03 ޖެނުއަރީ 2022 - 10:15
އިންޑިއާ ސަަރުކާރުގެ އެހީގައި އައްޑޫގައި ހަދަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްތަކުގެ ތެރެއިން މިދިޔަ އަހަރު ހިތަދޫ ޕްލާންޓް ހަދަން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް އިއްޔެ އެހެން ބަޔަކާ ހަވާލުކޮށްފި އެވެ.
ކައުންސިކުން ބުނި ގޮތުގައި ހިިތަދޫ ގޭދޮށު މަސް ޕްލާންޓް އަލުން ހަވާލުކުރީ ސީ ބޮޓްސް ޕްރައިވެޓް ލިމިޓެޑާ ކިޔާ ކުންފުންޏަކާ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެ މަޝްރޫއު ހަވާލުކުރީ އެލްނާތު މޯލްޑިވްސްއާ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ހަ މިލިއަން ރުފިޔާ ހަރަދުވާ މަޝްރޫއުގެ މަސައްކަތް ފަށާަތާ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް މަސައްކަތް އެހެން ބަޔަކާ ހަވާލުކުރީ އެއްބަސްވުމާ އެއްގޮތަށް އެލްނާތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ.
ހިތަދޫ ގޭދޮށު މަސް ޕްލާންޓް ޑިޒައިން ބިލްޑް އެންޑް އޮޕަރޭޝަންސް އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ސީބޮޓްސް ޕވޓ. ލޓޑ އާއި ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. pic.twitter.com/ohX66EQj7O
— Addu City Council (@AdduCityCouncil) January 2, 2022
ސީ ބޮޓްސްއާ ހިތަދޫ ގޭދޮށު މަސް ޕްލާންޓް ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 14.4 މިލިއަން ރުފިޔާ އެވެ، އެއީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ) ގެ ދަށުން ހަރަދުކުރާ 5.8 މިލިއަން ރުފިޔާ އާއި ކޮންޓްރެކްޓަރު ހަރަދުކުރާ 8.6 މިލިއަން ރުފިޔާ އެވެ.
އިންޑިއާގެ އެހީގައި އައްޑޫގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރަން ހަމަޖެހިފައި ވަނީ ހިތަދޫގެ އިތުރުން ހުޅުމީދު އާއި މަރަދޫގަ އެވެ. މި އަވަށްތަކަކީ އައްޑޫގައި މަސްވެރިކަން އެންމެ ފުޅާކޮށް ކުރާ އަވަށްތައް ވެސް މެ އެވެ.
ގޭދޮށު މަސް ޕްލާންޓްތައް ހެދުމާއި އައްޑޫގައި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 2 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
03 January 2022
އެމްޑީޕީން ލީޑު ކޮށްގެން ހިތްވަރުދީގެން މަސްއެޅި ރަށުގަ މަސްފެކްޓަރީއެއް ހަދާ ދުނިޔެއަށް ނަމޫނާ ދައްކާކަށް ނުކެރުނު އެމްޑީޕީން އެބަ އަލާ ދެގެދޭތެރޭގައާ ގޭތެރޭގަޔާ ބޭރުގަ މަސްފެކްޓަރީ އެކަމަކު މަހެއް ގަންނަ މީހަކު އެތަންތާކު ނޫޅޭ ގޮތް ދެްކުމާއި ކަން ދެއްކުން
ސަސަ
03 January 2022
އެލްނާތުން ނެގި ފައިސާއާއި ކޮށްފައި ހުރި ހަރަދު ނުބަލަނީތަ ؟ ކީއްވެ އެމީހުން އެހާފަސޭހައިން ދޫކޮށްލީ ؟
ޑޮކްޓާރ. ބަނާނާ
03 January 2022
އެމްޑީޕީ ވެރިކަމަށް އައިއިރު މަގުމަތީގައި ދެމި ބެނާ ތަކާއި އަދި ދެއްކި ވާހަކައި ގެ ތެރޭގައި ބޭނުންކުރި އެންމެ މުހިއްމު ސްލޯގަން އަކީ "އަނެއް ދިވެހިރާއްޖެ "! މިސްލޯ ގަން ގެ ދަށުން ރައްޔިތުންނަށް ކޮށްދޭން އެބަސްވި ކަންތައްތަކަކީ 1 ބޭސް ފަރުވާ އަށް ސަލާމް ނުޖެހުން 2 ބޯހިޔާ ވަހިކަމުގެ އަގުތިރިކުރުން 3 މަސްތުވާތަކެތި ދޮރު ބަންދުކުރުން 4 ދިރިއުޅުމުގެ އަގު ތިރިކުރުން ! ދައުރު ނިމިގެންދާއިރު މިއަދުގެ ހާލަތު ވަރަށްރަގަޅަށް އެބަފެނޭ! ވަރަށް ސަލާމް!
