ޚަބަރު / ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީން ދެ މިލިއަން ޑޮލަރު ދެނީ

ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމް: މިތަނުގައި 350 މީހުންގެ ޖާގަ އޮވޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހަށް ހުޅުވުމަށް ބޭނުންވާ ތަކެތި ގަންނަން ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި އިމާރާތް ކޮށްފައިވާ މިސްކިތް ހުޅުވައި ބޭނުންކުރުން ލަސްވަމުންދާތީ އާއްމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.

ނަމަވެސް އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ވަސީލަތްތައް ނުލިބޭތީ އެތަން ފޮޅައި ސާފުކޮށް ބެލެހެއްޓުމުގައި ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް، މިދިޔަ ޑިސެމްބަރު މަހުގެ 26 ގައި ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީ ސަރުކާރުގެ ވަފުދެއް ވެސް މިދިޔަ އަހަރު ރާއްޖެ އަށް އައެވެ. އެ ވަފުދުގެ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ އަންނަ އޭޕްރީލް 2 ގައި ފަށާ ރޯދަ މަސް އައުމުގެ ކުރިން ރަސްމީކޮށް މިސްކިތް ހުޅުވުމަށް މަޝްވަރާ ކުރައްވައިފަ އެވެ.

އެކަމަށް ބޭނުންވާ ތަކެތި ގަތުމަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.

ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން ޑޮލަރެވެ.

އެހެންވެ، މިނިސްޓްރީން އެދިފައިވަނީ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދަން ހަމަޖައްސައި ދިނުމަށް އެދިފަ އެވެ.

"ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދެވިއްޖެ ނަމަ އަންނަ ރަމަޟާން މަހަށް ވެސް ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވެދާނެތީ އާއި މިކަމަށް ބޭނުންވާ ފައިސާއަކީ ސައުދީ ސަރުކާރުން ދެއްވާނެ ފައިސާއަކަށް ވާތީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުން އެދެމެވެ،" ސިޓީގައި ވެ އެވެ.

ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތަށް ސަރުކާރުން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް މިހާތަނަށް ބޮޑު ހޭދައެއް ކުރީ ދިވެހި ސަރުކާރުން ކަމަށެވެ. އެކަމަކު އެ ފައިސާ ސައޫދީން އަނބުރާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އެ މިސްކިތް ބޭނުންކުރަން އަދި ނުފަށަ އެވެ. މިސްކިތް ހުޅުވާނެ ކަމަށް ސަރުކާރުން މީގެ ކުރިން އެކި ތާރީހުތައް ވެސް ދިނެވެ.

28 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 9%
icon angry icon angry 27%
icon wow icon wow 18%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2022

11 January 2022

މިސްކިތެއްތަ ނުހުޅުވާނެ.... ބޮއިހަލާކު

The name is already taken The name is available. Register?

ޢިބްރާހިމް

12 January 2022

މިސްކިތެއްހުޅުވިޔަސްހުޅުވާނީއެމްޑީޕިސަރުކާރުން ރައްރަށުގަވެސްގިނަވާނީއެމްޑީޕިސަތުކަަރުތަކުގަހުޅުވުނުމިސކިއް

The name is already taken The name is available. Register?

ކޮންފިއުޒްޑް

11 January 2022

ތީ ތިން ކޮޓަރީގެ މާލޭގަ ހަދާފައެހުރި އެބުނާ ޓާޓާ ލަގްޒަރީ ފްލެޓްގެ 212 ފްލެޓްގެ އަގު އިނގޭތޯ؟ 212 ފްލެޓްގަ އުޅޭނެ މަދުވެގެން 6 މީހުން ވީމާ 1272 ދިވެހި ރައްޔިތުންގެ މުޅި އުމުރުގެ ބޯހިޔާވަހިކަން. ޢެތަނަށް ވަދެވުނު މީހުން އެތިބީ 3.8 މިލިޔަން ރުފިޔާގެ ދަރަނި ގެރެންޓިކޮއްގެން، މިސްކިތްތަށް އެއްފަސްކޮއްގެންތަ ތަރައްގީ ގެންނަން މިއުޅެނީ މިއުޅޭ މައުމޫނާ، ނަސީދުއާ، ޔާމިނުއާ ސޯލިހުއާ ދެންހުރި މީހަކާ؟

The name is already taken The name is available. Register?

