30 ޖެނުއަރީ 2022 - 14:24
ވެރިކަން ލިބިއްޖެ ނަމަ ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމް މެންބަރުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެ މަނިކުފާނު ވިދާޅުވީ އެހެން ނޫން ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ މޫސާ ފަތުހީ އަށް ތާއީދު ހޯދުމަށް އެ ދާއިރާގެ ބައެއް މީހުންނާ އެކު މާލޭގައި ބޭއްވެވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަގާމުތައް ވެސް ދޭނީ އެ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.
"ދެހާސް ތޭވީހުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ހިދުމަތްކުރަން ލިބިއްޖެ ނަމަ، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން،" ޔާމީން ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ޔާމީން ވިދާޅު ނުވާ ކަމަށެވެ.
ޕީޕީއެމުން ބުނި ގޮތުގައި ޔާމީން ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ބާކީ ނުކުރައްވާނެ އެވެ. އެހެން ޕާޓީތަކުގައި އުޅޭ މީހުންނާއި އެއްވެސް ޕާޓީއެއްގައި ނޫޅޭ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
"...ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ރާއްޖޭގައި ވަޒީފާ އުފައްދާފައިވާ، ވަކި ޕާޓީއެއް ބެލުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމުން ބުނީ ވަޒީފާ ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ޔާމީން އެ ރޭ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅެނިކޮށް ވަޒީފާއިން ވަކިކުރާ މީހުންނަށް ވަކީލުންގެ އެހީތެރިކަމާ އެކު، ކުރިއަށްވުރެ ރަނގަޅު މަގާމުތައް ވެސް، 2023 ގެ އިންތިހާބު ޕީޕީއެމަށް ލިބިއްޖެ ނަމަ ދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
31 January 2022
ޑިފެންސަށް ކުޅެންފެށިލެއް ހާދަ އަވަހޭދޯ، ހަމަ ރަނގަޅަށްވެސް އެބޭޅާ އެހުންނަވަނީ ބުނެވޭ އެއްޗެއް ކިއޭ ނުކިއޭ އެއްޗެއް ނޭގޭ ހިސާބަށްގޮސްފަ، އަނެއްކާ ބޫސްޓަރޑޯޒު ޖަހައިގެންބާ...........
ރައީސް ޖުމްބާ
31 January 2022
އަތަށްގޮވީމަ ދެން އޮޅުވާލަން ނޫޅެބަލަ، ދެންވެސްބަލާ ޔާމީންއަތަށް މައިކެއް ނުދީވޭތޯ. ގޮވާނީ މުޅިންވެސް ކޮސް. ކުރިން ލިބެންހުރި ވޯޓްކޮޅުވެސް ގެއްލުނީ. މިބުނީ ޔާމީނަށް ލިބެންހުރި ވޯޓްގެ ވާހަކައެއްނޫން، ޕީޕީއެމަށް ލިބެންހުރި ވޯޓްގެވާހަކަ.
ގެނެދިންގ
31 January 2022
ދުނިޔޭގެ ލެއްވިހާ ނުބައިކަމެއްކޮށް ރައްޔިތުންގެ ބައިތުލަމާލު ދިރުވާލާ ހިޔާލުތަފާތުވާމީހަކުވިއްޔާ ގެންގޮސް ޖަލަށްލާ ގާތުގަ އުޅޭއެންމެނަށް ކަޓުނެގުމުގެ ހުއްދަދީ މާގަޓުހުރިމީހެއްކަމަށްވެގެން ވައްކަންކުރިކަމަށް އަމިއްލަ ދުލުން ޓީވީ ކުރިމަތީ އިއުތިރާފްވެ ހިތުހުރިހާއެއްޗެއް ކިޔަންފެށީމަ ދެން ހަމަ ތަރުޖަމާނު ތަރުޖަމާކުރާވާނީ ކިރިޔާ
ވަގުސީދީ
31 January 2022
ސާބިތުކޮއްދީބަލަ، ސާބިތު ނުކޮއްދެވޭނަމަ ނުކުރާކަމެއް.
ލލލލލ
31 January 2022
ޔާމީނަށް ވެރިކަން ލިބިދާނެކަމާމެދު މޑޕ ގެ އެއްވެސް މީހެއް ޝައްކެއްވެސް ނުކުރަނީތާދޯ؟ ހާދަ ބިރަކުންނޭ ތިއުޅެނީ.
