ޅ. ނައިފަރު: އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމަނަން އެދިފައި ވަނީ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ވޭވަށް ކިޔާ ފަޅު ރަށެއް.
22 ޖެނުއަރީ 2022 - 08:43
ޕިކްނިކް ދިއުމަށާއި އިގްތިސާދީ މަސައްކަތްތަކެއް ކުރުމަށް، ޅ. ނައިފަރުގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ހިމަނައިދޭން ސަރުކާރުގައި އެދެން ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ނައިފަރު ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު ފާސްކުރި ގަރާރުގައި ވަނީ، އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ވޭވަށް ކިޔާ ފަޅުރަށެއް އިހުތިސާސްގެ ތެރޭގައި ހިމަނަން ސަރުކާރުގައި އެދުމަށް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް ގޮވައިލުމަށެވެ.
މި ގަރާރުގައި ބުނީ، ނައިފަރަކީ އާބާދީ ބޮޑު، ބިމުގެ ދަތިކަން ވެސް އޮތް ރަށަކަށް ވުމުން، އިގްތިސާދީ މަސައްކަތްތައް ކުރަން ދަތިވާ ކަމަށާއި ރައްޔިތުން ހިތްފަސޭހަކޮށްލަން ދާނެ ބީޗެއް ނެތުމުން، ވޭވަށަކީ އެ ރަށުގެ ބަޔަކަށް ހަދައިދޭން ޖެހޭ ކަމަށެވެ. އެ ރަށް ދީފި ނަމަ، ކައުންސިލަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަން ހައްލުކުރުމަށް އާމްދަނީ ވެސް އިތުރުކުރެވޭނެ ކަމަށް ގަރާރުގައި ވެ އެވެ.
- ނައިފަރާއި އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ޕިކްނިކް ދެވޭނެ ރަށަކަށް ހެދޭނެ.
- ވޭވަށަކީ ބަލަހައްޓާ ރަށަކަށް ނުވެފައި، އެ ރަށް ނެތިގެން ދާތީ، ކައުންސިލާ ހަވާލުކޮށްފި ނަމަ އެ ރަށް ހިމާޔަތް ކުރަން މަސައްކަތް ކުރާނެ.
- އެ ރަށުގައި އިގްތިސާދީ މަސައްކަތްތައް ކުރަން ބިން ދޫކޮށް، ކައުންސިލްގެ އާމްދަނީ އިތުރު ކުރެވޭނެ.
ނައިފަރު ކައުންސިލުން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު ހއ. ފިއްލަދޫގެ މީހުން އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ދައްޕަރު ހިމަނައިދޭން ސަރުކާރުގައި އެދި އެކަން ކާމިޔާބުކުރި އެވެ.
ދައްޕަރުގައި ރިސޯޓެއް ހަދަން ސަރުކާރުން އެ ރަށް ބަޔަކަށް ދޭން އުޅެނިކޮށް، ފިއްލަދޫގެ ކައުންސިލާއި ރަށުގެ މީހުން އެކަމާ ދެކޮޅު ހަދައި އެދުނީ އެ ރަށް އިގްތިސާދީ ބޭނުމަށް ފިއްލަދު އަށް ދިނުމަށެވެ. އެކަން ނުކޮށްދީގެން ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނުހީނާ
23 January 2022
އަހަރެންގެ ގޯތީގެ ޖެހިގެން އިރަށް އޮންނަނީ އިމާރަތެއްވެސް ނެތް ފަޅު ހުސްބިމެއް. ވަރަށްބޮޑަށް އެދެން އަހަރެންގެ ގޯތީގެ އިހުތިސާސްގެ ތެރެއަށް އެފަޅުބިން ވައްދަން.
ސަންފަގެއަލީ
22 January 2022
ނައިފަރަށް ތިޔަފަޅުރަށް ދޭންނުޖެހޭނެ އެއްވެސް ސަބަބެއްނެތް. އޮތީމުޅިންވެސް ދޭންޖެހޭ ސަބަބު. ބަޔަކު ބުނެފާނެ ރިސޯޓު ހަދާށޭ. ރިސޯޓުތައް ގިނަ އަތޮޅުތައް އެބަހުރި ރަށެއްގެ ބަޔަކާވާކަމެއްވެސް ނެތް. ލިބޭޓެކްސް ފައިސާއިން މާލެކައިރީ ކޮންމެވެސް ތަނަކަށް ކޮންކްރީޓް ގަށާފަ އަޅާލެނެ. އެހެންވީމަ ނައިފަރުމީހުންވެސް އަދި އެހެން ރަށްރަށުގެ މީހުންވެސް ބަލަވީ ފަޅުރަށްރަށް ބޭނުން ކޮށްގެން އަމިއް ފުއްދުންތެރިކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދަން.
