އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ މީގެ ކުރިން ދިން. އެ ނިންމުން ވަނީ ބަދަލުކޮށްފައި.
ރަށަކަށް ދިއުމަށް ޓަކައި ބަޔަކު ލޯންޗަކަށް އަރަނީ: ވަރަށް ގިނަ މީހުން ވަނީ ރަށްރަށަށް ގޮސްފައި --. ފޮޓޯ: ނިޝާން އަލީ /މިހާރު
09 ޖެނުއަރީ 2022 - 18:07
މާލެ ސަރަަހައްދުގައި އަނެއްކާވެސް ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތައް ހަރުކަށިކޮށް، ފިޔަވަޅުތައް މިއަދު ވަރުގަދަކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭ އިން މިއަދު ކަނޑައެޅި ގޮތުން، ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު އެވެ.
އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ އެ އިދާރާ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދީފައިވެ އެވެ.
އޭރު ދިން ލުއިތަކުގެ ތެރޭގައި، ނެގެޓިވް ޕީސީއާރު ބޭނުންވާނީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ދަތުރުކުރާނަމަ އެކަންޏެވެ.
ނަމަވެސް އެ އުސޫލަށް މިހާރު ގެނައި ބަދަލުގެ ސަބަބުން، ވަކި ގޮތެއް އަންގަންދެން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގަ އެވެ.
ވެކްސިންގެ ޑޯޒުތައް ފުރިހަމަނުކުރާނަމަ 14 ދުވަހަށް ކަރަންޓީން ފުރިހަމަކުރަން ޖެހެ އެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުންނެވެ. ނަމަވެސް އެފަދަ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ނުހިމެނެ އެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެއިން އެހެން ރަށްރަށަށް ދަތުރުކުރާއިރު "ކޮވިޑްސޭފް" ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކަންޖެހެ އެވެ. އަދި ކަރަންޓީންވާން ޖެހޭ މީހުން "ހާލު ބެލުން ޕޯޓަލް" އިން ހުއްދަ ހޯދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް މާލެ ސަރަހައްދުގައި ވަރުގަދަކުރިއިރު، މިއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަށް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކަށް މާލެ އައިސްފަ އެވެ. އެހެންވެ، މާލޭގައި މި ވަގުތު އުޅޭ މީހުންގެ އާބާދީ ވެސް ވަރަށް ބޮޑަށް މައްޗަށް ގޮސް، ތޮއްޖެހުން ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމްބް
10 January 2022
ރަށްރަށުން މާލެދާއިރުގަނުޖެހޭތައް ޓެސްޓު ހަދާކަ
މަރިޔަމްބް
10 January 2022
ރަށްރަށުން މާލެދާއިރުގަނުޖެހޭތައް ޓެސްޓު ހަދާކަ
ތަރުޖަމާ
10 January 2022
މި ޓެސްޓު ހެދުމުން އިސްތިސްނާވާ ފަރާތްތަކެއްވެއެވެ. އެއީ ސިޔާސީ ބޯ ތަކެވެ.
ޢިބޫ
09 January 2022
އަތޯޅުތަކުން މީހުން ޗުއްޓީއަށް އައި ވަގުތުބަލާފަ ޓެކް ޓީމުން ލާރި ހަދާލަ ރަނގަޅު ފުރުސަތެއް ހޯދާލީ، ވެރިޔަކަށް ހުރިމީހަކަށް ނޭނގޭ ވާނުވާވެސް.
ހަސަދު
09 January 2022
މާލެ އަށް އަންނަ އިރު އެއްވެސް މީހަކު ޓެސްޓު ކުރާކަށް ވެސް ނުޖެހޭ. ކަރަންޓީން ވާންވެސް ނުޖެހޭ. ވަރިހަމަ މާލެ ބަލީގެ ހާތްޔަކަށް ހެދިއަސް. މިދިޔަ 42 އަހަރު ތެރޭގައި އައި ސަރުކާރު ތަކުން މާލެ ތޮއްޖައްސާ، މާލޭ މީހުން ކުދި ގޮޅި ތަކަކަށް އަޅާލާ މާލޭ އެއްވެސް މީހަކަސް ބިންކޮޅެއްވެސް ނުދީ ނިންމާލީ. މިއަންންނީ ވާސަރުކާރު ތަކެއް. ޥޯޓް ދިނުން ދެން ނިމުނީ!!!.
ގޫފާލި.
