ހިއްކައިގެން ތަރައްގީކޮށްފައިވާ ކ. ގުޅިފަޅު: މިތަނުން ގޯތި ދޫކުރަން ވަނީ ނިންމާފައި. -- ފޮޓޯ/ މިހާރު
02 ޖެނުއަރީ 2022 - 13:07
ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ދޫކުރުމުގެ އުސޫލު އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލޭގެ މީހުންނަށް ގޯތި ދޫކުރާނީ އަމިއްލަ ކުޑަ ބިންކޮޅު ދޫކޮށްލުމުންތޯ ނުވަތަ ހިލޭތޯ ކަނޑައެޅޭނީ އެ މަޝްވަރާތައް ނިމުމުން ކަމަށެވެ. އަންނަ ހަފުތާގައި އެ އުސޫލު ނިމޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
"އުސޫލުގައި ކަނޑައެޅޭނެ ގޯތިތައް ދޫކުރެވޭނެ ގޮތް، މަޝްވަރާއިން ގޮތެއް ކަނޑައަޅައި އާއްމުކުރާނެ،" އަކްރަމް ވިދާޅުވި އެވެ.
ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ހަފުތާގައި ވިދާޅުވީ، ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
މި ބުރުގައި ގޯތި ދޫކުރުމުގައި އިސްކަންދޭން ނިންމާފައި އޮތް އެއް ބަޔަކީ އަސްލަމް އިޝާރާތް ކުރެއްވި ގޮތުގައި މާލޭގެ ރަަށްވެހިންގެ ތެރެއިން 700 އަކަފޫޓަށް ވުރެ ކުދި ތަންތަން ދޫކޮށްލާ މީހުންނަށެވެ. ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާނެ ގޯތިތަކުގެ އަދަދެއް އަދި ކަނޑައެއް ނާޅަ އެވެ.
އެމްޑީޕީން ކުރިން ވައުދުވެފައި އޮތީ ވެސް މާލެ އިން ލިބިފައިވާ ބިންކޮޅެއް ސަރުކާރަށް ދޫކޮށްލުމުން އޭގެ ބަދަލުގައި މާލެ ސަރަހައްދުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މީހުންނާއި ކުދި ފްލެޓްތަކާއި ކުދި ބިންކޮޅުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ/ގުޅީފަޅު ނުވަތަ ތިލަފުށިން އެކަށީގެންވާ ވަރުގެ ގޯތި ދޫކުރެވޭނެ އުސޫލްތައް ގާނޫނުގައި ކަނޑައަޅާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
މާލެ ހިމެނޭ ގޮތް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ބޯހިޔާވަހިކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފޯރުކޮށްދޭނަން. އެއީ ވެށިފަހި މަޝްރޫއަށް ވިއަސް، ހިޔާ މަޝްރޫއަށް ވިއަސް އެއިން ގޯއްޗަކަށް، ފްލެޓަށް އެދިފައި ތިބި ކޮންމެ ފަރާތަކަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރެފި
03 January 2022
ދޫކޮއްލާނެ 1 ފޫޓް ވެސް ނެއް މާލެ މީހުން ކިހިނެއްބާ ހަދަނީ.
