ށ. ފޯކައިދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ
23 ޖެނުއަރީ 2022 - 10:57
ގައުމެއްގެ މިނިވަންކަން ގެއްލޭނީ ބޮޑެތި ބާރުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅުގެ "އިންޑިޔާ އައުޓް" ކެމްޕެއިނަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ފޯކައިދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ބާރަކަށް ވަމުން އަންނަ އިންޑިޔާއާ ދިވެހިން މޫނު ކެނޑޭނެ ގޮތް ހަދަމުން ގެންދަވާ ކަމަށެވެ.
އެފަދަ ކަންކަން ކުރުމުގެ ނަތީޖާ އެހެން ގައުމުތަކުން ވެސް ކުރިން ފެނިފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ގައުމެއްގެ މިނިވަންކަން ގެއްލެނީ އެހާ ހިސާބުން ކަމަށެވެ.
"ދެ ބަސްވާ ގޮތް އުފެއްދުން. އޭގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާ ގައުމުތަކުގެ ހަޔާތުން ފެނިފައި އެބައޮތް. ގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި މި ދަނީ ބޮޑެތި ބާރުތަކާ ނަފްރަތު އުފެއްދުމުން،" ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ އިން ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ރަނގަޅު ކޮށްފައިވާއިރު، އެ ގައުމާއި ރާއްޖެއާ ގުޅުވައިގެން ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު ރޭ ވިދާޅުވި އެވެ.
[އިންޑިޔާ] އިން ވާން ޖެހޭނީ. އައުޓެއް ނުވެވޭނެ. ބޭރުވެގެންނެއް، ރޭރު ވެގެންނެއް ވާނެ އިތުރު ކަމެއް އަޅުގަނޑަކަށް ވެސް ތިބޭފުޅުންނަކަށް ވެސް ނެތް،"--- ނަޝީދު
ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ބާރު އަޅައި ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ފުޅާކޮށްފައިވާއިރު، އެކި ރަށްރަށުގައި އޭގެ ހަރަކާތްތައް މިހާރު ހިންގަ އެވެ. ނަމަވެސް އެއީ އެކުވެރި ގައުމުތަކާއެކު ރާއްޖެ އިން ގެންގުޅޭ ގުޅުމަށް ހުރަސް އަޅައި އެ ގައުމުތަކުން ރާއްޖޭގެ ތަރައްގީ އަށް ދޭ އެހީތައް ހުއްޓުވަން އިދިކޮޅު ޕީޕީއެމުން ކުރާ ކަމެއް ކަމަށް ސަރުކާރާއި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
ނަޝީދު ރޭ ވިދާޅުވީ، ނޭފަތު ކުރިއާ ހިސާބުގައި ވިސްނުން ބަހައްޓައިގެން ތަރައްގީއެއް ނުލިބޭނެ ކަމަށާއި ދިވެހިންގެ ވިސްނުން ބަހައްޓަން ޖެހޭނީ ލާމެހިފައިވާ ދުނިޔެއާ ގުޅިގެން ކަމަށެވެ. "އިންޑިޔާ އައުޓް" ފަދަ ކެމްޕެއިންތަކުގެ ތެރެއިން ދިވެހިން ވެއްޓޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ދިވެހިން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"[އިންޑިޔާ] އިން ވާން ޖެހޭނީ. އައުޓެއް ނުވެވޭނެ. ބޭރުވެގެންނެއް، ރޭރު ވެގެންނެއް ވާނެ އިތުރު ކަމެއް އަޅުގަނޑަކަށް ވެސް ތިބޭފުޅުންނަކަށް ވެސް ނެތް،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕާޓީތަކުން ފޯރިއާއެކު ކުރިޔަށް ގެންދާއިރު ޕީޕީއެމް/ޕީއެންސީން އެ ދާއިރާގައި އަދި އެހެން ރަށްރަށުގައި ވެސް "އިންޑިޔާ އައުޓް" ކެމްޕެއިން ބާއްވަ އެވެ. ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕުން އެކި ރަށްރަށަށް ގޮސް ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ވަކާލާތުކޮށް، އެ ގައުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ އައުޓް
23 January 2022
ޔާމީނާއި ނަޝީދު ތިޔަ ކުޅިވަރު ހުއްޓާލަން ވެއްޖެ އެއްނު. އެކަކު އިންޑިއާ އާ ޖައްސަނީ އަނެކަކު ޗައިނާ އާއި ޖައްސަނީ. ރައްޔިތުންނަށް ހުރިހާ ދެރައެއް. ކަލޭމެން ދެމީހުންގެ އަމިއްލަ އެދުމަށް ކިޔާހާ އެއްޗެހި ތީ..
1828
24 January 2022
ޔާމީންގެ ވެރިކަމުގައި ނަޝީދު ޗައިނާއޭ ކިޔައިގެން ދެއްކި ވާހަކަތަކުގެ އަސްލެއްނެތްކަން މިސަރުކާރު އައިފަހުން ދިވެހިންނަށް ޔަޤީންވެއްޖެ. އެކަމަކު އޭރުވެސް އަދި މިހާރުވެސް އިންޑިއާ ސިފައިން މިފަސްގަނޑުގައި ޤާއިމްވެގެން އެބަތިބި. އިންޑިއާ އައުޓް ކެމްޕެއިންއަކީ ދިވެހިންނާއި އިންޑިއާއި ޖެހެން ޖެހޭ ސަބަބެއް ނޫން.