ކިމް
22 January 2022
ބަލަ ކުދިންނޭ…ދެ ރަށެއް ހޯދަން ރިކުއެސްޓްކޮށްލާ….އިޤްތިޞާދީ ކަންކަން އަދި ޕިކްނިކް ދިޔުމަށް އެއް ރަށެއް ހަމަޖެއްސުން ބުއްދިވެރިއެއްނޫން
ޙިނި
22 January 2022
ފޮޓޮ އިން ފެންނަ ހަޑި ގުދަންތަކުން ރަށުގެ މަލަމަތި ހަޑިވެ ގުދުރަތީ ރީތިކަން ގެއްލޭ. ކުރީގެ ހައުސިން މިނިސްޓަރު އާތިފާމެން މާލެ-ވިލިންގިލި ފެށީ ވަރައް ފުރިހަމަ ކޮންސެޕްޓަކައިގެން ނަމަވެސް މިހާރު އެ ޕުލޭން ޑަސްބިންއައް ލައިފި. ދިވެހިންނައް ރައްތަކުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތައް ތައްތައް ތަރަގީ ކޮއް ލޭންޑް ޔޫސް ޕުލޭން ހަދަން ނޭންގެނީތަ.
ފހވދފުބވގޖވ
22 January 2022
ތަނެއް އޮތިއްޔާ ތިމީހާމެން ބޭނުނަވާނެ ކައްވަޅަށް ގެންދެވޭނެކަމަށް ތޯޗެއް... ފުރަތަމަ ނައިފަރު އޮތް ސިފަ ބަލާބަލަ އެރަށް ހިމާޔަތްކުރަން ތިކިޔަނީ މިހާރުވެސް ނައިފަރަށް ވުރެން ތާހިރުކޮން އޮންނަ ރަށެށްއެ އެއްޗެކޭކިޔައިގެ އެތަން މުޑުދާރުކުރަން އެއުޅެނީ
ސިޔާމޫ
22 January 2022
ޕިންކީން ކާރީބުނޭ އެމީހުން ނުއަގުގައި ވިއްކައިގެން މަންފާހޯދި ތަނުން ރަށެއް ދަމާގެނެސް ކާރިކޮށްލާށޭ. އަދިވެސް މިއުޅެނީ ރަށަކަށް އިހްތިސާސް ނުފޯރުވިގެން
އިޙްތިސާސް
22 January 2022
ބަލަ މޮޔަފުޅުވީތޯ؟؟ ބޮޑު ސިންގާ ޤާނޫނެއް ފާސްކޮށްފަ އިހްތިސާސްގައި ރަށެއް ހިމެނޭނީ އެރަށެއގެ ގޮނޑު ދޮށުން ފެށިގެން 700 މީޓަރުގެ ސަރަހަށްދުގައި ހުންނަ ރަށްތައްކަމަށް ކަޅާ ހުދުން ތާނަ އަކުރުން ލިޔެފައި އޮއްވާ 1.5 ކިލޯ މީޓަރ ދުރުގަ އޮތް ރަށެއް އިޙްތިސާސަށް ވައްދަން އެދި ޤަރާރު ފާސްކުރާނީ ހާދަހާ ގަމާރުވީމައޭ ނޫނީ ރައްޔިތުންނަށް އޮޅުވާލާ ސަރުކާރާޖައްސުވައި ނަފުރަތު އުފައްދަން. ތިޔައީ އުފެދުމުގަވެސް ބާތިލު ޤަރާރެއް ސަރުކާރަކަށް ޤާނޫނާ ޚިލާފެއް ނުވެވޭނެ
އެންމެ
22 January 2022
މާލެއާ ވިލިނގިލައްޔާ ދޭތެރޭ ހިންނަނީ ކިހާ ދުރުމިނެއްތޯ ހުޅުމާލެއާ މާލެއާ ހުންނަނީ ކިހާދުރުމިނެއްތޯ އެނގޭމީހާ ބުނެލަދީބަލަ
ޖަމަލު
22 January 2022
މިކަން ކަން މާލެ ރައްޔިތުންނަށް ކޮށްދޭން އުޅެފިއްޔާ ގެ ވައްޓާވަރަށް ބަވާނެ.
