އީވީ އުފެއްދުމަށް ޖީއެމުން ވަނީ 6.6 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައި
30 ޖެނުއަރީ 2022 - 06:29
އިލެކްޓްރިކް ވެހިކަލް (އީވީ) އުފެއްދުމުގައި މިހާރު ރަސްކަންކުރާ ޓެސްލާގެ އަތުން އެ މަގާމު އަތުލުމަށް އެމެރިކާގެ ކާރު ކުންފުނި، ޖެނެރަލް މޮޓޯސް (ޖީއެމް) އަތުކުރި އޮޅާލައި އެކަން އިއުލާންކޮށްފި އެވެ.
އެ ކުންފުނުން މިދިޔަ އަންގާރަ ދުވަހު ބުނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ކުންފުނީގެ އަތުން އީވީ އުފެއްދުމުގެ ކުރިއަތުލުމަށްޓަކައި މިހާރު ހާއްސަ ޕްލޭނެއް އެކުލަވާފައިވާ ކަމަށެވެ. އެގޮތުން އީވީ އުފެއްދުމާ އެއާ ގުޅުން ހުރި އެކި މަސައްކަތްތަކަށް މިހާރު 6.6 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.
މި ޕްލޭންގެ ދަށުން މިޝަންގައި އީވީ ބެޓެރީ ސެލް ޕްލާންޓަކާއި ޑިޓްރޮއިޓްގައި ހުރި އޮރިއޯން އެސެމްބްލީ ޕްލާންޓް ވަރުގަދަކުރަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެލްޖީ އެނަޖީ ސޮލިއުޝަނާ ވެސް ގުޅިގެން ކުރާ މަަސައްކަތުގެ ތެރޭގައި ބެޓެރީ ސެލް ޕްލާންޓަށް 2.6 ބިލިއަން އަދި އެސެމްބްލީ ޕްލާންޓަށް ހަތަރު ބިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ޖީއެމްގެ ސީއީއޯ މޭރީ ބެރާ ވިދާޅުވީ އީވީ އަށް ކުރާ އިންވެސްޓްމަންޓާ އެކި ކުރިއަށް 10 އަހަރުގެ ތެރޭގައި އީވީ އުފެއްދުން ބޮޑުތަނުން ފުޅާވެ، ކުރިއަރައިގެން ދާނެ ކަމަށެވެ.
"އެގޮތުން 2024 ގައި އަހަރެމެންގެ އީވީ ރޭންޖްގެ ލޯންޗްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޖީއެމްގެ އެއް ލަނޑުދަނޑި އަކީ 2025 އާ ހަމައަށް އަންނަ އިރު، އުތުރު އެމެރިކާގައކ އީވީ ޕްރޮޑަކްޝަން ކެޕޭސިޓީ އެއް މިލިއަނަަށް އެރުވުމެވެ. އަދި އެ ކުންފުނިން ބުނީ އަމާޒަކީ 2030 ގެ ފަހުން އުތުރު އެމެރިކާގައި ޖީއެމުން އުފައްދާ ކާރުތަކަކީ މުޅިން ވެސް އީވީ އަށް ހެދުން ކަމަށެވެ.
ޖީއެމްގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ޖުމްލަ 35 ބިލިއަން ޑޮލަރުގެ ބަޖެޓެއް އުތުރު އެމެރިކާ އަށް ކަނޑާއަޅާފައިވެ އެވެ.
ކާރު އުފައްދާ ވަރަށް ގިނަ ކުނފުނިތަކުން މިހާރު އީވީ އަށް މަސައްކަތްކުރާ އިރު، އެ ރޭހުގައި ޓެސްލާ ރަސްކަންކުރަނީ ޓްރިލިއަން ޑޮލަރުގެ ރައުސުލްމާލަކާ ވެސް އެކީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
30 January 2022
ދުނިޔެ ފަހާދުވޭ ކަތުންނޭ. ދާންއޮތީ ހަމަ އެއްތާކަށް.