19 ޖެނުއަރީ 2022 - 22:16
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އިދާރާ އުފައްދާފައި ވަނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާ ނުވަތަ ވުޒާރާތައް އުފެއްދުމުގެ މާއްދާގެ ދަށުން ރައީސް އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.
މި އިދާރާ އުފެއްދެވުމާ އެކު، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖަހާއިރު، މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އަށް ލިޔާ ސިޓީގައި ޖަހަން ޖެހޭނީ 487 ކަމަށް ވަނީ އަންގައިފަ އެވެ.
ހައިޑްރޯގްރެފީގެ މަސައްކަތްތަކަށް ހާއްސަ އިދާރާއެއް ސަރުކާރުން އުފެއްދިއިރު، އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަނީ ހައިޑްރޯގްރަފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރަފީގެ ސަވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ. ހައިޑްރޯގްރަފީއަކީ ކަނޑުތަކާއި ކޯރު ފަދަ ތަންތައް ދިރާސާކޮށް އެތަންތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ސައިންސްގެ ފަންނެކެވެ.
ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފީ ސަވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށްފައި ބެލެހެއްޓުމާއި ފޯރުކޮށްދިނުމާއި އަދި އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާދިނުން ވެސް އެ އިދާރާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.
- ރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަޕްޑޭޓްކޮށް އާންމުކުރުމާއި އަދި ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަޕްޑޭޓްކުރުން.
- ރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މައުލޫމާތު އާންމުކުރުން.
- ރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
- ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރުމާއި ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކުރުން.
ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
މީގެ އިތުރުން ހައިޑްރޯގްރަފީގެ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އަދި އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ވެސް އެ އިދާރާއިން ފޯރުކޮށްދޭން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންފައިދާއެއް
20 January 2022
އިންޑިއާއިން ބޭނުންވާ ގޮތަށް އެމީހުންނަށް ހުރިހާ ބާރަކާ ފައިދާއެއް ލިބޭ ގޮތަށް ސާރވޭ ހަދާ ނިންމާފަ ކަމާ ގުޅޭ އެއްބަސްވުމެއްގަ ސޮއިކޮށް ނިންމާފަ މިހާރު ވަކިން އިދާރާއެއް ހެދުމުގެ ބޭނުމެއް އެބައޮތްތަ؟
އިސްމާލި
20 January 2022
ތި އިދާރާއަކީ އިންޑިއާ އިން ކުރާ ސަރވޭތައްް ނަމުގައި ދިވެހިން ލައްވާ ކުރުވަން ކުރާ ކަމެއް. އެމް.އެން.ޑީ.އެފް ގެ ހެލިކޮޕްޓަރާއި ޑޯނިއަރ ވެސް އެއީ 'ދިވެހިރާއްޖޭގެ' އެއްޗެއްސަށް ވާ ފަދައިން.
ޝަފީރު
20 January 2022
ނުސީދާކޮށް ބުނާނަމަ މިބުނަނީ ދިވެހިރާއްޖެ އަކީ އިންޑިޔާގެ ސްޓޭޓެކޭ. އެސްޓޭޓުގެ ބިމާ ކަނޑާ ޖައްވާ މިތަންތަން ބަލަހައްޓުމުގެ ޒިންމާ ނަގާފަރާތަކީ ޢިންޑިޔާ ސަރުކާރުގެ ބެލުމުގެ ދަށުން ދިވެހި އެމްއެންޑީއެފަގެ ޒިންމާއެކޭ. ރައީސް ޞާލިހުގެ ކިބައިގާ ދިވެހި ޤައުމު ދިވެހިންގެ އަތުގައި ބޭއްވުމުގެ އެއްވެސް ވިސްނުމެއްނެތް. މިއީ އިހަށްދުވަހަކު ފޮރިންމިނިސްޓަރ ވިދާޅުވި ޤައުމުގެ ސަލާމަތަށްޓަކައި ބޭރުޤައުމެއް އެހީބޭނުމޭ ބުނިބަސް. ވަރަށް ދެރަ
ބޮޑުވަޒީރު
20 January 2022
މިއީ ސީދާ އިންޑިޔާ އަޑީގައި ހުރެގެން އިންޖިނިޔަރ ކޮށްފައިވާ ކަމެއް. ރާއްޖޭގެ މިކަންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް މީހުން ތަމްރީނު ލިބިފައި ނެތްއިރު އިންޑިޔާ އަތްގަދަ ކޮށްގެން މިކަން ކުރުމަކީ މުސްތަޤުބަލުގައި ރާއްޖެ އިންޑިޔާގެ ދަށަށް ދިޔުމަށް މަގުފަހިވާނެ ކަމެއް - ޕްލޭނިންގ މިނިސްޓްރީން ހައިދަރު އާބާދުގެ ހުންނަ އިންކޮއިސް މީހުން ލައްވާ ނެގި ސެޓްލަައިޓް ފޮޓޯ ތަކާ މާލޭގެ ޗާޓް ތަށް އަދި އަދަށްވެސް ވީގޮތްނޭގޭ
އައްބެ
20 January 2022
ތިއީ އިންޑިޔާ ސިފައިން ހަދާ ޗާޓު ވިއްކަންހެދި ޝޯރޫމެއް ދޯ.
ސޮމެޮނެ
20 January 2022
އިންޑިއާ އިން !!!
ތަމެންދޯ
19 January 2022
ތިޔާއީ އިންޑިއާ އަށް މަހަކު 10 މިލިއަން ޑޮލަރު ޑިފެންސްގެ ބަޖެޓުން ޗާރޓް ގަންނަ ނަމުގައި ކަޓް ކާންވެގެން ކުރާކަމެކޭ
ސަސި
19 January 2022
ޑިފެންސްގެ ދަށުން ހިންގާ އިދާރާތަށއ ގިނަވެ ވާނުވާ ނޭންގިފަ، މިނިސްޓަރ އަބަދު އުޅެނީ ރާއްޖެއިން ބޭރުގަ ނޫނީ ދަތުރެއްގަ
ހުޔާ12
20 January 2022
އެހެންތަ؟ އެތާތަ ކަލޭ އުޅެނީ؟