ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ސަރަހައްދުގެ ހުސް ބައެއް ބިންތައް. -- ފޮޓޯ:ނިޝާން އަލީ/މިހާރު
02 ޖެނުއަރީ 2022 - 12:21
ހުޅުމާލެ އިން 60 ބިން ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ގެނައި ބަދަލަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އަނެއްކާވެސް މައްސަލަ ހޫނުވެއްޖެ އެވެ. އެ ބަދަލު ގެންނަން ޖެހުނު ދިފާއަކަށް އެޗްޑީސީން ދައްކަނީ މާލޭގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމެވެ.
ތިން އަހަރަށް ފަހު ހުޅުމާލެ އިން ބިން ވިއްކަން ހުޅުވައިލުމާ އެކު އެޗްޑީސީ އަށް ފުރަތަމަ ނުރުހުން އަމާޒުވީ، މާލޭގެ އެތައް ރައްޔިތުންތަކެއް ބޯހިޔާވަހިކަމަށް ޖެހިފައި ތިއްބައި މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދޭން ބިން ވިއްކަން ހުޅުވައިލީ ކަަމަށް ބުނެ އެވެ.
ހުޅުމާލޭގެ ފޭސް ދެއަކުން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.
މި ފާޑުކިއުންތަކުން އަރައިނުގަނެވި އުޅެނިކޮށް، އެޗްޑީސީން ކުއްލި ގޮތަކަށް ނިންމީ ބިންތައް ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ހެދުމަށެވެ.
މި ބަދަލާ އެކު އަނެއްކާވެސް ގިނަ ބަޔަކު ދަނީ ނުރުހުންފާޅުކުރަމުންނެވެ. މާލޭގެ މީހުންނަށް އަދި ހަމައެކަނި މުއްސަނދިންނަށް އެކަނި މި ބިންތައް ގަނެވޭގޮތަށް ޝަރުތުތަކަށް މި ގެނައި ބަދަލަކީ ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ތަފާތު ކުރުމެކެވެ.
ހުޅުމާލެ އިން ވިއްކާ ބިންތައް މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްފި ކަމަށް "މިހާރު" ގައި ޖެހި ޚަބަރަށް ސަތޭކަ އަށް ވުރެން ގިނަ ކޮމެންޓް ކޮށްފައިވާ އިރު ގިނަ ބަޔަކު މި ނިންމުމާ ދެކޮޅެވެ.
ރައްޔިތުންގެ ފައިސާ އިން ހުޅުމާލެ ހިއްކާފައިވާއިރު، ބިން ވިއްކުން ވަކި ބަޔަކަށް ހާއްސަ ކުރުމަކީ ދައުލަތުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.
"ހާދަ ބޮޑު ބޭއިންސާފެކޭ, ބުނާނެ އެއްޗެއް ވެސް ނޭނގުނު. ހުޅުމާލެ ކިޔަކަސް އެއީ ވަކި ބައެއްގެ ރަށެއް ނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެތަނުން ޝަރުތު ހަމަވާ ނަމަ ބިން ގަތުމާއި ފްލެޓް ލިބެންވާނެ," އެކަކު ލިއެފައިވެ އެވެ.
ޝަރީފާގެ ނަމުގައި ކޮށްފައިވާ ކޮމެންޓުގައި ބުނީ މި ބަދަލަކީ "ނަސްލީ ތަފާތުކުރުން" ކަމަށާއި އެ ތަފާތުކުރުމާ އޭނާ ދެކޮޅު ކަމަށެވެ.
މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަ ކަމުގެ ސިފަ ގެއްލޭ ކަމެއް ކަމަށް ދެކޭ ބަޔަކު ވެސް އެބަތިއްބެވެ. އެޗްޑީސީއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާ އިރު މިފަދަ ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުގައި ބަޔާންކުރާ ކަމަށް ބުނެފައިވެ އެވެ.
