އޮފިޝަލް ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ފަހު ކަސްރަތު ނުކުރުމަށް އަންގާ ކަމަށާއި އެގޮތަށް އަންގަނީ ހަށިގަނޑަށް ލޭ ދައުރުވާ މިންވަރު ދަށްވެ ހިތުގެ ވިންދު އަވަސްވެ ސިއްހީ މައްސަލައެއް ދިމާވެދާނެތީ ކަމަށް
ހެނދުނު ކަސްރަތަށް ނިކުމެ އުޅުނު ދުވަސްވީ ބައެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖެނުއަރީ 2022 - 12:09
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ފަހު، ކަސްރަތު ކުރުން ހަފްތާއެއްހާ ދުވަހަށް ހުއްޓާލުން ރަނގަޅު ކަމަށް ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
މެލޭޝިއާގައި، ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހިތާ އިރުކޮޅެއް ފަހުން ކަސްރަތަށް ނުކުމެ އުޅުނު ދިވެހި ޒުވާނެއްގެ ކުއްލި މަރާ އެކު، މިކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.
އެޗްއީއޯސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވެކްސިން ޖެހުމަށް ފަހު މަދުވެގެން ހަފްތާއެއްގެ މުއްދަތަށް ކަސްރަތާ ދުރަށް ދިއުން ރަނގަޅު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ބޮޑެތި މީހުން އެގޮތަށް އަމަލުކުރުމަށް ވަކި ރިކޮމެންޑޭޝަނެއް ނެތް ނަމަވެސް ވެކްސިން ޖެހުމަށް ފަހު ކަސްރަތު މެދުކަނޑާލުން ރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ފަހު، ހަފްތާއެއްހާ ދުވަހަށް ކަސްރަތު ނުކުރުމަށް އަންގާ ކަމަށާއި އެގޮތަށް އަންގަނީ ހަށިގަނޑަށް ލޭ ދައުރުވާ މިންވަރު ދަށްވެ ހިތުގެ ވިންދު އަވަސްވެ ސިއްހީ މައްސަލައެއް ދިމާވެދާނެތީ ކަމަށެވެ.
ވެކްސިން ޖެހުމަށް ފަހު ކަސްރަތު އަދި ބޮޑަށް ވަރުބަލިވާ ފަދަ ކަންކަން ވަކި މުއްދަތަކަށް މެދުކަނޑާލަން ބައެއް ގައުމުތަކުގައި ލަފާ ދީފައި އޮވެ އެވެ.
ކޮވިޑް-19 އާ އެކު މާލެ ލޮކްޑައުންކުރުމުން ގިނަ ބަޔަކު ކަސްރަތަށް ވަގުތު ހުސްކުރި އެވެ. އޭގެ ފަހުން ވެސް ގިނަ ބަޔަކު އެ އާދަ ދަމަހައްޓަމުން އަންނައިރު ވެކްސިން ޖެހުމަށް ފަހު ވެސް އެކަމަށް ނުބަލާ ކަސްރަތުކުރާ މީހުން ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮމަގަތަކުރޯން
25 January 2022
އަހަރެން ޕޮޒިޓިވް، އެކަމަކު ބަލި ކަމުގެ އަލާމާތެއް ނެތް. މީ ހަޤީގަތް. ރޯގައެއް ޖެހިލިއަސް މާ ވަރުވޭ. މިކަމާ މީހަކަު އެއްޗެކޭ ނުބަނަނީ ކީއްވެ؟ ކޮވިޑަކީ ބޮޑު ޖޯކެއް. މިކަން ބޮޑުކަމަށް ދައްކަން އުޅެނީ ވެކްސިނާ ދެކޮޅު މީހުންގެ ވާހަކަތައް ތެދަކަށްވެ ހިނގައިދާނެތީ. ވެކްސިން ޖަހަން މާ އައުލާކަން ބޮޑު ބަލި އެބަހުރި. ވިސްނަބަލަ.
ރިޔާން
26 January 2022
ކަމެއް ނުވެޔޭ ކިޔާއިރު، މިހާރަކަށް އައިސް ކޮވިޑް ޖެހޭ ގިނަ މީހުން ކައިރިން ސިމްޓަމްސް ފެނޭ. ގަދަޔަށް ރޯގާ ޖެހި، އަޑު ގޮސް، ހުންއައިސް، ގައިގަ ރިއްސާ, ގަދަޔަށް ކެއްސާ އެތަށް ކަމެއް ދިމާ ވޭ. ދޮގު ނަހަދާ.
