މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ނޫސްވެރިންގެ ބައްދަލުވުމެއްގައި.-- ފައިލް ފޮޓޯ: މާލެ ސިޓީ ކައުންސިލް
26 ޖެނުއަރީ 2022 - 13:44
ގުޅިފަޅަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދަން ބޭނުންކުރާ ރަށެއްގެ ގޮތުގައި ހާއްސަ ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގުމަށް ތައްޔާރު ވަމުންނެވެ. އެ މަޝްރޫއަށް ފަހު، އެ ތަނުން 1،244 ގޯތި ދޭން ސަރުކާރުން ނިންމާފައި ވެ އެވެ. އެކަމަކު ސިޓީ ކައުންސިލުން ބޭނުންވަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ގާއިމްކޮށް، ގުޅީފަޅުން ގޯތި ދޫކުރާށެވެ. އެގޮތަށް ހަމަޖައްސައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވީ ނަމަވެސް އަށް މަސްވިއިރު އެކަމަށް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 37 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކައުންސިލަރުންގެ ރަސްމީ މަސައްކަތުގެ ދަށުން މާލޭގެ މީހުންގެ ގޭގެ އަށް ޒިޔާރަތް ކުރުމުން، އެ މީހުން އުޅޭ ނިކަމެތި ހާލު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ގެދޮރުގެ މައްސަލައަކީ މާލެ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަންތައް ކަމަށް ވާއިރު، އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މި ސަރުކާރުން އުޅެނީ ހުޅުމާލެއިން "މުއްސަނދިންނަށް" ބިން ވިއްކަން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މާލޭ ރައްޔިތުންނާ ގުޅޭ އެހާ ހައްސާސް މައްސަލައެއްގައި ތަރުތީބު ރަނގަޅު ނޫން ކަމަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި ރައީސް އަރިހުގައި. މާލޭގެ ރައްޔިތުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން ނޫނީ އެ އޮންނަ އުސޫލުގެ ދަށުން ތަރުތީބު ކޮށްދެއްވުމަށް. އޭގެ ޖަވާބެއް ނުލިބޭ،" މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވިގޮތުގައި، އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް އެ ކައުންސިލުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުމެއް ނުލިބެ އެވެ.
ކައުންސިލްގެ 12 މެމްބަރެއްގެ އަޣުލަބިއްޔަތުން ކޯޓަށް މައްސަލަ ހުށަަހަޅަން ފާސްކުރިއިރު، އެ މައްސަލަ އަށް ޝުޖާއު ތިން ކަމެއް ހުށަހެޅުއްވި އެވެ. އެއީ ވިޔަފާރީގެ އުސޫލުން ބިން ވިއްކާ ގޮތަށް، ސަރުކާރުން މާލޭގެ މީހުންނަށް ބިން ދިނުމާއި މާލޭގެ ކުދި ބިންކޮޅުތައް ދޫކޮށް، ހުޅުމާލެ އިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމެވެ.
މާލޭގައި 2،000 އަދި ވިލިމާލޭގައި 500 ފްލެޓް އިމާރާތް ކުރަން ކައުންސިލުން ބޭނުންވާ ކަމަށާއި އެ ގާބިލުކަން ކައުންސިލުގައި ވެސް އެބަހުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 37 ވަނަ ރަސްމީ ޢާއްމު ޖަލްސާ pic.twitter.com/pPOSFQ2AD5
— Male' City Council (@MaleCitymv) January 26, 2022
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފްލެޓް އަޅަން ފައިސާ ނުލިބުނަސް މި ކައުންސިލުން ފްލެޓް އަޅަން ފައިސާ ހޯދާނެ ގޮތްގޮތް ހޯދާފައި ހުންނާނީ. އެކަމަކު އަޅުގަނޑުމެން މި އުޅެނީ ރައީސް އޮފީހުން ހުއްދަ ނުލިބިގެން. އަޅުގަނޑުމެން މި އުޅެނީ ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނުލިބިގެން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ހުއްދަ ލިބުމާއެކު، މާލޭގައި އިމާރާތް ކުރަން ވައުދުވި 2،500 ފްލެޓްގެ ވައުދު ކައުންސިލުން ފުއްދާނެ އެވެ.