"މިއީ އަޖައިބެއް. ވިއްކާ ކަމަށް ވަނީ ނަމަ ކޮންމެ ދިވެއްސަކަށް ވެސް ގަނެވެން ވާނެ އަދި ވިއްކަން ވާނެ. މި ކިޔަނީ އަބަދުވެސް މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރާށޭ. މާލޭ މީހަކު ވިޔަސް އެއްލަކަ ރުފިޔާ ވާނީ ހަމަ އެއްލައްކަ ރުފިޔާ އަށް. ރާއްޖެތެރޭ މީހެއް ވިޔަސް އެއްލައްކަ ވާނީ އެއްލަކަ އަށް. ތިޔަ މާލެ އިން އަތްދޫކޮށް ރާއްޖޭގެ އެހެން ސަރަހައްދެއް ތަރައްގީ ކުރަން އެބަޖެހޭ،" އެކަކު ލިޔެފައިވެ އެވެ.
ހަމައެކަނި މާލޭގެ މުއްސަނދިންނަށް ބިން ގަނެވޭ ގޮތަށް ހެދުމަކީ މާލޭގައި ހާލުގައި ދިރިއުޅޭ މާލޭ މީހުންނަށް އޮތް އެއްވެސް ހައްލެއް ނޫނެވެ. ސަބަބަކީ، ހާލުގައި ދިރިއުޅޭ އެއްވެސް މީހަކަށް އެ ބިންތައް ގަނެވޭނެ ގާބިލް ކަމެއް ލިބިފައި ނެތުމެވެ.
ހުޅުމާލެ އިން 60 ބިން ވިއްކަން ޝަރުތުތަކަށް ބަދަލު ގެނެސް މާލޭގެ މީހުންނަށް ހާއްސަކުރި ސަބަބު އެޗްޑީސީން ދިފާއުކުރެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް: އެޗްޑީސީން ވަނީ މާލެ މީހުންނަށް އެކަނި ބިން ވިއްކުން ހާއްކުރި ސަބަބު ދިފާއުކޮށްފައި.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ބަދަލު ގެންނަން ޖެހުނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިތަކެއް ހުރުމުން އެކަމަށް ވިސްނާފައި ކަމަށެެވެ.
"މާލޭގައި އެހެން ތަންތަނަށް ވުރެން ބޮޑަށް ގެދޮރުގެ ދަތިކަން އެބައޮތް. އެހެންވެ މި ފަހަރު މި ބިންތައް މާލޭގެ ރައްޔިތުންނަށް މި ހާއްސަކުރީ،" ސުހެއިލް ވިދާޅުވި އެވެ.
މި ބަދަލާ މެދު ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބައްލަވާނަންތޯ އެހުމުން ސުހެއިލް ވިދާޅުވީ ފުރަތަމަ އިއުލާންކުރި ޝަރުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެކި ކަންކަމަށް ބަލާފައި އަދިވެސް ބަދަލެއް އައުން އެކަށީގެންވާ ކަމަށެވެ. އެފަދަ ބަދަލެއް އުޅޭ ނަމަ އިއުލާންކުރާނެ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.
- މާލޭ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން.
- މާލެއިން ގިނަ ބައެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ތަނެއްގައި ވެސް އެމީހެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ބައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިނުވުން. [މައިންބަފައިންނާއި އެހެން ގޮތްގޮތުން ވާރުތަވާ ބިންތަކެއް ނުހިމެނޭނެ] - އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.
ހުޅުމާލޭ އިން އެންމެ ފަހުން ބިން ވިއްކީ 2017 ވަނަ އަހަރެވެ. އޭރު ރޭޓަކީ އަކަފޫޓަކަށް 3000ރ. އެވެ. ދެވަނަ ފޭސް އިން ބިންތައް އެވަރޭޖްކޮށް ވިއްކާފައި ވަނީ އަކަފޫޓަކަށް 4800ރ. އަށެވެ.
ބިންތައް މާލޭ މީހުންނަށް ހާއްސަކުރީ ދަތިކަމަށް ހައްލު ހޯދައިދޭން ކަމަށް އެޗްޑީސީން ބުނިއިރު، ހުޅުމާލެ އިން ގޯތިދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
04 January 2022
ހުޅުމާލެއޭ ކީމާ މާލޭމީހުންނަށް ހީވަނީ އެއީ މާލޭގެ ބައެއްކަމަށް ހުޅުމާލެ އޮތީ ހުޅުލޭފަޅުގަ. އެތަނަކީ ރާއްޖެތެރޭގެ ބައެއް. އެތަނަށް އެންމެންނަށްވެސް އޮންނާނީ އެއް ހައްޤެއް. ފުވައްމުލަކާ މާލެއާ އިދާރީގޮތުން ގުޅާލާފަ އެތަނަށް ފުވައްމާލެ ކީމާ އެވާނެތަ މާލޭ މީހުންގެ ތަނަކަށް؟
ރެފިއުޖީ
05 January 2022
ހުޅުމާލެ އަކީ މާލޭގެ އަވަށެކެވެ. ވަރަށްވެދުމާއި ސަލާމެވެ.