2222
25 January 2022
މާއިދާ މީގެ މާނައަކީ ކޮބައިބާ؟ ވެކްސިން ޖެހުމަށްފަހު ކަސްރަތު މަޑުޖައްސާލަން ރާއްޖޭގައި އެންގީ ކޮންދުވަހަކު ކޮން އިދާރާއަކުންތޯ؟ "ކޮވިޑް-19 އާ އެކު މާލެ ލޮކްޑައުންކުރުމުން ގިނަ ބަޔަކު ކަސްރަތަށް ވަގުތު ހުސްކުރި އެވެ. އޭގެ ފަހުން ވެސް ގިނަ ބަޔަކު އެ އާދަ ދަމަހައްޓަމުން އަންނައިރު ވެކްސިން ޖެހުމަށް ފަހު ވެސް އެކަމަށް ނުބަލާ ކަސްރަތުކުރާ މީހުން ގިނަ އެވެ."
ލަދުކުޑޭ
25 January 2022
އަދިތަންކޮޅެއް އަވަސް ތިވާހަކަ ބުނަން! 2030ގަ ބުނަން މަޑުކޮށްލިނަމަ!
ކަތްދައްތަ
24 January 2022
މިހާރު މިޖަހާ ފާއިޒާ ބޫސްޓަރަކަށްވާ ގޮތެއް މަށަށް ބުނެދީބަލަ. މަ މިހުއްޓޫ ދެޑޯޒުވެސް ކޮވިޝީލްޑް ޖަހައިގެން. ވީމާ އޭގެ މައްޗަށް ފާއިޒާ ޖެހީމާ އެވަނީ ބޫސްޓަރަކަށް ކަމެއް ނޫނީ އެޕްލިފަޔަރަކަށް ކަމެއް އަދި ނޭނގެ. ކުރިން ކިޔާ އަޑު އިވުނީ ދެބާވަތް އެކޮށްގެން މުޢާމަލާތު ކުރުން ހެޔޮނުވާކަމަށް. އެހެންވެ ކޮވިޝީލް އެއްޑޯޒް ޖަހައޮ މުއްދަތު ކެޓިއިރުވެސް އޭރު ފާއިޒާއެއްވެސް ސާއިރާއެއްވެސް ޖަހައެއް ނުދިން. ހަމަ ހުންނަންޖެހިނީ. މިހާރު ކުއްލިއަކަށް ފާއިޒާ އޯކޭއޯ.
މޭން
24 January 2022
ތިހާ ނުރައްކާތެރި ވެކުސިނެއް ޖަހަން ހެއު ނުވާނެ. ރޯގާޖެހިފަ ހުންނަމީހާވެސް ކަސްރަތުކޮއްގެން އަވަހަށް ރަނގަޅުވޭ. ޥެކްސިންޖަހައިގެން ހިތުގެވިންދުމަތިވާ އެއްވެސް ކަމެއް ނުކުރަން އަނެއްހެން ތިބުނަނީ. ހިތުގެވިންދު އަވަސްވާ އެހެންކަންތައްތައް ވެސް ހުންނާނެދޯ. އިފް ޔު ނޯ ވަޓައި މީން.
ޔެސް މޭން
25 January 2022
އެއީ މާބޮޑަށް ވިންދު އަވަސްވާ ކަމެއް.
ގެޓްބޫސްޓެޑް
24 January 2022
ކޮވިޑްގެ ހައިރިސްކް މީހުންނަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގޭ ކޮވިޑްގައި ބޮޑުވަރު ވާނީ ކޮންބަޔަކަަށް ކަން އެއީ ބޭސްވެރިންނަށް ވަރަށް ރަނގަޅަށް އެނގޭ ބަޔެއް ވެކްސިން ބޫސްޓަރު އެމީހުންނަށް މަޖުބޫރު ކުރިޔަސް އެހެން މީހުންނަށް ދެ ޑޯޒު ފުރިހަމަ ކޮއްފައި ވާނަމަ ބޫސްޓަރު ޖެހުން އިހުތިޔާރަށް ދޫކޮއްލުން ރަނގަޅު މިހާރު މި އޮތް ހާލަތުގައި ގައިމުވެސް
ކޮބާތޯޑޮކްޓަރުން
24 January 2022
ޖޮގިންއަށްދާއިރު މާސްކް އެޅުން ހުއްޓަންވެއްޖެ. ޢުމުރުންދުވަސްވީ މީހުންވެސް ހިނގަންދާއިރު މާސްކް އަޅައިގެން ހިނގުން، ޖޮގްކުރާތަން މިހާރަކަށް އައިސް ވަރަށް ގިނައިން ފެނޭ.
