21 ޖެނުއަރީ 2022 - 06:39
އާ އަހަރަކަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަނިކޮށް، މިދިޔަ މަހުގެ ތެރޭގައި ކުންފުނިން 900 މުވައްޒަފުން ވަކިކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން މަގާމުން އެކަހެރިވެވަޑައިގަތް އެމެރިކާގެ ކުންފުނި ބެޓަ.ކޮމްގެ ސީއީއޯ ވިޝާލް ގަރްހް އަލުން މަގާމުގެ ޒިންމާތަކަށް ހަވާލުވަޑައިގަންނަވަން ތައްޔާރުވެއްޖެ އެވެ.
އަންގާރަ ދުވަހު މުވައްޒަފުންނަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ޑިޖިޓަލް މޯގޭޖް ކުންފުނީގެ ޒިންމާތަކަށް އެނބުރިވަޑައިގަންނަވާ ކަމަށެވެ. އަދި އަލުން މަސައްކަތަށް ނުކުންނަވާ އިރު، ކުންފުނީގެ ތެރޭގައި އިސްލާހުކުރަން ޖެހިފައި ހުރި އެތައް ކަމެއް އިސްލާހުކޮށް މުވައްޒަފުންގެ އޮނިގަނޑު ވެސް ހަރުދަނާކޮށް، މުވައްޒަފުންގެ ރަނގަޅަށް އެތައް ބަދަލުތަކެއް ވެސް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ވިޝާލްގެ ސިޓީގައި ވަނީ އޭނާގެ ފަރާތުން މުވައްޒަފުންނަށް ލިބުނު ދެރަ އާއި ކަންބޮޑުވުންތަކަށް ވެސް ތަކުރާރުކޮށް މައާފަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އެފަދަ ކަމެއް ދެން ދުވަހަކު ވެސް ތަކުރާރުނުވާނެ ކަމަށާއި ބެޓާ ވާނީ މުވައްޒަފުންނަށް އަބަދު ވެސް ހިތްހަމަޖެހުމާއި އުފާވެރިކަމާ އެކު މަސައްތްކުރެވޭނެ ތަނަކަށް ކަމަށް ވިދާޅުވި އެވެ.
ޒޫމް ކޯލެއް މެދުވެރިކޮށް ކުއްލި ގޮތަކަށް ބެޓަ.ކޮމްގެ 900 މުވައްޒަފެއްގެ ވަޒީފާ ގެއްލުނު ވާހަކަ ވިޝާލް ވިދާޅުވީ ޑިސެމްބަރު މަހުގެ 3 ގަ އެވެ. މިކަމާ ގުޅިގެން މުވައްޒަފުންގެ އިތުރުން ކުންފުނީގެ ބޯޑްގެ ޕްރެޝަރު ވެސް އޭނާ އަށް ވަރަށް ބޮޑަށް ކުރިމަތިވި އެވެ. އެގޮތުން ދުވަސްކޮޅެއް ވަންދެން ސީއީއޯގެ ޒިންމާތަކުން ދުރަށް ވަޑައިގަންނަވަން ނިންމެވީ ވެސް ބޯޑުން ވެސް އެކަމަށް ބާރު އެޅުމުންނެވެ. އަދި އޭގެ ފަހުން ބަދަލުގައި ބެޓާގެ ދުވަހުން ދުވަހުގެ މަސައްކަތް ބެލުމުގެ އިސްވެރިއެއްގެ ޒިންމާ އަދާކުރައްވަމުން ގެންދެވީ ކުންފުނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) ކެވިން ރަޔަން އެވެ.
ބެޓަ.ކޮމް އަކީ ވިޝާލް 2012 ގައި އުފެއްދި ކުންފުންޏެކެވެ.
ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރިކަން ހާމަކުރުމުގެ ކުރިން ވެސް ވިޝާލް، 43، އަކި އޭނާގެ ފަރާތުން ފެންމަތިވެފައިވާ ބައެއް ކަންކަމާ ހެދި ބޮޑެތި ފާޑުކިޔުންތައް އަމާޒުވި މީހެކެވެ. އެވެ. ކުންފުނީގެ އިސްވެސްޓަރުންނަށް އިޝާރާތްކޮށް "ނަޖިސްތަކެއް" ކަމަށާއި އަދި މުވައްޒަފުންނާ ދިމާއަށް "ފިނިހަކި ދުވެލި" ކަމަށް އޭނާ ވިދާޅުވި މައްސަލަތަކެއް ހޫނުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫޒިޖް
21 January 2022
އިންޑިއާ އައުޓް ވާންވީ މިހެންވެ.