ހައްވައިދީ
31 January 2022
ތެދަށް ބުނަން ކެރޭނީ ލައްކަ ގަޓު ހުރެގެން. އެއީ ތެދުވެރިންނަށްނޫނީ ނުވާނެ ކަމެއް. އެކަމަކު ދިވެހިން ބޭނުންވާނީ ދޮގުހަދާ ފޮނި ބައިސާ ކަނޑާފަ، އެއާ ދިމާ އިދިކޮޅަށް އަމަލުކުރާ ވެރިން. މިސަރުކާރުގައި ކުންފުނިތަކާއި ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި އެތިބީ މި ބައިމީހުންގެ މަރުމޯލުންނެއް ނޫންތަ؟
ޢަރުތަ
31 January 2022
ހަމަ ޔާމީނުކަހަލަ ބޮޑެތި ދޮގުވެރިން، ފޮށިފޮށީގަ ކަޅުފައިސާ ތިމަންނާ އުޅޭ ގެއަށް ވެއްދި ވާހަކަ ބުނެފަ، އޭގެފަހުގެ ތާރީހެއްގަ އެހެން ބުނިންތޯ އެހީމަ ބުނީ ނުބުނަމޯ، ނޯންނާނެއޯ ބުނެފައެއް، އެވަރުގެ މީހެއް ތި ޔާމީނަކީ،
65898
31 January 2022
އަޅުގަޑު ހީކުރީ އެވިދާޅުވީ، ވަޒީފާ އަދާކުރާ އުމުރުގެ 90 ޕަސެންޓް ޕީޕީއެމްގަ ތިބޭނެވާހަކަ ކަމަށް.
ފޮނިޓައްޕު ހަސަނު
31 January 2022
ތި ޔާމީނު ބުނި "ބެންކޮކަށް ގޮސް ފައިސާ ދީގެން އަންހެނުން ހޯދުމަކީ ހިލޭއަންހެނުން ހޯދުމެއް ނޫނޭ." "ކާކުހޭ ބޮޑެތި އަދަދުން ފައިސާ ލިބުނީމަ އޭގަ ނުހިފާނީ ހުދު އަނބިމީހާވެސް ނާހާނޭ ކޮންތާކުން ހޯދިފައިސާއެއް ހޭ" "އަޅުގަނޑުގެ ދޫރެސްއަށް ވަދެފަ ހުރީ ހަލާލު ފައިސާއެއް ނޫނޭ"
ގެދޮރު ނެތް މާލޭމީހާ
31 January 2022
އަސްލުވެސް މިހާރު ބިރުހީވޭ އެބަ. ޔާމީންގެ އެހެރަ ބަސްމަގެއް ދޯ. މުޅިން ހަމަ ބަދަލުހިފުމުގެ ރޫޙު. ޤައުމެއްގެ ރައީސަކަށް އެކަށީގެންވާ މީހަކަށް ނުވަނީތާ.
ލލލލލ
31 January 2022
ބަދަލު ހިފުމުގެ ރޫހު ފެންނަން އޮންނާނެ ފުލުހުންގެ ގާނޫނުން. ފުލުހުންގެ މުއައްސަސާއިން ކަނޑާލި އެންމެންނަކީ 7 ފެބްރުއަރީގަ ކަރުބުޑުގަ ލީ ހިތިރަހައިން ކަނޑާލި އެންމެން.
ޢަރުތަ
31 January 2022
ނަޝީދެކޭ ޔާމީނެކޭ ތަފާތެއް ނެތް،
ގޯދީރާޖާ
31 January 2022
އަންނި އެކޭ ޔާމީނެކޭ ތީ ހައްތާވެސް އެއްފާޑަކަށް އުޅޭ މީހުން. އަދި ވެރިކަން ލިބިދާނެތީވެސް އެހެރީ ބުނާ ބޮޑާ ބަސް. ލިބިއްޖެއްޔާ އަނެއްކާ މިތާ މީހުންނަށް ނުއުޅެވޭވަރު ކޮށްލާނެ. މިހެންވެގެން އެންމެންވެގެން ދަމާ ބާލަން ޖެހުނީވެސް.
ޢަރުތަ
31 January 2022
ގޯދީރާޖާ ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް، ނަޝީދުވެސް ޔާމީނުވެސް ތީ ވެރިކަން ހަވާލުކުރަން ހެޔޮވާވަރުގެ ދެމީހުނެއް ނޫން.
ސެމި
31 January 2022
ބަލަ އޯޑިޔޯއެއޮތީ ވަރަށް ސާފުކޮށް ޔާމީން ބުނީ ޕޕމ ކުދިންނަ އެކަންޏޭދޭނީ ވަޒީފާ! މިހާރު އޮޅުވައެއް ނުލެވެޭނެ ތިހެން.
ލކޖހގ
31 January 2022
ސޯ ވަޓް؟ މިގައުމުގަ ކުންފުންޏެއްގައި އެބަހުރިތަ "ކޯލިޝަން" މީހެއް ނޫން އެކަކުވެސް؟