ނައިކީ
22 January 2022
މާލެއަށް ދީފަ އޮތް ރަށްރަށާ ފަޅު މަދީތޯ؟؟ މި ކާފު އަތޮޅުގަ ހުރިއްޔާ ހުރި ފަޅުރަށަކާ ފަޅެއްގެ ފަހަތަށް މާލެ އިތުރުކޮށްފަ މާލެއަށް ދެމުން އެ ދަނީ.. ދުވަސްކޮޅަކުން ހއ ތުރާކުނަށްވެސް ތުރާމާލެ ކިޔާފަ މާލެއަށް ދޭނެ މިވަރުން ދަންޏާ..
އަސްދޫނި.
22 January 2022
ކ.އަތޮޅު މާލެގެ މީހުންނަށް ބަވަނީ ސަބަބެއްނެތިގެން ކަމަށް ހަދާން ނޫޅޭ. ޅ.ނަިފަރު ފަދަ ރަށްރަށުގެ މީހުން އެހާލުގައި މާލޭ ސަރުކާރަށް އާދޭސް ދަންނަވާންޖެހެނީ ތިޔަ މުޤައްދަސް ރަށްކޮޅުގެ މީހުން ރާއްޖޭގެ އެހެން ރަށްރަށުގެ މައްޗަށް ވެރިވެފައިތިބިވަރުން. ދައުލަތުގެ މުޅި ޙަޒާނާ ހޭދަކުރަނީ މާލޭ މީހުންގެ މަސްލަހަތަށްޓަކައި. މި ޙަޤީގަތް އޮޅުވާ ނުލެވޭނެ.
ސައިންޓިސްތު
22 January 2022
ހުރިހާ މޮޅެއް އޮތީ އަބަދުވެސް މާލޭ ރައްޔިތުންނަން..
ގުދުގުދާބެއްޔާ
22 January 2022
އާނ! މާލޭގެ އިހްތިސާސްތެރޭގައި ހިމެނޭ ހުޅުމާލެ ވެސް މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ބާރެއް ނުފޯރާގޮތައް އެޗްޑީސީއޭކިޔާ ބިންކާ ކޯޕޮރޭޝަންއަށް ހިބައިން ދީގެން އެއުޅެނީ! ވަކިބަޔަކު ނާޖާއިޒް ފައިދާނަގަން! އެކަމަކު ލާމަރުކަޒީ ގާނޫނު އުފަން ކުރި ބައްޕަޔޯ އެމްޑީޕީއަކީ! އެކަން އަހަރުމެން މާލޭ ރައްޔިތުން 2023 ގައި އޮންނަ އިންތިހާބުން އެމްޑީޕީއަށް ދައްކާލަދޭނަން! މިއީ ގުނބޯލެއްނޫން! #ނޯވޯޓް ނޯގޯތި
ޒައިކް
22 January 2022
ގުދުގުދާބެއްޔާ ލާމަރުކަޒުކުރަނީ ރައްޔިތުންނާ ގާތަށް ސަރުކާރާއި ހިދުމަތްތައް ގެންދަން، ޤާނޫނުގެ މަޤްސަދަށް ބެލީމަވެސް އެކަން ސާފު. ވެރި ރަށުގަ ސަރުކާރު ޤާއިމްވެ އޮންނަނީ ހުރިހާ ޚިދުމަތެއް އޮތީ ދެން ކީއްކުރާ ކައުންސިލެއް؟؟ އޮންނާކަށް ނުވެސް ޖެހޭ އިތުރު ލޭޔަރެއް މިތާކު.. އިންޑިޔާގެ ދިއްލީއަކުވެސް ނޯންނާނެ ސިޓީ ކައުންސިލެއް.. އިޓަލީގެ ރޯމް ފްރާންސްގެ ޕެރިހަށް ބައްލަވާ..
އަލީ އަސްފާގު
22 January 2022
މާލެއަށް ކަމެއްވަންޏާ އަތޮޅުތަކުގަ އުލޭ މީހުން ހާދަ ކެކެންފަށައޭ ދޯ. ބަލަ މާލޭ އޭރިޔާގަ އަތޮޅުތަކުގެ މީހުނަށް ލިބިފަހުރި އެއްޗެހި މަދީތޯ. ރަށުގަ ބޯހިޔާވަހިކަން ނެތޭ ކިޔައިގެން ފުލުޓުވެސް ހޯދައިފި. އޯކޭ'. މާލޭ މީހަކަށް ނެތޭ ގޮދަޑިއެއް އަވީލާނެ ތަންކޮޅެއްވެސް.. އަދި ޕިކުނިކުދާނެ ފަޅުރަށެއްވެސް. ޔާމީނުވަނީ އެކަންވެސް ފޭރިގަނެފައި. ވީމާ އަތޮޅުތަކުގެ ބޭފުޅުން ތިޔަހެން ވިދާޅުވީމަ ތީތި ކަޑަ.