ރަދީފްއޮފިޝިއަލް
03 January 2022
ހެލޯ ޑރ.ކެހެނަކަށް.ޔޫ މެން ހަދާލެކުން ނުނީ އެހެން ވެނީ.ތެވަރަށް ކޮމެންޓްކޮށްފެއިއަސް ގޮސް ތިބެނީ ޖަގަހައިން ބޮނޑިބަތްކާއް.ދެން އެއް ވެސް ބަދަލެއް ގެނެވޭނެތަ.ނުގެނެވޭނެ ދީ.ވ.ވެދުން
ބައިރޯ
03 January 2022
ޙަމަ 100 ގެ ވާހަކައެތް.
48353
03 January 2022
ގޭދޮށު މަސްޕެކްޓުރީގެ ސަރުދާރަކަށް ބަހަންޓާނީ އަހަރެމެންގެ ލޮބުވެތި ބޮޑުވަޒީރުމީހާ.
ހަކީމުބޭ
03 January 2022
އެމްޑީޕީ ސަރުކާރުން ހަދާ ފްލޯޓިން ގަނޑުވަރުތަކާ، އުދުހޭ ބްރިޖްތައް ނިމުނީތޯ؟؟ ހާދަހާވާ ކަމެއްކޮށްދީފިއޭ. ރައްޔިތުންގެ ދަތްމަތިން ތުންއަރާފަ އެތިބެނީ ވާއުފަލުން. ނޫ އިގްތިސާދުވެސް ދޮންވެފައްކާވެގެން ގޮސް ކާންވެފަ. ޝުކުރު ޙައްޤީ ހަމަ ރޫހާނީ ލީޑަރަށް އެހެންނޫންތޯ؟؟؟
ގަމާރުބޭ
03 January 2022
އިރުއޮއްސޭ ގަޑިއަށް ހޭލައިގެން ކޮމެންޓުކުރަން ނުހުރެ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ހިތަދޫއާއި ހަމައަށް ކޮންމެ ރަށަކަށް ގުޅައިގެން މިވަގުތު އެރަށެއްގައި ހިންގަމުން ގެންދާ ޕުރެޖެކްޓްތަކަކީ ކޮބައިތޯ ބަލާބަލަ. ނޫނީ އެރަށްތަކައް ދަތުރުކޮށްގެން ނަމަވެސް ބަލާބަލަ. މީހުން ކިޔާ އެއްޗެހި ރިޕީޓުކުރާތީ ހީވަނީ ކޮކަޓޫއެއް ހެން. އަމިއްލަ ބުއްދިން ވިސްނައިގެން އަމިއްލަ ސިކުނޑި ބޭނުންކުރަން ދަސްކުރަންވެއްޖެއެއްނު.
ބޭރުވެލާ
03 January 2022
މޭޔަރު އެކަނި އުޅުއްވާހެން ވަރަށް ހީވޭ......އެއްޗެއް ބާތިލު ކުރިއަސް ހަވާލު ކުރިއަސް މޭޔަރު.....
ރަދީފްއޮފިޝިއަލް
03 January 2022
ވަރަށް ރަނގަޅު ކަމެއް.ރައްޔަތުންނަށް ފަސޭހަތަކެއް ލިބި ފައިދާވާ ކޮންމެ ކަމެއް އެއީ ރަނގަޅުކަމެއް.ދެން އުއްމީދަކީ ފްލޯޓިން ކަންނެލި ޖަގަހަ ، ކަންނެލި ފެކްޓްރީ ، އުދުހޭ ކަންނެލި ޖަގަހަ ، އުދުހޭ މަސްކެއްކި ، އޮޔާދާ މަސް ގަންނަ ޕްލެޓްފޯމް ފަދަ ހުރިހާ ތަނެއް ހަގީގަތަކަށް ވެގެން ދިޔުން.ވ.ވެދުން