ޚަބަރު / ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު

ސަލްމާން މިސްކިތަށް ކައުންޓަ ޓެރަރިޒަމް ސެންޓަރު ބަދަލުކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. ޓޭރަޒިމްގެ ކަންކަން ބަލަހައްޓާ ސެންޓަރަކާއި މިސްކިތަކާ ގުޅުވައިގެން މިފަދަ ދޮގު ވާހަކަތައް އާންމުންގެ ތެރޭގައި ނުތަނަވަސް ކަން އުފެދޭ ފަދަ ގޮތަކަށް ދެއްކުމަކީ ވަރަށް ދެރަ ކަމެއް."

އެންސީޓީސީގެ ނިއުސް ކޮންފަރެންސްގައި ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފައިލް ފޮޓޯ: މިހާރު

ކިންގް ސަލްމާން މިސްކިތަށް، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ބަދަލުކުރަން އުޅޭ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އެ ސެންޓަރުން މިއަދު ދޮގުކޮށްފި އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި މުއިއްޒު ރޭ ވިދާޅުވީ، ސަލްމާން މިސްކިތުގައި ގުރުއާނާ ބެހޭ މަރުކަޒަށް ދޭން އޮން ޖާގަ އަށް މިސްކިތާ ނުވެސް ގުޅޭ ކައުންޓާ ޓެރަރިޒަމްގެ ސެންޓަރު ބަދަލުކުރަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރުގެ ބައެއް އިދާރާތަކުގެ ތެރެއިން އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު މޭޔަރުގެ މި ވާހަކަ ދޮގުކުރައްވައި، އެންސީޓީސީގެ ޑިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު "މިހާރު" އަށް ވިދާޅުވީ އެފަދަ ނިންމުމެއް އަދި މަޝްވަރާއެއް ވެސް އެއްވެސް ލެވެލެއްގައި މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ. އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. ޓެރަރިޒަމްގެ ކަންކަން ބަލަހައްޓާ ސެންޓަރަކާއި މިސްކިތަކާ ގުޅުވައިގެން މިފަދަ ދޮގު ވާހަކަތައް އާންމުންގެ ތެރޭގައި ނުތަނަވަސް ކަން އުފެދޭ ފަދަ ގޮތަކަށް ދެއްކުމަކީ ވަރަށް ދެރަ ކަމެއް،" ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ޑިސެމްބަރު 9، 2021 ގައި ރިޓަޔާ ކުރައްވާފައިވާ ކުރީގެ ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ.

އެންސީޓީސީ މިހާރު ހިންގަމުން އަންނަނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގަ އެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން ފެށި ސަލްމާން މިސްކިތް ހުޅުވުން ލަސްވުމާ ގުޅިގެން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މުއިއްޒު ރޭ ވިދާޅުވީ މާލޭގައި ހުންނަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތް މިހާރު ހުރީ "ބޮލަށް ވެއްޓޭ" ހިސާބުގައި ކަމަށާއި ސަލްމާން މިސްކިތަށް ބަދަލުކުރަން އެންމެ ރަނގަޅު ވާނީ އެ މަރުކަޒު ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި އެންސީޓީސީ އެތަނަށް ބަދަލުކުރަން އުޅޭ ތުހުމަތު ކުރެއްވި އެވެ.

"އިސްލާމީ ބިނާއެއްގެ ތެރޭގައި ހިނގަން ނުޖެހޭ އެތައް ކަމެއް އެތާ ހިނގާނެ ކަން ނޭނގޭ. އެއީ ވަރަށް ނުބައި މަގްސަދެއްގެ ތެރޭގައި ނޫނީ ނުވާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރާ މައި ހަބް، ޖޮއިންޓް އިންޓަ އޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް) ވެސް މިދިޔަ މަހު ވަނީ ހުޅުވައިފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި، ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރާނެ މި ސެންޓަރު ވެސް ގާއިމު ކޮށްފައި ވަނީ ބަންޑާރަކޮށީގަ އެވެ.

