އިދިކޮޅުން މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
29 ޖެނުއަރީ 2022 - 23:42
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުގައި ދެން "އަތެއް ނުލެވޭނެ" ކަމަށާާއި އެ މަނިކުފާނު ޖަލަށް ވެސް ނުގެންދެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޭބުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ޔާމީން އަނބުރާ ދެން ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެފައި ވަނިކޮށް، އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ހަށިކޮޅުގައި އިނގިލި ކުރި ވެސް ޖައްސައި ނުލެވޭނެ ކަމަށެވެ.
އޭނާ އެހެން ވިދާޅުވިއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ ނޮވެމްބަރު މަހު އިއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިން ޓީމުން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ދިވެހިން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ނިންމައި ޔާމީން ވެރިކަމަށް ގެންނަން ކަމަށެވެ.
"ޔާމީންއާ ކުޅުއްވަން ނޫޅުއްވާށޭ. ހަސަން ލަތީފެއް [އެމްޑީޕީގެ ޗެއާޕާސަން] ކަމަކު، އެކަމެއް ނުކުރެވޭނެއޭ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމުން ކޮށްދިން ކަންތައްތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް އިސްވެރިން ސުވާލު އުފައްދަވާތީ އެ އަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، "ކަމެއް ކޮށްދިނިއްޔާ ކޮށްދީފައި އޮތީ" ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް އެ ދާއިރާ ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކޮމަންޑޫ މި ތާނގައި އޮތީ ކުރިން ވެސް. ކޮން ކަމެއްތޯ ކޮށްދިނީ. މި ތިބީ ކޮމަންޑޫ ރައްޔިތުން. މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާފޮއްޗެއް ވެސް ބޭއްވިތޯ މި ރަށުގައި ތަރައްގީގައި. ނުބާއްވާ. މި ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައި އޮތީ ބިން ހިއްކުން. އެކަން ކޮށްދެއްވީ ރައީސް ޔާމީން،" ކޮމަންޑޫގެ ބިން ނުހިއްކާއިރު، ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ގެތަކުގެ މީހުން ރާޅުގެ ބިރުވެރިކަމާ ހެދީ ހަމަ ނިދި ނުލިބޭ ހަނދާން އާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންއާ ކުޅުއްވަން ނޫޅުއްވާށޭ. ހަސަން ލަތީފެއް [އެމްޑީޕީގެ ޗެއާޕާސަން] ކަމަކު، އެކަމެއް ނުކުރެވޭނެއޭ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ.--- އަބްދުއްރަހީމް
އޭނާ ވިދާޅުވިގޮތުގައި، 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކޮމަންޑު އަށް ވަޑައިގަތުމުން ވެސް އެ ރަށުގެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ބިން ނުހިއްކާ މައްސަލަ އެވެ. އެކަމަކު، އެ ދުވަހު ވެސް ޔާމީން ވަނީ އެ ކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ވައުދު ވެފައި ކަމަށާއި ވެރިކަން ނިމުނުއިރު އެކަން ފުއްދައި ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަން އެކީ 2023 ގެ ރިޔާސީ އިންތިހާބަށް ނުކުތް ނަމަވެސް ރިޔާސީ އިންތިހާބުން ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ. ދިވެހިން ބޭނުންވަނީ ތަރައްގީ ކަމަށާއި އެ ތަރައްގީ ވެސް ގެނެވޭނީ ޔާމީނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާ އެކަނި
30 January 2022
ދައުލަތުގެ ބައިތުލްމާލުން ގެއްލިފައިވާ ފައިސާގެ އިޙްމާލަށް ޖަވާބުދާރީވެ ކުށެއްނެތްކަން ޝަރީޢަތުގަ ސާބިތުކޮށްދީފަ ހުންނަންވީ ކީއްވެތޯ ބިރުން މޭތެޅެނީ
ޔޫކިރޭން
30 January 2022
ޔާމީނުގެ ބަދަލުގައި އަދުރޭތަ ދެން ޖަލަށްދަނީ
އަޝްރަފް
30 January 2022
ކީއްވެ ނުލެވޭނީ. ޝަރީޢަތުން ޙުކުމް އައިމާ ލެވޭނެ. ޢަބްދުއްރަހީމަކަށް ނޭނގޭނެ. ތިކަހަލަ ވަރުގަދަ ބަސްތައް ނުބުނެ ހުރެބަލަ.