އޮނަރަބްލް އަފީފު ދީދީ
03 January 2022
އިންޑިޔާ އައުޓު ގޮވުން ހުއްޓާލާފައި މިރާއްޖޭގައިއޮތް "ރޭސިސްޓް" ސިޔާސަތު ނައްތާލަން މަސައްކަތް ކުރަންޖެހޭ. # މުޅި ދައުލަތުގެ އިސްމަޤާމް ތަކުގައި މާލޭ މީހުން ތިބެގެން އެމީހުން ގެ ރަށުމީހުނަށް ޙާއްސަގޮތުން މަންފާވާގޮތަށް ކަންކަން ހަމަޖައްސާ ސިޔާސަތު ރާވަމުންދާއިރުވެސް އެމީހުން މިއަށް ކިޔަނީ ހަމަހަމަ ކަމޭ!!
ޓެސްލާ
03 January 2022
މާލޭ މީހުން މަގާމު ތަކުގަ ނެތީ މަދޯ މާލޭމީހަކައް ކަމެއް ނުވެގެން މިއުޅީ
77
03 January 2022
އެމްޑީޕީގެ ހާޑުކޯ ކުދިންކޮޅަކަށް ގޯތޮދޭން ކުރާކަމެއް
ކަނބިލި
02 January 2022
ބޭއިންސާފެއް ނޫން ހަމައެކަނި. ގާނޫނު އަސާސީ ޚިލާފަށް ކުރާކަމެއް ސިޔާސީ މާއްދީ ފައިދާތަކެއް ހޯދަން. ފުރުސަތުތައް ދިނުމުގައި ވަކި ރައްޔިތެެއް އިސްތިސްނާއެއް ނުކުރެވޭނެ. ތިޔައީ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާއެއް. ކޮބާ ހިއުމަން ރައިޓްސް ކޮމިޝަން ނިދާފައި ދޯ އޮތީ
ޝެރިން
02 January 2022
އަހަރުމެންގެހއްގި ކޮބާ
ތެދުވެރިއެއް
02 January 2022
އެޗްޑީސީ އާބެހޭ ތަނެއްނޫން ހުޅުމާލެއަކީ .މާލެމީހުން ޚަރަދު ކުރިތަނެއްނޫން ހުޅުމާލެއަކީ.އެއީ މުޅިގައުމުގެ ރައްޔިތުންގެ ތަނެއް.ވިއްކައިގެންވެސް ނުވާނެ.ހަދާފަ ކުއްޔައް ދޭންވާނީ.ވަކި މާލޭ މީހުންނައް އެކައްޏެއް ނޫން.ބުއްދިން ނިކަން ވިސްނާބަލަ
ރެފިއުޖީ
05 January 2022
ބުއްދި ވީތަނެއް ހޯދަންވީ ތިބޭފުޅާހެން ހީވަނީ. ހުޅުމާލެއަކީ މާލެ ތޮއްޖެހުމަށް ހައްލެއްގެންނަން ހިއްކިތަނެެއް. މުޅިރާއްޖެ އެތަނަށް އެއްކުރީމާ އެކަން ހައްލުވާނެތަ. އެންމެންގެ ލާރިން ހުރިހާތަނެއްވެސް ހިއްކަނީ. މާލެ މީހުނަށް ދޭންޖެހުނީމަ ވަކިގޮތެއް ނުހެދޭނެ.
ވަޠަނީލޯބި
02 January 2022
ހުޅުމާލޭގެ ބިމަކީ ހަމަކަނި މާލޭގެ ބިމެއްނޫން. އެއީ މުޅިރާއްޖޭގެ ރައްޔިތުންގެ ފައިސާ ހޭދަ ކޮށްގެން ހިއްކާފައިވާ ބިމެއް. އެންމެނަށް ހަމަހަމަ ވާންޖެހޭނެ. 2023 ކާމިޔާބު ކުރަން ރައްޔިތުންނަށް ޚިޔާނާތްތެރިވަނީ. ވަޒީފާގައި ތިބެން ބޭނުންނަމަ އެޗްޑީސީގެ ވެރިންނަށް ޖެހޭނީ އެންގި ގޮތަކަށް ކުރަން. އެމްޑީޕީ ކުރިން ވެރިކަމަށް އައިސްވެސް ވަކިބަޔަކަށް ހުޅުމާލެއިން ގޯތި ބަހާލިއޭ ބުނޭދޯ.