ޙަޒަނޭ

10 January 2022

ނުހުޅުވާނެ.. މީ ކޮން ބައެއް!! އެމްޑީޕީ ބައެއް މީހުން ތިބީ އެހާ ރީތި ކޮށް ބޮޑު މިސްކިތެއް އަޅާތީ ރުޅިވެސް އައިއްސަ…

The name is already taken The name is available. Register?

ބަރާބަރު

12 January 2022

އަސްލު މައްސަލައަކީ ތީ. އެހެންވެ މިސްކިތުގެ ނަން ޚަރާބު ކޮށްލަންވެގެން މިސްކިތަށް ކައުންޓަ ޓެރަރިޒަމް ސެންޓަރު ބަދަލުކުރަންރޭވީ.

The name is already taken The name is available. Register?

މިނިޔަނަރު

10 January 2022

މުއްސަނދި ބޮޑު ޤައުމަކުން ދިން އެހީގެ އަދަދުތޯ. ޔާނުގެ އެންމެ އެކައުންޓެއްގައިވެސް ތިޔަށްވުރެ ގިނަ ފައިސާ. ކިޔާލަން ފަސޭހަވީމާ ގިނަ މީހުނަކަށް ނޭނގޭނެ ކިހާ ބައިވަރު ލާރިޔެއްކަމެއް.

The name is already taken The name is available. Register?

އެމެރިކާ

10 January 2022

މިސަރުކާރު އުޅެނީ ނޮހޮޅުވަން.

The name is already taken The name is available. Register?

ވާނުވާ

10 January 2022

30މިލިއަން 8ލައްކަ 40ހާސް ރުފިޔާ!!!! ކިހާވަރަކުން ދާނެބާ.

The name is already taken The name is available. Register?

ނަމޫނާ

10 January 2022

ރައިސް ޔާމިންގެ ތަރައްގީ hއްޓުވަން އެމްޑީޕީ މަސައްކައްތަ ކުރި.

The name is already taken The name is available. Register?

ދިވެހިން އައްޑޫ

10 January 2022

އެމްޑިޕީގެ ސަބަބުން ރާއްޖެއަ ލިބެނީގެއްލުން. އެމީހުންމޮޅީ ދިވެހިން ހައްދަން

The name is already taken The name is available. Register?

ހާމިދު ޝާހިދު

10 January 2022

ދެން ނިމި ހުޅުވަން ތައްޔާރުވެފައި ހުރިތަނެއް ތިއީ. ނޫސްވެރިންނަށް ތަން ދައްކާލި އިރު ކާޕެޓާއި، ފަރުނީޗަރާއި ގޮނޑި މޭޒްވެސް ހުރި. ހުރިހާ ލައިޓްތަކަކާއި ސައުންޑް ސިސްޓަމްސް ވެސް ހުރި. ރައީސް ޔާމީން ގެ ދައުރުގައި ފެއްޓެވި ކަމަކަށްވާތީވެ، ނުހުޅުވާން ބަހަނާ ދައްކަމުންތިޔަ ދިޔައީ ތަން ސާފުކޮށް ބަލަހައްޓާނޭ ސާމާނު ނެތޭ ކިޔައިގެން. މިހާރު އެނެމެފަހުން 2 މިލިއަން ޑޮލަރު އެހެނޭކިޔާފައިވެސް ތިހޯދަނީ. ދެން ނިކަން ހުޅުވަބަލަ.

The name is already taken The name is available. Register?

އިހްސާސް

10 January 2022

ތިޔަ 2 މިލިއަން ޑޮލަރު ގަވާއިދުތެރެއަށް ފައްތައިގެން ކާނީ ސަރުކާރުގެ ބޮޑުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454