މުންޖިޗޭ
30 January 2022
މި ބޮޑާބެގެ ވިހަ ބަސްތަކުން ޔާމީނަށް ހުރިހާވެސް ގެއްލުމެއްއޮތީ، ވަކަރުގޭ ކުދިން ވާހަކަދައްކާ ބަހުރުވައިން މިގޮތަށް ޖަދަލުކޮށް، ގަދަބަސް ބުނުމަކީ ވިހައެއް، މީނާގެ ނުސިޔާނު ދޫނުބައިކަމުގެ ސަބަބުން މީގެކުރީގައިވެސް އެތައް ގެއްލުންތަކެއް ލިބުނު، ދުވަހަކުވެސް ނުވިސްނޭނެ، ޖަލަށް ނުގެންދެވޭނެއޭބުނެ ޖަދަލުކުރުމަކީ އެކަންކުރަން އުޅޭމީހުންނަށް އިތުރު ހިތްވަރެއްދިނުން، ފަހަރުގައި މީނާވެސް އެދޭގޮތަކީ އެއީކަމަށްވެދާނެ.
ހުސްނުހީނާ
30 January 2022
ވަގުން ތިބެންޖެހޭނީ ޖަލުގަ!
ރަދީފްއޮފިޝިއަލް
30 January 2022
ތިޔަ ތަރާދުން ކިރާނަމަ ފުރަތަމަ ކަލޭ އިންނަން ޖެހޭނީ ޖަލުގަ.
ކަލޯކަލޯ
30 January 2022
ޔާމީން ޖަލަށް ނުލައިގެން އަދުރޭ ކަންބޮޑުވީތާ. އެހެން ދޯ ވަނީ. ޔާމީން ނެތިއްޔާ ވެރިޔަކި އަދުރޭ ވިއްޔަ. އެހެންމަ ޔާނު އަންނަ ހިސާބުން ބޮޑުކަން ގެއްލޭތީ ޖޭ ވަނީ.
ފޮނި ކަލޯ
30 January 2022
އަދުރޭ އުޅެނި ޔާމީން ޖަލަށް ނުލައިގެން ހެން ހީވަނީ އަދި ޖަލައްލިޔަސް އަދުރޭއަށް ވެރިކަން ދޭހިތަކުން ބަޔަކު ނޫޅޭހެންހީވަނީ މިދެން ފުކެއްބުޑުވަރު....
މޯޑޭ
30 January 2022
ޔާމީނަށް ވުރެ ޖަލުގަ އޮތުން ހައްގުކަން ބޮޑީ އަދުރޭ. އަދުރޭމެން އެފާޓްމަންޓްތަކާ ދޯނިފަހަރާ ވެހިކަލު ތައް ހޯދި ގޮތް ތަހުގީގު ކޮށްފިންޔާ އުމްރުދުވަހު އޮށްނަށް ޖެހޭނި ޖަލުގަ.
ޓިން
30 January 2022
ތިކަމާ އެއްބަހެއް ނުވެވޭނެ. އަދުރޭޔަށް ކާނެ ވަރަކަށް ކާންދިނީ ކާކު؟
ހޯރަބޭ
30 January 2022
އަދުރޭ އުޅެނި ޔާމީން ޖަލަށް ނުލައިގެންތަ? ފަށަފަށާގެން އެވާހަކަ އެބަދަށްކާ ވިންޔާ.
އަލިތަކުރު
30 January 2022
ހާދަމޮޅޭދޯ. ހީވަނީ ބޮޑުފަނޑިޔާރުގޭ ބެލެނިވެރިޔާހެން. އެކަމަކު ދުނިޔޭގެ ގާނޫނު މަޅިފިލާފަ ތިބިގައުމެއްގައި ތިކަހަލަ އެއްޗެއް ބުނިނަމަ އިނގޭނީ މިބުނެވުނީ ކޮންއެއްޗެއްކަން. މިތަނުގައި ވާއެއްޗެއް ބުނެވޭ އެއްޗެއް ބުނާމީހާއަށްވެސް އަހަރުމެނަކަށްވެސް ނޭގޭވިއްޔާ. ހިތަށް އަރާ އެއްޗެއް ބުނަނީ