ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހިންގާތީ އެމްއާރުއެމްގެ ކަންބޮޑުވުން އެބައޮތް. -- މިހާރު ފައިލް ފޮޓޯ
22 ޖެނުއަރީ 2022 - 17:40
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގާތްވެފައި ވަނިކޮށް އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ހިންގުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވޭ ކަންކަން ހިނގަމުންދާތީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގެ ކެމްޕެއިން އެކި ޕާޓީތަކުން ކުރަމުން އަންނައިރު އިންތިހާބުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރުއަރާ ގިނަ ކަންކަން ހިނގަމުންދާކަން މީޑިއާގައި ފެންމަތިވެފައިވާ ކަމަށެވެ.
އިންތިހާބާ ދިމާކޮށް ދާއިރާތަކުގައި، އެކި މަޝްރޫއުތަކާއި ކެމްޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އާއި ހައްޖާއި އުމުރާ ދަތުރުތަކުގެ އިތުރުން މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ"ތައް އާންމުންނަށް ދިނުމަކީ އިންތިހާބުގެ މާނަ އޮޅޭ ފަދަ މިންވަރަކަށް މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަމަށް އެ ބަޔާނުގައިވެ އެވެ.
އިންތިހާބަށް ނުފޫޒު ނުފޯރުވަން އެދި އެމްއާރުއެމުން ބަޔާން ނެރުނުއިރު، ސަރުކާރުން ކޮމަންޑޫ ދާއިރާގެ ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ކުއްލި ގޮތަކަށް ބޮޑެތި މަޝްރޫއުތައް ހިންގާ ކަމުގެ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އެކަމަކު ސަރުކާރުން މި ތުހުމަތު ދޮގުކުރަމުން ބުނެފައި ވަނީ އިންތިހާބެއް ބާއްވަން ޖެހުމުގެ ކުރިއަށް ވެސް ގިނަ މަޝްރޫއުތައް ޕްލޭންކޮށް އައީ ހިންގަމުން ކަމަށެވެ. އިންތިހާބު ބާއްވަން ޖެހުނުއިރު ވެސް 25 މަޝްރޫއު ތިން ރަށުގައި ހިނގި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެމްއާރުއެމުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުުޅުން ނެތް ވައުދުވުމަކީ ވެސް ކެންޑިޑޭޓުން ކެމްޕެއިން ތެރޭގައި ކުރާ ކަމެއް ކަމަށާއި އެ ކަންކަމަކީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކި މައްސަލަތަކުގެ އަސްލު ކަމަށެވެ.
"މިފަދަ އަމަލުތަކުގެ ނިވަލުގައި ކުރާ ކެމްޕެއިންގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެންގޮސްފައި ވަނީ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި، ނާގާލި ފަރާތްތައް މަގާމަށް އިންތިހާބު ވުމެވެ،" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.
އެމްއާރުއެމުން ބުނީ އިސްލާހުގެ މަގުގައި މިއަދު އައިސް ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތުކޮށްގެން އައިސް ތިބި ހިސާބެއް ކަމަށެވެ. އެހެންވެ އެ ޕާޓީން ގޮވާލީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބުގެ ކެމްޕެއިން ކުރުމަށެވެ.
ހަރަދުކުރުމުގައި ވެސް އަމަލުކުރަން ޖެހޭނީ އެ ކެންޑިޑޭޓެއްގެ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދުން އިތުރުނުވާ އަދަދަކަށް ކަމަށް ބުންޏެވެ. އެއަށް ވުރެ އިތުރަށް ހަރަދުކުރުމަކީ ގާނޫނާ ހިލާފު ކަމަކަށްވާއިރު ބޮޑެތި އަދަދުތަކުން ހަރަދު ނުކުރުމަށް ވެސް އެމްއާރުއެމުން ގޮވާލަ އެެވެ.
ކުރިއަށް އޮތް އިންތިހާބަކީ ރައްޔިތުންނާ ހަވާލުކުރެވޭ އަމާނާތެއް ކަމަށާއި އެއީ އެދެވޭ އިސްލާހެއް ގެނައުމަށް ވެސް ލިބޭ ފުރުސަތަކަށްވާތީ ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯނުލަނބާ ގާނޫން ކަށަވަރުކޮށްފައިވާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް އާންމުންނަށް އެ ޕާޓީން ގޮވާލި އެވެ.
އެމްއާރުއެމް އިން ވަނީ ކެމްޕެއިން ދުވަސްވަރު ގާނޫނާ ހިލާފު ކަންކަން ނުހިނގާކަން ކަށަވަރުކޮށް، ކުރިއަށް އޮތް އިންތިހާބަކީ އިންސާފުވެރި ސައްހަ އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅޭ އެހެން އިދާރާތަކަށް ވެސް ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
23 January 2022
މިތާ ކޮމެންޓް ކުރާ ގިނަމީހުން މައުމޫނަށް ޒާތީވެފަ. މައުމޫނުގެ ވެރިކަމުގައި ކޮންމެ އިންތިހާބަކާ ދިމާކޮށް ކަޑަޖަހާ މަސްރޫޢުތައް އިޢުލާން ކުރި. އޭރު އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ އެމްޑީޕީގެ ލީޑަރޝިޕުން. މައުމޫނު ވަށައިގެން ބޮޑީގާޑުން ތިބޭތި އަންނި ހަޖޫޖެހި. ތިންބާރު ވަކިކުރަން ގޮވީ އެމްޑީޕީން. މިއަދު އަންނި ގާތު ބޮޑީގާޑުން ނެތީތޯ. 3 ބާރު އެއްވަރަކަށް ނުހަދާތޯ؟ ކެމްޕޭނާ ދިމާކޮށް ބޮޑެތި ބިޔަ މަޝްރޫއުތައް ނުފަށާތޯ؟ ބުނެވޭނީ މުނާފިގުކަމޭ.