ޑޭވިޑް
24 January 2022
މުޖުތަމައުގަ މީހުންގެހިތުގަ ބިރުވެރިކަން އުފެދޭ ކަހަލަ ކަންކަންކަމައް މިގައުމުގަ ގިނަމީހުން ބަލަނީ ހަމައެކަނި މާރާމާރީ ހިންގުމާ ބާރައް ވެހިކަލް ދުއްވުންފަދަ ކަންކަމައް އެކަނި. މިސާލަކައް ގެއެއްގެ ގަހުން މަގުހިނގާ މީހުންގެ ބޮލައް ބަނބުކެޔޮ ވެރޭގޮތައް ހުއްޓަސް ގިނަމީހުން އަޅައެއްނުލާ އެކަމުން މީހެއްގެ ފުރާނައައް ނުރައްކަލެއް ކުރިމަތިވެދާނެތީ. ސިގިރޭޓް ބޯއިރު އެކަންނުކުރާ މީހުންގެ ގަޔައް އަންނަގޮތައް އޭގެ ނުރައްކާތެރި ދުންތައްވެސް ދޫކޮއްލަނީ.
އެމެރިކާގެ ހާލަތު ބައްލަވާ
24 January 2022
އެމެރިކާއަކީ ވެކްސިން ޖެހުމަށް ދެކޮޅުހަދާ މީހުން ގިނަ ގައުމެއް. އެގައުމުގައި ވެކްސިން ނުޖަހާ މީހުން ވެންޓިލޭޓަރުތަކަށްލާ އައިސީޔޫތައް ފުރި ކޮވިޑް ނޫން އެހެން ބަލިތައް ޖެހޭ މީހުންނަށް ބޮޑު މުސީބާތަކާ ކުރިމަތިލާން އެޖެހެނީ. އަދިވެސް ރާއްޖޭގައި އެބައުޅޭ އެންޓިވެކްސިން ބައިގަނޑެއް. އެމީހުންނާ ހެދި އައިސީޔޫތައް ނުފުރިނިއްޔާ ރަނގަޅުވީ.
ރތ45ތ
25 January 2022
ދޮގު ވާހަކައެއް މީ
އެމެރިކާބުނަނީ
25 January 2022
އެމެރިކާއިންވެސް އެބަ ބުނޭ އޮމިކްރޯނަކީ ބަލީގަ އެހާ ބޮޑުވަރު ކުރުވާ އެއްޗެއް ނޫން ކަމަށް. އެހެންވެ ރޯގާކޮޅެއް ޖެހިލަން އެހާ ބިރުގަތުމުގެ ބޭނުމެއް ނެތް. ކޮވިޑްޖެހިގެން އެހެން ކަންކަން ވެދާނެ ކަމަށް ބުނާއިރު ވެކްސިންޖަހައިގެންވެސް އެހެން ކަންކަން ވެފައިހުރިކަން އެބަ އެނގޭ. އޮމިކްރޯނުން އުފައްދާ ދިފާއު އެއީ ކުރިއަށް އޮތްތަނުގައި ހަށިގަނޑަށް ފައިދާކުރުވާ އެއްޗަކަށްވެސް ވެދާނެ. ވެކްސިން 2 ޑޯޒްޖެހިތާ 2 މަސްނުވަނީސް އެބަ އޮމިކްރޯންޖެހޭ.
ޖެނޮސައިޑް
24 January 2022
ގައުމުގެ ކަންތައް ހާދާ ދޯދިއާވެއްޖެއޭ! މިހާރު މިއޮތީ އެމިހަކާ އެމީހެއް. މިކަން ފެށުނުގޮތަށް ވިސްނާލީމަވެސް އެކަން އެގޭނެ. އޭރުވެސް އެބަޔަކުތިބީ ވަބާއެއް ނައިސްގެން. ކޮވިޑު އައުމާއެކު އެބަޔަކު ވިސްނީ އަވަހަށް މުއްސަދިވެލަން އޭރު ރައްޔަތުން މިތިބީ ފިތްކަޑައިގެންދާވަރު ބޮޑުބިރެއްގައި، ވާނުވާއެއް ނޭގިފައި. ބައްޔެއް އޮބިނޯވެގެން ފެތުރިގެން މިދަނީ، އައިސީޔޫ ފުރެނީ، ވެންޓިލޭޓަރަށް ޖެހިފައިއޮތީ، އެކަމަކު މިނުލަފާ މީހުން އުޅުނީ ޖީބް ފުރާލަން.