ލައިފްސްޓައިލް / އިންޑިއާ

މިއީ އެއްޗެއް ކާލާއިރަށް ނިދޭ މީހެއް

ގުޕްތާ: އެއްޗެއް ކާލާއިރަށް ނިދޭ

އާފަލެއް ކެއުމުން ނިދޭ ގޮތަށް ހޭނުލެވި އޮންނަ ސްލީޕިން ބިއުޓީ އުޅެނީ ހިޔާލީ ވާހަކައެއްގަ އެވެ. އެކަމަކު މިފަހަރު މިއީ އަސްލެވެ.

މާވިއްކުމުގެ ވިޔަފާރިކުރާ ހަރިއޮމް ގުޕްތާ އާފަލެއްގައި ދަތްއަޅައިގެން އެތިކޮޅެއް ކާލިޔަސް ނުވަތަ ސޭންޑްވިޗެއް ފަދަ އެއްޗެއް ކާލިޔަސް ނުވަތަ އެހެން އެއްޗެއް ކާލިޔަސް ނިދިގެން ވެއްޓެ އެވެ.

ނަމަވެސް ސްލީޕިން ބިއުޓީއާ ޚިލާފަށް ގުޕްތާ އަށް ނިދެނީ މަދު ސިކުންތުކޮޅަކަށް ނުވަތަ މަދު މިނިޓް ކޮޅަކަށެވެ.

ގުޕްތާ އަށް ހަގީގަތުގައި ދިމާވެގެން އުޅެނީ "އެޕިލެޕްޓިކް ސީޝާ" ކިޔާ ސިކުނޑީގެ މައްސަލަ އެކެވެ. މިއީ ފިޓް ޖެހި ވެއްޓޭ ބަލި ފާޑުގެ ބައްޔެކެވެ. ބައެއް މީހުންނަށް އެޕިލެޕްޓިކް ސީޝާ އެޓޭކެއް އައުމުން މޫނަށް ވައްތަރެއް ޖެއްސޭ ގޮތްވެ އެވެ. އަނެއް ބަޔަކު ކުޑަ ވަގުތުކޮޅަކަށް ޚަބަރު ހުސްވަނީ އެވެ.

ގުޕްތާގެ އުމުރުން ދުވަސްވާ ވަރަކަށް މި ބަލި ވެސް ދަނީ ބޮޑުވަމުންނެވެ.

"ގުޕްތާއަށް ޖެހިފައި ވަނީ "އީޓިން އެޕިލެޕްސީ" އެވެ. މި ބަލީގައި އެޕިލެޕްޓިކް އެޓޭކެއް އައުމަށް މެދުވެރިވަނީ ކެއުމުން. މިއީ އެޕިލެޕްސީގެ ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއް،" މީގެ ދެ އަހަރު ކުރިން ފެށިގެން ގުޕްތާއަށް ފަރުވާ ކުރައްވާ ކިމް ހޮސްޕިޓަލުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ. ސަންގީތާ ރާވަތު ޓައިމްސް އޮފް އިންޑިޔާ އަށް ވިދާޅުވެފައި ވެއެވެ.

ޑޮކްޓަރު ވިދާޅުވީ ގުޕްތާގެ ސީޝާ ނުވަތަ ސިކުނޑިއަށް ކަރަންޓް އަންނަހެން ހީވާ އިހްސާސްގެ 70 ޕަސެންޓަކީ ކެއުމުން ކުރިމަތިވާ ކަމެއް ކަމަށެވެ.

"ގުޕްތާގެ ސިކުނޑީގައި މައްސަލަޖެހިފައި ވަނީ ވާތްފަރާތު ޑޮމިނަންޓް ލޯބު. މި ހިސާބަކީ ވާހަކަ ދެއްކުމުގެ ގާބިލްކަމާއި މޫނަށް ތަފާތު ހަރަކާތްތައް ގެނައުމާ ގުޅޭ ބައި. އޮޕަރޭޝަން ކޮށްފި ނަމަ އޭނާގެ ވާހަކަދެއްކުމުގެ ގާބިލްކަން މުޅީން ނެތިގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ކިމް ހޮސްޕިޓަލުގެ ނިއުރޯސާޖަން ޑރ. ޑީ. މަޒުމްދާރް ވިދާޅުވި އެވެ.

ގުޕްތާ އަށް ހަގީގަތުގައި ދިމާވެގެން އުޅެނީ "އެޕިލެޕްޓިކް ސީޝާ" ކިޔާ ސިކުނޑީގެ މައްސަލަ އެކެވެ. މިއީ ފިޓް ޖެހި ވެއްޓޭ ބަލި ފާޑުގެ ބައްޔެކެވެ. ބައެއް މީހުންނަށް އެޕިލެޕްޓިކް ސީޝާ އެޓޭކެއް އައުމުން މޫނަށް ވައްތަރެއް ޖެއްސޭ ގޮތްވެ އެވެ. އަނެއް ބަޔަކު ކުޑަ ވަގުތުކޮޅަކަށް ޚަބަރު ހުސްވަނީ އެވެ.

ކިމް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ގުޕްތާގެ އޮޕަރޭޝަން ކޮށްދޭން އެކި ފަހަރުމަތިން މަސައްކަތްކުރި އެވެ. ނަމަވެސް ފަހު ވަގުތު ހިޔާލު ބަދަލުވަނީ އެވެ.

