އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އެވޯޑު ރައީސް އޮފީހުގެ ޑެޕިއުޓީ އެޑްވައިޒަރު ހާމިދު ޝަފީގަށް ލިބިވަޑައިގެން އެވޯޑު ހަވާލުކުރައްވަނީ
30 ސެޕްޓެމްބަރ 2025 - 09:57
ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ރިޓަޔާޑް މޭޖަ ޖެނެރަލް ހާމިދު ޝަފީގު، އެމެރިކާގެ ނެޝަނަލް ޑިފެންސް ޔުނިވާސިޓީ (އެންޑީޔޫ) ގެ އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ހިމެނިވަޑައިގެންފި އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އަކީ އެންޑީޔޫގެ ކުރީގެ ދަރިވަރުންގެ ތެރެއިން، ގައުމެއްގެ އަސްކަރިއްޔާ ނުވަތަ ސަރުކާރުގައި އެންމެ މަތީ މަގާމު އަދާކޮށްފައިވާ ބައިނަލްއަގުވާމީ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހާމިދު ޝަފީގަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެންޑީޔޫގެ ރައީސް އެޑްމިރަލް ޕީޓާ އޭ ގާވިން އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް ދޭން ފެށީ 1999 ވަނަ އަހަރު އެވެ.
އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވީ ޑިސެމްބަރު 7، 2023ގަ އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އެވޯޑު ރައީސް އޮފީހުގެ ޑެޕިއުޓީ އެޑްވައިޒަރު ހާމިދު ޝަފީގު (ކ) ބައިވެރިވެ ވަޑައިގަންނަވަނީ.
ހާމިދު ޝަފީގަށް އެ އެވޯޑު ލިބިވަޑައިގަތީ ވޮޝިންޓަން ޑީސީގެ ލައިބްރަރީ އޮފް ކޮންގްރެސްގައި ބޭއްވި އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ރަސްމިއްޔާތުގަ އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އެވޯޑު ރައީސް އޮފީހުގެ ޑެޕިއުޓީ އެޑްވައިޒަރު ހާމިދު ޝަފީގު ބައިވެރިވަނީ--
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމްބަރުންނަށް ރަސްމީކޮށް ޝަރަފު އަރުވަނީ އެންޑީޔޫ ކެމްޕަސްގައި ބާއްވާ ރަސްމީ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި، މާޝަލް ހޯލްގެ ހޯލް އޮފް ފޭމް ސެކްޝަންގައި އެ ބޭފުޅުންގެ ފޮޓޯތައް ދައްކާލުމަށް ބަހައްޓާނެ އެވެ.
ހާމިދު ޝަފީގް ވަނީ 2017 އިން 2018 އަށް ނެޝަނަލް ޑިފެންސް ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރައްވައި މާސްޓާސް ހާސިލްކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނިޔާ
30 September 2025
އޭނާއަށް އަސްލު ޙައްޤު މަޤާމަކީ ބްިރިގޭޑިޔާ ޖެނެރަލްކަން، އެ މަޤާމް ނުދޭންވެގެން އޭނަލައްވާ މަޖުބޫރުން ރިޓަޔަރ ކުރުވީ. އެހަނަސް މާ ކަންތައް ގޯސްވީމަ އަލުން ރައީސް އޮފީހުން މަޤާމެއްދިނީ . މިއީ ލައްކަ ވާހަކަ. ވ. ވެދުން
އެނގޭމީހާ
30 September 2025
ކަލެއަށް މާ އެނގެނީ. އޭނާ ރިޓަޔަރ ކުރި އިރު ހުރީ ތިޔަ ބުނާ ބްރިގޭޑިއަރ ޖެނެރަލް އަކަށް ވުރެ މަތީ ރޭންކެއްގަ.
34މާބޮޑަށް އެނެގެނީ
30 September 2025
ފޯނެއް އަތުގަ ޖެހުނީމަ ކޮމެންޓް ކުރިއަކަސް ކަމަކު ނުދާނެ، ބްރިގޭޑިއަރ ޖެނެރަލްއަށް ވުރެ މަތީ މަޤާމެއްގައި ހުއްޓަ އޭނާ ރިޓަޔަރކުރީ
ރޯނުއެދުރޭ
30 September 2025
އޭ މިހިރަ ރޯނުއެދުރާ...އޭނަ ރިޓަޔަރ ކުރިއިރު ހުރީ ބްރިގޭޑިއާ ޖެނެރަލްގެ މަޤާމުގައޭ..ތިއީ އޭ ރާއްޖޭގައި މިހާރުގެ އެންމެ ބޮޑު ބަލިމަޑުކަމަކީ......ތަނެއް ދޮރެއް ނޭނގުނަސް ކޮންމެ މީހަކީވެސް ނޭނގޭ އެއްކަމެއްވެސް ނުވަތަ ނުދަންނަ އެއްކަމެއްވެސް ނެތް މީހެއް.
ކޮލަމާހުއްޓާ
30 September 2025
ރިޓެއަރ ކޮއްފަ ބޮޑުމުސާރައިގަ ސިޔާސީ މަގާމުގަ. މިކަން އެބަޖެހޭ ހުއްޓުވަން.
މިނިކާރާއްޖެ
30 September 2025
އަޅުގަނޑުމެންގެ ރައީސްވެސް ހަމަ ތިގޮތަށް ވިދާޅުވަނީ، ސަރުކާރުން ޕެންޝަން ދީފައި ތިބޭމީހުންނަށް މުސާރަ ލިބޭ އެހެން ވަޒީފާއެއް ހަމަޖައްސައިގެން ނުވާނެއޭ، ނަމަވެސް ވަޒީފާގެ ފަތްކޮޅު އަރުވަނީ ރައީސް އަތްޕުޅުން
އަހަނ ކަލޯގެޔާ
30 September 2025
މިސޮރައްވެސް އެބަދެމުސާރަ ލިބޭދޯ! ހުސްކުރާސޭލްގަ.