25 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުޅު1111

12 January 2022

ބަލަ މަންސޫރޫ..ކަލޭ ތިހުރީ ރިޓަޔަރ ވެފައެއް ނޫންތަ؟؟؟؟ ކަލެއް އެނގޭނެތަ މިހާރު ކުރިންއުޅުތަން ބަދަލުކުރާނެތަނަކާ ބަދަލުކުރަން ރާވާފައޮތް ގޮތެއް؟ ނޭގޭ ވާހަކަ އެހެން މީހުން ދޮގުހަދަނީއޭކިޔައިގެން ދައުލަތުން ލާރިނަގަ ނަގައޭ ތިހުރެވެނީ. މުއިއްޒުއެވިދާޅުވަނީ ސަރުކާރުގެ ބައެއް އިދާރާތަކުން ލިބިވަޑައިގެންފައިވާކަމަށް. މަންސޫރު ފުރަތަމަ ކުރަންވީކަމަކީ މުއިއްޒުކުރެން އަހައިގެން އެއީ ކޮން އިދާރާއަކުން ލިބުނު މައުލޫމާތެއްތޯ ބަލާފަ އެ އިދާރާއަކުން ސާފުކުރުން

The name is already taken The name is available. Register?

ގަސްކުޑޭ

11 January 2022

ތީ މުއިއްޒެއްނު، ދޮގުހެދުމުގަ ހައްދެއް ނޯންނާނެ. ފިތުނައިގެ ލާމަސީލު. މުއިއްޒުގެ ކަންތަކާ އިބިލީސްވެސް ހުންނާނީ ވަރަށް ހިތަހަމަޖެހިފަ.

The name is already taken The name is available. Register?

ސަދަން

11 January 2022

މިފަދަ ނުރައްކާތެރި ވާހަކަ ހަމަ ހުރެލާފަ ދެއްކިގެން ނުވާނެ. މުއިއްޒު އަށް ފިޔަވަޅު އަޅަން ޖެހޭނެ. މިއީ އާދައިގެ ވާހަކައެއް ނޫން. ފިތުނަ ފަސާދަ އުފައްދަން ސަލަފުގެ ބަޔެއް މީހުންނާއި ގުޅިގެން މިހާރުވެސް ދަނީ ރޭވުންތައް ރާވަމުން

The name is already taken The name is available. Register?

އަސްލު.

11 January 2022

ދޮގުކީއްކުރަން ކޮންމެކަމެއް ވެސް ކޮށްފާނެ ވެރިކަން ވެއްޓޭތޯ......

The name is already taken The name is available. Register?

ހާސަރު

11 January 2022

ބުންޏޭ ބުންޏޭ ކިޔައިގެން ސާބިތު ހެކިނެތި މޭޔަރުން ފެންވަރު މީހަކު ވާހަކަދައްކައިގެންނުވާނެ. މިވެސް ޓެރަރިޒަމަށް ހިތްވަރުދިނުންފަދަ ކަމެއް. ހެޔޮނުވާނެ މުއިއްޒޫ ދޮގުހެދުން ހުއްޓާލަބަލަ.

The name is already taken The name is available. Register?

ސަސި

11 January 2022

އެ ބުނީ މަންސޫރަށް އަދި ހިލަމެއް ނުވެޔޭ އެކަމެއް.

The name is already taken The name is available. Register?

ހުސްނުހީނާ

11 January 2022

ހާދަ ދޮގުހަދާ، ފިތުނަ ފަސާދަ އުފައްދާ މީހެކޭދޯ މި މުއިއްޒު އަކީ! އަންތަރީސް ވެއްޖެ!

The name is already taken The name is available. Register?

ވަހީދު

11 January 2022

ލިޔެފައި ދިނީމަ ބަލައިގެން ކިޔާ ބޭފުޅެއް. އެހެޔޮ ކޮންމެ އެއްޗެއް ދިނަސް

The name is already taken The name is available. Register?

މުންސޫރު ދޮގު

11 January 2022

ޒަކަރިއްޔާ މަންސޫރު އަކީ ދޮގުހަދާ މީހެއް މީނާގެ ވާހަކަ ގަބޫލުކުރާނީ 3 މަސްނުވާ ކުޑަކުދިންނާއި ވެންޓިލޭޓަރުގައި ތިބޭތާ 2 އަހަރުވެފައިވާމީހުން!

The name is already taken The name is available. Register?

ޖެކް

11 January 2022

ޒަކަރިއްޔާ މަންސޫރަކީ އުތުރު ތިލަފަޅާ ގުޅޭގޮތުން ދޮގުމައުލޫމާތު ދިވެހި ރައްޔިތުންނަށް ދީފައިވާ ފަރާތެއް، އޭނާ އަކީ އެމް.ޑީ.ޕީގެ ސަރުކާރުގެ މޫނުމަތި ރީތިކުރަން ގެންގުޅުނު ޓޫލްއެއް! އަހަރެއް ކުރިން އޭނާއަށް ދިން އިހްތިރާމާ ގަދަރު އަބުރާގެންގޮސްފިން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454