ޚަބަރު

ސުޕާރީ ޕެކެޓާއެކު، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ނުވަ ބާވަތެއް އަންނަ މަހުން ފެށިގެން މަނާވާނެ

އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ މަހުގެ 1 އިން ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިން ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ.

ކަސްޓަމްސްގެ އިދާރާ އިން މިރޭ ބުނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން މަނާކުރި ބާވަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސުޕާރީ ޕެކެޓު ވެސް ހިމެނޭ ކަމަށެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގަ އެވެ.

އޭގެ ތެރެއިން ނުވަ ބާވަތެއް މަނާ ވާނީ އަންނަ މަހުން ފެށިގެންނެވެ. ބާކީ ތިން ބާވަތުގެ ތެރެއިން ދެ ބާވަތެއް މަނާ ވާނީ ޑިސެމްބަރު 1، 2022 ގަ އެވެ. ޑިސެމްބަރު 1، 2023 ގައި ވެސް އިތުރު ބާވަތެއް މަނާކުރަން އޮތީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު ރައީސް ތަސްދީގުކުރެއްވީ، އެ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ގާނޫނުގެ ދަށުން، ރާއްޖެ އެތެރެކުރުން މަނާވާނެ ތަކެތި، ޖެނުއަރީ 1، 2021 ގެ ކުރިން ރައީސް ކަނޑައަޅުއްވައި އިއުލާން ކުރައްވަން ޖެހެ އެވެ.

އަންނަ މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.

2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.

3- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.

4- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި.

5- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.

6- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.

7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.

8- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި. އޭގައި ފެނާއި ލުއިބުއިން ހިމެނޭ.

9- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖެ އެތެރެކުރުން މަނާވާނެ ބައެއް ތަކެތި.-- ފައިލް ފޮޓޯ / މިހާރު

ކުރިއަށް އޮތް ތަނުގައި މަނާވާނެ އިތުރު ތަކެތި

1- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު (ރާއްޖެ އެތެރެކުރުން މަނާވާނީ 1 ޑިސެމްބަރު 2022ގެ ފަހުން)

2- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު 1، 2022ގެ ފަހުން)

3- ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި ލިޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން. (ރާއްޖެ އެތެރެެކުރުން މަނާވާނީ ޑިސެމްބަރު 1، 2023ގެ ފަހުން)

Plastic madhukuraa iru Dhivehin dhookollan jeheyne echchehi

Plastic madhukuraa iru Dhivehin dhookollan jeheyne echchehi

The most trusted news source in the Maldives

Mihaaru

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ލިޔެފައިވާ ތަފްސީލީ ރިޕޯޓެއް.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުން ވެސް ހިމެނެ އެވެ.

15 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

30 May 2021

ސުޕާރީ އެތެރެ ކުރުން މަނާ ކުރަން ވީ އެވެ. އެއީ ގެއްލުން ހުރި އެއްޗެކެވެ.

The name is already taken The name is available. Register?

ކަނބުލޮގޯތި އާދަނު

30 May 2021

މީ ދޯ އެންމެ ތިމާވެއްޓަށް އެންމެ ނުރައްކާތެރި ޕްލާސްޓިކަކީ.

The name is already taken The name is available. Register?

ސުޕާރީބޯއި

30 May 2021

ސުޕާރީ ތީ މާބޮޑަށްވެސް މަނާކުރަންޖެހޭއެއްޗެއް. އޭތިކައިފަ ހުސްޕެކެޓް އެއްލާލާނީ ފައިބުޑަށް. އެދެން ވަރަށް ގައްޑާކަމެއް.. މިގޭ ލިފްޓް ތެރޭގައާ ސިޑިމަތީހުންނާނީ ސުޕާރީ ހުސްޕެކެޓްއުކާފަ.

The name is already taken The name is available. Register?

ޔެޕް

30 May 2021

ހުރިހާ ގެއެއްގެ ލިފްޓުގެ ހާލަތު. ލިފްޓު ތެރޭ ކެމަރާ އާއި ނޯސުޕާރި ނޯޓިސް ހުއްޓަސް ލަދެއް ނުގަންނާނެ ސުޕާރި އަޅަންވީމަ.

The name is already taken The name is available. Register?

އައްޔު

30 May 2021

ކީއްކުރާނީ. އަހަރުމެން ދިވެހިންގެ ނާތަހުޒީބުކަންއެއީ..

The name is already taken The name is available. Register?

ބަނޑޭރި

30 May 2021

އަދި އެބަޖެހޭ އެކަތި މަނާކުރަން. އެއްފަހަރު ބޭނުންކޮށްފަ އެއްލާލާ ކޮންޑަމް. މިހާރު ދިވެހިން ހަޔާތްކުޑަކަމުން އެވެސް ބޭނުންކޮށްފަ އެއްލާލަނީ މަގުމައްޗަށް. އަހަރުމެންގެ ކުދިންނަށް އެ ފެނިގެން މި ބުނަނީ ދިގު ފުއްޕާހަމެކޭ. ދެން އެއަށް އަހަރުމެން މިޖެހެނީ އެޓެންޑްވާން. ރައީސް ޕްލީޒް އޭތި މަނާކޮށްދީ

The name is already taken The name is available. Register?

ކަލޭ

30 May 2021

ރަނގަޅު ކަމެއް.

The name is already taken The name is available. Register?

ބަބްލީ ސިލަވަރ

30 May 2021

ވިއްކުން މަނައެއް ނުވާނެ. އެތެރެކުރުން މަނާވީ. ރާއްޖޭގައި ބަންދުކޮށްގެން ވިއްކޭނެ.

The name is already taken The name is available. Register?

ކަހުރަބު އިއްބެ

29 May 2021

ސުޕާރީގެ ބަދަލުގާ ދެންކާނެއެއްޗެއްވެސް ދައްކާންވާނެދޯ.

The name is already taken The name is available. Register?

މުރީދު

30 May 2021

ސުޕާރީއަކީ ކިތަންމެ މީރަސް ކާންރަނގަޅު އެއްޗެއް ނޫނެވެ.

The name is already taken The name is available. Register?

އެމްސް

29 May 2021

މިތަކެތީގެ ބަދަލުގަ ދެން ބޭނުންކުރާނީ؟

The name is already taken The name is available. Register?

ރައްޔެތު.

30 May 2021

މިތާކުނެތް ކަލޭ ދިރިހުންނަން ބޭނުންވާނެ އެއްވެސް އެއްޗެއް. ބަދަލުގަ އެހެން ކަމަކާ އުޅޭ

The name is already taken The name is available. Register?

އަބުދުބެއްޔާ

30 May 2021

ދެން ލިބޭނީ ބިއްލޫރި ފުޅީގަ ބަންދު ކޮށްފަ ހިުންނަ ސުޕާރީ

The name is already taken The name is available. Register?

ކަދީދައްތަގެ މުނީރާ

29 May 2021

އައިވިލް މިސް ބަބްލީ. ބާއީ ބަބްލީ.

The name is already taken The name is available. Register?

ކަޓޭ

30 May 2021

އައިވިލްމިސް ކަރީނާ އައި ކުމްކުމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454