ނަމަވެސް ތާނޭ ގާންދީނަގަރްގައި ދިރިއުޅޭ ގުޕްތާ ހުރީ މި ސާޖަރީ ހަދަން އިންތިހާއަށް ބޭނުންވެފަ އެވެ. އޭނާ ބުނި ގޮތުގައި ދުވާލަކު 10 ވަރަކަށް ބޭސްގުޅަ ކައިގެން އުޅޭއިރު ވެސް މަދުވެގެން ފަސް ވަރަކަށް ފަހަރު އޭނައަށް އެޓޭކް އާދެ އެވެ. އެހެންކަމުން މިވޭނުން ސަލާމަތްވާން އޭނާ ކޮންމެހެން ވެސް ބޭނުމެވެ.

ގުޕްތާ އެދޭ ގޮތަށް ކަންތައް ކޮށްދޭން ޑޮކްޓަރުން އެއްބަސްވެ އޭނާގެ އޮޕަރޭޝަން މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ވަނީ ކޮށްދީފަ އެވެ.

ކިމްގެ ޑޮކްޓަރުންގެ ޓީމުން ގުޕްތާގެ އޮޕަރޭޝަން ކުރީ މުޅިން ފަޅާނުލާ އެހެން ގޮތެއް ބޭނުން ކޮށްގެންނެވެ. މިގޮތަށް އޮޕަރޭޝަން ކުރާއިރު ސިކުނޑީގެ ޓިޝޫތައް މުޅިން ނަގާކަށް ނުޖެހެ އެވެ. ހަމައެކަނި ސިކުނޑީގެ އެ ބޭނުން ތަންތަންކޮޅު ކަފާލައިގެން، ކަރަންޓް ޝޮކެއް ފަދައިން އެ އަންނަ ހަރަކާތް ހުއްޓުވީ އެވެ.

އޮޕަރޭޝަނަށްފަހު ޑރ. މަޒުމްދާރް ވިދާޅުވީ ގުޕްތާގެ ބައްޔަށް ދާއިމީ ހައްލެއް ނުލިބުނު ކަމަށެވެ. ނަމަވެސް ދުވާލަކު ފަސް ފަހަރަށް ކުރިން އެޓޭކް އައި ނަމަވެސް މިހާރު ފަސް ހަފުތާއިން އެއްފަހަރު އަންނަ ވަރު ކޮށްދެވިފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދާއިމީކޮށް މިހެން ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިންޑިޔާގެ އެތައް ހާސް ހޮސްޕިޓަލެއްގެ ތެރެއިން ކިމް އަކީ އެޕިލެޕްސީ ސާޖަރީއަށް އަމާޒުކޮށްގެން ފަރުވާދޭ މަދު ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި މިފަދަ 475 ސާޖަރީ އެ ހޮސްޕިޓަލުން ހަދާފައިވެ އެވެ.

އިންޑިޔާގެ އާބާދީގެ ގާތްގަނޑަކަށް އެއް ޕަސެންޓް މީހުންނަށް އެޕްލެޕްސި ނުވަތަ ވެއްޓޭ ބަލީގެ މައްސަލަ ކުރިމަތިވެފައިވާއިރު އޮޕަރޭޝަނެއް ކުރަން ޖެހެނީ މިފަދަ މީހުންގެ ތެރެއިން 10-12 ޕަސެންޓް މީހުންގެ އެވެ.

"އޮޕަރޭޝަން ކުރިޔަސް ދެ އަހަރެއްހާ ދުވަހު ބޭސް ކެއުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް އަހަރެމެން ލަފާ ދެން،" ޑޮކްޓަރު ވިދާޅުވި އެވެ.

ގުޕްތާއަށް ދިމާވާ ގޮތަށް އެއްޗެއް ކާލުމުން އެޓޭކެއް ޓްރިގާ ވުމަކީ އާއްމުކޮށް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް ކެއުމުން ނޫނަސް އެޕިލެޕްސީ އެޓޭކް ޓްރިގަ ވެފައި އެބަހުރި ކަމަށް ކިމްސް ހޮސްޕިޓަލުގެ އެސޯސިއޭޓް ޕްރޮފެސާ (ނިއުރޮލޮޖީ) ޑރ. ނީރަޖް ޖެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަލި ހުންނަ ކުދިންނަށް ދޮރުގެ ރަނގަބީލުގެ އަޑު އިވިގެންވެސް ނުވަތަ ބާރު މިއުޒިކްގެ އަޑު އިވިގެން ގެސް އެޓޭކް ޓްރިގާ ވެފައި އެބަހުއްޓެވެ. އަދި ހޫނު ފެން ބޮލަށް އެޅުމުން ވެސް އެޓެކް އާދެ އެވެ.

ގުޕްތާ ބުނެފައިވާ ގޮތުގައި ކިޔެވުމުން މަހްރޫމްވީ ވެސް ފިޓް ޖެހެން ފެށުމުންނެވެ. ގުޕްތާ ބުނީ އޭނާގެ ބޭބެ ގިނަ ފަހަރަށް ގުޕްތާ ދެކެ އަންނަނީ ރުޅި ކަމަށެވެ.

0 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 96%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454