1828
23 January 2022
ޔަޤީންވާކަމަކީ ޔާމީން މިޤައުމަށް ދެރަގޮތެއް ވާން ނޭދޭނެކަން. އިސްލާމްދީންނަށް ހުރުމަތްތެރިކޮށް ހިތާނެކަން. އެކަމަކު ނަޝީދުގެ ހުރިހާކަމެއް ހުރީ ދިމާ އިދިކޮޅަށް. ރާއްޖޭގެ ގިނަ ރައްޔިތުން މިޤައުމުގައި އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމްވެގެން ތިބެން ނުރުހޭނެ. އެކަމުގައި އިންޑިއާ ސިފައިން އިސްތިސްނާނުވޭ އިރާދަ ކުރެއްވިއްޔަ 2023 އެއީ އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ އަހަރެއް. ނަޝީދުއަށް ރަނގަޅު ވިލާވަޅެއް ދޭނެ އަހަރެއް.
ދިވެހިންގެ ކުރިމަގު
23 January 2022
ރޔަމިނަ ވޯޓް ދެވެންޏާ އެމްޑިޕީގެ ގިނަމީހުން ވޯޓް ދޭނެ ޤައުމު ދެކެލޯބިވާ މީހުނައް އެމްޑީޕީ މިހުން ސަޕޯޓްކުރާނެ. އެމްޑިޕީ އައުލީޑާ ޝިޕެ ބޭނުން
ފަލަސްތީން
23 January 2022
ރައިސް ޔާމިނަކީ ބަރާބަރުމީހެއް.
ޝަފީރު
23 January 2022
އެނގޭތަ؟ ޔާމީނު ކުރި ނުލަފާ ކަމަކީ ކެނެރީގެ މުހަންމަދު ނަޝީދު ދިވެހިޤައުމުގެ މުދަލަށް ދީފައިވާ ގެއްލުމާއި ޤައުމުގެ އިޤްތިޞާދު ހަލާކު ކުރުމަށް ކުރި މަސައްކަތުގައި ލިބުނު ގެއްލުމާއި ދިވެހި ޤައުމު ހިފުމަށް އިންޑިޔާ ސަރުކާރަށް ގޮވައިލުމުގެ ޤައުމަށް ޣައްދާރުވި ކަމުގެ ދައުވާ ނުކޮށް ދޫކޮށްލިކަން.. ޢަސްލުގައި މިމައްސަލާގައި ޔާމީނުގެ މައްޗަށްވެސް ދައުވާ ކުރެވެންޖެހޭނެ.
ކުމާރުގޯރު
23 January 2022
މިކަލޭގެ ކުރާކަމީ ޗައިނާ އާ މޫނު ކެނޑުވުން! ޗައިނާއަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމު މިވަގުތު! އިންޑިއާ އަކީ ޗައިނާ އާ އަޅާބަލާއިރު ރާއްޖެތެރޭ ކުޑަ ރަށެއް. މި ކަލޭގެ އަށް އިންޑިއާ ވަރެއް ނެތިގެން މި އުޅެނީ
ރަޝީދު
23 January 2022
މި ޤައުމުގަ ކޮރަޕްޝަން ފެތުރީ މީނަގެ ވެރިކަމުގަ ވެރިކަން ހިފަހައްޓަން މެންބަރުން ގަންނަން ވެގެން ދެން ކިހެނެއް ރައްޔިތުމީހާ އަށް ކަމެއްކޮއްދެވޭނީ، މިހާރުވެސް އެންމެ ބާރަށް އިވޭނީ މީނާގެ ރައްޓެހިން ސަރުކާރުތެރެއިން ބޮޑެތި ވައްކަން ކުރާއަޑު، މިސާލަކަށް ފެނަކަ ސައީދު، ގަޞަމް އަމްރު !
އަފުން
23 January 2022
ޓާޓާއަށް ދިވެހި ޤައުމު ހިލޭ ދިރުވާލަން ދިނީ ނަޝީދު.
ފަންޑިން
23 January 2022
އަންނިއަށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ނޭނގުނަސް ތިޔަ އިންޑިއާ ދިފާއުކޮށްފަ އިންޑިއާ އައުޓަށް ފާޑުކިޔަނީ އިންޑިއާއިން ފަންޑުކޮށްގެންކަން ސާފުކޮށް އެނގޭ. އިންޑިއާއިން އަންނަ ޕްރެޝަރުގަ ހުރިހާ އެންމެން އިންޑިއާއާ އެއްކޮޅަށް ވާހަކަ ދައްކަނީ. ޗައިނާއޭ ކިޔައިގެން އެތައް ދޮގެއް ހެދިއިރު ބޮޑު ބާރަކާ ދެކޮޅަށް ނަފްރަތު އުފެއްދުނުކަން ނޭނގޭ މީހަކު މި މާ ބާރަށް އަނގަހުޅުވަނީ.
ބޮޑުމީހާ
23 January 2022
އިންޑިއާވެސް ކަލޭވެސް އައުޓް ވާންވީ. ގައުމަށްވުރެ ތިމާގެ އަމިއްލަ އެދުންތައް އިސްކޮށްފި މީހަކު ރަގަޅެއް ނުވާނެ. ޓާޓާއަށް ޖީއެމްއާރްއަށް ގައުމު ވިއްކާލީ މީހެއްތީ. އަނެއްކޮޅުން ޖަޒީރާ ރާއްޖެ ކިޔާ ދިވެހިން ގުބޫ ހައްދާފަ އާްއިލާ ގޮވައިގެން އުޅެނީ އިގިރޭސިވިލާތުގަ.