ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ ބޯޓުން އުކާލި ހިލަތައް އެ ރަށު ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދު ކަޅުވެފައި --ފޮޓޯ: ކިޔުންތެރިއެއް
15 ޑިސެމްބަރ 2016 - 19:35
ފުވައްމުލަކު ފަރަށް މިދިޔަ އޯގަސްޓް މަހު އެރި ވިއެޓްނާމްގެ ބޯޓު ފުންކުރަން އެ ރަށު ފަރުމައްޗަށް އުކާލުމުން ގޮނޑުދޮށަށް ލެއްގި ހިލަތައް ނަގަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ ބޯޓުގެ ޕީ އެންޑް އައި ކްލަބްގެ އެޖެންޓް ރާއްޖޭގެ ސެންޗޫރިއަން އިން ބުނީ ހިލަތައް ނަގަން ހަވާލުކުރީ ފުވައްމުލަކަށް ނިސްބަތްވާ ފަހި ބިޒް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ގެންދާނީ އެ ރަށުގެ ތިމާވެއްޓަށް އިތުރު ގެއްލުމެއް ނުވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް ސެންޗޫރިއަން އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތް ކުރިޔަށްދާނީ އެފަދަ ކަންތައްތަކުގައި ލަފާދޭ ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އައި ޓޮޕް އާއި ދިވެހި ކޮންސަލްޓެންޓުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް ދާއިރު ރަށު ކައުންސިލް އާއި އީޕީއޭގެ ލަފާ ވެސް ހޯދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސެންޗޫރިއަން އިން ބުނި ގޮތުގައި އެ ކުންފުނިން ދަނީ ފަރުމަތީގައި ހުރި ހިލަތައް ނެގުމުގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ. އަދި އެ ރަށުގެ ފަރަށް ލިބުނު ގެއްލުންތައް ދިރާސާކުރުމަށް ފަހު ޖޫރިމަނާއަށް ވާ ފައިސާ ދެއްކުން އަންނަ ހަފުތާގައި ހަމަޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއު ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ "އެމްވީއެންޖީއޯސީ ސަން" ފަރަށް އެރުމުން ލިބުނު ގެއްލުމުގެ އަގު 633.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނަމަވެސް ބޯޓުގެ ވެރިފަރާތުން އެންގީ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށެވެ.
އެ ބޯޓު ފަރަށް އެރިތާ މަހެއްހާ ދުވަސް ފަހުން ފުންކުރަން، ބޯޓުގައި ހުރި 5،700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި އުކާލީ މޫދަށެވެ.
ފުންކޮށްގެން ބޯޓު ދަތުރުކުރަނިކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ.އަލްގެދަރ އާންތު ޝަރީރު
16 December 2016
ތިހިލަތައް ނުނެގިއްޔާ ކީއްތަ ވާނީ މިހާރު ވެސް އެރީނާތަލު ގަ މަަސަތްކަތް ކުރަނީ ވެސް ރަށުން ނަގާ ދޮންވިން ވިިއްޔާ އެހެންވީމަ ދޮންވެލީން މިހިންގާ ޖަރީމާ ވެސް ހުއްޓުވަން ވީ ގޮޑު ދަށުން ހިލަސެ ނެގުން ހުއްޓުވަން ވީ
ތޯރިގު
16 December 2016
ހިސާބު ދިމާވޭތޯ ބަލައްޗެ. ކިތައްޖަންބޯ ބޭގް ތޯނެގުނީ. އެއިރުން ބާކީހުރި އަދަދު އެގޭނީ.
ދިސްގާއީ
15 December 2016
ކިޔާނެ ރަނގަޅު އެއްޗެއް ނެތިއްޔާ މޮޔަނުގޮވާ ހުރެބަލަ. ޑޯންޓް މޭކް އަ ފޫލް އޮފް ޔުއަރސެލްފް
ބޮކިފަތި 3 އަހަރު
15 December 2016
ޒިންމާ ވަނީ ހިލަތައްތަ މިފަހަރު ހުއްދަދިން މީހުން ފިލީދޯ
ޓެލްމީ
15 December 2016
ކޮބާ. ދެން ވެެސް ތަމެން ހަނދާން ކުރަންވީ ފުޅަނގި އަރަން ފެށީމާ އެސޮރު މެން ހިފައިގެން އުފަލުން ދުވަމުން ނަށަމުން ލަވަކިޔަމުން ގޮސް އެސޮރު މެން މަރައިގެން ރިހަ ގަނޑު ގަނޑު ކައްކައިގެން ނުކަން. ދެން ފުޅަނގި އައުމުން ވާނެ އެސޮރު މެންނަށް ހިމާޔަތް ދޭން އިނގޭ. ޓެލްމީ ވަޓް ވިލް އައި ޑޫ. މިހާރު މިދެނީ ތަމެންނަށް ހިލޭ ހިލަ އިނގޭ.
އަކްމެޑް
15 December 2016
ތަށަ ހޯއު.
ވޯޓާރ
15 December 2016
ހިލަ ހުރީމަ މާ ރީއްޗެއް ނޫންތަ. މަށައް ފެންނަނީ ތި ހިލަތައް ނުނަގަން
GAN Island
15 December 2016
ރަނގަޅެއްނު. ފުވައްމުލަކުގެ ޤުދުތަރީ ފަރުގެ ދިރުމަށް އެތައް ގެއްލުން ތަކެއް ދީ އެތައް މިލިޔަން ކިލޯއެއްގެ ބަރުދަން ހުރި ހިލަތަކެއް ފަރަށް އުކާލާ ފަރު ހަލާކު ކުރުމަށްފަހު އޭގެ ގެއްލުމުގެ ބަދަލުގައި 633.7 މިލިއަން ރުފިޔާ ދައުލަތަށް ދަންކާން ޖެހުމުން ''ތިމަންނަމެން ދައްކާނީ 27 މިލިޔަން'' ކަމަށް ބުނެ މިހާރު މަތިންބައިން ޖެހިގަނެގެން ތިކަމުގެ ތެރެއަށް ބޯކޮށްޕައިގަތީ ދައުލަތުގެ ކޮން ފަރާތަކުން ހުއްދަ ލިބިގެންތޯ ؟؟ . . ރަށެއްގެ ގޮނޑުދޮށުގައި ހުންނަ އެއްވެސް އެއްޗެއް ތިހެން އަމިއްލަ އަމިއްލައަކަށް ނުނެގޭނެ. ކުރަން ތިޔަ އުޅެނީ އަނެއްކާ ވެސް ޤާނޫނާއި ޤަވާއިދާ ހިލާފު ކަމެއް. ފުވައްމުލަކު ކައުންސިލުން ތިކަން ހުއްޓުވަން ފުލުހުންނަށް އަންގަން ވާނެ. . . . ދާދިފަހުން ދައުލަތުގެ ބަންޑާރަ ނައިބުް ކަލޭޣެ ފާނު ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވި ''އެމްއެމްޕީއާރސީ އިން ގެއްލުނު (ވަގަށްނެގި) ފައިސާ މިހާރު ވަނީ ލިބުމުގެ މަގުމަތީގައި'' ކަމަށް. މިއީވެސް އެކަހަލަ ކަމެއް.