24 ޖެނުއަރީ 2022 - 11:46
ގަސް ކާނާގެ ބާވަތެއް ބަރުކޮށްގެން، ދަތުރުކުރި އީރާނުގެ އާގުބޯޓެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހިފަހައްޓާފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި 40 ޓަނުގެ ގަސްކާނާ ހިފައިގެން ދަތުރުކުރި ބޯޓު ދަތުރު ކުރަމުން ދިޔައީ، މީގެ ކުރިން ޔަމަންގެ ހޫތީންނަށް ވަގަށް ހަތިޔާރު ގެންގޮސްދޭ އުޅަނދުތައް އާންމުކޮށް ދަތުރުކުރާ މަގަކުންނެވެ. އަދި އެ ބޯޓުގައި ހުރި ގަސްކާނާގެ ބާވަތެއް ކަމަށްވާ ޔޫރިއާއަކީ، އަމިއްލައަށް އުފައްދާ ގޮވާތަކެތި ތައްޔާރުކުރުމުގައި، ހަނގުރާމަވެރިން ވަރަށް ގިނައިން ބޭނުންކުރާ މާއްދާއެކެވެ.
ބަހްރައިންގައި ގާއިމުކޮށްފައި އޮންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ލަޝްކަރުގެ މަނަވަރަކުން، އިއްޔެ ހިފެހެއްޓި ބޯޓު ދަތުރު ކުރަމުން ދިޔަ އިރު، އޭގައި އެއްވެސް ގައުމެއްގެ ދިދައެއް ނެތެވެ. އެހެން ނަމަވެސް އެ ބޯޓު ދަތުރުކުރީ، މީގެ ކުރިން އީރާނުން ޔަމަނަށް ހަތިޔާރު ގެންދިއުމަށް ބޭނުންކުރާ މަގަކުން ކަމަށްވާތީ، އެމެރިކާގެ މަނަވަރުން އެބޯޓު ހިފަހައްޓައިގެން ބަލައި ފާސްކުރި އިރު، އެއީ އީރާނުން މުދާ ބަރުކޮށްގެން ދަތުރުކުރާ ބޯޓެއްކަން ވަނީ އެނގިފަ އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހިފެހެއްޓި ބޯޓަކީ، ޔަމަނަށް ހަތިޔާރު ހިފައިގެން ދަތުރު ކުރަނިކޮށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ހިފެހެއްޓި ބޯޓެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ބޯޓު ހިފެހެއްޓިއިރު، އޭގެ ފަލުކާ ފުރެންދެން ހުރީ އޭކޭ-47 ގެ ބަޑި އާއި އާރްޕީޖީ ކަމަށް އެމެރިކާ ސިފައިން ބުންޏެވެ.
އެމެރިކާ އާއި ޔަމަން ސަރުކާރުން އަދި ޔަމަން ސަރުކާރަށް ވާގިވެރިވާ އަރަބި ގައުމުތަކުގެ ގުޅިފައިވާ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ޔަމަންގައި ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިންނަށް އަސްކަރީ މަދަދާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ އީރާނު ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
25 January 2022
ދެން ބަލަން ތިބޭ. ހާމަަނާއީ ތީގެ ރައްދު ދޭނެ. އޭރުން އެމެރިކާ ހޭއަރަނީ. އެމެރިކާ މިއީ ދުނިޔޭގަ އޮތް ބޮޑު ޝައިތާނެއް.
ލެއްގިކޮމިޝަނަރް
25 January 2022
ކަމާނުބެހޭ ގައުމެއްގެ ކޮމާޝަލް ފުލައިޓެއް ވައްޓާލައިގެން ހިފޭ ބަދަލުހިފުމަކުން އެމެރިކާއަށް ލިބޭނެ އެއްވެސް ދެރައެއްނެތް. އިރާނެކޭ ދަތްނެތް ސިންގާއެކޭ އެއްވަރު. ބަސްގިނަ އަމަލުކުރަން ނުކެރޭ ފިޑި ސަރުކާރެއް އިރާނުގަ އޮތީ.
ޢަލީބެ
25 January 2022
ޢެމެރިކާގެ އެޖެންޓުން މިރާއްޖޭ ވެސް އުޅެނީދޯ.
އަހުމަދު00
24 January 2022
މި ނުވޭތަ ކަނޑު ފޭރުމަކަށް؟
ބޯކޮޅި
24 January 2022
އެމެރިކާނުން ކުރީމަ އެއީ ބައިނަލް އަގުވާމީ، އެމް ޑީ ޕީ އިން ކުރީމަ އެއި އިންސާފް!