ގުދުގުދާބެއްޔާ
02 January 2022
ކަލޭގެ ރަށަކީވެސް ކަލޭ އެކަނި ތަނެއްނޫން! އެބިމުގަ މާލޭ މީހުންގެ ހައްޤުވެސް ވާނެ އެކަމަކު ކަލޭމެން ރަށުގެ މީހަކަށް ނޫނީ ބިމެއްވެސް ނުލިބޭދޯ؟ ބަލަ ކަލޭމެންގެ ރަށް ވެސްހިއްކީ އަހަރުމެން މާލޭ މީހުންގެ ޓެކްސް ފައިސާއިން! އެއުސޫލު މާލެއަށް ވެސް އޮންނާނީ! މާލޭ މީހުންނަށް ލިބޭނީ!
ގުދުގުދާބެއްޔާ
03 January 2022
ކަލޭ ހާދަ ގަމާރޭ. މާލޭގެ ފަޅުގަ އޮތް ރަށެއްތަ ހުޅުމާލެއަކީ؟ މާލޭގެ ތަނަކަށް ހުޅުމާލެ ވާންޖެހޭ ސަބަބަކީ ކޮބާ؟ ކަލޭމެނަށް ބިން ދިނީމަ ކުރަނީ ވިޔަފާރި. ކުލީގެ ނަމުގަ ފޭރެނީ.
ޖެކް އެމްވީ
04 January 2022
ގުދޭ ހާދަ ހާޑްވީ. އަހަރުމެން އެންޑީޕީއަށް ވެރިކަންދީ މަޖިލިސް ސުޕަދިނީ ހަދާނެ ގާނޫނެއް ހަދައިގެންވެސް ކަންކަން ހައްލުކުރުމަށް. މާލޭ މީހުނަށް ރައްރަށުން ގޯތި ލިބުމަށް މީހަކު ދެކޮޅެއްނޫން. އުޅޭނެ ތަނެއް ބިމެއް ނެތް ކޮންމެ މީހަކަށް އެމީހަކު ހިޔާރުކުރާ ތަނަކުން ބިމެއް ލިބެން ޖެހޭކަމަށް ފާސްކޮށްލަބަލަ. ހަމަޖެހުނީ. ވިއްކަންޔާ އެރަށަކުން ވިޔަސް މާލޭން ވިޔަސް ކޮންމެ މީހަކަށްވެސް ގަނެވޭ ގޮތަށް އޮންނަންވާނީ.
ޖެކް އެމްވީ
04 January 2022
ދެން އަނެއްކާ ކަލޭމެން ވިސްނުން ވެސް ވ ގަމާރު. މާލޭ ހުޅުމާލެ ބިމާ ހޯރަފުށީ ހިއްކިބިމާ އަޅާކިޔަނީތި. މިތާ ބިންމީ ރަންވަޅެއް. ލާރި ގޯންޔެއް. ހޯރަފުށީ ހިއްކިބިމުގަ ދެކޮޓަރި އަޅަން ވެސް ބޭންކު ލޯނު ނުދޭނެ. މާފުށީ އަލަށް ހިއްކި ބިމުން މާފުށީ މީހުނަށް އެކަނިތާ ވިއްކަންވާނީ ކަލޭގެ ތިވިސްނުމުން.
ލަބީބު
02 January 2022
ހިޔާ ފްލެޓް ވިއްކި ގޮތަށް ވިއްކީމާ ގަންނަ މީހުން ލާރިއެއް ނުދައްކާނެ. ތިބޭނީ ބޮޑާހާކައިގެން މައްސަލަ ޖައްސަޖައްސާ!