މުއިއްޒު ވިދާޅުވާގޮތުގައި ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހިންގުމަކީ އެތަނާ ނުބައްދަލު ކަމެކެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ވަރުގެ ޕޯޓަކަށް އެ ތަން އެކަށީގެން ނުވުން ކަމަށެވެ. މޭޔަރު ގަބޫލުކުރައްވާ ގޮތުގައި، ބްރިޖަކުން ގުޅާލައިފައި އޮންނަ ގުޅިފަޅަކީ މާލޭގެ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެވެ. އަދި އެތަނަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ އަށް އޮތް ހައްލު ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސްރަތް ފާތުމަ
27 January 2022
މައުމޫނު، ޔާމިނު، ވަހީދު، އަންނި އަދި އިބޫވެސް މާލެ ރަތްޔަތުން ނިކަމެތިކޮށް ހުޅުމާލެ ބޮޑު ރިޔަލް ސްޓޭޓު ވިޔަފާރިއަކަށް ހަދާ ރަތްޔަތުން މާލެ ރަތްޔަތުން ބިކަހާލުގަ މައިން ބަފައިންގެ ފަރާތުން ލިބިފަ އޮންނަ ބޯކިބާ ފަތީގެ މިދިރިއުޅެން ޖެހެނީ، ދަރިން ބޮޑުވެ ،މުސްކުޅިވާ އިރުވެސް މިއުޅެންޖެހެނީ ހަމަ އެބޯކިބާ ފަތީގަ، މޮޅުޝަރުތުތައް ލައިގެން، ފޯމުލިޔަސް ނުވޭ، އެއް ކުދިން ހުރީޔާ އެބައަކު އެކަމުން މަހުރޫމުވީ، އެވަރިހަމަ 450އަކަ ފޫޓު 9 ބަޔަޢް ބަހަންޖެހުނަސް،
މުޙުއްމާ
27 January 2022
މި މުއިއްޒް އަށް ހީވަނީ ތިމަންނަ މި ހިންގަނީ ވަކި ސަރުކާރެއްކަމަށްތަ. މިކަލޭގެ އެބަ ޖެހެންނުން ސައިޒް ކުރަން.
މުނާފިގު
27 January 2022
ގުޅީފަޅުގަ ފްލެޓް ހަދާނިމިފަ ހުއްޓައެއްނޫންތޯ މަނިކުފާނު މިނިސްޓަރު ކަމުގަ އެތަނުގައި މީހުން އުޅެން ފުރުޞަތު ނުދިނީ؟
1234
27 January 2022
ވެރިކަން ހޯދަން ސިޓީލާންވީނު .ތިބުނަނީ އިންތިޚާބު އޮޅުވާލިވާހަކަ އެއިރުން މިނިސްޓަރުކަން ލިބޭނެތާ
ޓިނު
27 January 2022
މިކަލޭގެ މީ ލަދުގަންނަން އެގޭވެސް މީހެއްނޫން . ޕީޕީ އޮފީހައް ހުށައަޅަންވީނު
ޝެލަރީ
27 January 2022
މުއިޒް ހިތުހުރިގޮތަކައް ތިކަންކަންކުރާން ބާރުވެރިކަން އޮތްއިރު ނުކުރީކީއްވެތޯ؟
ވަން ޑޮލަރ
27 January 2022
މިހާރު އަރާ އެހުރި ކަލޭގެ ކަނޑު ހޯދަން ވެސް އަދި ކޯޓަށް ދާނެ
ޓުލެޓް
27 January 2022
މީނައާއި އެއްވަރަށް ވާހަކަ ބަދަލުކުރަމުން ދާމީހެއް ހަމަ މަދުވާނެ.
ނަސީމް ބީފާން
27 January 2022
މާލޭގަ 2،000އަދި ވިލިމާލޭގަ 500ފްލެޓް އިމާރާތް ކުރަން ކައުންސިލުގެ ގާބިލްކަން ހުރިވާހަކަ ދެއްކީމަތާ މިއިނގެނީ މާލޭގެ ކައުންސިލަކުންވެސް ބޭނުމެއް ނުވާކަން މާލޭގެ ރައްޔިތަކައް ގޯއްޗެއްދޭކައް ސަރުކާރާއިގުޅިގެން ފުލެޓް ވިޔަފާރިކޮއް ރައްޔިތުން ކުލިގެ އަޅުންނައް ހަދަން ބޭނުންވާކަން އޭސަހަރޯ ހުރިހިތާމައެއްގެ ބޮޑުކަމާއޭ އަޅުވެތިކަން ޙިޔާރްމިކުރަނީ މިބޭފުޅުންގެ މާމަ ކާފަދަރިންވެސް އަޅުވެތިކުރަން ނޫންތޯ މިބޭފުޅުން އަޅުވެތިވީމަ މުޅިދަރިފަސްކޮޅު އަޅުވެތި
ޢަރުތަ
26 January 2022
"މާލޭގައި 2،000 އަދި ވިލިމާލޭގައި 500 ފްލެޓް އިމާރާތް ކުރަން ކައުންސިލުން ބޭނުންވާ ކަމަށާއި އެ ގާބިލުކަން ކައުންސިލުގައި ވެސް އެބަހުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ". ދެން ތިކަން ކުރަންވީނު ކޮންމެހެން ސަރުކާރުގެ ހުއްދައެއް ހޯދާކަށް ނުޖެހޭނެނު، ތީ ވަކިސަރުކާރެއްނު، ކޮށްބަލަ މޮޅު ވާހަކަ ނުދައްކާ، ހައްސާސް މައްސަލައެއްކަން ރޭކާލީ ރޭގަ ނިދާފަ ހެނދުނު ހޭލީމައުތަ، ވެރިކަމުގަ ބަގުޑި ބައްދައިގެން ތިބި އިރު އެކަންވެސް ނޭގުނެއްނު.