އަލްފްރެޑޯ އާއި އައިލިން.
07 ޖެނުއަރީ 2022 - 06:07
އެއްމާބަނޑު ނަމަވެސް އެމެރިކާގެ ދެ ކުއްޖެއްގެ އުފަންދުވަސް ދެ އަހަރަކަށް ވާ ގޮތަށް އުފަންވެއްޖެ އެވެ.
ކެލިފޯނިއާގެ މޮންޓެރޭ ކައުންޓީގެ ނެޓިވިޑާޑް މެޑިކަލް ސެންޓަރުގައި އުފަންވި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ އަލްފްރެޑޯ އެންޓޯނިއޯ ޓުރްޖިލޯ އުފަންވީ ޑިސެމްބަރު މަހުގެ 31، 2021 ވަނަ ދުވަހުގެ ރޭގެ ރޭގަނޑު 11:45 ގަ އެވެ. ދެވަނަ ކުއްޖާ އުފަންވީ ފުރަތަމަ ކުއްޖާ އުފަންވިތާ 15 ވަރަކަށް މިނިޓް ފަހުންނެވެ. އެއާ އެކު އަންހެން ކުއްޖާ އައިލިން ޔޮލަންޑާ ޓުރްޖިލޯގެ އުފަންވީ ޖެނުއަރީ 1، 2022 އެވެ.
އެހެންވެ އެއްމާބަނޑަސް އަލްފްރެޑޯ އާއި އޭލީންގެ އުފަންދުވަސް ފާހަގަކުރާނީ ދެ ދުވަހެއްގަ އެވެ.
At midnight, Natividad welcomed Aylin Yolanda Trujillo as the area's first baby of 2022! Her twin, Alfredo Antonio Trujillo, was born 15 minutes earlier at 11:45 pm Friday, Dec. 31, meaning their birthday falls on a different day, month and year— a 1 in 2 million chance! pic.twitter.com/Lm5hkOpNBo
— Natividad (@NMCInspires) January 2, 2022
މިފަދަ ގޮތަކަށް މި ދެ ކުދިން ވިހޭ އިރު، މިގޮތަށް އެއްމާބަނޑު ކުދިން އުފަންވުމުގެ ފުރުސަތު އޮންނަނީ ކޮންމެ ދެ މިލިއަނަކުން އެއް ފަހަރު އެވެ.
ދެ ކުދިންގެ މަންމަ ފާތިމާ މަދްރިގަލް ބުނި ގޮތުގައި އެއްބަނޑުގައި ވިހޭ ދެ ކުދިންގެ އުފަން ދުވަސް ތަފާތުވުމަކީ ވަރަށް އެހެން ކަހަލަ ކަމެކެވެ.
ދެ ކުދިންގެ މަންމަ ފާތިމާ.
"މިއީ އަސްލު އުންމީދު ވެސް ނުކުރާ ކަހަލަ ގޮތަކަށް ދިމާވި ކަމެއް،" އޭނާ ނުންޏެވެ. "މިއީ ސަޕްރައިޒެއް."
އަލްފްރެޑޯ އާއި އައިލިން ވިއްސުމުގައި އުޅުއްވި ޑރ. އަނާ އެބްރިލް އަރިއަޒް ވިދާޅުވި ގޮތުގައި މިކަމަކީ އޭނާގެ ކެރިއަރުގެ މިހާތަނަށް ދިމާވި އެންމެ ހަނދާނުން ފުހެލަން ދަތި އެއް ކަންތަކަށް ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy