްޓު މިއަދު މަނާކޮށްފި އެވެ.
ގާނޫނުގެ ދަށުން، މިދިޔަ ޖޫން 1 އިން ފެށިގެން ނުވަ ބާވަތެއްގެ ތަކެތި މަނާކުރަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ގަރާރެއް ނެރުއްވި އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަކެތި އެތެރެކުރުން މަނާކުރާ ތާރީހު ފަސްކުރި އެވެ.
އާ ލިސްޓު ނެރެފައިވަނީ، ކުރިން ފަސްކުރި ބާވަތްތައް އެތެރެކުރުން މަނާކުރާ ތާރީހު ހިމަނައިގެންނެވެ.
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
2- ޕްލާސްޓިކް ކާ ތައްޓާއި ސަމްސާ، ވަޅި، އޫ އަދި ޕްލާސްޓިކް ދަނޑިކޮޅު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
3- ކާއެއްޗެހި ބަންދުކުރާ ސްޓައިރަފޯމް ފޮށި: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
5- ފަންސާސް މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު: ބާޒާރަށް ނެރުން މަނާވާނީ މާޗު 1، 2023 އިން ފެށިގެން
6- ސުޕާރި ޕެކެޓު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
7- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި. ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
8- ޕްލާސްޓިކް ދަނޑި ހުންނަ ކަފަބުރު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
9- ފަންސާސް މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯންޏާއި ކޮންޑިޝަނާ އަދި ލޯޝަން: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
10- ފަންސާސް މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކް ފުޅީގައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން: ބާޒާރަށް ނެރުން މަނާވާނީ މާޗު 1، 2023 އިން ފެށިގެން
11- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި: ބާޒާރަށް ނެރުން މަނާވާނީ ސެޕްޓެމްބަރު 1، 2022 އިން ފެށިގެން
12- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި: ބާޒާރަށް ނެރުން މަނާވާނީ މާޗު 1، 2024
13- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް: ބާޒާރަށް ނެރުން މަނާވަނީ ސެޕްޓެމްބަރު 1، 2022 އިން ފެށިގެން.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިބޯނި ބޮކި
30 December 2021
މަނާ ލިޮސްތަކީ ކޮބައިތޯ ސުވާލު ކޮށްފި ނަމަ ނަގާ ދައްކާލާނެ ލިސްޓެއް ތި އޮތީ ތައްޔަރު ވެފަ އެވެ. އެކަމަކު ރާއްޖޭގައި އަމުރު މައުރޫފު ހިންގަން ތިބި މީހުންނަށް އެކަން ނުވާކަން ގަބޫލު ކުރަން ޖެހެއެވެ. ފިހާރއަކަށް ވަދެ ޗެކްކޮށްލާ މީހަކު އުޅޭތޯ ހޮޓާ މާރުކޭޓު މިތަން ތާހިރަސް ނުތާހިރަސް ބަލާ މީހަކު ނުވަތަ ބަޔަކު އުލޭތޯ ރާއްޖޭގައި ޤާނޫނުތައް ނުހިންގޭ ކަމުގެ ވާހަކައަކީ ވަރަށް ޢާއްމު ވާހަކަ އެކެވެ. 2008 ގެ ފަހުން މިކަން މިވަނީ ހައްދު ފަހަނައަޅާ ގޮހެވެ.
ހަސަން23333
30 December 2021
ސުޕާރީ ކުދި ޕެކެޓް އަބަދު މަގުމައްޗައް އުކާފައި ހުންނާތީ އެ އެތެރެކުރުން ޕެކެޓްގެ ސިފައިގައި މަނާ ކުރުން އޯކޭ ނަމަވެސް ކަފަ ބުރު ، އަދި ކޮތަޅުން މިނަގަން އުޅޭ ޓެކްސް ހަމަ އެއް ނުޖެހޭ .. ކޮވިޑް ގެ ހާލަތު މިހާ ގޯސްވެގެން ގޮސް އިންކަމް މަދުވި އިރު އިތުރު ޓެކްސްއެއް މިގޮތައް އައުން ބަލައެއް ނުގަނެވޭ .. ހުރިހާ ނިންމުމެއް މީގައި އޮތް ރަގަޅެއް ނޫން ..
ބޯހލާކ
30 December 2021
އަމަލު ކުރަން އަންގާފައި ހުރީ ތަންކޮޅެއް އަވަހަށް ...... 2024 ވެސް އެބައިން .....
ހުއްޓާ
30 December 2021
ކީއްވެތަ ސިނގިރޭޓް އެތެރެކުރުން މަނާނުކުރެވިގެން އުޅެނީ
ބަލާބަލަ
30 December 2021
ސިނގިރެޓް މިހާރު އަގުބޮޑު ކޮށްފައި ހުރިވަރު ކަމުނުދަނީ ކީއްވެ ؟......
ލޮޓަސް
30 December 2021
ބައެއް ވިޔަފާރިވެރިންނަށް ވާވަރަށް ލާރިހެދުނީ؟
އޮނަރަބްލް އަފީފު ދީދީ
29 December 2021
ހީއެއްނުވޭ ތިޔަވިދާޅުވާ "އަންނަ އަހަރު" އަތުވެދާނެ ހެނެއް. މިޤައުމުގައި ކަންކުރާ އުސޫލަށްބަލާއިރު ތިޔަ "އަންނަ އަހަރު" އަދި ކިތަންމެފަހަރަކު އަންނަފަހުން ޤާނޫނަށް އަމަލުކުރުމެއްނެތި އަނެއްކާވެސް ޤާނޫނު އިސްލާޙްކުރާތަން ފެންނާނެ. # ދެންއޮތީ ޤާނޫނާއި ޤަވާއިދު މާނަކުރުމުގެ މައްސަލަ. މީގައިމިބުނާ "ބާޒާރަށް ނެރުން" މިވެސް އެކިމީހުން މާނަކުރާނީ އެކިގޮތްގޮތަށް. އެކަމަކު މީގެ މަހުފޫމަށް ބަލާއިރު މި އުފެއްދުން ފިހާރަ ތަކުން ވިއްކުން ކަޑައެޅިގެން މަނާވާނެ.