ޙަބީބު
03 January 2022
މިކަމުގަ އަދި އެބައުސޫލެއް ކަނދައަޅަންޖެހޭ މާލެ ޔައް އުފަން މާލެ މަންމަ ނުވަތަ ބައްޕަ ިިިިިިިިި ކިޔާ ފަރާތަކައްނޫނީ މާލެސަރަހައްދުން ގޯތި ބަހާ ބިންހުސްކޮއްގެން ނުވަނެ ދަފުތަރުގަ ޖެހިގެން ނުވަތަ ޔާމިނު ހެދިހެން ގޮތެއްފޮތެއް ނުބަލަ ހުރިހާ ބަޔަކައް ހިޔާ ފުލެޓު ބެހިގޮތައް މިކަން ނުކުރުމައް ގޮވާލަން އިޖުތިމާއީ އެތައް މައްސަލައެއް ހިޔާފުލެޓުގަ ޖެހެނެ ވިމާ ހިޔާ ކޮންމެ ދެފުލެޓަކީ އެއްތަން ކަމުގަވެސް އެބަ ހަމަޖައްސަންޖެހޭ ޖާގަ ތަނަވަސް ކުރުމައް
މުޙުއްމާ
03 January 2022
ދިވެހިންނަކީ ދިވެހިން. ރާއްޖޭގެ ކޮންމެ ތަނަކުންވެސް ދިވެއްސެއްވެއްޖެއްޔާ ދިރިއުޅެން ބިން ލިބެންޖެހޭނެ. ޚިދުމަތްތައް ލިބޭ ސަރަޙައްދަކަށް މީހުންދާނެ. އެހެން ސަރަޙައްދުތަކުން ޚިދުމަތްތަށް ލިބެންނެތުމަކީ ސަރުކާރުގެ މައްސަލައެއް. އެއްވެސް ނަސްލީ އިމްތިޔާޒެއްނެތި ދިވެހި ކޮންމެ ރައްޔިތަކަށް އެމީހަކު ބޭނުން ރަށަކުން ދިރިއުޅެން ގޯތިލިބެންޖެހޭނެ. ބަންޑާރަ ބިމުން ގޯތި ލިބެންޖެހޭނީ ހަމައެކަނި ދިރިއުޅުމަށް. ކުއްޔަށް ދޭގޯތި ތަކުން ސަރުކާރަށް ކުލި ނަގަންޖެހޭނެ.
ގުދުގުދާބެއްޔާ
03 January 2022
ތިޔައީ ރަގަޅުވާހަކައެއް! އެކަމަކު ތިޔަހެން ނުވޭދޯ މާފުށިން ހިއްކިބިންވެސް ލިބޭނީ އެރަށުގެ މީހުންނަށް އެކަނި ! ނުލިބޭނެ އެހެން ބަޔަކަށް!
އޮނަރަބްލް އަފީފު ދީދީ
03 January 2022
ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒަކީވެސް "މާލޭ މީހުނަށް ޙާއްސަ" ތަންތަން ކަމަށާއި ހަމަ އެގޮތަށް ޙުލުމާލެ ސަހަރާ ފަދަ ތަންތަންވެސް ބަދަލު ކޮށްލުން ރަނގަޅު.
އަލްމަލަސް
03 January 2022
މާލޭ މީހުނަށް އެކަނި ގޯތިދީ ފުލެޓް ދީ ނިންމާލާށެވެ. އިންތިޚާބުގަ ކަންތައްކުރާނެ ގޮތް އެގޭނީ މަމެންނަށެވެ. މޮޅުގޮތެއްހޯދަން ކުރެވުނު މަސައްކަތުން ކަރުގަލީ ހިތިރަހަތަކެއްގެ އަސަރު ނުލިފާ އުޅެނިކޮށް އަނެއްކާ ކޮސްގޮވަން ފެށީމާ ދެންވާނޭ ގޮތްވެސް ނިކަން ރަނގަޅަށް އެނގޭނެއެވެ.
އޮނަރަބްލް އަފީފު ދީދީ
03 January 2022
ތިޔަ އުސޫލު ވަރަށް ފަސޭހަ. ކަލޭމެން ގެންގުޅޭ ފޮތް ތަކުގައި ލިޔެލާ މާލޭ މީހާ ބޭނުން ވެއްޖެނަމަ މާލެއިން ރަށެއްގެ މީހަކު ގަނެގެން އުޅޭ ގޯތިވެސް ނަގާފަ މާލޭ މީހާއަށް ދޭން ޖެހޭނެއޭ. # އަދި މާލޭ މީހުނަށް އެހެން ރަށްރަށުންވެސް އެމީހުންގެ ހޮލިޑޭ ހޯމްގެ ގޮތުގައި ބޭނުން ކުރާނެ ބިމެއް ދޭންވާނެކަމަށް.
ކަލޭމެން
03 January 2022
ކަލޭމެން އައްޑޫ މީހުންވެސް ހާދަ ދަހިވެއްޗޭ މާލެ ސަރަހައްދުގެ ތަންތަން އެހެން މީހުންނަށް ކުއްޔަށްދޭއިރު. އެހާ ބޮޑު އަގުގަ ތަނާ ނުބައްދަލު އަގުގަ ކުއްޔަށް ދެނީ. އަދި އިރުކޮޅަކުން ކުލި ބޮޑުކުރަންވެސް އުޅޭނެ. މާލެ މީހާއޭ ކިޔާފަ އަނގަ ހުޅުވަން އައްޑޫ މީހުން ލަދުގަންނަންޖެހޭ މާލޭ މީހުންގެ ނިވަލުގަ ތިބެގެން ތިޔަ ނަގާ ފައިދާ ބޮނޑި މަދުތަ؟ މާލޭ މީހާއަށް ބެވުން މިމީހުންގެ ކަމަކީ އެކަމު.