10 January 2022
އެހެންތަ ؟ ކަލެއަށް ފެނުނީ ހަމައެކަނި ކ.އަތޮޅު މާލެ ތޮއްޖެހިފައިވާތަންދޯ ؟ ކަލެއަކަށް ނޭގޭދޯ އެކަން އެހެން ދިމާވާންޖެހުނު ސަބަބު. މާލެއަށްވުރެން ބިންބޮޑު އާބާދީ ބޮޑު އައްޑޫ ހުވަދޫ ކުޅޫދުއްފުއްޓާއި އޭދަފުށި ފަދަ ރަށްރަށް ފަޅުކޮށްފަ އެރަށްރަށުގެ ރައްޔިތުންނަށް މަޖުބޫރުކޮށްގެން ތިޔަ މުޤައްދަސް ރަށްކޮޅަށް ގެންގޮސް ތިތަން ހަދާފަ އޮތްކަން ކަލޭ ނުދެނަހުރީ ކަލޭގެ ޤަމާރުކަމުން.
ކޮމެންޓޭ1
09 January 2022
މީހުން ޓެސްޓު ނުކުރާތީ ލިބޭ ލާރިގަނޑު މަދުވީ. ވެކްސިން ޖަހައިން ވީ ފައިދާއެއް ނެތް. ދެން ކިއު ހަދައިގެނ މީހުން އެއްކޮއްގެން ބަލިފެތުރުނަސް ހެޔޮތާ ރައްޔިތުންގެ ހަޒާނާ އިން ބޭނުން ވަރެއް ހޭދަ ކުރަންވީ ތިޔަ ޓެސްޓެއް ހަދާށާ މަތިމައްޗަށް ވެކްސިން ޖަހަން. ނިމުމެއް ނެތް ކަމެއްތާ.
ޖޯޖް
09 January 2022
ކަލޭ ކަހަލަ މީހުންނަކާ ހުރެ މިހެން މިކަންތައް ވަނީ
ކޮމެންޓޭ1
09 January 2022
މީހުން ޓެސްޓު ނުކުރާތީ ލިބޭ ލާރިގަނޑު މަދުވީ. ވެކްސިން ޖަހައިން ވީ ފައިދާއެއް ނެތް. ދެން ކިއު ހަދައިގެނ މީހުން އެއްކޮއްގެން ބަލިފެތުރުނަސް ހެޔޮތާ ރައްޔިތުންގެ ހަޒާނާ އިން ބޭނުން ވަރެއް ހޭދަ ކުރަންވީ ތިޔަ ޓެސްޓެއް ހަދާށާ މަތިމައްޗަށް ވެކްސިން ޖަހަން. ނިމުމެއް ނެތް ކަމެއްތާ.
ދާލު
09 January 2022
އެޗްޕީއޭގެ ވެރިން ޕީސީއާރު ޓެސްޓުހަދާ ލެބޯޓްރީތަކަށް މިލިއަނުން ފައިދާ ހޯދަން ކޮންމެފަހަރަކު ޕީސީއާރު ޓެސްޓު މަޖުބޫރުމިކުރަނީ ދެވަނަ ދެކަމަކު ނޫން. ދިވެހި ރައްޔިތުންގެ ގަމާރުކަމާއެވެ.
ޖޯޖް
09 January 2022
ކަލޭގެ ގަމާރު ކަން މާ ބޮޑެއްނުން
ޑިސްއޮނަރަބަލް ޑީޑީ
09 January 2022
ޓައްޕުފުރާ ފައިދާނަގަން އަނެއްކާ މިއޮތީ އިސްކޫރު ދޫކޮށްލާފާ. ދެން ސައިލާރި މަދުވެގެން ޝަކުވާނުކުރާތި.
ފޭކްދޯ
09 January 2022
ތިޔާއީ ސީދާ ޕީސީއާރު ޓެސްޓް ތައް ހަދާ ކުންފުނި ތަކަށް ފައިސާ ދޭން ވެގެން ކުރާ ކަމެކޭ އެމެންނަށް ފައިސާ ލިބޭ ވަރު މަދުވާން ފެށުމުން މެޑިކަލް ޑޮކްޓަރުން އަޑިން ގުޅިގެން ޖައްސާ ފޭކް ގޭމެކޭ ތިޔާއީ މިޒާތުގެ ކައްޕަޅި ސަރުކާރެއް އޮވެއްޖެނަމަ ވާނީ މިހެންނޭ ގަޓް ހުރި ސަަރުކާރެއް ނަމަ ތިޔާ ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެއޭ މިހާރު އުޅެނީ އެއީ ސީޒަނަލް ފްލޫ އެކޭ އެއީ ކޮވިޑް އެއް ނޫނޭ އަދި އެއްވެސް ވޭރިއެންޓެއް ވެސް ނޫނޭ ތިޔާއީ ފޭކޭ ފޭކޭ ފޭކޭ ފޭކޭ ފޭކޭ ފޭކޭ