އެޑްމުންޑޯ
23 January 2022
އެމްޑީޕީ ކޯލިޝަންގައި ތިބުމަކީ ކޮންމެހެން އެމްޑިޕީގެ ހުރިހާ ކަމަކަށް ސަޕޯޓް ކުރަންޖެހޭ ކަމެއްނޫން ، އަދި ކޯލިޝަންގައި ތިބި ޕާރޓީ ތަކުން އެމްޑީޕީ އަށް މިންބަރުން އިތުރުކުރުމާއި އެމްޑިޕީ ކުރިއެރުވުމަށް މަސައްކަތްކުރުމާއި ޕާރލަމެންޓަށް މިންބަރުން ހޯދާ ދޭކަށް ނުޖެހޭނެ ، އެއީ އަޅުވެތިވުން ،،،،
ވަހީދު
23 January 2022
ޔާމީނުގެ ވެރިކަން ބަދަލު ކުރުމަށް މައުމޫނު އެމްޑީޕީއަށް ތާއީދު ކުރިޔަސް، ހެޔޮހިތުން އޭނަ އެމްޑީޕީއަށް ތާއީދު ނުލުރާނެ. އެމްޑީޕީން ވެސް އޭނަ ބަލައެއް ނުގަންނާނެ.
ށަވިޔަނި
23 January 2022
ކެމްޕެއިނާ ނުފޫޛު ފޯރުވުމާ މިދެބަސް އިންތިޚާބުތަކުގައި އެކިމީހުން ބޭނުންކުރާގޮތް ތަފާތު. އެއްބުޔަކު ކެމްޕޭނޭ ބުނެ ކުރާކަންތަކަށް އަނެއްބަޔަކު މިކިޔަނީ ނުފޫޒެވެ. ކެމްޕޭނު ރަނގަޅު. ނުފޫޒު ގޯސް. އިންވަކިކުރާ ރޮނގެއް ދަމާލަން އެބަޖެހޭ.
ގުއިފޯލި
23 January 2022
ގަދަ ތިރީސް އަހަރު ވޯޓު ފޮށީގަ ބަގުޑި ބައްދައގެން އުޅުނު މީހެއް ތިވާހަކަ ދެއްކީމަ ހިނިގެޅެނީ
ކަނބުލޮދައްތަ
23 January 2022
މިއަދު ތިޔަވާހަކަ ދެއްކީމަ އައންނަނީ ހަމަ ހިނި މިގައުމުގަ އޮއް 98 ކާގޯބޯޓް ތައް ވީހިސާބެއްނޭންގެ އެތަކެތި އަމާނާތްތެރިކަމާއެކު ބަލަހައްޓައިނުދެވުނު އައްޑަނަބަހައިގެން ދޭތެރެދުރުކޮއް 3 ޖީލްނައްތާލީ ޒުވާނުން ބޯހިޔާވަހިކަމުން މަހުރޫމް ކުރުވީވެސް ދަރިންހޯދައިގެން އާބާދީ އިތުރުވެދާނެތީ ބިންތައް ހިފަހައްޓައިގެން 30 އަހަރުވަންދެން ފުލެޓް އަޅައިގެން ކުއްޔައް އުޅެންޖެއްސީ ޑުރަގް ސުކޫލްތަކުގަ އިސްތިހާރުކޮއް މުޅި ޒުވާންޖީލް ހަލާކްކޮއް ގައުމުގެ ފޭރާން ހަލާކ
ވަހީދު
23 January 2022
98 ބޯޓަކީ ބޮޑު ބައްތެލި. ކޮންޓައިނަރ ޖެހޭ ކަހަލަ ބޯޓުތައް ގެންގުޅޭ ޒަމާނެއްގައި ނނާސިރު ގަތީ ބައްތެލި
ކުއްދުވާސް
23 January 2022
ހަހަހަ.. މަނިކުފާނު ތިޔާހެން ވިދާޅު ވީމަ .. ހަމަ ހިނި އަންނަނީ
ބޭރުވެލާ
23 January 2022
ތިއީ ވެރިކަމުގައި ހުންނަ އިރު ކުރަން އުދަނގޫ އަދި ވެރިކަން ގެއްލުނީމަ ކިޔާދޭން ފަސޭހަ ކަންތައްތައް..މިކަން އެންމެ ރަގަޅަށް އެގިލައްވާނީ ވެސް މަނިކުފާނަށް...އިންތިހާބު ދުވަސްވަރު ކަޑަޖެހުމާ ބިންގާ އެޅުން މިއީ މަނިކުފާނު ގެންގުޅުއްވި ފަލްސަފާ ނޫންތޯ؟&
ހސގަގ
22 January 2022
ލޮލް. މައުމޫން ތިހެން ބުނީމާ މަށަށް ހަމަ ހެވެނީ.
ރުކުރާ
22 January 2022
މރމ ގެ ކެންޑިޑޭޓެއް އެބައުޅޭތަ މި ބައިއިލެކްޝަންގައި؟