މމމމ111
02 January 2022
މާލޭގައި އުޅެނީ ހަމައެކަނި މާލޭ މީހުންނެއްނޫން.. މާލެ މާލެ އަކަށް ހެދީ ރާއްޖެތެރޭ މީހުންކަން ހަނދާނެއްނެތް.. އަސްލު މާލޭ ގިނަ ބިންވެރިންނަކީ، ލިބިިފައިވާ ކުޑަ ތަންތަންކޮޅު އެހެޔޮ އިންސާނުން ދިރިއުޅެން ހެޔޮ ތަންތަން ނޫނަކަސް އެތަންތަން ދެވެންއޮތް އެންމެ ބޮޑުއަގެއްގަ ރާއްޖެތެރޭ މީހުންނަށް ކުއްޔަށް ދީގެން ރާއްޖޭން ބޭރުގަ އުޅޭ މީހުން. ބޭރުގައުމުތަކުގަވެސް އެތަނެއްގަ ދިރިއުޅޭތާ ވަކި އަހަރެއްވީ މީހުންނަށް ރަށްވެހިކަންދޭ ތަފާތެއްނުކުރޭ މިހާ.
ސުވާލެއް
02 January 2022
ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ބިން ހިއްކަނީ ތިބުނާ މާލޭ މީހުންގެވެސް ޓެކްސް ލާރިން. އެރަށްރަށުން މާލޭމީހުންނަށް ގޯތި ނުދެނީ، ނޫނީ ގޯތި ނުވިއްކަނީ ކީއްވެ؟ އެއީ ތަފާތުކުރުމެއްނޫންތަ؟ ގިނަ ކޮމެންޓްތަކަކީ ބޮޑަށް ޒާތީ ކޮމެންޓްތަކަކާ ވައްތަރީ. އަބަދުވެސް އޭރެއްގަ އޮންނަ ސަރުކާރުންކުރާ ކަންތަށް ކަމުނުދާބައެއް އުޅޭނެ.
ޖަވާބު1
03 January 2022
އެ ރަށް ރަށުން މާލެ މީހުން ބިން ބޭނުންތަ ދިރިއުޅެން؟ މާލެ އަށް މީހުން އަންނަނީ ސަބަބެއް އޮވެގެން. އެރަށް ރަށުން މަގޭ ޑިގްރީއާ ކަކޫ ސަރޖަރީ އާ މިނިސްޓްރީ ވަޒީފާ އޮތް ނަމަ ނާންނާނެ
ރާބަނދި
03 January 2022
ބަލަ ވަކާލާތު ކުރަން ވީ ހަމަ ރަށްރަށުން ބިމާ،ގޯތި ހޯދަން. އެންމެން ގެ ފައިސާ އިން ގައުމުގެ އެންމެނަށް ބޯހިޔާވަހިކަން ހޯދަން ހިއްކި ބިމަކުން ގޯތި ހަމައެކަނި މާލެ ރައްޔިތުންނަށް ދޭން އެއީ އިންސާފެއް ނޫނޭ އެންމެން ވެސް އެކިޔަނީ. ކީއްވެތަ ރަށް ރަށުން ގޯތި ހޯދަން ވަކާލާތުނުކުރަނީ ؟ އަހަރުމެންނަށް ހުޅުމާލެއިން ގޯތި މާލެ ރައްޔިތުންނަށް ރަށް ރަށުން ގޯތި އެގޮތް ކިހިނެއް ވަނީ؟
މާލި މ
03 January 2022
ކޮންރަށަކުން މާލެ މީހުނަށް ގޯތި ނުލިބެނީ
ވަޠަނީލޯބި
04 January 2022
ލާމު އަތޮޅުގެ އެއޮއްބޮޑު ގަމުން ކިތައްގޯތި މާލޭ ބޭފުޅުންނޭ މިކިޔާ ނޫނީ މާލޭ ރައްޔިތުންނޭ މިޔާ މީހުން ނަގާފަ އެބައޮތްތަ؟ އެތަނުގައި އެހުރިހައި އެންމެން ދިރިއުޅޭތަ؟ މާލެއާ ކައިރީގައި އެއޮއް ހިންމަފުށިން ވެސް ބިންނަގައިގެން ގެސްޓު ހައުސް ހަދައިގެން އެއުޅެނީ. އައްޑު އަތޮޅުން ވެސް. މިނޫންވެސް އެތައްރަށެއް. އަނގައެއް އޮތީމާ ފުޅާކޮށްފަ ވާހަކަ ދެއްކިދާނެ.