ރާއްޖެތެރޭކުއްޖާ
02 January 2022
މާލޭ މީހުނަށް އައްޑޫ އިން ލ. އަތޮޅުން ގޯތި ދޫކުރަން ހުޅުވާލަންވީ ނޫންތޯ؟ އަދި ހަމަ އެހެންމެ ގުޅިފަޅު ހުޅުމާލެއިން ރާއްޖޭގެ އެންމެނަށް ގޯތި ދޫކުރަން ހުޅުވާލަންވީ ނޫންބާ؟ ރައްޔަތުން އަތުން ޓެކްސް ނެގުމުގައި ވެސް މުއްސަންޖެއް ފަޤީރެއް ނުވަތަ ނިސްބަތްވާ ރަށެއް ނުބަލާ ނޫންތޯ؟ ދެން ސަރުކާރުން އެއްޗެއް ދޭންވީމަ ކީއްވެތޯ ތިހެން ތިހައްދަވަނީ. މާލޭ މީހާ ވެސް ދޭނީ 1 ވޯޓު. ރަށުމީހާ ވެސް ދޭނީ ހަމަ 1 ވޯޓު.
ގުދުގުދާބެއްޔާ
03 January 2022
ތިބޭޅާއަށް ނޭގޭނެ މާލޭ މީހުން ނަށް ގޯތިދޭންޖެހޭ ތަންތަނެއް! އެމީހެއްގެ އުފަން ރަށުން ލިބެންޖެހޭނީ! ތިބޭޅާއަށް ތިބޭޅާގެ ރަށުން ގޯތި ހިލޭ ލިބޭނަމަ އެހައްޤު މާލޭ ރައްޔިތުންނަށްވެސް އޮންނަން ޖެހޭނެ! ޤާނޫނަކީ ތިބޭޅާއަށް ފަހާފަ އޮންނައެއްޗެއްްނޫން!
މަހޭސް
02 January 2022
އެމްޑީޕީ އަބަދުވެސް އުޅެނީ ކަރުގަ ކައްޓެއް ޖެހޭތީ
ބަލަންތިބޭ
02 January 2022
ތިއީ އަޅައިލި ސުރުޚީއެއް. ދައްކާލާ ދަޅައެއް. އަސްލު މާލޭގެ އެއްވެސް ރައްޔިތަކަށް ތިތަނުން ގޯއްޗެއް ލިބބުނިއްޔާ މޮޅު! ތިގޯތިތައްވެސް ދޭނީ ރާއްޖެތެރެއިން އައިސް މާލޭމީހުނަށްވެފަތިބި ރާއްޖޭގެ އެކިރަށްރަށުގަވެސް އެމީހުނަށް ގޯތިލިބިފަވާ މީހުނަށް.
ދިވެއްސަކަށޭ
02 January 2022
މާލޭގެ މީހުންނަށް 4،000 ގޯތި ދޫކުރުމުގެ އުސޫލު ވަރަށް އަވަހަށް އާއްމުކުރަނީ ނަމަ އެއީ ނުރައްކާތެރި ކަމެކޭ މާލޭ މީހުންނަށް އެކަނި ނޫނޭ ގުޅިފަޅު ހިއްކީ އަދި ހުޅުމާލެ ވެސް ހިއްކީ ހުޅުމާލޭ އެއްކޮށް ހިއްކާ އެތަން އާބާދުކުރީ މަމެން ޕިންކީންގެ ވެރިކަމުގައޭ އަދި ގުޅިފަޅު ވެސް ހިއްކާ އެތަން އާބާދު ކުރަން ފެށީ މަމެން ޕިންކީންގެ ވެރިކަމުގައޭ މަމެން ނޯންނާނެއޭ ނިންމާފައި ހަމައެކަނި މާލޭ މީހުންނަށް އެތަން ތަނުން ބިންދޭން މަމެން ނިންމާފައި އޮންނާނީ ކޮންމެ
ތަމެންގެ
02 January 2022
މަމެންގޮސް ކޮފިބަލަ ރަށަށް