15 ނޮވެމްބަރ 2025 - 21:52
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރި ރާއްޖޭގެ ކުރީގެ ރައީސަކީ ޑރ. މުހައްމަދު ވަހީދު ކަމާއި އެ މަނިކުފާނު އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބާއްވަވާފައިކަން ހާމަވެއްޖެ އެވެ.
ހެކަރުންގެ ބަޔަކު ކުރިން ވެސް ލީކު ކޮށްލާފައިވާ އީމެއިލް މުއާމަލާތުގައި ޝާމިލުވާ ރާއްޖޭގެ ކުރީގެ ރައީސަކީ ވަހީދުކަން ހާމަވީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" ނަމަކަށް ކިޔާ ކޮމިޓީން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި، އީމެއިލް އެޑްރެސްތަކާ އެކު އެ މައުލޫމާތު ހާމަވުމުންނެވެ.
އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.
އެ މުއާމަލާތްތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެ އެވެ.
އެ އީމެއިލްތަކުން އެނގޭ ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އެ މަނިކުފާނު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ފުރަތަމަ ކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި އެތައް ބިލިޔަން ޑޮލަރެއް އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.
ވަހީދު އެޕްސްޓީންއާ އެކު، ކުރައްވާފައިވާ އީމެއިލް މުއާމަލާތްތަކުގެ ތެރެއިން އެންމެ ހައިރާން ކުރުވަނިވި ވާހަކަތަކެއް އޮތީ ޖެނުއަރީ 2013 ގައި ކުރައްވާފައިވާ މެއިލްތަކަކާއި އެ މެއިލްތަކުގެ ޖަވާބުގައި އެޕްސްޓީން ފޮނުވާފައިވާ މެއިލްތަކުގަ އެވެ.
އޭގެ ފުރަތަމަ މެއިލްގައި ވަހީދު އެދިވަޑައިގެންފައި އޮތީ އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު، ޝައްކު އުފެދޭ ގޮތަކަށް ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރުގެ މާލީ ޕްރޮޕޯސަލަކާ މެދު އަމަލުު ކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ.
"އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭ މިކަމާ ބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ހުރި ކަމަކަށް. އެ މީހުން [ހަތަރު ބިލިއަން ޑޮލަރު ދެން ބުނާ މީހުން] އަަބަދުވެސް ބޭނުންވަނީ ބެންކޮކް ނުވަތަ ބޭރު އެހެންތަނެއްގާ ފިނޭންސް މިނިސްޓަރާ ވަކިން ބައްދަލުކުރަން،" މިހާރު އާއްމުވެގައިވާ މެއިލްގައި ވަހީދު ވިދާޅުވެފައި އޮތެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ނެތިފައި ދަރަނި އެހާ ބޮޑުކޮށް އޮއްވާ އެހާ ގިނަ ފައިސާ ޖަމާކުރަން އެއްވެސް މީހަކު ބޭނުންވާންވީ ކީއްވެތޯ ވެސް އެ މެއިލްގައި ވަހީދު އެޕްސްޓީންއާ ސުވާލުކުރައްވާފައި އޮތެވެ.
އީމެއިލް މުއާމަލާތުން އެނގޭ ގޮތުގައި ހަތަރު ބިލިއަން ޑޮލަރުގެ އެ ޕްރޮޕޯސަލް އަކީ ސްކޭމެއްކަން އެޕްސްޓީން ވަގުތުން ދެނެގަނެ އެވެ، އޭގައި ކުރިއަށް ދާ ނަމަ ސްކޭމަރުން ދެން ކަންތައް ކުރާނެ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
"އެއީ ސްކޭމެއް. އެމީހުން ތިޔަ ބޭފުޅުން ގާތު ދެން ބުނާނެ ވާހަކަ އަކީ އެ މީހުން ބޭނުންވަނީ ހަމަ އެކަނި އެކައުންޓަކާއި ވެހިކަލެއް ސެޓްކުރަން ކަމަށް. އެއީ އެކަން ކުރުމުގައި ރިސްކެއް ނެތް ކަމެއް ކަމަށް،" އެ މައްސަލައިގައި ދިން އިރުޝާދުގައި އެޕްސްޓީން ބުނެފައި އޮތެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ ކަންތައް ހަމަަޖައްސަން އެޕްސްޓީން ދިން އިރުޝާދުގައި ބުނީ އެ ޕްރޮޕޯސަލްއާ ބެހޭ ތަފްސީލު ދޭން ފިނޭންސް މިނިސްޓަރަށް އެންގެވުމަށެވެ.
"ޝުކުރިއްޔާ. ތިޔައީ އަހަރެން ސަލާމަތްކުރާ މީހާ، ހަމަ ސީދާ ތިޔަ ބުނި ގޮތަށް ކަންތައް ކުރާނަން،" އެޕްސްޓީންގެ އިރުޝާދަށް ޖަވާބު ދެއްވަން ފޮނުއްވި މެއިލްގައި ވަހީދު ވިދާޅުވައި އޮތެވެ.
އާއްމުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އެހީތެރިކަން ދޭނެ މޮޅު މީހުން ހޯދައިދޭން ވެސް އެޕްސްޓީން އެހީތެރިވި އެވެ، އެގޮތުން ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމުކުރުވަން ސްވިޑެންގެ ޑިޕްލޮމޭޓަކު ގެންނަން އެޕްސްޓީން ހުށަހެޅި އެވެ،
އެގޮތުން ހުށަހެޅި މާހިރަކީ އޭނާގެ އެކުވެރިއެއް ކަން ވެސް އެޕްސްޓީންގެ މެއިލް އިން އެނގެ އެވެ.
އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ.
އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.
އޭގެ ފަހުން ވަނީ، އެޕްސްޓީންގެ ޖަރީމާތަކަށް އެހީވި ކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ހައްޔަރުކޮށް އަދި ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަޢުމް
15 November 2025
ރައީސް ޑރ. މުހައްމަދު ވަހީދަކީ ދީނާ ޤަޢުމައްޓަކައި އެތައް ޝެޢިހުންނެއް ލޮބީކޮށްގެން ގެނެވުނު ޔަހޫދީ އެޕްސްޓައިންގެ ގާތް އެކުވެރި ބޭފުޅެއް!
7 ފެބް
15 November 2025
ހީވޭ ކަމެންހެން.
އުދުހޭ
15 November 2025
މީގަ ގޯހެއް ފެންނާކަށް ނެތް. އެކަހަލަ ޝައްކުވާ ކަމެއް ސާފުކޮށްލަން ހުށައެޅީ އެފަދަ ކަންތައްތަކުގެ ބޮޑަކަށް. އެޕްސްޓީންގެ ނުބައިނުލަފާ ކަންތަކުގައި ވަހީދާގުޅުމެއް އޮތްކަމުގެ އެއްވެސް ވާހަކައެއް ނެތް.
ޑެބީ
15 November 2025
ލަދެއްވެސް ނުގަންނަ މީހެކޭދޯ މީ
މަ ބުނީ
15 November 2025
ރައީސްގެ އެޑްވައިޒަރު ކަމާއި އިނާއަތްތައް ކަނޑަލަންޖެހޭ ވަރުގެ ކަމެއް.
ކޮމެންޓް.
15 November 2025
އެޕްސްޓީންގެ އަންހެނުންގެ ބައްޕަޔަކީ ސީދާ އިޒްރާއީލްގެ އެންމެ މަތީ ފަންތީގެ ރޯޔަލް މީހެއް އަދި އެމީހުންގެ އެންމެ ބޮޑު އެއް ޖާސޫސް. އޭނާ ވަޅުލީވެސް އެންމެ މަތީ ޝަރަފުގަ އެމީހުންގެ އެންމެ މުގައްދަސް ތަނުގަ. އެޕްސްޓީން މަހުޖަނުންނާ ސިޔާާސީ ވެރިން ގެންދިޔަ އޭނަގެ އައިލެންޑްގަވެސް ހުންނާނެ އިޒްރާއީލްގެ ކުލަތައް ޖައްސާފަހުރި އިމާރާތެއް. އެއީ ދުނިޔޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ބްލެކްމެއިލް އޮޕަރޭޝަނަށްވާނެ.
ވަކީލްް
15 November 2025
މިރާއްޖޭގެ ރައްޔިތުން ނިދިން ހޭލައި، އަމިއްލަ ސިކުނޑިން ވިސްނާކަށް ނުވޭތަ މިވަރަށް ދާއިރުވެސް. ސިޔާސީ ލީޑަރުން އެމީހުން މޮޑޭ ފުށްފަނޑަކަށް ރައްޔިތުން ހަދައިގެން ގައުމުގެ މުއްސަދިކަމުން ފައިދާ ނަގައިގެން އުޅޭ އުޅުމާދެމު ވިސްނާކަށް ނުވޭތަ. މިރާއްޖޭގެ ނިކަމެތިން ވަނީ އިތުރަށް ނިކަމެތި. ޖަލުތައް ފުރިފައިވަނީ ނިކަމެތިންގެ ދަރިން. ރައްޔިތުން މޮޔަ ހައްދައިގެން ކޮންމެ ބަޔަކުވެސް ވެރިކަން ހޯދަނީ. ވެރިކަން ލިބުމަށްފަހު ކުރަނީވައްކަން.
އަސް
15 November 2025
ތީގެން އިގެނީ ވަހީދު ވެރިކަމަށް ތަސައްރަފް ފުދޭކަން. މީ މިޤައުމު އޮތްގޮތް މިހާރު.
ސަަސި
15 November 2025
ވެރިކަމުގެ ބޭނުމުގަ ހަމަ ކޮންމެ ފަދަ ކަމެއްވެށް ކޮށްފާނެދޯ. މިހާރުން މިހާރަށް ރައީސްގެ އެޑްވައިޒަރުކަމުން ވަކި ކުރަން ގޮވާލަން.
ދަވިން
15 November 2025
އަވަހަށް އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވާ